މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި

މަސްތުވާތަކެތި ފަދަ ގެއްލުންދެނިވި ތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމާ ގުޅޭ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަސްޓަމްސްގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި މި ބައްދަލުވުން އޮތީ ކޮމިޝަނަރ އޮފް ޕޮލިސްގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ވަނީ ދެ މުއައްސަސާއިން މިހާރު ގުޅިގެން ކުރެވޭ ކަންކަން އިތުރަށް ހަރުދަނާކޮށް، […]
ވެލާނާ އެއާޕޯޓުގައި ފުރަން ގޮސް ހުރި މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން ފުރަން ގޮސް ހުރި މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ. ފުލުހުން އިއްޔެ ބުނީ ބުދަދުވަހުގެރޭގެ ވަގުތެއްގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އެ އަންހެން މީހާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާއިރު, އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 209 ގްރާމް ހުރި ކަމަށް […]
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރަށް ރައީސް ޑރ. މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރުގެ މަގާމަށް އައްޔަންކުރެއްވި ޑޮކްޓަރު މުޙައްމަދު ޔޫނުސްއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ޑޮކްޓަރ މުޙައްމަދު ޔޫނުސަށް ތަހުނިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުޢިއްޒު ވަނީ ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރުގެ ލީޑަރޝިޕްގެ ދަށުން ބަންގްލަދޭޝްގެ ރައްޔިތުންގެ މެދުގައި ސުލްޙަމަސަލަސްކަމާއި އެއްބައިވަންތަކަން އާލާވެ، ފާގަތިކަން ލިބިގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ދިވެހިރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމާއި އެކުވެރިކަން ވެސް ރައީސްގެ […]
އިންޑިއާގެ މިނިސްޓަރު ޑރ. ޖައިޝަންކަރު މިއަދު ރާއްޖެއަށް ވަޑައިގަންނަވަނީ

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ.އެސް ޖައިޝަންކަރު މިއަދު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ޮފޮރިން މިނިސްޓްރީން ބުނީ ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، […]
މައްކާގައި ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވާ 2 ދަރިވަރުން ފުރައިފި

މި މަހުގައި މައްކާގައި ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ރާއްޖެއިން ބައިވެރިވާ 2 ދަރިވަރުން ސައޫދީ ޢަރަބިއްޔާއަށް ދިއުމަށް ފުރައިފިއެވެ. އެ ދެ ދަރިވަރުން ސައޫދީ ޢަރަބިއްޔާއަށް ދިއުމަށް ފުރީ އިއްޔެގެ ވަގުތެއްގައެވެ. މައްކާގައި ބާއްވަން ހަމަޖެހިފައިވާ ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރެސައިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން (44) ގައި ރާއްޖެއިން ބައިވެރިވާ 2 ދަރިވަރުންނަކީ ޝަޢަފް ޙާމިދު އިބްރާހިމް (މަލާޒް/ޅ.ނައިފަރު) އާއި އަރީކް […]
މޮރިޝަސް ޤުރްއާން މުބާރާތް: ޤުރްއާން އެއްކޮށް ނުބަލައި ކިޔެވުމުގެ ބައިން އަލްޔަސަޢު 3 ވަނައަށް

މޮރިޝަސް ޤުރްއާން މުބާރާތުގައި ދިވެހިރާއްޖޭގެ ފަރާތުން ވާދަކުރި ދަރިވަރު އަލްޔަސަޢު ބިން ޒަމްޒަމް މުޅި ޤުރްއާން އެއްކޮށް ނުބަލައި ކިޔެވުމުގެ ބައިން 3 ވަނަ ހާސިލުކޮށްފިއެވެ. މޮރިޝަސް ޤުރްއާން މުބާރާތުގައި ދިވެހިރާއްޖޭގެ ފަރާތުން ވާދަކުރި އަލްޔަސަޢު ބިން ޒަމްޒަމް މިހާރު ވަނީ އެނބުރި ރާއްޖެ އައިސްފައެވެ. މޮރިޝަސް ޤުރްއާން މުބާރާތުގައި ދިވެހިރާއްޖޭގެ ފަރާތުން ވާދަކޮށް މުބާރާތުގައި މުޅި ޤުރްއާން އެއްކޮށް ނުބަލާ ކިޔެވުމުގެ ބައިން އަލްޔަސަޢު 3 ވަނަ ހާސިލުކުރުމުން އެކަން ފާހަގަކުރައްވައި އިސްލާމީ ކަންތައްތަކާ ބެހޭ […]
މިއަހަރު ބާއްވާ އިސްލާމީ 6 މަހާސިންތާގެ ކަންކަން ތަރުތީބުކޮށް ނިންމައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރު ބާއްވާ އިސްލާމީ 6 މަހާސިންތާގެ ކަންކަން ތަރުތީބުކޮށް ނިންމައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭގެތެރެއިން ފުރަތަމަ މަހާސިންތާ ކަމަށްވާ އިލްމުވެރިންގެ މަހާސިންތާ މި މަހު 24 ގައި އޮންނާނެ ކަމަށެވެ. އެ މަހާސިންތާގައި މައްކާގެ ޙަރަމްފުޅުގެ ފަތުވާ މަޖްލިސްގެ އިސް އިލްމުވެރިޔަކު ބައިބެރިވެލައްވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރު މުހިންމު […]
ޒުވާން ޚަޠީބުންގެ 200 ބައިވެރިންގެ ތަމްރީނު ނިމި, މި މަހުގައި ސަނަދު ދެނީ

ޒުވާން ޚަޠީބުން އުފެއްދެވުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޚާއްސަ މަޝްރޫއުގެ ދެވަނަ ބުރުގައި ބައިވެރިވި ޒުވާނުންނަށް ބާއްވާ ތަމްރީނު ޕްރޮގުރާމް ނިމި މި މަސްތެރޭ ސަނަދު ދިނުމުގެ ހަފުލާ ބާއްވަން ނިންމައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާން ޚަޠީބުންގެ 200 ބައިވެރިންގެ ތަމްރީނު ނިމި މި މަސްތެރޭ ސަނަދު ދިނުމުގެ ހަފުލާ ބައްވާނެ ކަމަށެވެ. ވަޒީރު ވިދާޅުވީ އޭރުން މި 8 […]
ޑރ.ޝަހީމްގެ ދިފާއުގައި ޕީއެންސީން ބަޔާނެއް: “އެއީ ދޮގު އިލްޒާމުތަކުން ފަހަތަށް ޖެހޭނެ ބޭފުޅެއް ނޫން“

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ފުރައްސާރަކޮށް ފަތުރަމުން ގެންދަނީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކަަމަށް ބުނެ, އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް, ސަރުކާރު ހިންގާ ޕީއެންސީން ރޭ ބަޔާނެއް ނެރެފިއެވެ. ޕީއެންސީއިން ޑރ. ޝަހީމްގެ ދިފާއުގައި ބަޔާނެއް ނެރުނީ “ހަސަން ކުރުސީ“ ގެ ނަމުގައި ހިންގާ އެކްސް އެކައުންޓަކުން, ޑރ. ޝަހީމް ބަދުއަޚުލާގީ އަމަލު ހިންގާފައިވާ ކަމަށް ބުނެ އެޑިޓްކޮށްގެން ހަދާފައިވާ ފޭކް ވީޑިއޯއެއް އާންމުކޮށް އެކި ކަންކަމުގައި އެމަނިކުފާނަށް […]
އިސްރާއީލުން ހިންގި ޖަރީމާގެ އަދަބު ތަންފީޒު ކުރެވިގެންދާނެ

ކޮންމެ ގޮތަކަށް ހާލަތު މައިތިރި ކުރަން ބައިނަލްއަގްވާމީގޮތުން މަސައްކަތްކުރިއަސް ހިޒްބު ﷲ ގެ ލީޑަރ ފުއާދު ޝުކުރު އާއި ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމުގެ ބަދަލު ވޭންދެނިވި ގޮތަކަށް އިސްރާއީލުގެ ކިބައިން ނުހިފާނެ ގޮތެއް ނޯންނާނެކަމަށް ހިޒްބު ﷲ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ސައްޔިދު ހަސަން ނަސްރު ﷲ ވިދާޅު ވެއްޖެކަމަށް ސީ އެން އެން އަށް ހަވާލާދީ މިއަދު ހެނދުނު ރޮއިޓާރސް އިން ޚަބަރު ދީފިއެވެ. އިސްރާއީލުގެ ސިފައިންނާއި ސަރުކާރާއި އާބާދީތަކާއި ފަލަސްތީނުން ފޭރިގެންފައިވާ ބިންތަކުގައި […]