ޚުދުމުޚުތާރު ނިޒާމުތައް ދެމިއޮންނަނީ ބާރުގެ ޒަރީއާއަކުން ނޫން, ދެން ކިހިނެއްް؟

ޚުދުމުޚުތާރު ނިޒާމުތައް ދެމިއޮންނަނީ ބާރުގެ ޒަރީއާއަކުންނޫން ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ. އިބްރާ ވަނީ އެތައްހާސް، އެތައް މިލިއަން ރައްޔިތުންތަކެއް ބާރުގެ ބޭނުންކޮށްގެން މައިތިރިކުރާނީ ކިހިނެއްތޯ ސުވާލުކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެކަން ކުރާ ގޮތަކީ ދޮގު ހެދުން ޢާންމުކޮށްގެން ކަަމަށާއި އެކަހަލަ ނިޒާމުތަކުގައި، ސިޔާސީ ވާދަވެރިކަމުގެ ހުރިހައި ފަރާތެއްގައި ތިބޭ މީހުން ވެސް ތަކުރާރުކޮށް ދޮގުހަދައި، ދޮގުފަތުރާނެ ކަމަށެވެ. އެވަރަށް ދޮގުހަދަނީ ކޮންމެހެން ކަމެއް އޮޅުވާލާކަށްވެސް ނޫން ކަމަށާއި ވާހަކައެއް ގަބޫލު […]

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާތަކުގެ ކޮންފަރެންސްގައި ޑރ. ޝަހީމް ބައެއް ސެޝަންތައް ޗެއަރ ކުރައްވާނެ

އިސްލާމީ ގައުމުތަކުގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާތައް ބައިވެރިވާ ގޮތަށް ބާއްވާ ޚާއްސަ ކޮންފަރެންސްގެ 9 ވަނަ ސެޝަންގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައެއް ސެޝަންތައް ޗެއަރކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. އިސްލާމީ ގައުމުތަކުގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާތައް ބައިވެރިވާ ގޮތަށް ބާއްވާ ޚާއްސަ ކޮންފެރެންސްގެ 9 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް މިހާރު ވަނީ ސަޢޫދީ ޢަރަބިއްޔާއަށް […]

އަމާޒަކީ 1,000 ޒުވާން ޚަޠީބުން ތަމްރީނުކޮށް, ރާއްޖޭގައި އިސްލާމީ ޝިއާރު ފާޅުކުރުން: މިނިސްޓަރު

އަމާޒަކީ އެއްހާސް ޒުވާން ޚަޠީބުން ތަމްރީނުކޮށް, ރާއްޖޭގައި ޚުޠުބާ ކިޔައި ރީތިކޮށް ޤުރުއާން ކިޔަވައި އިމާމުކަން ކުރާނެ ޖީލެއް ބިނާކުރުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. “ޒުވާން ޚަޠީބުންގެ މަޝްރޫޢު: އަޅުގަނޑުމެންގެ އަމާޒަކީ 1 ހާސް ޒުވާން ޚަޠީބުން ތަމްރީނުކޮށް، ދިވެހިރާއްޖޭގައި އިސްލާމީ ޝިއާރުފާޅުކޮށް ޚުޠުބާކިޔައި ރީތިކޮށް ޤުރުއާން ކިޔަވައި އިމާމުކަން ކުރާނެ ޖީލެއް ބިނާކުރުން.“ ޕޯސްޓުގައިވެއެވެ. ޒުވާން ޚަޠީބުން ޕްރޮގްރާމުގެ ފުރަތަމަ ބެޗުގައި 100 […]

“ހަޖަމު ނުބައިވެ“ ޢަބްދުއްރަހީމްގެ ރައްދެއް ޔާމީނަށް

ސަރުކާރާ ދުރަށް ދާން ޖެހުނީ ހަދާ ގޯސްތަކުން ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަހީމް ރައްދު ދެއްވައިފިއެވެ. ޕީއެންއެފްއިން ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ޔާމީން ވަނީ މި ސަރުކާރާ ދުރަށްޖެހިވަޑައިގެން އުޅުއްވަނީ ސަރުކާރުން ހަދާ ގޯސްތަކުން ހަޖަމު ކުރައްވަން އުނދަގޫފުޅުވެގެން ކަމަށެވެ. މިކަމަށް ރައްދު ދެއްވައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް […]

އެމެރިކާއިން މެދުއިރުމަތީގައި އީރާނުގެ ކުރިމަތިލުމަކަށް ތައްޔާރުވަނީ

އެމެރިކާގެ 2 އެއަރކްރާފްޓް ކެރިއަރއަކާއި އިތުރު މަނަވަރުތަކާއި ހަނގުރާމައިގެ ލަޝްކަރުތައް މެދުއިރުމައްޗަށް ޖަމާކުރަން ފަށައިފިކަމަށް މިއަދު ހެނދުނު 8 ގެ ސީ އެން އެން ޚަބަރުގައި ބުނެފިއެވެ. އެމެރިކާއިން ތައްޔާރުވަމުން މިގެންދަނީ އިސްރާއީލުން ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެން މެދުއިރުމަތީގައި އީރާނުން ދީފާނެ ރައްދު ހަމަލާއަކަށް ތައްޔާރު ވުމުގެ ގޮތުން ކަމަށްވެސް އެ ޚަބަރުގައި ބުނެފައި ވެއެވެ. ސީ އެން އެން އިން ބުނެފައިވާ ގޮތުގައި މިއީ މިދުވަސްވަރު އެމެރިކާއިން މެދުއިރުމައްޗަށް ފޮނުވާ […]

އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިންގެ ސަމާލުކަމަށް

އިނގިރޭސިވިލާތުގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހިންގެ ސަމާލުކަމަށް އެދި ރާއްޖޭގެ ފޮރިން މިނިސްޓްރީންް މިއަދު ބަޔާނެއް ނެރެފިއެވެ. ފޮރިން މިނިސްޓްރީން ބުނީ އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތްޕޯޓުގައި ހިނގި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދިނުމުގެ ހިތާމަވެރި ހާދިސާގައި 3 ކުޑަ ކުދިން ނިޔާވުމާ ގުޅިގެން، މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ސިލްސިލާ މުޒާހަރާތަކާއި ހަރަކާތްތައް، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ސަމާލުކަމާއެކު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. މި ހާލަތާ […]

ގައްޒާގެ މައްސަލާގައި ނޭޓޯއާއި އިސްރާއީލުގެ ގުޅުން ހުއްޓުވާލައިފި

އިސްރާއީލަކީ ނޭޓޯގެ މެމްބަރަކަށް ނުވާ އެ ޖަމާއަތުގެ އެލައިޔަންސް ޕާރޓްނަރެކެވެ. މިދިޔަ އަހަރު އޮކްޓޯބަރ މަހު ފެށުނު އިސްރާއީލް- ހަމާސްގެ ހަނގުރާމައާއި ގުޅިގެން އިސްރާއީލަކީ ނޭޓޯގެ އެލަޔަންސް ޕާރޓްނަރެއްގެ ގޮތުގައި އޮތުމަށް ތުރުކީން ނުރުހުމުން ނޭޓޯގެ އެލަޔަންސް ޕާރޓްނަރު ކަމުން އިސްރާއީލު ބްލޮކް ކޮށްފިކަމަށް އަންކާރާއިން މިއަދު ރޮއިޓާސްއަށް ޚަބަރު ދީފިއެވެ.  އިސްރާއީލަކީ އެމެރިކާއާއި އަދި ޔޫރަޕުގެ ބައެއް އެހެން ގައުމުތަކުގެ ބާރުގައި ނޭޓޯގެ ވަރަށް ބާރުގަދަ އެލަޔަންސް ޕާރޓްނަރެކެވެ. އޮކްޓޮބަރު 7 ގައި އިސްރާއީލް-ހަމާސްގެ ހަނގުރާމަ […]

ހަމާސްއާއި އެއްކޮޅު ޕޯސްޓުތައް ނަގަމުންދާތީ ތުރުކީއިން އިންސްޓަގްރާމް ބޭނުންނުކުރެވޭ ގޮތް ހަދައިފި

 ހަމާސް އާއި އެއްކޮޅަށް ލިޔަމުންދާ ޕޯސްޓުތައް ނުފެންނަ ގޮތައް ނަގަމުންދާތީ ތުރުކީއިން ސޯޝަލް މީޑިއާ ޕްލެޓްފޯރމް، އިންސްޓަގްރާމް ބޭނުންނުކުރެވޭ ގޮތް ހަދައިފިއެވެ.   އިންސްޓަގްރާމުން ނަގަމުން ގެންދިޔަ ޕޯސްޓުތަކާއެކު އެޕަށް ބާރު ބޮޑުވެ، ބުދަ ދުވަހު އެޕް ބޭނުންނުކުރެވޭ ގޮތަށް ވަނީ ބުރޫއުވެސް އަރާފައެވެ.   ތުރުކީގެ މި ނިންމުން އައިސްފައިވަނީ ފަލަސްތީނު މުޖާހިދީންގެ ގްރޫޕެއް ކަމަށްވާ ހަމާސްގެ ރޫހާނީ ލީޑަރު، އިސްމާއީލް ހަނިއްޔާ އިޒްރޭލުން ޝަހީދުކޮށްލުމާއި ގުޅިގެން ތައުޒިޔާގެ މެސެޖުތައް ސޯޝަލް ވިއުގަތަކަށް ބަންޑުންކޮށްލުމުންނެވެ. ތުރުކީގެ މުވާސަލާތާއި ބެހޭ […]

ހަނިމާދޫ އެއާޕޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު މާރާމާރީ ހިންގައިފި،ހަމަލާދިނީ މަރުތޭލަކުން

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ ދެ މުވައްޒަފުންގެ މެދުގައި މާރާމާރީ ހިންގައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ހަނިމާދޫ އެއާޕޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު މާރާމާރީ ހިންގާފައިވާ ކަމުގެ ރިޕޯޓު މިރޭ 08:00 ހާއިރު އެ އިދާރާއަށް ލިބިފައިވާ ކަމަށެެވެ. އެގޮތުން ފުލުހުން ބުނީ މި މާރާމާރީ ހިންގީ މަރުތޭލައެއް ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް ހަމަލާދީފައި ވަނީ ކޮން ތަނަކަށް ކަމެއް އަދި ސީދާ ބުނަން ނޭނގޭ ކަމަށް ފުލުހުން […]

ބަންގްލަދޭޝް ފިރިހެނެއްގެ އަތުން ދިވެހި އަންހެނަކު ވޮލެޓެއް ފޭރިގަނެއްޖެ

ބަންގްލަދޭޝް ފިރިހެނެއްގެ އަތުން ދިވެހި އަންހެނަކު ވޮލެޓެއް ފޭރިގަނެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ކުޅުދުއްފުށީ ސިޓީގައެވެ. މިކަމަށް އިޝާރާތްކޮށް ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ބުނީ ބަންގްލަދޭޝް ފިރެހެނެއްގެ އަތުން ދިވެހި އަންހެނަކު ފޭރުނު މައްސަލައިގެ ރިޕޯޓު އެ އިދާރާއަށް މިއަދު ހަވީރު ލިބިފައިވާ ކަމަށެވެ. އެގޮތުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު އެކަމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެ އަންހެން މީހާ ގެންގޮސްފައިވާ ކަމަށް ފުލުުހުން ހާމަކުރެއެވެ. ސޯޝަލް […]