ކުށްޔަށް ހިފި ލޯބިވެރިޔާ
އަހަރެންގެ ނަމަކީ މަރީއެވެ. އަހަރެން ބޮޑުއާއިލާއަކަށް ނިސްބަތްވާއިރު އަހަރެންގެ އާއިލާދެކެ އަހަރެން ވަރަށް ލޯބިވެއެވެ. ނަމަވެސް މުޅިއާއިލާ އެކުގައި ބާއްވާ ބައްދަލްވުންތަކަކީ އަހަރެންނަށް ބޮޑު ވޭނެކެވެ. އެހެނީ އަހަރެންގެ ބައިވެރިއަކު ނުވަތަ ލޯބިވެރިއަކު ނުހުންނާތީ އަހަރެންގެ ކޮއްކޮ އައިޝާ އަބަދު ދިމާކުރާތީއެވެ.އަހަރެންގެ ”ސިންގަލް“ ހާލަތު މައުޟޫއަކަށް ހަދައިގެން އެންމެންގެތެރޭ ޖޯކްޖަހާ މަލާމަތްކޮށް ހަދާތީއެވެ. އެންމެ ފަހުން ބޭއްވި ފެމިލީ އެއްވުމުގައިވެސް ކޮއްކޮ ވަނީ ކަންތައްތައް ވަރަށް މައްޗަށް ޖައްސާފައެވެ. ޓިޝޫއެއްގައި މޫނެއްކުރަހާފަ މަރީގެ ޚިޔާލީ ބޯއިފްރެންޑް ޖަހާފަ […]
އިނަރ މޯލްޑިވްސްގެ ދެ އޮފީހެއް ފަޅާލައި މުދަލަށް ގެއްލުންދީފި
އިނަރ މޯލްޑިވްސްގެ ދެ އޮފީހެއް ފަޅާލައި މުދަލަށް ގެއްލުންދީފިއެވެ. އިނަރ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤް ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މިކަން ހިނގީ ރޭ މެންދަމުގެ ވަގުތެއްގައެވެ. އޮފީހުން އަގުހުރި އެއްޗެއް ވަގުންނަށް ނުފެނުނު ނަމަވެސް ދޮރުގެ ތަޅާއި ބައެއް މުދަލަށް ބޮޑެތި ގެއްލުންދީފައިވާ ކަމަށް ފިރާޤް ވިދާޅުވިއެވެ. މި މައްސަލަ ފެންމަތިވެފައިވާއިރު ފުލުހުން މިއަދު ބުނީ ރޭގެ ވަގުތެއްގައި އަމީރުއަޙްމަދު މަގުގައި ހުރި 3 އިމާރާތަކަށް ގެއްލުންދީ ވައްކަންކުރި މައްސަލައެއް ބަލަމުން އަންނަ […]
ފިނިފެންމާ ލޯންޗު ގޮއްވައިލުމަކީ ޑްރާމާއެއްނަމަ ސްކްރިޕްޓް ލިޔުނީ ޢަބްދުއްރަޙީމް: ޔާމީން
“ފިނިފެންމާ“ ލޯންޗު ގޮއްވައިލުމުގެ ހާދިސާއަކީ ޑްރާމާއެއް ކަމަށްވާނަމަ އެ ޑްރާމާގެ ސްކްރިޕްޓް ލިޔުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ޔާމީން އަވަހާރަކޮށްލުމަށް 2015 ވަނަ އަހަރު ފިނިފެންމާ ލޯންޗު ގޮއްވައިލައިފައިވާއިރު އެ ހާދިސާއަކީ ޔާމީން ކުޅުއްވި ޑްރާމާއެއް ކަމަށް ޢަބްދުއްރަޙީމް ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި މިކަމަށް ރައްދު ދެއްވައި ޔާމީން ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ޢަބްދުއްރަޙީމް މިހާރު ދައްކަވަނީ ކުރިން ދެއްކެވި […]
އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް މެދުއިރުމައްޗަށް
އީރާންގެ މަދަދު ލިބޭ ލެބަނީސް ހިޒްބުﷲ އިން ހަފްތާބަދުގައި އިސްރާއިލާ ދެކޮޅަށް ދިން ޑްރޯން ހަމަލާތަކަށް ފަހު އެމެރިކާއިން މެދުއިރުމަތީގައި އިތުރު ހަނގުރާމަމަތީ މަނަވަރުތަކާއި އެއާކްރާފްޓް ކެރިއަރ މަނަވަރުތައް ރުކުރުވާލައިފި އެވެ. މިގޮތުން، ކުރިންވެސް އެސަރަހައްދުގައި އޮތް ބިޔަ ކެރިއަރު ތިއެޑޯ ރޫސްވެލްޓް ބާއްވާނެ މުއްދަތު އިތުރުކުރުންވެސް ހިމެނެއެވެ. ރޫސްވެލްޓާއި އެކުއެކީ އިތުރު ކެރިއަރަކާ ހަނގުރާމަ މަތީ މަނަވަރުތައް ފޮނުވުމުގެ މާނަޔަކީ ސަރަހައްދީ ބޮޑު ހަބގުރާމައެއް ފެށިއްޖެ ހިނދެއްގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ކުރާއަމުރަކަށް މަނަވަރުތައް ތައްޔާރަށް […]
ބީއެމްއެލްގެ ޑެބިޓް ކާޑުން ޑޮލަރު ނުނެގޭ ގޮތް ހެދުމަކީ ބަގާވާތެއް ކަމަށް ކަނޑައެޅުން އެއީ ހެދުނު ގޯހެއް: މުހައްމަދު ފައިސަލް
ބީއެމްއެލްގެ ޑެބިޓް ކާޑުން ޑޮލަރު ނުނެގޭ ގޮތް ހެދުމަކީ ކުރި ބަގާވާތެއް ކަމަށް ކަނޑައެޅުމުން، އިތުރު މާލީއެހީ އަދި ބަޖެޓް ސަޕޯޓް ހޯދުމަށް ރާއްޖޭންކުރާ މަސައްކަތަށް ހުރަސްއެޅޭނެ ކަމުގައި ރާއްޖޭން ޔޫއޭއީ އަށް ކަޑައަޅާފައި ކުރިން ހުންނެވި ޑެޕިއުޓީ އެމްބެސެޑަރ މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވަނީ މިކަމުން ލިބިދާނެ ބައެއް ގެއްލުންތައް ފާހަގަ ކުރައްވާފައެވެ. މިފަދަ ގޮތަކަށް ބޭންކުން ނިންމުމަކީ ބަގާވާތެއް ކަމަށް ރައީސް މުއިއްޒު ސިފަކުރެއްވުމަކީ،ބޭންކަށާ ބޭންކުގެ ބޯޑަށް ބިރު […]
ޑރ. އިޔާޟްގެ އަނބިކަނބަލުންނާއި ޑރ. ޝަޛުރާ 3 ދުވަހަށް ބަންދުކުރަން އަމުރުކޮށްފި
ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟްގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާއާއި ޑރ. ޝަޛުރާ އިބްރާހިމް 3 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. ސަޢޫދީ ސަފީރު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް އެއްވެ، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމާ ގުޅިގެން މ.ބަޑިކުޅިމާގެ ޝާދިޔާ (47 އ) އާއި ގދ.ރަތަފަންދޫ ލިލީގެ ޑރ. ޝަޛުރާ އިބްރާހިމް (36އ) ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. މި […]
ރިޒާވް މަތިކުރަން ގްރީން ބޮންޑެއް އިޝޫކޮށް، އިންޑިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީއެއް ނަގަން ނިންމައިފި
ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް ގްރީން ބޮންޑެއް އިޝޫކުރުމުގެ މަސައްކަތްކޮށް، ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ. އެމްއެމްއޭއިން މިކަން ހާމަކުރީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިންގ އެޖެންސީކަމަށްވާ ފިޗް އިން ދިވެހިރާއްޖޭގެ ރޭޓިން “ސީސީ“ އަށް ދަށްކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. […]
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ޢައްޔަން ކުރުމަށް، އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، 17 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. މީގެ އިތުރުން މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމުތަކާއި އިޤުރާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ […]
ފިޗް އިން ރާއްޖޭގެ ރޭޓިން “ސީސީ“ އަށް ދަށްކޮށްފި
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިންގ އެޖެންސީކަމަށްވާ ފިޗް އިން ދިވެހިރާއްޖޭގެ ރޭޓިން “ސީސީ“ އަށް ދަށްކޮށްފިއެވެ. މިއީ މިއަހަރުގެ ތެރޭގައި ފިޗް އިން ރާއްޖޭގެ ރޭޓިން ދަށްކުރި ދެވަނަ ފަހަރެވެ. މިއަހަރުގެ ތެރޭގައި ފިޗް އިން ރާއްޖޭގެ ރޭޓިން އެންމެ ފުރަތަމަ ދަށްކުރީ މިދިޔަ ޖޫންމަހުގެ ތެރޭގައެވެ. އެގޮތުން ޖޫންމަހުގައި ފިޗް އިން ވަނީ ރާއްޖޭގެ ރޭޓިން “ސީސީސީ ޕްލަސް“ އަށް ދަށްކޮށްފައެވެ. ފިޗް އިން މިއަދު ދިން ރޭޓިންއަކީ ތިން މަހެއްހައި ދުވަހުގެ […]
ޔާމީން ބައިވެރިވެވަޑައިގަންނަވާ ފްރަންޓް އޮފީސް ޖަލްސާއެއް މިރޭ
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ. ޕީއެންއެފްއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ، ފްރޮންޓް އޮފީސް ޖަލްސާއެއް މިރޭ 20:45 ގައި އޮންނާނެ ކަމަށެވެ. “އެންމެހާ ބޭފުޅުންނަށް ދައުވަތު އަރުވަން.“ އެ މެސެޖުގައިވެއެވެ. ފަހަކަށް އައިސް ޕީއެންއެފްއިން ދޭތެރެދޭތެރެއިން އަންނަނީ ޖަލްސާއެއް ބާއްވަމުންނެވެ. މިއިން ކޮންމެ ޖަލްސާއެއްގައި ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ޖަލްސާތަކުގައި އެމަނިކުފާނު ގެންދަވަނީ […]