ޗައިނާ-ތައިވާނުގެ ހަނގުރާމައެއްގައި ތައިވާނު ދިފާއުކުރަން އެމެރިކާ ނުދާނެ

އަހަރެންގެ ރިޔާސަތުގައި ޗައިނާއިން ތައިވާނަށް އަތުލުމަށް ކުރާ ހަނގުރާމައެއްގައި އެމެރިކާއިން ތައިވާނު ދިފާއުކުރާކަށް ނުދާނެ “ ކަމުގައި ރިޕަބްލިކަން ޕާރޓީގެ ފަރާތުން އެމެރިކާގެ ރިޔާސަތަށް ވާދަކުރައްވާ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ތައިވާނާ ދޭތެރޭ އެބާވަތުގެ ވިސްނުންފުޅެއް ގެންގުޅުއްވަނީ ކީއްވެގެންތޯ ބުލޫމްބާރގުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާގެ މައިކްރޯޗިޕް އުފެއްދުން ވަގަށްނަގައިގެން މިހާރު ތައިވާން މުއްސަނދި ވެފައި ވުމެވެ. އަހަރެމެންގެ ސެމިކޮންޑަކްޓަރ ވިޔަފާރި ތައިވާނުން ވަގަށް ގެންދިޔައިރު އަހަރެމެން ތިބީ ނިދާފާ […]

ބައިނަލް އަގްވާމީ އިންސާފުގެ ކޯޓުގެ ހުކުމަށް އެމެރިކާގެ ފާޑުކިއުން

ވޯޝިންގްޓަނުން ރޮއިޓާރސް ދީފައިވާ ޚަބަރުތަކަށް ބަލާއިރު ވަރަށް ޚާއްސަގޮތެއްގައި އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން އަރައިގަނެގެންތިބުން ޣައިރުގާނޫނީކަމަށް ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުން ކުރި ހުކުމްގެ ފުޅާކަން ބޮޑުކަމުން އެމެރިކާއިން އެ ހުކުމާ ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކުރި ޚަބަރު ހިމެނެއެވެ. ިއެމެރިކާއިން ބުނަނީ އެ ހުކުމުގެ ސަބަބުން މައްސަލަ ހައްލުކުރުން އިތުރަށް އުދަނގޫ ވާނެކަމަށެވެ. ( 75 އަހަރުވީއިރު ނުވި އުނދަގުލެއް އެ ކޯޓުގެ ހުކުމުން މެދުވެރިވާނެގޮތެއް ނުބުނެއެވެ. ) ދުނިޔޭގެ ކޯޓުގެ ހުކުމުގައި ވަރަށް ސަރީހަ ކޮށް […]

ރައީސް ޓްރަމްޕަށް ދިން ހަމަލާގެ ފަހަތުގައި “އެފްބީއައި“ ތަ ؟

އެސޯޝިއޭޓެޑް ޕްރެސްގެ ކުއްލި ޚަބަރުގައި ސޯޝަލް މީޑިއާގެ ޕޯސްޓްތަކަށް ބެލުމަށްފަހު އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަށް ޕެންސިލްވާނިޔާގައި ދިން ހަމަލާއާއި އެފްބީއައިގެ އެސިސްޓެންޓް ޑިރެކްޓަރ ޖަނީން ޑިގިސިއްޕީ ގެ ބައިވެރިވުމެއް އޮތްތޯ ސުވާލު އުފައްދައިފިއެވެ. އެ ހާދިސާގެ ވަގުތުގައި ޑޮނާލްޑް ޓްރަމްޕުގެ ފަހަތުގައި އިނީ ޖަނީން ޑިގިސިއްފީކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އެފް ބީ އައި އިން ބުނަމުން ގެންދަނީ އެ އަންހެންމީހާގެ މޫނު ޖަނީންއާއި ތަފާތު ކަމަށެވެ. އަދި ޖަނީން ޑިގިސިއްޕޭއަށް އަޅުވާފައިވަނީ […]

އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޕެރިހަށް ފުރާވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޕެރިސް 2024 އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފްރާންސްގެ ޕެރިހަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ނައިބު ރައީސްގެ މި ދަތުރުފުޅަކީ ފްރާންސް ސަރުކާރާއި އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ 26 ޖުލައި 2024 ވާ ހުކުރު ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި […]

ޚަރަދު ކުޑަ ކުރަން 10 ފިޔަވަޅެއް އަޅަން ސްކޫލްތަކަށް އަންގައިފި

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ސްކޫލްތަކުގެ ޚަރަދުކުޑަ ކުރުމަށް 10 ފިޔަވަޅެއް އެޅުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލްތަކަށް އަންގައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިކަން އަންގާފައި ވަނީ އިއްޔެ ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއް ގައެވެ.މިނިސްޓްރީން ސްކޫލްތަށް ފޮނުވި ސާކިއުލާގައި ބުނީ ދައުލަތުގެ ފައިސާ އިސްރާފު ނުވާނެ ގޮތަކަށް އަމަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ލަފާފުޅު ލިބިފައިވާތީ، މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ […]

ޓްރަމްޕަށް ހަމަލާ ދިނުމުން އެމެރިކާގެ ސީކްރެޓް ސާވިސްގެ ވެރިޔާ އިސްތިއުފާ ދީފި

ކެމްޕޭނު އެއްވުމެއްގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މީހަކު ހަމަލާ ދިނުމުން އެމެރިކާގެ ސިޔާސީ އިސް ފަރާތްތައް ހިމާޔަތް ކުރުމުގެ ޒިންމާ އޮންނަ ސީކްރެޓް ސާވިސްގެ އިސްވެރިޔާ ކިމްބަލީ ޗީޓްލް މަގާމުން އިސްތިއުފާ ދީފިއެވެ. ކިމްބަލީ ޗީޓްލް މަޤާމުން އިސްތިއުފާ ދީފައި ވަނީ ޖުލައި 13 ވަނަ ދުވަހު ޕެންސިލްވޭނިއާގައި ބޭއްވި ޓްރަމްޕްގެ ކެމްޕޭނު އެއްވުމެއްގެ ތެރެއިން އޭނާއަށް މީހަކު ހަމަލާދިން މައްސަލައާ ގުޅިގެންނެވެ.ޕެންސިލްވޭނިއާގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ކެމްޕޭން އެއްވުމާ ގުޅިގެން ސެކިއުރިޓީ ޕްރޮޓޮކޯލާ […]

ތުލުސްދޫ ސާރފިންގ ޕޮއިންޓް އޮގަސްޓް 13 އިން 24 އަށް ބަންދުކުރަނީ

ކ.ތުލުސްދޫ އިރު ދެކުނު ފަރާތުން އޮންނަ ސާރފިންގ ޕޮއިންޓް އަންނަ އޮގަސްޓް 13 އިން 24 ގެ ނިޔަލަށް ބަންދުކުރުމަށް ނިންމައިފިއެވެ. ތުލުސްދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެރަށުގެ އިރު ދެކުނު ފަރާތުން އޮންނަ ތުލުސްދޫ ސާރފިންގ ޕޮއިންޓް އަންނަ އޮގަސްޓް 13 އިން 24 ގެ ނިޔަލަށް ބަންދުކުރުމަށް ހަމަޖެހިފައިވަނީ އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕް ކުރިއަށް ގެންދިއުމަށްޓަކައި ކަމަށެވެ. “ވީމާ މިކަން ރަށުގެ ރައްޔިތުންނާއި ރަށުގައި ހިންގާ އެންމެހައި ގެސްޓުހައުސްތަކަށް އަދި ރާޅުގަނޑު ބޭނުންކުރައްވާ […]

މާލެ އަތޮޅު: ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓް, ތާރީޚަށް ހުށަހެޅީ 9 ކައުންސިލަކުން

މި އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓް, އަތޮޅުގެ 9 ރަށުގެ ތެރެއިން 8 ރަށުން, ހަމަޖެހިފައިވާ ތާރީޚަށް ރިޕޯޓު ހުށަހަޅައިފިއެވެ. މާލެ އަތޮޅު ކައުންސިލުން ވަނީ 2024 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ހރަކާތްތަކުގެ ތަފްސީލު ރިޕޯޓް ހުށަހަޅުއްވާފައިވާ އެ އިދާރީ ދާއިރާގެ ރަށު ކައުންސިލްތައް އާންމުކޮށްފައެވެ. “އަތޮޅުގެ 9 ރަށުގެ ތެރެއިން 8 ރަށުން ވަނީ ތާރީޚަށް ރިޕޯޓު ހުށަހަޅުއްވާފައި.“ ތާރީޚަށް ރިޕޯޓު ހުށަހަޅުއްވާފައިވާ […]

މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމަށް ޗައިނާ ސަރުކާރާއެކު ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކޮށްފި

މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމަށްޓަކައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު މިއަދު ލެޓަރ އޮފް އެކްސްޗޭންޖެއްގައި ސޮއިކުރައްވައިފި އެވެ. ”ލެޓާސް އޮފް އެކްސްޗޭންޖް އޮން ދަ ފީސިބިލިޓީ ސްޓަޑީ ފޮރ ދަ ރީޑިވެލޮޕްމަންޓް އޮފް މާލެ އެންޑް ވިލިމާލެ ރޯޑްސް ޕްރޮޖެކްޓް“ ގައި ސޮއިކުރުން އޮތީ ޗައިނާގެ ބެއިޖިންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ”ލެޓާސް އޮފް އެކްސްޗޭންޖް އޮން ދަ ފީސިބިލިޓީ ސްޓަޑީ ފޮރ ދަ ރީޑިވެލޮޕްމަންޓް އޮފް މާލެ އެންޑް ވިލިމާލެ ރޯޑްސް ޕްރޮޖެކްޓް“ ގައި […]

ނޮޅިވަރަމްފަރުގެ ފުޓުސަލް ދަނޑު ތަރައްޤީކޮށް،ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް އިތުރުކޮށްދޭން އެދިއްޖެ

ހދ.ނޮޅިވަރަމްފަރުގެ ފުޓުސަލް ދަނޑު ރަނގަޅު ފެންވަރަކަށް ހަދައި،ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް އިތުރުކޮށްދޭން އެ ރަށު ކައުންސިލުން އެދިއްޖެއެވެ. އެ ރަށު ކައުންސިލުން މިގޮތަށް އެދިފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލު ކުރެއްވުމުގައެވެ.   މި ބައްދަލު ކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ‎މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުގެ މެންބަރުން ވަނީ […]