ޗިސްމޭ

ޗިސްމޭ (Pancreas) އަކީ ހަޖަމުކުރާ ނިޒާމް ގައި ހިމެނޭ ގުނަވަނެކެވެ. އަދި އެންޑަކްރިން ނިޒާމް ގައި ހިމެނޭ ގޮށެއް ވެސް މެއެވެ. ޗިސްމޭ އަކީ އެންޑަކްރިން އަދި އެކްސަކްރިން ގްލޭންޑެއްގެ ގޮތުގައި ބެލެވޭ ގުނަވަނެއް ވެސް މެއެވެ. ޗިސްމޭ އަކީ އެންޑަކްރިން ގްލޭންޑް (Endocrine gland) އެއްގެ ގޮތުގައި ބެލެވެނީ ތަފާތު ހޯރމޯންތައް ޗިސްމޭގައި އުފައްދައި ދޫކުރާތީއެވެ. އެކްސަކްރިން ގްލޭންޑް (Exocrine gland) އެއްގެ ގޮތުގައި ބެލެވެނީ ހަޖަމުކުރާ އެންޒައިމްތައް ހިމެނޭ ޗިސްމޭ ޖޫސް އުފައްދައި ދޫކުރާތީ […]
ތިލަފުށީގައި ހުރި ވޯކްޝޮޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކ. ތިލަފުށީގައި ހުރި މެރިންޑޯ ވޯކްޝޮޕްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ރޯވެފައި ވަނީ ތިލަފުށީގައި ހުންނަ މެރިންޑޯ މެރިންވޯކްސްގެ ވޯކްޝޮޕްގައެވެ. އެމްއެންޑީއެފުން ދެންމެ ބުނީ މި ހާދިސާގައި ދިވެއްސަކަށް ދުމުގެ އަސަރުކޮށްގެންނާއި ކޮންމެވެސް ވަރަކަށް ފިހިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލް ލިބުމުން ހިއްސާ ކުރާނެ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ތިލަފުށީގެ ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެ، ދުން އަރަމުންދާ މަންޒަރު […]
ސިހުރު ހެދި ކަމަށް ބުނާ ދެ މީހަކަށް ދައުވާ ކުރަން ފޮނުވައިފި

ރައްޔިތުންގެ މަޖިލިހުގެ ފުނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު މަމްދޫހް އަވަހާރަކޮށްލަން ސިހުރު ހެދި ކަމުގެ ތުހުމަތު ކުރެވޭ ދެ މީހަކަށް ދައުވާ ކުރަން ޕީޖީ އޮފީހަަށް ފޮނުވައިފިއެވެ. މިކަންހާމަކޮށް ފުލުހުން މިއަދު ބުނީ މެއި 3 ވަނަ ދުވަހު ހުށަހަޅާފައިވާ، ށ. ފުނަދޫގައި ސިހުރުހެދިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ފުލުހުންގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޖުލައި ދެ ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި ދައުވާކުރަން ފޮނުވާފައި ވަނީ 60 އަހަރުގެ […]
ކޮންމެ މަސްދޯންޏަކަށް ތިން ޓަނު އައިސް ދެނީ

ކޮންމެ މަސް ދޯންޏަކަށް ތިން ޓަނު އައިސް ހިލޭ ދޫކުރަން ނިންމާފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ. އެ ކުންފުނިން މިއަދު ބުނީ، މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ސްޓޮކް ހުސްވަންދެން މާދަމާ، މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން ކޮންމެ ދޯންޏަކަށް ތިން ޓަނު އައިސް ހިލޭ ދޫކުރުމަށް ނިންމާފައިވާ ކަަަމަށެވެ މިފްކޯއިން ބުނީ މި އައިސް ދޫކުރުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ނިޔަލަށް ކަމަށެވެ. މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެގެން ދިއުމަށްފަހު […]
ޑޮނަލްޑް ޓްރަމްޕް އަކީ ”ސްޓޫޕިޑް“ މީހެއްނޫން:ޓިމް ވޯލްޓްޒް

ދެވަނަ ފަހަރަށް އެމެރިކާގެ ރައީސް ކަމަށް ވާދަކުރައްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕް އަކީ ”ސްޓޫޕިޑް“ ނުވަތަ ބޯހަމަނުޖެހޭ މީހެއް ނޫން ކަމަށާ އެގޮތް ދައްކަމުން ދިޔަނަމަވެސް ގަބޫލު ނުކުރުމަށް އިދިކޮޅު ކެންޑިޑޭޓް ކަމަލާ ހެރިސްގެ ރަނިންމޭޓް ޓިމް ވޯލްޓްޒް ވިދާޅުވެއްޖެއެވެ.ވަރަށް ގިނަބައެއްގެ ތާއީދު ލިބިފައިވާ ޓިމް ވޯލްޓްޒް ވިދާޅުވީ ޓްރަމްޕްރައީސްކަން ހޯއްދަވަން އުޅުއްވަނީވެސް ހަމައެކަނި އަމިއްލަ މުއްސަދިކަން އިތުރު ކުރެއްވުމަށް ކަމަށާ އެމެރިކާއަށް އެއްވެސް ހެޔޮކަމެއް ކޮށް ދިނުމުގެ ނިޔަތެއް ޓްރަމްޕް ގެ ކިބައިގައި ނެތް ކަމަށެވެ. […]
ބާ ކައުންސިލުން ބަންޑާރަ ނައިބު އުނިކުރަން ފާސްކޮށްފި

ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރާ ބާ ކައުންސިލުގެ މެމްބަރު ކަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް އުނިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ. ބާކައުންސިލުން ބަންޑާރަ ނައިބު އުނިކުރަން ގާނޫނަށް ގެނައި އިސްލާހު ހުށަހަޅާފައި ވަނީ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ޝަރީފްއެވެ. ބާކައުންސިލުން ބަންޑާރަ ނައިބު ވަކި ކުރަން ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ. މީގެ އިތުރުން ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖު […]
ދިވެހި އުފެއްދުންތައް ޖަޕާނުގެ ވެބްސައިޓެއްގައި އަގަކާއި ނުލައި އިޝްތިހާރު ކުރުމުގެ ފުރުސަތެއް

ޖަޕާނުގެ މަޝްހޫރު ވިޔަފާރި ކުންފުންޏެއް ކަމަށްވާ އޮޓާނީ ޓްރޭޑިން ލިމިޓެޑުން ވިޔަފާރިތަކަށް އެމީހުންގެ ”ފުޑް ޓްރިޕް“ ވެބްސައިޓުގައި ކާބޯތަކެތީގެ އުފެއްދުންތައް ދައްކާލުމުގެ ފޯރިގަދަ ފުރުސަތެއް ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ 1 އޭޕްރީލް 2024 އިން 31 މާޗް 2025 އަށް ”ފުޑް ޓްރިޕް“ ގައި ބީޓުބީ ޕްލެޓްފޯމް މެދުވެރިކޮށެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ކުންފުނިތަކަށް ކާބޯތަކެތީގެ އުފެއްދުންތައް އެއްވެސް އަގެއް ނުލައި އިޝްތިހާރު ކުރެވޭނެ އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި އިސްނެގުމަކީ […]
އީރާންގައި ބަހެއް ފުރޮޅާލުމުގެ ސަބަބުން 28 މީހުން މަރުވެއްޖެ

ދީނީ އަޅުކަމެއްގައި ބައިވެރިވުމަށް ދިޔަ ބަޔަކު ގޮވައިގެން ދަތުރު ކުރި ބަހެއް ފުރޮޅާލުމުގެ ސަބަބުން 28 މީހުން މަރުވެއްޖެއެވެ.އީރާނުގެ ޔަޒްދް ޕްރޮވިންސްގައި އަންގާރަ ދުވަހުގެ ރޭ މި ހާދިސާ ހިނގަން މެދުވެރިވީ ބުރަކި ފެއިލް ވެގެން ކަމަށް ޚަބަރުތައް ބުނެއެވެ. ބަސް ދަތުރު ކުރީ ޕާކިސްތާންގެ ސިންދު ޕްރޮވިންސުން އީރާން ހުރަސްކޮށް އިރާގްގެ ދީނީ މަގްބަރާއެއް ހުންނަ ކަރްބަލާ އަށް ދިއުމަށް ކަމަށްވެއެވެ.އެއީ ޝިއީންގެ ދީނީ އަޅުކަމެއްގައި ބައިވެރި ވުމަށް ދިޔަ މީހުން ގޮވައިގެންނެވެ. ބަސްފުރޮޅާލުމުގެ ހާދިސާގައި […]
ޕީޖީ ޝަމީމަށް ދިން ހަމަލާއާ ގުޅިގެން 7 މީހަކަށް ދައުވާ ކުރަން ފޮނުވައިފި

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގައި 7 މީހަކަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. މިކަމަށް އިޝާރާތްކޮށް ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންގެ މައްސަލަ ތަހުގީގު ނިންމުމަށްފަހު ދައުވާކުރަން މިދިޔަ އާދިއްތަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފަިއ ވަނީ ރ. އަލިފުށީ ރިވެލި، މިދުހަތު އާދަމާއި ލ. […]
ޕާކިސްތާންގެ ޕާލަމެންޓް އިމާރާތުގައި ބުޅާ ބިރުގަންނަވަރު ބޮޑެތި މީދާ

ޕާކިސްތާންގެ ޕާލަމެންޓަށް އައު މައްސަލައެއް ކުރިމަތި ވެއްޖެއެވެ.ނަމަވެސް އެއީ ސިޔާސީ މައްސަލަ އެއްނޫނެވެ.އެ މައްސަލަ އަކީ މީދަލުގެ އުނދަގުލެވެ.ވަރަށް ބޮޑެތި މީދަލެވެ.އެގޮތުން އެތަނުގައި އުޅޭ ބައެއް މީދާ ސައިޒުން ބޮޑުކަމުން ބުޅާވެސް ބިރުގަންނަވަރުވާ ކަމަށް ބީބީސީ އަށް މައުލޫމާތު ދިން އެތަނުގެ އޮފިޝަލަކު ބުނެފައި ވެއެވެ. މައްސަލަ މިހިސާބަށް ހިގައްޖެކަން ހާމަވެފައިވަނީ ކުރީގެ ބައްދަލުވުން ތަކެއްގެ ރިކޯޑްތައް ބެލުމަށް ކޮމިޓީ އަކުން އެދުނު ހިސާބުންނެވެ.މިގޮތުން 2008ން ފެށިގެން ބޭއްވުނު ބައެއް ބައްދަލުވުންތަކުގެ ރިކޯޑްތައް ގެނެވުނުއިރު ފައިލްތައް ވަނީ […]