ތައިލަންޑްގެ އައު ބޮޑުވަޒީރު ރަސްމީކޮށް މަގާމާ ހަވާލުވެ ވަޑައިގެންފި

ތައިލަންޑްގެ އައުބޮޑުވަޒީރު ޕެޓޮންގޓަރން ޝިނަވަޓްރާ ރަސްމީކޮށް އެމަގާމަށް އައްޔަން ކުރެވިއްޖެއެވެ.އަދި ސަރުކާރެއް އެކުލަވާލެއްވުމުގެ ހުއްދަ އާދީއްތަ ދުވަހު ރަސްގެފާނު ވަނީ އެކަމަނާއަށް ދެއްވާފައެވެ. އުމުރުފުޅުން 37 އަހަރުގެ ޕެޓޮންގޓަރން އަކީ މިހާތަނަށް ތައިލަންޑް ގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ވަޑައިގެންނެވި އެންމެ ހަގު ބޭފުޅާއެވެ. އަދި އޭނާއަކީ ކުރީގެ ބޮޑުވަޒީރު ތަކްޝިން ޝިނަވަޓްރާގެ އެންމެ ހަގު ދަރިކަނބަލުންނެވެ. ޕެޓޮންގޓަރން ބޮޑުވަޒީރުގެ މަގާމަށް ހޮވިވަޑައިގެންނެވީ ކޮރަޕްޝަންގެ މައްސަލަ ތަކެއްގައި ކުރީގެ ބޮޑުވަޒީރު ކޯޓުން މަގާމުން ދުރުކުރުމާއި ގުޅިގެން ހިނގި […]

ޓެކްސްއަށް މަކަރު ހެދުމުން މައި ކެމިސްޓުގެ ވެރިޔާއަށް ދައުވާކުރަން ފޮނުވައިފި

ފުޅާ ދާއިރާއެއްގައި ޑޮކްޓަރީ ބޭސް އިމްޑޯޓްކޮށް ވިއްކާ ”މައި ކެމިސްޓް“ ގެ ވެރިޔާ ހުސެއިން އިރުފާން، ގަސްދުގައި ޓެކްސް އަށް މަކަރު ހަދާ ކަމަށް ފާހަގަވެފައި ވާތީ އޭނާއާ ދެކޮޅަށް ދައުވާކޮށްދޭން އެދި މޯލްޑިވްސް އިންލޭންޑް ރެެވެނިއު އޮތޯރިޓީ، މީރާ އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ. އެ އިދާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިރުފާން ގަސްދުގައި ޓެކްސް އަށް މަކަރު ހަދާ ކަމަށް ތުހުމަތު ކުރެވޭތީ، އެ ކަމާ ގުޅިގެން ޖިނާއީ […]

މި މަސް ނިމެންވާއިރަށް ބޭނުންކުރެވޭ ރިޒާވު ހުސްވެދާނެ: އެމްއެމްއޭ

މި މަސް ނިމުމުގެ ކުރިން ބޭނުންކުރެވޭ ޑޮލަރު ރިޒާވުގައި ހުރި ފައިސާ އެއްކޮށް ހުސްވެދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފިނޭންސް މިނިސްޓްރީއަށް އަންގައިފި އެވެ. އެމްއެމްއޭއިން ވަނީ ސިޓީއަކުން އެކަން ފިނޭންސް މިނިސްޓްރީއަށް އަންގައިފައެވެ. އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި ނިމުނުއިރު، ޖުމްލަ ޑޮލަރު ރިޒާވު (ގްރޮސް އިންޓަނޭޝަނަލް ރިޒާވު) ގައި ހުރީ 395 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަސް ނިމުނުއިރު އެ ރިޒާވުގައި 509 މިލިއަން […]

ވޭމަންޑޫގައި ފުލުހުން މީހަކަށް އަނިޔާކުރިކަމަށް ބުނާ މައްސަލައެއް ބަލަނީ

ތ. ވޭމަންޑޫގައި ފުލުހުން މީހަކު ހައްޔަރު ކުރުމުގެ ތެރޭގައި އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ. އެއީ ކޮން މައްސަލައެއްގައި ހައްޔަރު ކުރި މީހެއްކަން އެނގިފައި ނުވި ނަމަވެސް، ފުލުހުން އެމީހާއަށް އަނިޔާ ކުރުމުގެ ތެރޭގައި އަނިޔާ ކުރި ކަމަށް ބުނެ އެރަށުގެ ބައެއް ފަރާތްތަކުން ވަނީ އެރަށު ޕޮލިސް ސްޓޭޝަނަށް ކައިރިއަށް އެއްވެ އަޑު އުފުލާފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ، ތ. ވޭމަންޑޫގައި މީހަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނެ ޝޯޝަލް […]

ދުނިޔެއަށް ނިއުކްލިއަރ އެންމެ ބޮޑު ނުރައްކަލެއް އޮތީ އެމެރިކާގެ ފަރާތުން: ޗައިނާ

ނިއުކްލިއަރ ގޮތުން ހުރި އާރާއި ބާރު ދައްކައިގެން އެމެރިކާއިން ބޭނުންވަނީ ދުބިޔޭގެ އެހެންގައުމުތަކަށް ބިރުދައްކަން ކަމަށް ޗައިނާގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ. ނޫސްވެރިންނާއި ވާހަކަދައްކަމުން ޗައިނާގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނު ޒޭންގް ޒިއާއޮގަންގް ބުނީ ގައުމަކަށް ނިއުކްލިއަރ ހަމަލާއެއް ދީފާނެކަމުގެ އެންމެ ބޮޑު ބިރެއް އޮތީ އެމެރިކާގެ ފަރާތުން ކަމަށެވެ. މިގޮތުން، ޗައިނާއިން އިތުރަށް ބުނެފައިވަނީ ބާރުގައި ދެމިތިބުމުގެ ވިސްނުމެއްގައި ތިބެ އެމެރިކާއިން “ޒިންމާދާރުކަންކުޑަ ނިންމުންތަކެއް” ނިންމަމުންގެންދާ ކަމަށާއި، އޭގެތެރޭގައި ބައިނަލްއަޤްވާމީ ދުނިޔެއަށް ނިއުކްލިއަރ ހަތިޔާރުގެ ބިރުދެއްކުން […]

އިޒްރޭލާއި ގުޅުން ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ: ވަލީއަހުދު ސަލްމާން

އިޒްރޭލާއި ގުޅުން ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެކަމަށް ގްބޫލުކުރައްވާކަމަށް ސައުދީ އަރަބިއާގެ ވަލީއަހުދު އަމީރު މުހައްމަދު ބިން ސަލްމާން އަލް ސަޢޫދު ވިދާޅުވެއްޖެއެވެ. އެމެރިކާގެ ތިން މަސްދަރަކާއި ހަވާލާދީ ޕޮލިޓިކޯ ނިއުސް މީޑިއާއިން ބުދަ ދުވަހު ރިޕޯޓުކޮށްފައިވާގޮތުގައި، މުސްލިމްދުނިޔޭގައި އިޒްރޭލާއި އެއްކޮޅު ގައުމުތަކުގެ އެންމެ އިސް ސަފުގައި ސައުދީ އަރަބިއާ އޮވެ، ސައުދީ ތެލުގެ އާމްދަނީ އިންވެސްޓްކުރުމުގެ ވައުދިތަކާއެކު މުސްލިމް އެހެން ގައުމުތައް އިޒްރޭލުގެ ފަހަތަށް ގެނައުމަށް ގެންދަނީ މަސައްކަތްކުރަމުންނެވެ. މީގެއިތުރުން، އިޒްރޭލުން ފަލަސްތީނުގައި […]

ތައިލެންޑުން ދައްކާ ވިސާތަކުގެ މަޅީގައި ޖެހި ގިނަ ބަޔަކު އެ ގައުމަށް ހިޖުރަކުރަނީ، ވިސާގެ ދުނިޔެއަށް މިއީ އައު ގޭމެއް ނޫން!

ކޮންޓެންޓް އުފައްދާ ފަރާތެއްކަމަށްވާ ސްޓީވް ލިމްއަކީ އެއް އިރެއްގައިވެސް ތައިލެންޑުގައި ދިރިއުޅެން ގަސްދުކުރި މީހެއް ނޫނެވެ. އެހެން ނަމަވެސް، 2022 ވަނަ އަހަރު އެމެރިކާގެ ނިއުޔޯކަށް ކުރަމުން ދިޔަ ދަތުރުގައި، ބެންގްކޮކްގައި ލޭއޯވާރއެއްގައި މަޑުކުރި މަޑުކުރުމުގެ ތެރެއިން، އޭނާގެ އެމެރިކާއަށް އެތެރެވުމަށް ހުއްދަދީ ލިބުނު ވިސާ ކެންސަލްވިއެވެ. އަދި ނިއުޒިލެންޑްގެ ރައްޔިތެއްކަމަށްވާ ލިމްއަށް ދެން ޖެހުނީ ބޮޑެތި ނިންމުންތަކެއް ނިންމާށެވެ. އެގޮތުން، ބީރަށްޓެހި ތައިލެންޑްގެ ވެއްޓަކީ މުޅިން އައު މާހައުލަކަށްވީއިރު، އެގައުމުވެސް އައީ ދުނިޔެއަށް ކުރިމަތިވި ޢާލަމީ […]

ކޭކުއަޅާ މީހާގެ ދަރި

ދުނިޔޭގެ ކޮންމެވެސް ތަނެއްގައި ކޭކުއަޅާ މީހަކު އުޅުނެވެ. އޭނާގެ ނަމަކީ މަރިޔަމެވެ. މަރިޔަމަކީ މަސައްކަތަށް ވަރަށް ފަރުވާތެރި މީހެކެވެ. މަސައްކަތުގައި މަކަރުހަދައި އޮޅުވައިލުމަކީ އޭނާ ނުވެސް ދަންނަ ކަމެއް ފަދައެވެ. އެހެންކަމާއެކު އޭނާ ވެފައިވަނީ ކަސްޓަމަރުންގެ މެދުގައި ވަރަށް މަގުބޫލު މީހަކަށެވެ. ގިނަ ބަޔަކު އެމީހުންގެ އެންމެ ޚާއްޞަ ދުވަސްތަކަށް ކޭކު އެޅުމަށް އޯޑަރުދެނީ އޭނާއަށެވެ.  މަރިޔަމުގެ ބޮޑު އަންހެން ދަރިއަކު ހުރެއެވެ. ނަމަކީ ފާތުމަތެވެ. މަރިޔަމާ ޚިލާފަށް ފާތުމަތަކީ ކުރާ ކަންކަމުގައި އެހާ ފަރުވާތެރި ކުއްޖެއް […]

ކައިވެންޏަށް ހޭލުންތެރި ކުރަން ބާއްވާ ފޯރަމް ’މަވައްދަތު’ގެ ފުރަތަމަ ފޯރަމް ބާއްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ފެމިލީ ކޯޓު ގުޅިގެން ކައިވެންޏާއި އާއިލީ ގުޅުންތަކާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ބާއްވާ ފޯަރަމް’މަވައްދަތު’ގެ ފުރަތަމަ ފޯރަމް ބާއްވައިފިއެވެ. މި ފޯރަމް ބާއްވާފައި ވަނީ ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. އަދި މި ފޯރަމްގައި މަޢުލޫމާތުދެއްވީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ. މި ފޯރަމްގައި ގިނަ ބަޔަކު ބައިވެރި ވެފައި ވެއެވެ. ރޭގެ ފޯރަމްގައި އަލިއަޅުއްވާލާފައި ވަނީ […]

އިސްރާއީލުގެ ހައިފާ ބަނދަރު ގޮއްވާލާފާނެ ކަމުގެ ބިރުވެރި ކަމުގެ ތެރޭގައި

މަތީގައި އެވަނީ އިއްޔެ ( 2024 އޯގަސްޓް 16 ހުކުރު ) ދުވަހު މާލޭގަޑިން ހަވީރު 5.30 ހާއިރު އެސޯޝިއޭޓެޑް ޕްރެސްގެ ރަތް ސުރުޚީ އެވެ.   އިސްރާއީލުގެ ތެޔޮ ސާފުކުރާ ކާރުޚާނާއާއި ބިޔަ ތެޔޮ ޓޭންކުތަކާއި އަދި ގޭސް ޓޭންކުތައްވެސް ބަހައްޓާފައި ހުންނަނީ ހައިފާގެ ބަނދަރު ސަރަހައްދުގައެވެ. ތެލާއި ގޭހުގެ ވަސްގަނޑާ ހެދި އެތަނުގައި ދިރިއުޅޭ މީހުންނަށް އޮންނަނީ މުސީބާތަކަށްވެފައެވެ. އެކަމަކު އެއަށްވުރެން މާ ނުރައްކާތެރި އިންޒާރެއްގެ ބިރުވެރިކަން އިއްޔެ ހަވީރު އަޑު އިވިގެން ހިނގައްޖެކަމަށް އެސޯޝިއޭޓެޑް […]