ހަނގުރާމަ ހުއްޓާލައިފިނަމަ އިސްރާއީލަށް ޙަމަލާދިނުން ދެވަނަ ވިސްނުމަކަށް ދެވިދާނެ : އީރާން

ޙަމާސްގެ ލީޑަރ އިސްމާޢީލް ހަނިއްޔާއާއި ޙިޒްބުއްލާ ގެ ކޮމާންޑަރ ފުޢާދު ޝުކޫރު ޝަހީދު ކޮށްލުމާއި ގުޅިގެން އިސްރާއީލަށް ހިތިރަހަގަދަ އަދަބެއް ދޭނެކަމަށް އީރާނުން އިންޒާރު ދެމުން ގެންދާ މި ދަނޑިވަޅުގައި އެ ޙަމަލާތަކުން ދުނިޔެއަށް މެދުވެރިވެދާނެ ނުރައްކާތެރި ކަމާހުރެ އެ ޙަމަލާ ނުދީ ފަރުޖެހިދާނެ އެހެންގޮތެއް ހޯދުމަށް ވަރަށް ގިނަ ގައުމުތަކުން އީރާނުގެ ކިބައިން އެދެމުން އެބަދެއެވެ. އެގޮތުން އިރާނުގެ ބޭނުމަކީ ފަނާކުރަނިވި ހަނގުރާމައެއް ކުރުން ނޫންކަމުގައިވާއިިރު ފަލަސްތީނުގެ ހަނގުރާމަ ހުއްޓުމުގެ މަޝްވަރާ ތަކުގައިވެސް ކުރިއެރުންތަކެއް ލިބެމުންދާތީ […]
އީރާނުން އިސްރާއީލަށް ރައްދު ދޭނީ ބައިނަލްއަގްވާމީ ޤާނޫނުތަކާއެއްގޮތްވާ ގޮތުގެ މަތިން

ޔަހޫދީ އިސްރާއީލުގެ ޓެރަރިސްޓް ހަމަލާތަކަށް އިރާނުން ދޭ ހަމަލާ ރައްދު ވާނީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް ކަމަށް އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ހައި ކައުންސިލް ފޯ ހިއުމަން ރައިޓްސްގެ ސެކްރެޓަރީ ކާޒެމް ޣަރީބާބާދީ ވިދާޅުވެއްޖެ އެވެ. މުސްލިމުން ޝަހީދުކޮށް އީރާނުގެ އެކި ވަސީލަތްތައް ސުންނާފަތިކޮށް ޒަޔަނިސްޓް ވެރިކަމުގެ ސުލޫކުގެ މައްޗަށް ބިނާކޮށް ހަމަލާތައް ދީފައިވާއިރު އދ.ގެ ޗާޓަރުގެ 51 ވަނަ މާއްދާގައިވާ ގޮތުން ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް އީރާނަށް ޖަވާބުދާރީވުމުގެ ހައްގު ލިބިގެންވާ ކަމަށް ޣަރީބާބާދީ […]
ރަތް ބޮއްކުރާ

އެއްދުވަހަކު ބޮއްކުރައެއްގައި ރަތް ދަވާދު ލުމަށް ކޮންމެވެސް މީހަކާ ހަވާލު ކުރެވުނެވެ.އޭނާ އެކަމަށް ބޭނުންވާ ދަވާދާ ފިހިތައް ގަނެގެން މަސައްކަތް ފަށައިފިއެވެ. ވަކިވަރަކަށް ދަވާދުލެވިފައިވަނިކޮށް ބޮއްކުރާގެ ފުލުގައިވާ ކުޑަލޯވަޅެއް އޭނާއަށް ފެނުނެވެ.އެހެން ކަމުން ފުރަތަމަ އިސްކަން ދިނީ އެލޯވަޅު ބައްދާ މަރާމާތު ކުރުމަށެވެ. ލޯވަޅު މަރާމާތުކޮށް ނިމުމަށްފަހު މުޅި ބޮއްކުރައިގައި ދަވާދުދުލާ ނިންމާލުމަށްފަހު ވެރިމީހާޔަށް ދެއްކުމުން އެކަމުގެ އުޖޫރަ ދިނުމުން އޭނަގެޔަށް ހިނގައްޖެއެވެ. ޖެހިގެން އައި ދުވަހު ބޮއްކުރާގެ ވެރިމީހާ އޭނާގެ ގެޔަށް އައިސް އޭނާޔާ ބައްދަލު […]
މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަ ދުވަހު ބަހައްޓާފައިވާ މުދާ ނީލަން ކިޔަން ހަމަޖެހިފަ: އެމްޕީއެލް

ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބަހައްޓައިފައިވާ، ބައެއް މުދާތައް ނީލަމުގައި ވިއްކާލަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ. އެމްޕީއެލްއިން މިހެން ބުނީ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައެވެ. “ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، ތިރީގައި ދެންނެވުނު މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.“ އިއުލާނުގައިވެއެވެ. އެ ކުންފުނިން ކުރި އިއުލާނުގައި ވަނީ ނީލަމުގައި ވިއްކާލަން ހަމަޖެހިފައިވާ މުދާތަކުގެ ލިސްޓް އިއުލާނާއެކު […]
އަބަދުވެސް މަސައްކަތް ކުރަނީ ދީނާއި ގައުމާއި ރައްޔިތުންގެ މަސްލަހަތު ދަމަހައްޓަން: ޑރ. ޝަހީމް

އަބަދުވެސް މަސައްކަތް ކުރައްވަނީ ދީނާއި ގައުމާއި ރައްޔިތުންގެ މަސްލަހަތު ދަމަހައްޓަވަން ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ޑރ. ޝަހީމް މިހެން ވިދާޅުވީ އެމަނިކުފާނަށް ފުރައްސާރަކޮށް ފަތުރަމުން ގެންދަނީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކަަމަށް ބުނެ, އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް, ސަރުކާރު ހިންގާ ޕީއެންސީން ނެރުނު ބަޔާނާ ގުޅިގެން އެކަމަަށް ޝުކުރު އަދާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އިސްލާމިކް މިނިސްޓަރެއްގެ ހައިސިއްޔަތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ […]
އިންޓެލެކްޗުއަލް ޕްރޮޕަޓީ ގާނޫނުތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ސަޢީދު

އިންޓެލެކްޗުއަލް ޕްރޮޕަޓީ (އައިޕީ) ގާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި ގާނޫނުތަކުގެ ސަބަބުން ދިވެހި އުފެއްދުންތަކަށް ބޭރުގެ ބާޒާރުތަކުގައި އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށް އިގުތިސާދީތަރައްގީއާއި ވިޔަފާރިޔާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސަޢީދު ވަނީ އޯގާ ސްޓޫޑިއޯ އަށް ޒިޔާރަތްކުރައްވައި، އޯގާގެ އުފެއްދުންތައް ބައްލަވާލައްވައި, އޯގާ ސްޓޫޑިއޯގެ އިސްވެރިންނާ ބައްދަލުކުރައްވައި، އުފެއްދުންތެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި އޯގާ ސްޓޫޑިއޯގެ އިސްވެރިޔާ އަޒޫ ވަނީ ވިޔަފާރިއަށް ދިމާވެފައިވާ […]
އިންޓެލެކްޗުއަލް ޕްރޮޕަޓީ ގާނޫނުތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ސަޢީދު

އިންޓެލެކްޗުއަލް ޕްރޮޕަޓީ (އައިޕީ) ގާނޫނުތައް އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި ގާނޫނުތަކުގެ ސަބަބުން ދިވެހި އުފެއްދުންތަކަށް ބޭރުގެ ބާޒާރުތަކުގައި އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށް އިގުތިސާދީތަރައްގީއާއި ވިޔަފާރިޔާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސަޢީދު ވަނީ އޯގާ ސްޓޫޑިއޯ އަށް ޒިޔާރަތްކުރައްވައި، އޯގާގެ އުފެއްދުންތައް ބައްލަވާލައްވައި, އޯގާ ސްޓޫޑިއޯގެ އިސްވެރިންނާ ބައްދަލުކުރައްވައި، އުފެއްދުންތެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި އޯގާ ސްޓޫޑިއޯގެ އިސްވެރިޔާ އަޒޫ ވަނީ ވިޔަފާރިއަށް ދިމާވެފައިވާ […]
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ: 2،000 އަށްވުރެ ގިނަ މީހުން ޑީޕޯޓްކޮށްލައިފި

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިހާރު ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން އިމިގުރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރެއިން މިހާތަނަށް 2،000 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެއިން ފޮނުވާލައިފިއެވެ. އިމިގުރޭޝަނުން ބުނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާ ގުޅިގެން މާލޭ ސަރަހައްދުގައި ހިންގަމުން އަންނަ ޚާއްސަ އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންނަ މީހުންނަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ޑީޕޯޓު ކުރަމުންދާއިރު، މިހާތަނަށް 2،000 އަށް ވުރެ […]
”ހާލު ކިހިނެއް؟“ ޕްރޮގްރާމް: 3,500 އަށްވުރެ ގިނަ ގެއަށް ޒިޔާރަތްކޮށް, ހާލު ބަލައިފި

ރައްޔިތުންގެ ހާލަތު ދެނެގަނެ، ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، އާއިލާތަކުގެ ހާލަތު ރަނގަޅު ކުރުމާއެކު، އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ ”ހާލު ކިހިނެއް؟“ ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 3,500 އަށްވުރެ ގިނަ ގެއަށް ޒިޔާރަތްކޮށް އާއިލާތަކުގެ ހާލު ބަލައިފިއެވެ. އޯގާތެރި މުޖުތަމައުއެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ފުރިހަމަކޮށް، ރައްޔިތުންގެ ހާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އިޖުތިމާއީ އަދި އާއިލީ […]
މަގުބައްތިތަކުގެ މައްސަލަ ހައްލުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިިފި

ރަށްރަށުގެ މަގުބައްތިތަކުގެ މައްސަލަ ހައްލުކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިިފިއެވެ. މިގޮތަށް ނިންމެވީ ފިނޭންސް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި ކަމާ ގުޅުން ހުރި ސަރުކާރުގެ އެންމެހައި މުއައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގެން ކުރެއްވި މަޝްވަރާތަކަކަށް ފަހުގައެވެ. މި ބައްދަލުވުމަކީ ކަނޑައަޅައިފައިވާ ސަލާމަތީ މިންގަނޑަށް ނުފެތޭ ގޮތަށް ކަރަންޓު ދޫކުރެވިފައިވާ މަގުބައްތިތަކަށް ދާއިމީ ހައްލެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި، ރަށްރަށުގެ މަގުބައްތިތަކުގެ މައްސަލަ ހައްލުކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމުގެ އިތުރުން […]