ޑރ. ޝަހީމް ސަޢޫދީއަށް ފުރާވަޑައިގެންފި

އިސްލާމީ ޤައުމުތަކުގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާތައް ބައިވެރިވާ ގޮތަށް ބާއްވާ ޚާއްޞަ ކޮންފެރެންސްގެ 9 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ. އެގޮތުން މި ދަތުރުފުޅުގައި މަނިކުފާނާއެކު ވުޒާރާގެ ވަފުދުގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް ޢައުޡަމްގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފުގެ އިތުރުން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރު އައްޝައިޚް އިމްތިޠާއު ޢައްބާސް ބައިވެރިވެވަޑައިގަންނަވައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މައްކާގައި ބޭއްވުމަށް […]
ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށުނަމާދުކުރުމުގެ މައްސަލަ ފިތުނައަކަށް ހަދަނީ ކޮންބައެއް

ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމުން އޭނާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރުމާ ގުޅޭ މައްސަލަ “ސިޔާސީ މައްސަލަ“ އަކަށް ހަދަން ބައެއް ފަަރާތްތަކުން މަސައްކަތް ކުރަމުން އެބަދެއެވެ. ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމުން އޭނާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަން ބޭނުން އިމާމަކަށް ކަށުނަމާދު ކުރުމުގެ ފުރުސަތު އޮތްކަން އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ. އެގޮތުން ބައެއް މިސްކިތްތަކުގައި ކަށުނަމާދުކޮށްފައި ވެއެވެ. ހަނިއްޔާގެ މައްސަލަ “ސިޔާސީ މައްސަލަ“ އަކަށް ހަދައި ފިތުނަ […]
ކަށުނާދު ކުރަން ބޭނުން އިމާމަކަށް ކަށުނަމާދު ކުރުމުގެ ފުރުސަތު އޮތްކަން މިނިސްޓްރީން އެންގި
ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމުން އޭނާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަން ބޭނުން އިމާމަކަށް ކަށުނަމާދު ކުރުމުގެ ފުރުސަތު އޮތްކަން މިނިސްޓްރީން އެންގިކަން ހާމަވެއްޖެއެވެ. އިރާނުގެ އައު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެ ގައުމުގެ ވެރި ރަށް ކަމަށްވާ ތެހެރާނަށް ވަޑައިގެން ހުންނަވަނިކޮށް މިދިޔަ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޝަހީދުކޮށްލި ހަނިއްޔާގެ މައްޗަށް ރާއްޖޭގެ ބައެއް މިސްކިތްތަކުގައި ވަނީ ޣައިބަށް ކަށުުުނަމާދުކޮށްފައެވެ. ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އަދި ހަމާސް ޖަމާޢާތުގެ ސިޔާސީ […]
ހަނިއްޔާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކޮށްފި

ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމުން އޭނާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކޮށްފިއެވެ. ހަނިއްޔާ ޝަހީދުކޮށްލީ އިރާނުގެ އައު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެ ގައުމުގެ ވެރި ރަށް ކަމަށްވާ ތެހެރާނަށް ވަޑައިގެން ހުންނަވަނިކޮށް މިދިޔަ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. ހަނިއްޔާ ޝަހީދުކޮށްލި ހަމަލާ ދީފައި ވަނީ އޭނާ ހުންނެވި އިމާރާތަށް ދިން ހަމަލާއެއްގައެވެ. މި ހަމަލާގައި ހަނިއްޔާގެ ބޮޑީ ގާޑެއް ވެސް ޝަހީދުވެފައިވެއެވެ. ހަނިއްޔާ ޝަހީދުކޮށްލުމުން އޭނާގެ މައްޗަށް ރާއްޖޭގައި ބައެއް މިސްކިތްތަކުގައި […]
ގާނޫނުތަކާއި ގަވާއިދުތައް މުގުރަމުންދާ ބިދޭސީން ޑީޕޯޓްކޮށްލާނަން: ކޮންޓްރޯލަރ ޖެނެރަލް

ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯ ނުލަނބައި, ގާނޫނުތަކާއި ގަވާއިދުތައް މުގުރައިލާނަމަ ބިދޭސީންނަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކޮށް, ރާއްޖެއިން ޑީޕޯޓްކޮށްލާނެ ކަަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދު މިއަދު ވިދާޅުވެއްޖެއެވެ. ޝަމްއާން މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝަމްއާން ވިދާޅުވީ ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯ ނުލަނބައި, ގާނޫނު ތަކާއި ގަވާއިދުތައް މުގުރަމުން، އާއްމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލު ކުރަމުންދާ ބިދޭސީންނަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކޮށް، އެފަދަ މީހުން ރާއްޖެއިން ފުރުވައިލެވޭނެ […]
އެމްޑީޕީގެ ގައުމީ މަޖިލިސް ދާއިރާތަކުގެ ބައި އިލެކްޝަނުގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ ގައުމީ މަޖިލިސް ދާއިރާތަކުގެ ބައި އިލެކްޝަން ވޯޓުލުން ފަށައިފިއެވެ. އެމްޑީޕީގެ ގައުމީ މަޖިލިސް ހުސްވެފައިވާ ދާއިރާތަކަށް މެމްބަރުން އިންތިޚާބު ކުރުމުގެ ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރު 14:00 ގައެވެ. ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގައެވެ. އެމް.ޑީޕީއިން ބުނީ ގައުމީ މަޖިލީހުގެ ބައި-އިލެކްޝަންގެ ވޯޓުލުން މިރޭ 21:30 ހާ ހަމައަށް ކުރިއަށްދާނެކަމަށެވެ. މި ބައި އިލެކްޝަނުގައި 10،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އިންތިޚާބުގެ ވޯޓުލުމުގެ ތައްޔާރީތަކާއި ގުޅޭގޮތުން […]
ހަނިއްޔާ ޝަހީދުކޮށްލުމަށް އިމާރާތަށް ބޮން ވައްދާފައި ވަނީ 2 މަސް ކުރިން

ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމަށް އެ މަނިކުފާނު ހުންނެވި އިމާރާތަށް ބޮން ވައްދާފައި ވަނީ މީގެ 2 މަސް ދުވަސް ކުރިންކަން މެދު އިރުމަތީގެ ގައުމުތަކަށް ނިސްބަތް ކުރެވޭ 5 އޮފިޝަލަކު ވަނަވަރު ހާމަ ނުކުރުން ޝަރުތުކޮށް ދަ ނިއުޔޯކް ޓައިމްސްއަށް ކިޔައިދީފިއެވެ. އެމެރިކާގެ އޮފިޝަލަކާއި އީރާނުގެ 2 އޮފިޝަލުން އަދި އަރަބި ދުނިޔޭގެ 5 އޮފިޝަލާ ހަވާލާދީ ނިއުޔޯރކް ޓައިމްސްއިން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލުމަކީ ވަރަށް […]
މަތިންއަރާ ބައްޔާ ގުޅޭ ގޮތުން އެނގުން މުހިންމު ބައެއް ކަންކަން!

ގެސްޓްރޯ-އީސަފޭޖިއަލް ރިފްލަކްސް ޑިޒީޒް(GERD) އަކީ ބަނޑުގައި ހުންނަ ގޭސް (އެސިޑް) ކާތަކެތި ހިނގާހޮޅިން މައްޗަށް އެރުމުން ކުރިމަތިވާ ހާލަތެކެވެ. މިގޮތަށް ބަނޑުގައި ހުންނަ ގޭސް މައްޗަށް ގޮސް ކާތަކެތި ހިނގާހޮޅިއަށް ވާޞިލްވުމަކީ ކާތަކެތި ހިނގާހޮޅީގެ އެތެރޭގެ ބަތާނަފަށަށް ހިލިގަތުން (irritation)ކުރިމަތިކުރުވާނެ ކަމެކެވެ.މިބައްޔަށް ބައެއް ފަހަރު ”މަތިންއަރާބަލި“ މިހެން ކިޔައި އުޅެއެވެ. އާންމު ގޮތެއްގައި މަތިންއަރާ ބައްޔަކީ ކާތަކެތި ހިނގާހޮޅީގެ ތިރީގައިވާ ސްފިންކްޓަރ (މައިދާ އާއި، ކާތަކެތި ހިނގާހޮޅިއާއި ދެމެދުގައިވާ ވަށް މަސްގަނޑު) އަށް އަސަރުކުރާ، ހަޖަމުކުރާ ނިޒާމަށް […]
ކެރަލާ އަށް ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 300އިން މައްޗަށް

އިންޑިޔާގެ ކެރަލާސްޓޭޓް ގެ ވަޔަނާޑް ޑިސްޓްރިކްޓަށް މީގެ ހަތަރުދުވަސް ކުރިން ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 300 އިން މައްޗަށް އަރައިފި ކަމަށް ޚަބަރު ލިބެއެވެ.އެހިސާބަށް އަދިވެސް މޫސުން ވަރަށް ގޯސް ނަމަވެސް މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ސާޅީހަކަށް ޓީމް ދަނީ ހަރަކާތްތެރި ވަމުންނެވެ.ދިރިތިބި މީހުން ހޯދުމުގެމަސައްކަތް ޑްރޯން ފުޓޭޖް ތަކާއި ކުއްތާގެ އެހީގައި ދަނީ ކުރަމުންނެވެ. މީހުންހޯދުމުގެ މަސައްކަތް ފަސޭހަ ކުރުމަށްޓަކައި ކިސަޑުގެ އަސަރު އެންމެ ބޮޑަށް ކުރި […]
ޑްރަގާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނަކާ ހެދި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

ނ.އަތޮޅުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނަކާ ގުޅިގެން އެ އަތޮޅު ހެނބަދޫގައި ރޭ ދަންވަރު ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފިއެވެ. ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނަރ އޮޮފް ޕޮލިސް އަޙްމަދު ޝިފާން މިއަދު ވިދާޅުވީ ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް ފުރަތަމަ ގެއްލުން ދިނީި މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. މީގެއިތުރުން އެހެން ފުލުހެއްގެ ސައިކަލުގައި ރޭ ދަންވަރު ހުޅުޖަހައި ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ދީފައިވާ ކަމަށެވެ. ސައިކަލަށް ގެއްލުންދީ އެހެން ސައިކަލެއްގައި […]