މާރާމާރީ ހިންގި 6 ބިދޭސީއަކު ޑީޕޯޓުކޮށްލަނީ

މާލޭގައި އިއްޔެރޭ ހިންގި މާރާމާރީއަކާާ ގުޅިގެން ބިދޭސީންތަކެއް ޑީޕޯޓުކޮށްލަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ. އިއްޔެރޭ އަސްރަފީ މަގުގައި ބިދޭސީންތަކެއް ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކަށް އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ. މި މައްސަލާާގައި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔައެވެ. އިމިގްރޭޝަނުން ބުނީ މާރާމާރީއާ ގުޅިގެން 6 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެ އެންމެންގެ ވިސާ ބާތިލުކުރުމަަށްފަހު ޑީޕޯޓް ކޮށްލަން ނިންމާފައިވާ ކަމަށެވެ. […]
އިސްމާޢީލް ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން ދުނިޔެ

މި ލިއުމުގެ ބޭނުމަކީ ޙަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމާއި ގުޅިގެން ދުނިޔޭގެ ލީޑަރުން އެކަން ދެކިވަޑައިގަންނަވަމުން ގެންދަވާގޮތް ކޮންމެވެސް މިންވަރަކަށް ކިއުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ. މި ލިއުމައިގެން ކުރިއަށް ދިއުމުގެ ކުރިން ޝަހީދުކޮށްލެވުނު ޙަމާސްގެ ވެރިޔާ ފަލަސްތީނުގެ ކުރީގެ ބޮޑު ވަޒީރު އިސްމާއީލް ހަނިއްޔާގެ ފުރާނަފުޅަށް މާތް ﷲ ސުވަރުގޭގައި ޝަހީދުންނަށް ޚާއްސަކުރައްވާފައިވާ ނިއުމަތް ދެއް ވުން އެދި ދުޢާކުރަމެވެ. ހަމައެއާއި އެކު އިސްމާޢީލް ހަނިއްޔާގެ އާއިލާގައި ދިރިތިއްބެވި މެމްބަރުންނަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ. […]
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ. ޚާއްސަ އިނާމާބެހޭ ކޮމިޓީން މިއަދު ވަނީ މި ފުރުސަތު ހުޅުވައިލައި ޚާއްސަ އިނާމާބެހޭ އުސޫލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސް އޮފީހުގެ ”ފޯމު ހުށަހެޅުން“ http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު މަހުގެ 16 ވާ […]
ޔާމީން ބައިވެރިވެ ވަޑައިގަންނަވާ، ފްރޮންޓް އޮފީސް ޖަލްސާއެއް މިރޭ

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމާފައިވާ ކަމަށް އެ ޕާޓީއިން ބުނެފިއެވެ. ޕީއެންއެފްއިން ބުނީ އެ ޕާޓީގެ ފަރާތުން މިރޭ ފްރަންޓް އޮފީހުގައި ބާއްވާ ޖަލްސާއަށް ހުރިހާ ބޭފުޅުންނަށް ދައުވަތު އަރުވާ ކަމަށެވެ. ޖަލްސާ އޮންނާނީ މިރޭ 8:45 ގައި ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ. “ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ، ފްރޮންޓްއޮފީސް ޚާއްސަ ޖަލްސާއެއް މިރޭ އޮންނާނެ ! އެންމެހާ ބޭފުޅުންނަށް ދައުވަތު އަރުވަން.“ ޕީއެންއެފްއިން ބުންޏެވެ. 20 […]
ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ފައިސާގެތެރެއިން 300 މިލިއަން ރުފިޔާ ދީފިން: ފެނަކަ

ފެނަކަ އިން ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ފައިސާގެތެރެއިން 300 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ. މިކަން ހާމަކުރީ ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުޙައްމަދު މަސްއޫދެވެ. އޭނާ ވިދާޅުވީ ފެނަކައިގެ މިހާރުގެ މެނޭޖުމެންޓުން ހަވާލުވި އިރު ކުންފުނީގެ ދަރަނި 4.3 ބިލިއަން ރުފިޔާ އަށް އަރާ ކަމަށާއި އެއިން އެންމެ ބޮޑު ދަރަންޏަކީ ފެނަކައަށް ތެޔޮ ގަތުމަށް ފަހު ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަށް ދައްކަން […]
ސްޕާތަކަށް ގެންނަ ބިދޭސީ އަންހެނުންގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ގެއްލުންވޭ

ރާއްޖޭގައި ހިންގާ ސްޕާތަކަށް އެތައް ގައުމެއްގެ އެތައް ހާސް އަންހެނުން ވަނީ ގެނެވިފައެވެ. މި ދެންނެވި އަންހެނުންތައް ސްޕާތަކުގައި މަސައްކަތް ކުރަމުން އަންނަ އިރު މަސާޖަށް ދައްކާ ފައިސާނޫން ފައިސާއެއް ސްޕާހިންގާ ވެރިން ނުހޯދައެވެ. އެހެނަސް ހުރިހާ ބަދުނާމެއް ބޮލުގަ އަޅަން ޖެހެނީ ސްޕާ ހިންގާ ވެރީން ކަމީ ދެރަވަރުގެ ކަމެއް ކަމަށް އެވެރިން ދެކެވެ. ސްޕާތަކަށް މަސާޖުކުރަން ދާމީހުން ކައުންޓަރަށް މަސާޖު ފީ ދެއްކުމަށްފަހު މަސާޖު ކޮށްދޭ ރޫމަށް ވަދެއެވެ. މަސާޖުކޮށް ނިމުމަށްފަހު މަސާޖު ކުރެވުނު […]
ޙަލާލު ތަކެތި ކައިބޮއި އުޅުމުގެ އެއްވެސް ވިސްނުމެއް ބައެއް ދިވެހިންގެ ކިބަޔަކު ނެތް

އިންސާނުންގެ ދިރިއުޅުމުގެ ޙާލަތަށް ބަދަލު އައި ނަމަވެސް މުސްލިމުން އުޅެންވާނީ ހަތް އުޑުމަތިން މާތް އިލާި ވަހީކުރައްވާފައިވާ ފަދައިންނެވެ. އެކަލާނގެ ވަޙީކުރައްވާފައި ވަނީ ތިޔަބައި މީހުން ޙަލާލު ތަކެތި ކައިބޮއި އުޅުމަށެވެ. 1960 ގެ އަހަރު ތަކުގެ ތެރޭގައި ދިވެހިން ކައިބޮއި އުޅުނީ ބަތާއި ކަނޑުމަހުގެ ގަރުދިޔަ ނުވަތަ ދިޔާހަކުރާއި ކާށްޓެވެ. ފެންވަރަން ބޭނުންކުރަނީ ދަނޑި ސައިބޯންޏެވެ. ބޯދޮންނަނީ ކުކުޅުބިހާއި އުނދުނުން ނަގާއަޅި އެއްކުރުމަށްފަހު ލަންސިމޫ ނުވަނަ ފޮނިމާ އެޅުމަށްފަހު އަވީގައި ބެހެއްޓައިގެން ތައްޔާރު ކުރާ ޝޭމްޕޫ […]
ހައްޖަށް ގެންދާ ފަގީރުން ކިޔޫއަށް ލާނީތޯ މަޝްވަރާ ކުރާނަން: މިނިސްޓަރު

ކުރިއަށް ހުރި އަހަރުތަކުގައި ސަރުކާރުގެ ހަރަދުގައި ފަގީރުން ހައްޖަށް ފޮނުވާނެ ގޮތަކާ މެދު މަޝްވަރާކޮށްގެން ގޮތެއް ނިންމަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިއަހަރު ވަނީ 50 ފަގީރުން ހައްޖަށް ފޮނުވާފަ އެވެ. އެތައް ބަޔަކު ހައްޖަށް ދިއުމަށް ފައިސާ ދައްކައިގެން ކިޔޫގައި ތިއްބައި ހައްޖު ވާޖިބު ނުވާ ބަޔަކު، ސަރުކާރު ހަރަދުގައި ހައްޖަށް ފޮނުވުމުން ގިނަ ބައެއްގެ ފާޑުކިޔުން […]