އަޅުގަނޑުމެންގެ ޢަޤީދާއަށް ނުފޫޒު ފޯރުވުމުގެ ޙައްޤެއް އެމީހުންނަކަށް ނޯންނާނެ

ދިވެހިންގެ ޢަޤީދާއަށް ނުފޫޒު ފޯރުވުމުގެ ޙައްޤެއް ބޭރުގެ ފަރާތްތަކަށް ނޯންނާނެ ކަމަށް އައްޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ. އެހެން ދީނެއްގެ ފިކުރާއި ޝިޔާރު ފަތުރަން އުޅުނު ކަމަށް ކަނޑައަޅައި 2019 ވަނަ އަހަރު އުވައިލަން ނިންމި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަލުން ރުޖޫއަ ކުރުމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީ (ސީސީޕީއާރު) އިން ވަނީ ގޮވާލައިފައެއެވެ. އެ ސެންޓަރުން އެގޮތަށް ގޮވައިލީ ބައިނަލްއަގުވާމީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާ […]

ޑރ. ޝަހީމްގެ އަބުރު ކަތިލުމަށް އަސްލެއް ނެތް ވީޑިޔޯ އުފެއްދުމަކީ ނާތަހުޒީބު ޢަމަލެއް: ޝާހިދު

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަބުރު ކަތިލުމަށް އަސްލެއް ނެތް ވީޑިޔޯ އުފެއްދުމަކީ ނާތަހުޒީބު ޢަމަލެއް ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ކޮންމެ މީހަކީވެސް އިންސާނީ ކަރާމާތެއް އޮންނާނެ މީހެއް ކަމަށާއި ކޮންމެ މީހެއްގެ ވެސް ޢާއިލާއެއް އޮންނާނެ ކަމަށާއި މައިންބަފައިން، ފިރިން އަނބިން ދަރިން ތިބޭނެ ކަމަށެވެ. “ސިޔާސީ އޮއިވަރުގައި ނުވަތަ ޖަޒުބާތާއި ނަފުރަތުގައިޖެހި އަނެކާގެ އަބުރާއި އިއްޒަތް ވެއްޔާއި […]

ވަޒީރުގެ ދިފާއުގައި އިމްރާން: އަބުރު ކަތިލުމަށް ވީޑިޔޯ ހެދުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަބުރު ކަތިލުމަށް ވީޑިޔޯ ހެދުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚު އިމްރާން ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވެފައި މިވަނީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް އަންހެނަކާއެކު ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ބުނެ, “ހަސަން ކުރުސީ“ ގެ ނަމުގައި ހަދާފައިވާ އެކްސް އެކައުންޓަކުން ވީޑިއޯތަކެއް އާންމުކޮށްފައިވަނިކޮށެވެ. އެގޮތުން އިމްރާން ވިދާޅުވީ ސިޔާސީ ގޮތުން ޚިޔާލު ތަފާތު ވުމަކީ […]

ޑރ. ޝަހީމަކީ ހަގީގަތާ ޚިލާފު އިލްޒާމުތައް އަޅުވައިގެންފަހަތަށް ޖެއްސޭނެ ބޭފުޅެއްނޫން: ޢަބްދުއްރަޙީމް

އިސްލާމީކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ ހަގީގަތާ ޚިލާފު އިލްޒާމުތައް އަޅުވައިގެން ފަހަތަށް ޖެއްސޭނެ ބޭފުޅެއްނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ. ޢަބްދުއްރަޙީމް މިހެން ވިދާޅުވެފައި މިވަނީ ޑރ. ޝަހީމް އަންހެނަކާއެކު ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ބުނެ, “ހަސަން ކުރުސީ“ ގެ ނަމުގައި ހަދާފައިވާ އެކްސް އެކައުންޓަކުން ވީޑިއޯތަކެއް އާންމުކޮށްފައިވަނިކޮށް އެއީ ފޭކް ވީޑިއޯތަކެއްކަން ހާމަވުމުން އެކްސްގައި ކުރެެއްވި ޕޯސްޓެއްގައެވެ. ޢަބްދުއްރަޙީމް ވިދާޅުވީ އިސްލާމީކް މިނިސޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ […]

ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ އިތުރު 11 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިހާރު ހިންގަމުންދާ ޚާއްސަ އޮޕަރޭޝަނުގެ ތެރެއިންގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 11 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގުރޭޝަނުން ރޭ ބުނީ ހުޅުމާލޭގައި ހިންގަމުންދާ ބޯކޮށާ ތަންތަނަށް އަމާޒުކޮށްގެން އިއްޔެ ހިންގި ރެއިޑުގައި 06 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި މީގެތެރެއިން 04 ތަނެއް ބަންދުކޮށް، ގަވާއިދާ ޚިލާފަށް އުޅޭ 07 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ހުޅުމާލޭގައި ބިދޭސީން […]

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސައިފި

ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ އޮގަސްޓު 6 ވަނަ ދުވަހުން ފެށިގެން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި މިކަން ހަމަޖެއްސެވިކަން އަންގަވާފައިވަނީ ރައީސް އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ. ރައީސް އޮފީހުން ބުނީ ރައީސް މިގޮތަށް ހަމަޖެއްސެވީ، ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ […]

ޔޫކޭގައި އުޅޭ ދިވެހިންގެ ސަމާލުކަމަށް: ހަމަނުޖެހުންތައް ވަރަށް ގޯސް, ކުރިއަށް 100 އަށްވުރެ ގިނަ މުޒާހަރާ ރޭވިފައި

އިނގިރޭސިވިލާތް ނުވަތަ ޔުނައިޓެޑް ކިންގްޑަމް ( ޔޫކޭ) ގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން, އެ ގައުމުގައި ދިރިއުޅޭ އެނމެހައި ދިވެހި ރައްޔިތުންނާއި، އެ ގައުމަށް ޒިޔާރަތްކުރާ ދިވެހިން ސަލާމަތަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. ފޮރިން މިނިސްޓްރީން ބުނީ ޖުލައި މަހުގެ 29 އިން ފެށިގެން އިނގިރޭސިވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން އެތައކަން ބަލަމުން އަންނަ ކަމަށެވެ. މިނިސްޓްރީން ބުނީ މިހާލަތާ […]

ރާއްޖެ-ކޮޓްޑިވުއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނަން: ޒަމީރު

ދިވެހިރާއްޖެއާއި ކޮޓްޑިވުއާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފިއެވެ. މިނިސްޓަރު ޒަމީރު މި ޔަގީންކަން ދެއްވީ ކޮޓްޑިވުއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ޚާރިޖީ ވަޒީރު ކަކޫ ހުއަޖާ ލިއޯން އެޑޮމްއަށް، ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ. މިނިސްޓަރުގެ މެސެޖުގައި ވަނީ ކޮޓްޑިވުއާގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި އެ ގައުމުގެ ޚާރިޖީ ވަޒީރާއި ކޮޓްޑިވުއާގެ ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރުމަކީ ލިބިވަޑައިގެންނެވި […]

ފަލަަސްތީނު ސަލާމަތްކުރަން ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒު ކުރަންޖެހޭ: ޒަމީރު

ފަލަސްތީނާއި އެ ގައުމުގެ ރައްޔިތުންގެ ނަސްލު ނައްތާލުން ނިމުމަކަށް ގެނެވޭނީ އެއްވެސް ގައުމެއް އިސްތިސްނާ ނުވާ ގޮތަށް ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒު ކޮށްގެން ކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގޮވާލައްވައިިފިއެވެ. މިނިސްޓަރު މި ގޮތަށް ގޮވައިލެއްވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން އެންޑޭޑް އެކްސްޓްރާ އޯޑިނަރީ މީޓިންގައި ދެއްވި ބަޔާނުގައެވެ. ބަޔާން ދެއްވަމުން މިނިސްޓަރު ޒަމީރުގެ ވާހަކަފުޅުގައި ވަނީ ޣައްޒާގެ ޙާލަތު އިތުރަށް ގޯސްވަމުންދާކަން ފާހަގަކުރައްވައި ފަލަސްޠީނުގެ […]

ބަންގްލާދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިއަކަށް ނޯބެލް އިނާމް ހާސިލް ކުރައްވާފައިވާ މުހައްމަދު ޔޫނުސް

ބަންގްލާދޭޝްގެ ވަގުތީ ސަރުކާރުގެ ވެރިއަކަށް ނޯބެލް އިނާމް ހާސިލް ކުރައްވާފައިވާ މުހައްމަދު ޔޫނުސް އައްޔަން ކޮށްފިއެވެ. މިގޮތަށް ހަމަޖެހުނީ ރައީސް މުހައްމަދު ޝަހާބުއްދީން އާއި އަސްކަރީ ލީޑަރުން އަދި ކިޔަވާކުދިންގެ ލީޑަރުންގެ ބައްދަލު ވުމަކަށް ފަހުއެވެ. އުމުރުފުޅުން 84 އަހަރުގެ ޔޫނުސް އަކީ ހޯމަދުވަހު މަގާމުން އިސްތިއުފާދެއްވި ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އާއި ސިޔާސީ ގޮތުން ވަރަށް ބޮޑަށް ދެކޮޅު ބޭފުޅެކެވެ.އޭނާ ހުންނެވީ ހަމަސްދުވަހުގެ ޖަލުހުކުމަކާ ގުޅިގެން ކަފާލާތު އުސޫލުގެ ދަށުން މިނިވަންވެ ވަޑައިގެންނެވުމުން ގައުމުން […]