ވެއްޓޭބައްޔަކީ ކޮބާ؟

ވެއްޓޭބައްޔަކީ ސިކުނޑީގެ ބައްޔެކެވެ. މިއީ ތަކުރާރުކޮށް ފިޓްޖެހޭ ބައްޔެކެވެ. ފިޓް ޖެހުމަކީ ސިކުނޑީގެ ކަރަންޓް މަސައްކަތަށް އަންނަ ބަދަލެއްގެ ސަބަބުން ކުއްލިއަކަށް އުޅުމަށް ނޫނީ ބިހޭވިއަރ އަށް ބަދަލެއް އައުމެވެ. އާންމު ގޮތެއްގައި ސިކުނޑިން އޭގެ މަސައްކަތް ފުރިހަމަކުރުމުގެ ތެރެއިން ވަކި ތަރުތީބަކުން ކުދި ކަރަންޓް ސިގުނަލްތައް އުފައްދަމުން ގެންދާނެއެވެ. މިކަރަންޓް ސިގުނަލް ތައް ދަތުރުކުރަނީ ސިކުނޑީގެ ނާރު ސެލް ތަކުގެ ވިއުގަ އިން އުފެދިފައިވާ ނިއުރޯން ތަކުގެ މެދުގައެވެ. އަދި މުޅި ހަށިގަނޑުގައި މިފަދަ ކަރަންޓް […]

މަސްތުވާތަކެތީގެ މައްސަލައެއްގައި 22 އަހަރުގެ ފިރިހެނަކު ދުވާފަރުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި 22 އަހަރުގެ ފިރިހެނަކު ރ. ދުވާފަރުން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ދުވާފަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮގަސްޓު މަހުގެ 8 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ދުވާފަރު ބަނދަރުގައި އޮތް ބޯޓަކުން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ހާމަ […]

ޣައްޒާގެ ސްކޫލަކަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި

ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގައި ރޭ ފަތިހު އަލް ތާބިން ސްކޫލަށް ހަމަލާދީ 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި އެވެ. ރޭ ފަތިހު އެ ސްކޫލަށް ހަމަލާ ދީފައި ވަނީ ފަތިސް ނަމާދު ކުރަމުންދިޔަ ވަގުތުއެވެ.   މިކަމަށް އިޝާރާތްކޮށް ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެތައް ހާސް ރެފިއުޖީންނެއް ވަގުތީ ހިޔާވެހިކަން ހޯދައިގެން ތިބި އަލް ތާބިން ސްކޫލަށް ހަމަލާދީ ގިނަ […]

މަންމައަށް އަނިޔާކުރި މީހަކު 15 ދުވަހަށް ބަންދުކޮށްފި

މަންމައަށް ގެވެށި އަނިޔާކުރި މީހަކު 15 ދުވަހަށް ބަންދުކޮށްފިއެވެ. މި މައްސަލައިގައި 38އ އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ވަނީ މާލެއިންނެވެ. އެގޮތުން އޭނާގެ ބަންދާމެދު ގޮތެެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. އޭނާގެ ބަންދުގެ މުއްދަތަކީ 15 ދުވަސް ކަމަށް ޖަހާފައި ވަނީ އޭނާގެ މަންމައާ މެދު ގެވެށި އަނިޔާކޮށް، މާރާމީ ހިންގި ކަމުގެ ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވާތީ ކަމަށް […]

ދިވެހި ޒުވާނަކު ގެއްލިގެން ހޯދަނީ

ދިވެހި ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ގެއްލިގެން ހޯދަން ފުލުހުން އިއުލާނުކޮށްފައި ވަނީ ހދ. ކުޅުދުއްފުށި ކިނާރާގެ، އަޙްމަދު އަނިލް މުޙައްމަދު (23އ) އެވެ. ފުލުހުން ބުނީ އަނިލްގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށާފައިވާ ކަމަށެވެ. އަޙްމަދު އަނިލް މުޙައްމަދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމާއި، އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައި ވަނީ މި އޮގަސްޓު މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު، […]

ޚުލްޤު ހެޔޮ ރަނގަޅު ޖީލެއް ބިނާކުރުމަށް ޤާނޫނާ ޤަވާޢިދުތަކަށް ދަރިވަރުން ހޭލުންތެރި ކުރުވަންޖެހޭ:ނައިބު ރައީސް

ޚުލްޤު ހެޔޮ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ދަރިވަރުން ހޭލުންތެރި ކުރުވުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފުވައްމުލަކު ސްކޫލުގައި ބޭއްވި ސަތޭކަވަނަ ޓްރެފިކް މޮނިޓަރސް ތަމްރީނު ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި، ޓްރެފިކް މޮނިޓަރސް ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރި މުޙައްމަދު ޖަމާލުއްދީނު ސްކޫލާއި ޙާފިޡު އަޙްމަދު ސްކޫލާއި ޏ. އަތޮޅު ތަޢުލީމީ މަރުކަޒު […]

ޝެއިޚް ހަސީނާ އަދި ބަންގްލާދޭޝް އަށް ވަޑައިގަންނަވާނެ: ދަރިކަލުން

އިދިކޮޅު އިހްތިޖާޖުތަކާގުޅިގެން މަގާމުން އިސްތިއުފާދެއްވި ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިންތިޚާބް އިއުލާންކުރުމުން އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ހަސީނާގެ ދަރިކަލުން ސަޖީބު ވަޒެދް ޖޯއީ ވިދާޅުވެއްޖެއެވެ. އެތައްހަފްތާއަކަށް ދެމިގެންދިޔަ އިދިކޮޅު މުޒާހަރާ ތަކާގުޅިގެން އިސްތިއުފާދެއްވުމަށްފަހު ގައުމު ދޫކުރައްވާ ޝެއިޚް ހަސީނާ ވަޑައިގެންނެވީ އިންޑިޔާ އަށެވެ. އެއަށްފަހު އަދިވެސް ހުންނެވީ އިންޑިޔާގައި ކަމަށް ވެއެވެ. ބަންގްލާދޭޝް މީޑިޔާ ބުނާގޮތުން މުޒާހަރާތަކުގައި ފައްސަތޭކައަށް ވުރެގިނަ މީހުން ވަނީ މަރުވެފައެވެ.މީގެ ތެރެއިން ގިނަބަޔަކު މަރުވީ ފުލުހުން ބަޑިޖެހުމުގެ ސަބަބުންނެވެ. […]

ހަމަލާ ދިނުމުގައި އާންމުންނަށް ގެއްލުން ނުވާނެގޮތަށް ބެއްލެވުމަށް ޕޫޓިން އެދިވަޑައިގެންފި

އީރާނުން އިސްރާއީލަށް ހަމަލާދިނުމުގައި ކެތްތެރިކަން އިސްކުރެއްވުމަށާއި އަދި ހަމަލާ ދިނުމުގައިވެސް ވީހާވެސް ބޮޑަށް އާންމު ރައްޔިތުންނަށް ގެއްލުން ނުލިބޭނެގޮތްތަކަށް ބައްލަވާފައި ހަމަލާތައް އަމާޒު ކުރުމަށް ރައީސް ޕޫޓިން އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު  ﷲ އަލީ ޚާމަނާއިގެ ކިބައިން އެދިވަޑައިގެންފިއެވެ.                                                            ރަޝިޔާގެ ރައީސް ފޮނުއްވި މެސެޖް އީރާނުގެ ސުޕްރީމް ލީޑރަށް ރައްދުކޮށްދެއްވީ ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ސާރޖީ ޝޮއިގޫ އެވެ. އިސްރާއީލުން ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާއާއި ހިޒްބު ﷲ ގެ ކޮމާންޑަރ […]

އިންޑިއާއާއެކު އޮތް ގުޅުން ބަދަހިކޮށް، އާ އުސްމިނަކަށް ވާޞިލުވުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

އަވަށްޓެރި އިންޑިއާއާއެކު އޮތް ގުޅުން ބަދަހިކޮށް، އާ އުސްމިނަކަށް ވާޞިލުވުމަށް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ.  ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި އަށާވީސް ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ޙަވާލުކުރުމުގެ ގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އިންޑިއާއާއެކު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން ވަރުގަދަކޮށް ދެމެއްހެއްޓުމަށް މަސައްކަތް ކުރައްވާނެ […]

އިންޑިއާގެ ލޯނު އެހީގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ 28 މަޝްރޫއެއް ނިންމާ ދިވެހި ސަރުކާރާ ހަވާލުކޮށްފި

އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށް ނިންމައި، އެ މަޝްރޫޢުތައް ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މަޝްރޫޢުތައް ދިވެހި ސަރުކާރާ ޙަވާލުކޮށްދެއްވީ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރެވެ. ދިވެހި ސަރުކާރުން މި މަޝްރޫޢުތަކާ ޙަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރެވެ. މި […]