ޕޭވްމަންޓްގައި ހެދުނު ވަޅުގަނޑަކަށް ވެއްޓުނު އަންހެންމީހާ އަދިވެސް ނުފެނޭ

މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރުގައި މަގެއްގެ ޕޭވްމަންޓްގެ ތަންޑަނޑެއް އަޑިޔަށް ގޮސް ހެދުނު ވަޅުގަނޑަކަށް އަންހެނަކު ވެއްޓުމާއި ގުޅިގެން އޭނާ ސަލާމަތް ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރިޔަށް އެބަގެންދެއެވެ.26 ފޫޓުގެ ފުން ވަޅުގަނޑަށް ވެއްޓިފައިވަނީ އުމުރުން 48 އަހަރުގެ އިންޑިޔާގެ ރައްޔިތެއް ކަމަށް ޚަބަރުލިބެއެވެ.ހުކުރު ދުވަހު މި ހާދިސާ ހިނގާފައިވަނީ ޖަލަން އިންޑިޔާ މަސްޖިދް ކިޔާސަރަހައްދުގައިވާ ބެންޗެއް ގައި އިދެފައި ތެދުވެ އޭނާ ހިނގައިގަތް ތަނާ ބިންމަތީގަ ބޮޑު ވަޅުގަނޑެއް ހެދިގެންކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ. […]

މާބަނޑު ދުވަސްވަރު ބޮލުގައި ރިއްސާ ސަބަބުތައް

ބޮލުގައި ރިހުމަކީ ވެސް ބަލިވެއިނުމަށްފަހު ވިހެއުމާއި، ދޭތެރޭ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ ކަމެކެވެ. މިއީ މާބަނޑު އަންހެނުންގެ އެންމެ އާންމުއެއް ޝަކުވާ އެވެ. އާންމުގޮތެއްގައި މިއީ އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. އެކި މީހުންނަށް ބޮލުގައި ރިހުން ކުރިމަތިވާ މިންވަރާއި، ގިނަ މަދުމިން ތަފާތެވެ. އެންމެ އާންމުކޮށް މާބަނޑު ދުވަސްވަރު ވެސް ކުރިމަތި ވަނީ ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކާއި، ފިކުރުބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ބޮލުގައި ރިހުމެވެ. ސަބަބު: ފުރަތަމަ 3 މަހުގައި ބޮލުގައި ރިއްސާ ސަބަބުތައް: […]

މިހާރު ހިންގަމުން އަންނަ އެމްއެފްޑީއޭ އުވާލައްވައި އަލުން އެ އިދާރާ އުފައްދަވައިފި

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ”މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ“ މިއަދު ގާއިމުކުރައްވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ. މިކަން އިޢުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި 2024/17 ދެންނެވުމުގައެވެ. ރައީސް އޮފީހުން ވިދާޅވީ ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގާއިމުކުރެއްވުމާ ގުޅިގެން، މިހާތަނަށް މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މިއަދުން ފެށިގެން ވަނީ އުވައިލައްވާފައި […]

ރައީސް ޕެޒެޝްކިއާންގެ 19 މެމްބަރުންގެ ކެބިނެޓަށް މަޖިލީހުން ރުހުން ދީފި

ރޮއިޓާރސް ދުބާއި އިން ދީފައިވާ ޚަބަރުތަކުގެ ތެރޭގައި އީރާނުގެ ރައީސް އެކުލަވާލެއްވި 19 މެމްބަރުންގެ ވަޒީރުންގެ މަޖިލީހަށް ޕާރލަމެންޓުން ރުހުން ދީފިކަމަށް ބުނެފައި ވެއެވެ. ކުރީގެ ރައީސް އިބްރާހިމް ރައީސީގެ ކެބިނެޓަގައި ހިމެނިވަޑައިގަންނެވީ ހަމައެކަނި އިސްލާމީ ފިކުރުގެ ވަޒީރުންނަމަވެސް މިހާރުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންގެ ކެބިނެޓްގައި އިސްލާހީ ފިކުރުގެ ބޭފުޅުންވެސް ހިމެނި ވަޑައިގަންނަވައެވެ.  ޚަބަރުތަކުން އެނގޭ ގޮތުގައި މަސްއޫދު ޕެޒެޝްކިއާންގެ ކެބިނެޓް ވެގެން މިދިޔައީ އިސްލާމިކް ރިޕަބްލިކް އޮފް އީރާން އުފެދުމަށްފަހު މިހާތަނަށް އީރާނުގެ މަޖިލީހުން އެއްފަހަރާ […]

 އޭނާ މަސައްކަތްކުރީ ޝަރަފްވެރި ހަޔާތެއް ހޯދުމަށް: ޑރ. މޯމިތާގެ މައިންބަފައިން

އިންޑިޔާގެ ހޮސްޕިޓަލެއްގައި 31 އަހަރުގެ ޖޫނިއަރ ޑޮކްޓަރަކު ރޭޕްކޮށް ރަހުމު ކުޑަގޮތަކަށް މަރާލި މައްސަލައިގައި އާންމުންގެ ރުޅިގަނޑު އަދިވެސް މައިތިރި އެއް ނުވެއެވެ.އެމީހުން ގޮވަމުން ދަނީ ރަހުމެއްނެތި މި ދުނިޔެއާ ވަކިކޮށްލެވުނު ހިތްހެޔޮ އޯގާތެރި ޒުވާނާއަށް ފުރިހަމަ އިންސާފު ހޯދާ ދިނުމަށެވެ. ދާދި ފަހުން ބީބީސީގެ ފަރާތުން ވަނީ މަރާލެވުނު ޑޮކްޓަރު މޯމިތާގެ މަންމައާއި ބައްޕަ އާއި ބައްދަލު ކޮށްފައެވެ. އެމީހުން މޯމިތާ ސިފަ ކޮށްފައި ވަނީ އާއިލާ އަށް ވަރަށް ރަގަޅު، އުފާވެރި ހަޔާތެއް ހޯދުމަށް […]

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ: މިއީ ހައްލެއްނެތް ކަމެއްބާ؟

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ދުވަހެއް ދުވަހަކަށް ގޯސްވަމުންދާކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދާއި އިޖްތިމާޢީ ފޭރާމަށް ނޭދެވޭ އަސަރު ކުރަމުންދާކަމަށް ބެލެވެއެވެ. މަތީ އުޖޫރައާއި ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ އުންމީދުގައި ގަވާއިދާ ޚިލާފަށް ނުވަތަ ވީޒާގެ މުއްދަތު ހަމަވުމަށްފަހު ރާއްޖޭގައި މަޑުކުރާ ބިދޭސީންގެ އަދަދު އިތުރުވަމުން ދިއުމާއެކު މި މައްސަލަ އިތުރަށް ބޮޑުވެފައިވެއެވެ. ސަރުކާރުގެ އިސްވެރިން މަޢުލޫމާތު ދެއްވާގޮތުގައި މި މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވެނީ އިމާރާތްކުރުމާއި، ޓޫރިޒަމް އަދި […]

ރައްޔިތުންގެ ބޭނުންތައް ފުއްދުމަކީ ސަރުކާރުގެ ވާޖިބެއް

ރައްޔިތުންގެ އަސާސީ ޙައްގުތައް ހަމަހަމަ ކަމާއެކު ފޯރުކޮށްދިނުމަކީ ކޮންމެ ސަރުކާރަކުންވެސް ކުރަންޖެހޭނެ ގައުމީ މަސައްކަތެކެވެ. ރައްޔިތުންގެ އަސާސީ ޙައްގުތަށް އެއްވެސް ރައްޔިތަކު އިސްތިސްނާ ކުރުމެއްނެތި ހަމަހަމަ ކަމާއެކު ފޯރުކޮށްދިނުމަކީ ސަރުކާރުކާރުގެ މައްޗަށް އޮތް ގާނޫނީ ފަރުޟެކެވެ. މިގޮތުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ފުރިހަމަ ކޮށްދެވޭފަދަ މާލީ ތަނަވަސްކަން ދައުލަތުގެ މާލިއްޔަތުގައި ނެތްނަމަ ލޯނު ނަގައިގެން ވިޔަސްވެސް އެޚިދުމަތްތައް ރައްޔިތުންނަށް ފުރިހަމަކޮށް ދޭންޖެހޭނެއެވެ. ރައްޔިތުން ސަރުކާރެއް އުފައްދަނީ މިދެންނެވި ބޭނުންތައް ފުއްދުމުގެ ބޭނުމުގައެވެ. ރައްޔިތުން ވޯޓުދީގެން ވެރިޔަކު […]

ޕީޖީ ޝަމީމް އިސްތިއުފާ ދެއްވައިފި

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ޕީޖީ އޮފީހުން މިރޭ ވިދާޅުވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޕީޖީ ހުސެއިން ޝަމީމު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެގޮތުން ޕީޖީ ޝަމީމް އިސްތިއުފާ ދެއްވާފައި ވާތީ ، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތުތަކާ މިހާރު ހަވާލުވެވަޑައިގެން ހުންނެވީ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަޙްމޫދް ސަލީމް ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފައި ވެއެވެ. ޕީޖީ ޝަމީމް އިސްތިއުފާދެއްވާފައި މިވަނީ އޭނާ ވަކިކުރަން މަޖިލީހުގެ […]

ތެލްއަވީވު ޔަހޫދީންގެ ފައްޅިއަށް ބޮމުގެ ހަމަލާ ދިނީ އަހަރެމެން:ހަމާސް

ބައިތުލް މަގްދިސުން  ރޮއިޓާރސް ދީފައިވާ ޚަބަރުތަކުގައި މިދިޔަ ހޯމަ ދުވަހު ތެލް އަވީވުގެ ސެނެގޯޖު ކައިރީގައި ބޮމެއް ގޮއްވާލާފައިވަނީ ހަމާސްގެ ހަތިޔާރު އެޅި ގޮފި ”އިސްލާމިކް ޖިހާދު“ އިން ކަމުގައި އެ ޖަމާއަތުން ބުނެފައިވާ ޚަބަރު ފާހަގަކުރެވެއެވެ. އިސްރާއީލުގެ ފުލުހުންނާއި ޝިން ބެޓްގެ އިންޓެލިޖެންސް (އިސްރާއީލުގެ އެތެރޭގެ ސަލާމަތާބެހޭ އިދާރާ) އިން ބުނެފައިވަނީ އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ. ( ޓެރަރިސްޓް ހަމަލާއެއް ދުވަހަކު ދެކިފައިވެސް ނުވާ ބަޔަކަށް އެއީ ޓެރަރިސްޓް ހަމަލާއެކޭ ބުނަން އެނގުނީ ކިހެނެއް […]

ފާޚާނާ ތަށިމަތީ އިންދާ 12 ފޫޓުގެ ހަރުފައެއް ދަތް އަޅައިފި

ތައިލެންޑްގައި ފިރިހެނަކު ފާޚާނާ ތަށިމަތީ އިންދާ 12 ފޫޓުގެ ހަރުފައެއް ތަށިންއަރާ އޭނާގެ ”ޓެސްޓިކަލްސް“ ގައި ދަތް އަޅައިފިއެވެ. ތަނަތު ނަމަކަށް ކިޔާ މީހާ ކިޔާދީފައިވާ ގޮތުގައި އޭނާ ފާޚާނާ ތަށިމަތީގައި އިންދާ ”ޕްރައިވެޓް ޕާޓް“ އަށް ކުއްލިއަކަށް ތަދުވިއެވެ. އޭނާ ބަލާލިއިރު ފެނުނީ ދިގު ހަރުފައެކެވެ. އަދި އޭތި ވަނީ އޭނާގެ ގައިގައި ދަތް އަޅާފައެވެ.ދެންއޭނާ ކުއްލިއަކަށް ތެދުވި ކަމަށް ވެއެވެ. އަދި ހަރުފައިގެ ކަރުގައި ބާރަށް ހިފުމަށްފަހު އޭނާގެ ގައިން ދޫކުރުވަން މަސައްކަތް ކުރިއެވެ. […]