އިސްރާއީލަށް ހަމަލާ ދިނުމަކީ މިހާރު އީރާނަށް ވާރުތަވެފައި ހައްގެއް

ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ އީރާނުގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި އީރާނުގައި ހުންނަވަނިކޮށް އިސްރާއީލުން ދިން ހަމަލާއެއްގައި ޝަހީދު ކޮށްލުމުގެ ބަދަލު ހިފުމަށް ތައްޔާރުވަމުންދާކަން އެމެރިކާ އޮފިޝަލުންނަށް އެނގިއްޖެކަމަށް ޔޫ އެސް އޭ ޓްޑޭއިން މިއަދު ހާމަކޮށްފިއެވެ. އެހެންނަމަވެސް އީރާނުން ހަމަލާ ދޭން ގަސްދުކުރާ ފެންވަރަކާއި ދުވަހަކާ ވަގުތު މިހާތަނަށް އޮޅުންފިލާގޮތެއް ނުވާ ކަމަށް ޔޫ އެސް އޭ އާއި ވާހަކަ ދެއްކި އެމެރިކާގެ 2 އޮފިޝަލުން  ބުނެފައިވެއެވެ.                                        ޔޫ އެސް އޭ ޓްޑޭ އާއި ވާހަކަ […]

އެމެރިކާގެ ރައީސުންގެ ތެރެއިން ބަނގުރަލާ ދުރުގައި އުޅުނީ ކޮންބޭފުޅުންނެއްކަން އެނގޭތަ؟  

ފާއިތުވެގެން މިދާ ސަތޭކަ ވަރަކަށް އަހަރުގައި ދުނިޔޭގެ އެންމެ ބާރުގަދަ އެއްގައުމަކީ އެމެރިކާއެވެ. އެގައުމުގެ ވެރިން ކުރައްވާ ކަންތަކާއި ނުކުރައްވާ ކަންތައްތަކަށް ފާރަލުމަކީ އަބަދުވެސް މީޑިއާތަކުން ކުރާ ހިތުން ކުރާކަމެކެވެ. ބައެއް ފަހަރު އެބޭފުޅުން ބޭޒާރު ކޮށްލުމުގެ ބޭނުމުގައެވެ. ބައެއްފަހަރު އެ ބޭފުޅުންގެ އަމަލުތަކުން މިސާލު ލިބި ގަތުމަށާއި އެބޭފުޅުން އިޝްތިހާރު ކުރުމަށެވެ.                                    އަޅުގަނޑުމެންގެ ސިޔާސީ ބޭފުޅަކު ބޭނުންކުރާ ބުއިމަށް ތަރުހީބު ދެއްވައި ވާހަކަފުޅު ދައްވާފައިވާ ކަމަށް އާންމު ވެގެން ދިޔަ ދުވަސްވަރެއް ފަހަކަށް އައިސް ފެނިފައިވެއެވެ.                                       […]

މެލޭޝިއާއަށް ޖުލައިމަހު އެކަނިވެސް 1 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް!

މެލޭޝިއާ ރިންގިޓްގެ އަގު ބާޒާރުގައި މައްޗަށް ދިޔުމާއެކު ގިނަ އިންވެސްޓްރުންތަކެއްގެ ސަމާލުކަން ވަނީ ހޯދާފައެވެ. މިގޮތުން، މެލޭޝިއާގެ ބޮންޑުތަކުގެ މަގުބޫލުކަން އިތުރުވެއްޖެއެވެ.  ބްލޫމްބާރގުން ބުނެފައިވަނީ ޖުލައި މަހުގައި ބޭރުގެ އިންވެސްޓަރުންގެ ފަރާތުން 5.5 ބިލިއަން ރިންގިޓް މެލެޝިއާގެ ބާޒާރަށް ވައްދައިދިނެވެ. މިއީ އަހަރެއްގެ ތެރޭގައި މިގޮތައް ލިބުނު އެންމެ ބޮޑު އަދަދު ލިބުނު މަހެވެ.  މިގޮތުން، އޭޝިއާ މިޑްލް އީސްޓް ސެންޓަރގެ ތިންކް ޓޭންކްގެ ފޮރިން އިންވެސްޓްމަންޓް އިންޓެލިޖެންސް ޔުނިޓުގެ މެންބަރެއް އަދި، އެސެންޓަރުގެ ސީނިއަރ ފެލޯއެއް ކަމުގައިވާ […]

އިސްރާއީލުގެ އަޔަން ޑޯމްއަށް ނުހުއްޓުވޭނެ ހަތިޔާރު އީރާނުގައި އެބަހުރި: އެމެރިކާގެ މީޑިއާ

އިސްރާއިލްގެ އަޔަން ޑޯމްއަށް ނުހުއްޓުވޭނެ ހަތިޔާރު އީރާނުގައި އެބަހުރި ކަމަށް އެމެރިކާގެ މަސްދަރަކުން އިންޒާރު ދީފިއެވެ. އިސްރާއީލުން ތައްޔާރުވަމުން ދަނީ އީރާނާއި އެ ޤައުމަށް ވާގިވެރިވާ ޤައުމުތަކުގެ ކޯޑިނޭޓްޑް ހަމަލާއަކަށް ކަމަށާއި އެ ހަމަލާއަކީ އިސްރާއީލުގެ ވައުންޓް އަޔަން ޑޯމް ނިޒާމަށް ވުރެ މާ ބޮޑަށް ފުޅާވާން ޖެހިފައިވާ މަލްޓިލޭޔަރ އެއާ ޑިފެންސް ސިސްޓަމަކަށް މިހާތަނަށް ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖު ކަމަށް ވޯލް ސްރީޓް ޖާނަލްގައި ރިޕޯޓުކޮށްފިއެވެ. އެމެރިކާއާއި އިސްރާއީލުން އުފެއްދި އަޔަން ޑޯމް އަކީ […]

ޑެޑްޕޫލް ހެދުމުގައި އެއާޕޯޓަށް ދިޔައީ ރައްޓެއްސަކު ބަލާ، ސުވާލުކުރުމަށް ފަހު ދޫކޮށްލައިފި

ހޮލީވުޑް ފިލްމް، ”ޑެޑްޕޫލް“ގެ ކޮސްޓިއުމް ލައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އުޅުނު މީހަކާ ފުލުހުން ރޭ ސުވާލުކުރުމަށް ފަހު ދޫކޮށްލައިފި އެވެ. ”ޑެޑްޕޫލް އެންޑް ވޮލްވެރިން“ގެ ހެދުމުގައި ޓާމިނަލް ތެރޭގައި މީހަކު އުޅެނިކޮށް ސޯޝަލްމީޑިއާގައި ވަނީ ވީޑިއޯއެއް އާއްމުވެފަ އެވެ. ފުލުހުން ބުނީ ”ޑެޑްޕޫލް އެންޑް ވޮލްވެރިން“ގެ ހެދުމުގައި ޓާމިނަލް ތެރޭގައި އުޅުނު މީހަކާ ސުވާލުކޮށްފައިވާ ކަމަށާއި އޭނާ އެ ހެދުމުގައި އެއާޕޯޓަށް ދިޔައީ ރައްޓެއްސަކު ބަލާ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންވެ މައުލޫމާތު ސާފުކުރުމަށް ފަހު […]

ފުރަން އެއާޕޯޓަށް ދިޔަ މީހެއްގެ އަތުން ޑްރަގް ފެނުމުން ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ފުރަން ގޮސް ހުރި މީހެއްގެ އަތުން މަސްތުވާތަކެތި ފެނުމުން، އޭނާ ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. ފުލުހުން ބުނީ އޭނާ ބަލާފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ރަބަރު ޕެކެޓް ފެނިފައިވެ އެވެ. އޭގެ ބަރުދަނުގައި 209 ގްރާމު ހުރި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންގެ ޑްރަގު އެންފޯސްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

އޮރެންޖު: ފައިދާއިން ފުރިފައި!

އޮރެންޖަކީ ރާއްޖެއިން ވަަރަށް ފަސޭހައިން ގަންނަން ލިބޭ އެއްޗެކެެވެ. އޮރެންޖުގެ މުއްސަނދި ނިއުޓްރިޝަނަލް ޕްރޮފައިލްގެ ސަބަބުން ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބެއެވެ.  އޮރެންޖުން ލިބޭ ސިއްހީ ފައިދާތައް: 1- ވިޓަމިން ސީ އިން މުއްސަނދިވުން އިމިއުން ސަޕޯޓް: ދިފާއީ ނިޒާމު ވަރުގަދަކޮށް، ރޯގާ އާއި އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދެ އެވެ. އެންޓިއޮކްސިޑެންޓް ޕްރޮޕަޓީސް: ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދެއެވެ. 2- ފައިބަރ ގިނަވުން ހަޖަމުކުރުމުގެ ސިއްހަތު: ހަޖަމުކުރުމަށް އެހީތެރިވެދޭ އަދި […]

ޔޫއޭއީ ގޯލްޑެން ވިސާގެ މަގުބޫލުކަން އިތުރުވުމާއެކު ބޭންކުތަކަށް ވަންނަ ފައިސާ އިތުރުވެއްޖެ

ޔޫއޭއީގެ 10 އަހަރުގެ ރަށްވެހިކަން ހޯދުމުގެ ފުރުސަތު އޮންނަ، ގޯލްޑެން ވިސާގެ މަގުބޫލުކަން މަހުޖަނުންގެ މެދުގައި އިތުރުވެ، އެކުވެރި އަރަބި އިމާރާތައް މީހުން ހިޖުރަކުރާ މިންވަރު އިތުރުވެފައި ވާކަން ބޭންކަށް ވަންނަ ޑިޕޮސިޓް ފައިސާގެ އަދަދުތަކުން އެނގޭކަމަށް އެގައުމުގެ ބޭންކުތަކުން ބުނެފިއެވެ.  މިގޮތުން، މި ވިސާ ހޯދުމަށްޓަކައި ޔޫއޭއީގެ ބޭންކުތަކަށް 2 މިލިއަން ދިރުހަމްގެ ޖުމްލަ އިންވެސްޓްމަންޓް މަދުވެގެން 2 އަހަރު ދުވަސްވާންދެން މެދުނުކެނޑި ކުރަން ޖެހެއެވެ. އަދި ދިގުމުއްދަތައް އެތަނުގައި ދިރިއުޅެފައިވާކަމުގެ ހެކީގެ ގޮތުގައި ބޭންކުން […]

ޝެއިޚް ޙަސީނާ: ޑިމޮކްރަސީގެ ދަޅަ ދައްކައިގެން އުޅުއްވި ޚުދުމުޚުތާރުވެރިއެއް!

ބަންގްލަދޭޝްގެ ކިޔަވާކުދިން ކުރަން ފެށި މުޒާހަރާއެއް ބޮޑުވެ، މުޅި ގައުމުގެ އެތައް ބަޔަކު ނުކުމެ މެދުކެނޑުމެއްނެތި ކުރަމުންދިޔަ މުޒާހަރާތަކުގެ ނަތީޖާއެއްގެ ގޮތުން، އެގައުމުގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ ވާޒެދް އިސްތިއުފާ ދެއްވައި، ގައުމު ދޫކުރައްވާ ފިއްލަވައި ވަޑައިގެންފިއެވެ. މިގޮތުން، ހަސީނާ ފިއްލަވައި ވަޑައިގެންފައިވަނީ އިންޑިއާއަށެވެ. އެތަނުގެ ސަރުކާރުން އޭނާއަށް ވަނީ ހިމާޔަތްދީފައެވެ.  2009 ވަނަ އަހަރުއްސުރެ ވެރިކަމުގައި ހުންނެވި ޚުދުމުޚުތާރު ވެރިޔާ، ޝެއިޚް ހަސީނާ ވެރިކަން ކުރައްވަމުން ގެންދެވީ، ސަރުކާރުގެ ބޮޑުންނާއި، އަރިސް އާއިލާތައް ތަނަވަސްވެ، ކޮރަޕްޝަނުގެ […]

މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ޕްރޮގްރާމްތައް އިސްތިހާރު ކުރަނީ ހުއްދަ ދީފައިވާ ގޮތަށްތޯ ކަށަވަރުކުރޭ: އެމްކިއުއޭ

މަތީ ތަޢުލީމުދޭ މަރުކަޒުތަކުން އިސްތިހާރު ކުރަމުން ގެންދާ ޕްރޮގްރާމްތަކަށް އެންރޯލްވުމުގެ ކުރިން، އެ ޕްރޮގްރާމް އިސްތިހާރު ކޮށްފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ(އެމްކިއުއޭ) އިން ހުއްދަ ދީފައިވާގޮތަށްކަން ކަށަވަރުކުރުމަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ. އެމްކިއުއޭއިން ކުރި އިއުލާނެއްްގައި ބުނީ މަތީ ތަޢުލީމާއި ތަމްރީނު ދޭ ގިނަ މަރުކަޒުތަކަކުން ދަނީ އެ މަރުކަޒުތަކުގައި ހިންގުމަށް ބޭނުންވާ ގިނަ ޕްރޮގްރާމްތަކެއް ސޯޝަލް މީޑިއާގެ މަންސަތަކުގައި އިސްތިހާރު ކުރަމުން ކަމަށެވެ. އެހެންކަމުން ކިޔަވާ ދަރިވަރުން އެ ޕްރޮގްރާމަކަށް އެންރޯލް ވުމުގެ ކުރިން، އެ […]