ލައްޒަތާއި އިއްޒަތް ހޯދައި ދިނީމާ، ޔާމީނާއި ގައުމަށް ދޭން ތިޔަ އުޅެނީ ފެނުކައްކާ ބޮލީގެ އިއްޒަތްތޯ!

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ނުހައްގު ޖަލުހުކުމެއްގައި އަނިޔާގައި އޮންނަވައިގެން ލައްޒަތާއި އިއްޒަތް ހޯއްދަވައި ދެއްވީމާ “އެމަނިކުފާނަށާއި ދިވެހި ގައުމަށް ވެސް ދޭން ތިޔަ އުޅެނީ ފެނުކައްކާ ބޮލީގެ އިއްޒަތްތޯ“ ސުވާލު ކުރައްވައި, ޕީޕީއެމްގެ ކުރީގެ ސެނެޓަރެއް ކަމަށްވާ އަޙްމަދު މުޙައްމަދު ވަޙީދު (ވައްޑެ), ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. ސަރުކާރާ ދުރަށް ދާން ޖެހުނީ ހަދާ ގޯސްތަކުން ކަމަށް ކުރީގެ ޔާމީން ވިދާޅުވުމުން ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޢަބްދުއްރަޙީމް […]
ސިޔާސީ ގޮތުން “ހަންބޯ“ ނޫންކަން އެނގިއްޖެ, ނާގާބިލު ވެރިއެއް

މުޅި ފައުޖު ނެރެ ޑިފެންސަށް ކުޅެން ފެށުމުން ސިޔާސީ ގޮތުން ހަންބޯ ނޫންކަންވެސް އެނގިއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްްވި ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ރިޔާސީ އިންތިޚާބުގައި ވޯޓު ހޯއްދަވަން ދެއްކެވި ވާހަކަތައް ކޫލް ވާހަކަތަކަށްވީ ގޮތަށް މިއަދު ހަޖަމު ކުރަން އުނދަގޫވެގެން ނުވާނެ ކަމަށެވެ. އެ ދުވަސްވަރު ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަތައް އެއީ ޕަބްލިކްގައި ހުރި ވާހަކަތައްކަން ވެސް […]
ރަޝިއާއިން ގޫގްލްއާއި، އެންޑްރޮއިޑް އަދި އައިއޯއެސް ބްލޮކްކުރުމަށް ތައްޔާރުވަނީ

ރަޝިއާގައި ގޫގްލްއާއި، އެންޑްރޮއިޑް އޮޕަރޭޓިންގް ސިސްޓަމުގެ އިތުރުން އެޕަލްގެ އައިއޯއެސްވެސް ބޭނުން ނުކުރެވޭގޮތަށް ބްލޮކްކުރުމަށް ތައްޔާރުވަމުން އަންނަކަން އެގައުމުގެ ޕާލިމެންޓް މެންބަރެއްކަމަށްވާ އެލެކްސެއީ ޑިޑެންކޯ ހާމަކޮށްފިއެވެ. ޔޫޓިއުބްފަދަ ޚިދުމަތްތަކަށް ބަރޯސާ ނުވުމުނަށް އާންމުންނަށް ނަސޭޙަތްތެރިވަމުން ޑިޑެންކޯ ބުނެފައިވަނީ “ވަރަށް އަވަހަށް ގޫގްލް ބްލޮކްކޮށްލެވޭނެ” ކަމަށެވެ. އަދި އޭގެއިތުރުން، “ގޫގްލް އެންޑްރޮއިޑާއި އައިއޯއެސްވެސް ބޭނުންކުރުން ހުއްޓުވާނެ” ކަމަށާއި މިކަން ކުރާނީ އެއްބުރުން ނޫންކަމަށް އޭނާ ބުނެފައިވެއެވެ. ގަބޫލުކުރެވޭ ގޮތުގައި، މިއީ ޗައިނާއާއި ރަޝިއާއާއި، އިރާނުން ގުޅިގެން އިޒްރޭލާއި އެމެރިކާއަށް ގޮންޖަހާލުމުގެ […]
ބަންގްލަދޭޝްގައި ސަރުކާރާއެއްކޮޅު ފަރާތްތަކުންވެސް މުޒާހަރާކޮށް މަޝްރަހް ހޫނުވެފައި

ބަންގްލާދޭޝްގައި އިދިކޮޅުފަރާތްތަކުން ކުރަމުން އައި މުޒާހަރާތައް އަދިވެސް ކުރިޔަށް ގެންދާއިރު ، އާދީއްތަ ދުވަހު ސަރުކާރު ހިންގާޕާޓީ އަވާމީ ލީގުން ވެސް އޮތީ މުޒާހަރާތަކެއް ކުރާ ގޮތަށެވެ.އެހެން ކަމުން މަޝްރަޚް އޮތީ ވަރަށް ވެސް ހޫނުވެފައެވެ. ވަޒީފާގެ ކޯޓާ ގެންގުޅޭތީ އެކަމާ ދެކޮޅުހަދާ ކިޔަވާކުދިން ފެށިމުޒާހަރާތައް ވަނީ ފުޅާވެގެން ގޮސްފައެވެ.އަދި ދުއިސައްތަޔަށް ވުރެގިނަ މީހުން ވަނީ މަރުވެފައެވެ. މުޒާހަރާތައް މައިތިރިކުރުމަށް ސިފައިން ނިކުމެވަނީ ކިޔަވާކުދިންނާ ދެކޮޅަށް ބާރުގެ ބޭނުން ކޮށްފައެވެ. އަދި ފާއިތުވި ދެހަފްތާތެރޭ ދިހަ ހާހެއްހާ […]
ރައީސް ބައިޑްން ނިދީގައި ހިންގަވަމުން ހަނގުރާމައަކާ ދިމާލަށް

މިދިޔަ ހަފުތާއަކީ މެދުއިރުމަތީގައި ބަނަވެފައި އޮތް ހަނގުރާމައިގެ ވިލާގަނޑުން އަލިފާނުގެ ހުޅުން ވާރޭ ވެހުނު ހަފުތާއެއްކަމަށް ބައިނަލް އަގްވާމީ ބައެއް މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ. އިސްރާއީލުން ގަދަކަމުން ވެރިވެގެންފައިވާ ސީރިޔާގެ ގޯލާންގެ އުސްބިންތަކުގައި ފުޓްބޯޅަ ކުޅެންތިބި ބަޔަކަށް ހޮނިހިރު ދުވަހު އަމާޒުވިކަމަށް ބުނާ ހިޒްބު ﷲ ގެ ޙަމަލާއެއްގައި އެތަނުން 12 ކުދިން މަރުވުމާއި އޭގެ ރައްދުގައި އަންގާރަދުވަހުގެ ރޭގަނޑު އިސްރާއީލުން ދިން ރޮކެޓް ހަމަލާއެއްގައި ހިޒްބު ﷲ ގެ ކޮމާންޑަރ ފުއާދު ޝުކުރު އާއި އަދި […]
ސިންގަޕޫރު ރައްޔިތުންގެ ކެއުމުގައި “އެޑިބަލް” ފަނިފަކުސަ ހިމެނުމަށް ބިލް ގޭޓްސް ބާރު އަޅަނީ!

މަހުޖަނަކަށްވީނަމަވެސް، ބިލް ގޭޓްސް އެދޭ ހުރިހާ ކަމަކީ ދުނިޔޭގެ އެންމެ ގަބޫލުކުރަންޖެހޭ ކަންކަމެއް ނޫނެވެ. ގުދުރަތީ ހޮތުން ލިބެން ހުންނަ އެއްގަމު މަހުގެ ބާވަތްތަކުގެ ބަދަލުގައި، ތައްޔާރީ މަސްތަކާއި، ކެވޭ ފަނިފަކުސަ ބާޒާރުތަކަށް ނެރެ، އެތަކެތި ނޫންގޮތެއް ނޯންނަ ގޮތައް ބާޒާރު ބަދަލުކުރުމަށް ބިލް ގޭޓްސް މަސައްކަތް ކުރާތާ އެތަކެއް އަހަރުތަކެއް ވެއްޖެއެވެ. އެގޮތުން، ތައްޔާރީ މަހާއި ކާނާއަކީ މުސްތަގުބަލުކަމަށް ބުނެ، ދަނޑުވެރި، ހުއިހައްޕާ ގައުމުތަކުން ގެރިފަދަ ނައަމްސޫފި ގެންގުޅުން މަނާކުރުމަށް ގޭޓްސް ބާރު އަޅާފައިވާއިރު، އޭނާގެ […]
އެޕްރިކޮޓް: މީރުކަމާ އެއްވަރަށް ސިއްހަތަށްވެސް ފައިދާހުރި މޭވާއެއް!

އެޕްރިކޮޓް އަކީ އަނގަޔަށް މީރު ހުތް ފޮނި މޭވާ އެކެވެ. މިއީ ކައްކައިގެންނާއި، ޖޭމްގެ ގޮތުގައި ތައްޔާރުކޮށްގެންނާއި، ރޯކޮށްހުއްޓައި، އަދި ހިއްކައިގެންނާއި، ދަޅުގައި ބަންދުކޮށްގެން ވެސް ކައިއުޅޭ މޭވާއެކެވެ. ނަމަވެސް ޞިއްޙީ ގޮތުން އެންމެ ފައިދާ ބޮޑީ ހިއްކައިގެން ބޭނުންކުރުމުންނެވެ. 5 ކިލޯގެ ތާޒާ އެޕްރިކޮޓް ބޭނުންކޮށްގެން އުފެއްދެނީ އެންމެ ކިލޯއެއްގެ ހިކި އެޕްރިކޮޓެވެ. މިސަބަބަށްޓަކައި، ކާނާގެ ބާވަތްތައް ހިމެނޭ މިންވަރު ހިއްކާފައި ހުންނަ، އެޕްރިކޮޓްގައި ގިނަވާނެ އެވެ. ހިއްކާފައި ހުންނަ އެޕްރިކޮޓަކީ ތަތް އެއްޗެއްކަމުން މިފަދަ […]
ފަސްހާސް ކިލޯމީޓަރު ދުރުގައި ސާޖަން ހުރެގެން ފުއްޕާމޭގެ ޓިއުމަރު ނެގުމުގެ އޮޕަރޭޝަނެއްކޮށްފި

ޗައިނާގެ ހޮސްޕިޓަލެއްގައި އޮޕަރޭޝަން ކުރެވުނު ޕޭޝަންޓާއި 5000ކިލޯމީޓަރު ދުރުގައި ސާޖަން ހުރެގެން ފުއްޕާމޭގެ ޓިއުމަރެއް ނެގުމުގެ ކާމިޔާބު އޮޕަރޭޝަނެއްކޮށް ޚާއްސަ ރެކޯޑެއް ގާއިމް ކޮށްފިއެވެ. އައު ޓެކްނޮލޮޖީ އާއި އަދި ރިސަރޗްގެ މައްޗަށް ބިނާކޮށް ޑޮކްޓަރުން ވަނީ މި އޮޕަރޭޝަން ކުރުމަށް ޚާއްސަ މެޝިނެއް ބޭނުންކޮށްފައެވެ. އަދި މި މެޝިން ބޭނުން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ މާދުރުގަ،ޝަންގހާއީގައި ހުރި ސަރޖަންއެކެވެ.ގަޑިއެއްހާއިރުން ފުރިހަމަ ކޮށްލެވުނު މިސަރޖަރީގެ ވީޑިއޯ އެއް މިހާރު ސޯޝަލް މީޑިޔާގައި ދައުރު ކުރަމުން ދާކަމަށް […]
ކަރަންޓު ބިލު ބޮޑުވާ ސަބަބުތައް ސްޓެލްކޯއިން ޓީމްތައް އެ ގޭބިސީތަކަށް ފޮނުވަނީ!

މިދިޔަ މަހުގެ ކަރަންޓު ބިލްތައް ބޮޑުވެފައިވާ ގެތަކުގެ ހާލަތު ބަލައި، އޮޑިޓެއް ހަދަން ހާއްސަ ޓީމުތަކެއް ގޭގެ އަށް ފޮނުވަން ސްޓެލްކޯ އިން ނިންމައިފި އެވެ. އިއްޔެ ބޭއްވި ޕްރެސްކޮންފަރެންސްގައި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، މިދިޔަ މަހު ވެސް ކަރަންޓު ބިލް ވަރަށް ބޮޑުވި ގެތައް ފާހަގަކުރެވިފައިވާ ކަމަށެވެ. ފަހުމީ ވިދާޅުވީ، މާލޭގެ ހަ ޕަސެންޓު ގޭބީސީ އާއި ހުޅުމާލޭގެ 15 ޕަސެންޓު ގޭބީސީގެ ކަރަންޓް ބިލް ބޮޑުވި ކަމަށެވެ. ”އަޅުގަނޑުމެންގެ ޓީމެއް […]
ކުރީގެ ރައީސް ޔާމީނާއެކު މާދަމާރޭ ވެސް ޕީއެންއެފްގެ ފޯރިގަދަ ޖަލްސާއެއް

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއް މާދަމާރޭ ބާއްވަން ނިންމައިފިއެވެ. ެއެ ޕާޓީން މިރޭ ބުނީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ޕީއެންއެފްގެ ފޯރިގަދަ ފްރަންޓް އޮފީސް ޖަލްސާއެއް މާދަމާ ރޭ 20:45 ގައި އޮންނާނެ. “ހުރިހާ ބޭފުޅުންނަށް ދައުވަތު އަރުވަން“ އެ ޕާޓީގެ މީޑިއާ ގުރޫޕަށާއި މީސްމީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ވެއެވެ. ޕީއެންއެފްއިން ދޭތެރެއަކުން އަންނަނީ ޖަލްސާ ބާއްވަމުންނެވެ. އެންމެ ފަހުން ޖަލްސާ ބޭއްވީ މި މަހުގެ ފުރަތަމަ ދުވަހުގެރޭގައެވެ. މި ޖަލްސާތަކުގައި […]