ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ރަޖިސްޓަރީ ނުކޮށް ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ 10 އުޅަނދު ނަގައިފި

ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ރަޖިސްޓަރީ ނުކޮށް ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ 10 އުޅަނދު ނަގައިފިއެވެ. ފުލުހުން މިއަދު ބުނީ ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައިހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ފަށާފައިވާ ކަމަށެވެ. އިއްޔެ ފެށި އެ މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ހަތަރު ފުރޮޅުލީ 10 އުޅަނދު އިއްޔެ ނަގާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. މިގޮތުން ފުލުހުން ބުނީ ކުރިއަށް އޮތްތަނުގައި ވެސް، ރަޖިސްޓްރީނުކޮށް ހުޅުމާލޭގެ […]

ތ. އަތޮޅުގެ 12 ރަށުގައި ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް އިފްތިތާޙުކޮށްފި

ތ. އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ޤާއިމުކޮށްފައިވާ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތައް މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. އެންވަޔަަރަންމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ޖުމްލަ 2.5 މެގަވޮޓުގެ ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމްތަކެއް ޤާއިމުކުރެވިފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން 1.9 މެގަވޮޓު ކަރަންޓް އުފައްދާ ބެޓަރީ ސްޓޯރޭޖް ސިސްޓަމްތަކެއްވެސް ވަނީ ބަހައްޓާފައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ. މި އިތުރުކުރެވުނު ކެޕޭސިޓީއާއެކު، ރާއްޖޭގައި މިހާރު ޖުމްލަ 67.5 […]

ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ފައިނޭންސް ކުރުމަށް ޗައިނާއާއެކު މަޝްވަރާކޮށްފި

ޗައިނާއަށް މިހާރު ވަޑައިގެން އުޅުއްވާ މިނިސްޓަރުންގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ޗައިނާ އެގްޒިމް ބޭންކުގެ ޗެއާމަން ވޫ ފުލިން ބައްދަލު ކުރައްވައި މަޝްވަރާކޮށްފި އެވެ. ޒަމީރު އެކްސްގައި ކުރި ޕޯސްޓެެއްގައި ވިދާޅުވީ ޗައިނާ އެގްޒިމް ބޭންކުގެ ޗެއާމަން ވޫ ފުލިންއާ ބެއިޖިންގައި ބައްދަލުކުރައްވާފައިވާ ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވި އިސްލާހީ ޕްރޮގްރާމްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވައިފައިވާ ކަމަށާއި މި ބައްދަލުކުރެއްވުމުގައި، ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް […]

ގަވަރުނަރުކަމަށް އައްޔަންކުރަން ނިންމި މުނައްވަރާ ގުޅޭގޮތުން ޝަކުވާއަށް ހުޅުވާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުކަމުގެ މަގާމަށް އައްޔަންކުރަން ރައީސް ޑރ. މުއިއްޒު ފޮނުއްވި އަހްމަދު މުނައްވަރާއި ގުޅޭ ޝަކުވާ ހުށައެޅުމުގެ ފުރުސަތު މަޖިލީހުން ހުޅުވާލައިފިއެވެ. މުނައްވަރުގެ ނަމާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ މާދަމާގެ 14:00 ކުރިން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް މަޖިލީހުން ބުނެއެވެ. އަދި ޝަކުވާ ހުށައަޅާނީ އެ ޝަކުވާ ހުށައަޅާ ފަރާތުގައި ނަމާއި އެޑްރެސް އަދި ފޯން ނަމްބަރު އެނގޭގޮތަށްް މަޖިލީހުގެ އީމެއިލްއަށް ކަމަށެވެ.  މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމަށް […]

ބަންގްލަދޭޝްގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅު: މިނިސްޓްރީ

ބަންގްލަދޭޝްގައި މިވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާ ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިހެން ބުނީ ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެގައުމުގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. “މިގޮތުން، މިވަގުތު ޗިޓަގޮންގްގައި ތިބި 75 ދަރިވަރުންނާއި، ޑާކާގައި ތިބި 7 ދަރިވަރުންނާއި ކޮމިލާގައި ހުރި 1 ދަރިވަރަކާއި، ހައިކޮމިޝަނުން […]

ކަރަންޓުގައި ޖެހި ޒުވާނަކު ނިޔާވުމުން 50،000 ރުފިޔާއިން ފެނަކަ ޖޫރިމަނާކޮށްފި

ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހި 18 އަހަރުގެ ޒުވާނަކު ނިޔާވި މައްސަލައިގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތީރިޓީ (ޔޫއާރުއޭ) އިން ފެނަކަ ކޯޕަރޭޝަން 50،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. އެ ޒުވާނާ ނިޔާވީ، ވިއްސާރަވެ މަގުމަތީގައި ހެދިފައި އޮތް ފެންގަނޑެއްގެ ތެރޭގައި ކުޅެން އުޅުނު ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި، އެ ކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ.  ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މެއި މަހުގެ 23ގައި އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި ހިނގައިދިޔަ ހާދިސާގެ […]

ހުކުރު ދުވަހުގެ ރޭ ރައީސް މުޢިއްޒު ޤައުމާ މުޚާޠަބު ކުރައްވާނެ

 މިނިވަން ދުވަހުގެ މުނާސަބަތުގައި މި އަންނަ ހުކުރު ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވަން ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވީ ރައީސް މުޢިއްޒު ޤައުމާ މުޚާޠަބު ކުރައްވާނީ ޖުލައި މަހުގެ 26 ވާ ހުކުރު ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ކަމަށެވެ. މި ޖަލްސާގައި، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ، ޝަރަފުގެ ބެޖާއި، އައްޑަނަ ދެއްވުން އޮންނާނެއެވެ. ދިވެހި ދައުލަތަށް ޚިދުމަތް […]

ރާއްޖޭގެ އާބާދީގެ ތިންބައި ކުޅަ ދެބައި މީހުން މިހާރުވެސް ކައި އުޅެނީ ގަރުދިޔަ/ބަތް

ރާއްޖޭގެ އާބާދީގެ 2/3 ރައްޔިތުން މިހާރުވެސް ޢާންމުކޮށް ކައިބޮއި އުޅެނީ ގަރުދިޔައާއި ބަތެވެ. އާބާދީގެ 1/4އެއްބައި މީހުނަށް ދެއިރު ހަމައަށް ކާންބޯންވެސް ނުލިބޭ ކަން އާރިފަށް ނޭނގުނީތީ ހިތާމަކުރަމެވެ. ދެވަނަ ބޮޑުހަނގުރާމަ ނިމުނު ހިސާބުން ފެށިގެން މުޅި ދުނިޔެ ތަޙައްމަލް ކުރަމުން އައި ހައިހޫނުކަން މަޑުމަޑުން ރާއްޖޭގެ ބައެއް ރައްޔިތުން މިހާރުވެސް އެދަނީ ތަޙައްމަލް ކުރަންފަށާފައެވެ. މިކަން އެނގެނީ ސަރުކާރުގެ އިސްބޭފުޅުންގެ ތެރެއިން ކޮން ބޭފުޅުންނަށް ބާވައެވެ. އެހެނަސް ބަރާބަރަށް ދައުލަތަށް ޓެކްސް ނުދައްކާ ރައްޔިތަކު މިގައުމަކު […]

ރަޝިޔާއިން ހޫތީމުޖާހިދުންނަށް އެންޓި-ޝިޕް މިސައިލް ދީފާނެ

ރަޝިޔާއިން ހޫތީ މުޖާހިދުންނަށް އެންމެ މިޒަމާނުގެ އެންޓި-ޝިޕް މިސައިލް ފޯރުކޮށްދިނުމުގެ މަޝްވަރާތައް ކުރެވެމުންދާކަން އެމެރިކާގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާކަން ވޯލްސްޓްރީޓް ޖަރނަލުން ހާމަކޮށްފިއެވެ. އެމެރިކާއިން ބުނެފައިވާ ގޮތުގައި ރަޝިޔާއިން ހޫތީ މުޖާހިދުންނަށް ބޭނުންވާ އެންޓި-ޝިޕް މިސައިލް ދިނުމުގެ ވިސްނުމަކީ ރަޝިޔާގެ އެތެރެއަށް ހަމަލާ ދެވޭ ވަރުގެ ހަތިޔާރު އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދޭން ނިންމުމާ ގުޅިގެން ރަޝިޔާގެ ވިސްނުމަށް އައި ބަދަލެކެވެ. މީގެ ކުރިން ވެސް އިނގިރޭސި ވިލާތުގެ ކަނޑު ސިފައިން ހޫތީ މުޖާހިދުންގެ އަމާޒުތަކަށް ހަމަލާ ދިނުމުން […]

ފުލުހުންގެ ނަމުގައި ފޭކު މެއިލްތަކެއް ދައުރުވަމުން އަންނާތީ ސަމާލުވާން އެދިއްޖެ

Maldives Dhivehi News

 ދިވެހި ފުލުހުންގެ ނަމުގައި ފޭކު މެއިލްތަކެއް ދައުރުވަމުން އަންނާތީ ސަމާލުވާން ފުލުހުންގެ އިދާރާއިން އަންގައިފިއެވެ. މިފަދަ މެއިލްތަކެއްގެ ފޮޓޯ ހިއްސާކޮށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުހުން ނުވަތަ ސީޕީގެ ނަމުގައި ފޮނުވާ މެއިލްތަކެއްކަން ނުވަތަ ފުލުހުން އަންގާ އެންގުންތަކެއް ގޮތަށް ސިފަވާ ކަހަލަ ފޭކު މެއިލްތަކެއް ދައުރުކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދައުރު ވަމުންދާ އީމެއިލް ތަކަކީ އެ މުއައްސަސާއިން ފޮނުވަމުން ގެންދާ މެއިލްތަކެއް ނޫން ކަމަށް ޝިފާން ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ މިފަދަ […]