ޙަމާސް އާއި ފަތަޙަ ޖަމާއަތުން ގުޅިގެން ސަރުކާރެއް އުފައްދަން އެއްބަސްވެއްޖެ
މިއަދު ޚަބަރުގައި އެންމެ ތާޒާ ޚަބަރަކަށް ވެފއއޮތީ އިސްރާއީލުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުން ގެންދާ ގަތުލު އާންމު ނިމުމަކަށް ގެނައުމަށް މިހާތަނަށް މުޅިން ތަފާތު ވިސްނުމެއް ގެންގުޅެމުން އައި ފަލަސްތީނުގެ ފަތަޙަ ޖަމާއަތާއި ޙަމާސްއިން ގުޅިގެން އެއްބައިވަންތަ ސަރުކާރެއް އުފައްދަން އެއްބަސްވެ އެކަން ޢިއުލާން ކޮށްފިިކަމުގެ ޚަބަރެވެ. މި އެއްބަސްވުމަކީ އަނެއްކާވެސް ޗައިނާއިން ގުޅުވާދިން ފާލަމެކެވެ. ފަތަޙަ ޖަމާއަތާއި ޙަމާސްގެ ތަފާތު ވިސްނުން އެއްފަރާތް ކޮށްގެންނޫނީ ފަލަސްތީނަށް ހަމަޖެހުމެއް ނުލިބޭނެކަން ފަލަސްތީނުގެ ސިޔާސީ ބޭފުޅުންނަށް ވިސްނާ ދިނުމަށް […]
1000 އެއްހައި ޖާސޫސުން އޮލިމްޕިކްސް ކުޅިވަރުތަކަށް ނާދެވޭގޮތައް ބޭރުކޮށްލާފައިވާ ކަމަށް ފްރާންސުން ބުނެފި
ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތްކަމުގައިވާ، އޮލިމްޕިކްސް 2024 ގައި ބޭރުގެ ފަރާތްތަކަށް ޖާސޫސްކޮށްދޭކަމަށް ގަބޫލުކުރެވޭ 1000 އެއްހައި މީހުން އަނބުރައި ނާދެވޭގޮތަށް ބޭރުކޮށްލާފައި ވާނެ ކަމަށް ކުޅިވަރުތައް ފެށުމުގެ ތިންދުވަސް ކުރިން ފްރާންސްގެ އިންޓީރިއަރ މިނިސްޓަރ ޖެރަލްޑް ޑަރމާނިން ބުނެފިއެވެ. 2024 ވަނަ އަހަރު އޮލިމްޕިކް ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވާ ފްރާންސްގެ ޕެރިސް ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް ރައްކާތެރި ތަަނަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު އެންމެ ބޮޑު އެއް މައްސަލައަކީ މިއީއެވެ. […]
ސަރުކާރުން އޭނަ މަރުވިކަމަށް ނިންމުމުން ދިރިހުރިކަން ދެއްކުމަށް ޖަރީމާ އެއް ހިންގައިފި
ސަރުކާރުގެ އިދާރާ ތަކުން ލިޔެކިއުމުން އޭނާ ”މަރާލި“ ހަމައިން މުޖްރިމަކު އުފަން ވިއެވެ. އިންޑިޔާގެ ރައްޔިތެއްކަމަށްވާ ބާބޫރާމް ބިލް އަކީ މަރުވެފައިވާ މީހެއް ކަމަށް ނިންމާ ސަރުކާރުން އޭނާގެ މަރުގެ ސެޓްފިކެޓް ހެދިއެވެ.މި ނިންމުން ބަދަލު ކޮށް، އޭނާ ދިރި އެބަހުރިކަން ސާބިތުކޮށް ދިނުމަށް ބާބޫރާމް އެކި އިދާރާތަކަށް ހިނގާ މަސައްކަތް ކޮށްކޮށް ވަރުބަލިވި އިރުވެސް އެކަން ވާގޮތް ނުވި ކަމަށް ވެއެވެ. އެންމެ ފަހުން ބާބޫ ރާމް ނިންމީ ކުށެއް ކުރުމަށެވެ. ނުވަތަ ބޮޑު ޖަރީމާއެއް […]
ބާރުގަދަ ތޫފާން ”ގެމީ“ އާއިގުޅިގެން މެނީލާ އަދި ތައިވާންގެ ބޮޑުބައެއް ފެނުއަޑީގައި
ބާރުގަދަ ތޫފާން ”ގެމީ“ އާއި ގުޅިގެން ބޯކޮށް ވާރޭވެހި ފިލިޕީންސްގެ ވެރިރަށް މެނީލާގެ ބޮޑުބައެއްގައި ބުރާސްފަތިދުވަހު ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށް ޚަބަރުލިބެއެވެ. ތޫފާނުގެ ގަދަ ވައިގެ ސަބަބުން ބޮޑެތި ގެއްލުން ވެފައިވާއިރު، ބޭރަށް ނިކުމެވޭނެ ގޮތެއްނެތި ގިނަ ބަޔަކު ވަނީ އެކި ތަންތާ ބަންދު ވެފައެވެ. ފެންބޮޑުވި ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ދިމާވި އެކި ހާދިސާތަކުގައި 13 މީހުން މަރުވެފައިވާއިރު،ހަލައްކައެއްހާ މީހުން އެކިތަންތަނަށް ގެންދެވި ނުވަތަ އަމިއްލަޔަށް ބަދަލުވެފައިވާ ކަމަށް ޑިޒާސްޓަރ ރިލީފް […]
އެއްލާލި ދަބަހެއް ބަލާފާސްކުރިއިރު 27 ދަޅު ބަނގުރާ ފެނިއްޖެ
އެއްލާލި ދަބަހެއް ބަލާފާސްކުރިއިރު 27 ދަޅު ބަނގުރާ ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނީބަނގުރާ ދަޅުތަކަކާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ހުޅުމާލެ ބީޗު ކުލަބް ކައިރިން ދެ މީހަކު ދަބަހެއް އެއްލައިލާފައި ދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދެ މީހުން ހުއްޓުވައި ސުވާލުކޮށްފައެވެ. އަދި އެ ދެ މީހުން އެއްލައިލި ދަބަސް ބަލައިފާސްކުރިއިރު 27 […]
ނޭޕާލްގައި އިއްޔެ ހިނގި މަތިންދާ ބޯޓް ވެއްޓުމުގެ ހާދިސާގައި ޕައިލެޓް ސަލާމަތްވި
ނޭޕާލްގެ ވެރިރަށް ކަތުމަންޑޫ އެއާޕޯޓްގައި އިއްޔެ ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާ ގައި ބޯޓުގެ ޕައިލެޓް ވަނީ ސަލާމަތް ވެފައެވެ. ބޯޓު ވެއްޓި 18 މީހުން މަރުވެފައި ވާއިރު، ޕައިލެޓް ސަލާމަތްވީ ބޯޓުވެއްޓުމުގެ ކުރިން ބޯޓުގެ ކޮކްޕިޓް ނުވަތަ ޕައިލެޓުން ތިބޭ ބަޔާ ބޯޓުގެ މައި ބޮޑީ އާއި ވަކިވުމުގެ ސަބަބުން ކަމަށް ވެއެވެ. ބޯޓުގެ މައި ބޮޑީ ވެއްޓުނީވެސް ރޯވެގެން ކަމަށްވާއިރު ދުރަށް ވެއްޓިފައިވާ ކޮކްޕިޓްގައި ރޯނުވާ ކަމަށް ވެއެވެ. އެހީގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހުންނަށް […]
ތުރުކީއިން އިންޑިއާއަށް ސަލާމަތީ ހަތިޔާރު ބޭރުކުރުން ހުއްޓާލައިފި
ތުރުކީ ސަރުކާރުން އިންޑިއާއަށް ސަލާމަތީ ހަތިޔާރު ފޮނުވުން ހުއްޓާލައި، ސިއްރު ”ބްލޭންކެޓް ބޭން“ އެއްގެ ދަށުން އަމަލުކުރަން ފަށާފައިވާކަމަށް ޚަބަރުތަކުން ބުނެފިއެވެ. އާންމުކޮށް ނުވަދެވޭގޮތަށް ބަންދުކޮށްގެން 10 ޖުލައި 2024 ގައި ކުރިއަށް ގެންދިޔަ ތުރުކީގެ ޕާލިމެންޓުގެ ފޮރިން އެފެއަރސް ކޮމިޓީގެ ޔައުމިއްޔާއާއި ހަވާލާދީ އެނގޭގޮތުގައި، ތުރުކީގެ ސަލާމަތީ ޚަތިޔާރާއި ބެހޭ އެންމެ ބޮޑު ވުޒާރާ، އެސްއެސްބީގެ ޗެއަރމަން މުސްޠަފާ މުއްރަތް ޝެކަރް ވަނީ ސަރުކާރުގެ ސިއްރު ސިޔާސަތުގެ ވާހަކަ ކޮމިޓީއާއި ހިއްސާކޮށްފައެވެ. އެގޮތުން، ޝެކަރް ހިއްސާކުރި […]
ސްޓޭޓް މިނިސްޓަރުކަމުން މާނިއު އިސްތިއުފާ ދީފީ!
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓްމްސްގެ މަޤާމުގައި ހުންނަވަނިކޮށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރި ޔޫސުފް މާނިއު މުހައްމަދު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. އެނގިފައިވާ ގޮތުގައި މާނިއު އިސްތިއުފާދެއްވިކަން ހޯމް މިނިސްޓްރީއަށް މިއަދު ވަނީ އަންގާފައެވެ. ނަމަވެސް އޭނާ އިސްތިއުފާދީފައިވާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ކަސްޓަމްސްގެ ވެރިޔަކަށް ހުންނަވަނިކޮށް މާނިއު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ ވަޒީފާއަށް ބަދަލު ކުރީ މިދިޔަ ހޯމަ ދުވަހުއެވެ. އަދި އޭނާ އެ މަޤާމުން އިސްތިއުފާދީފައި ވާއިރު، […]
ޓްރެފިކް ތޮއްޖެހުމަށް ހައްލު ހޯދުމަށް ކުރިއަށްގެންދާ“މާލެ ފަހި“ޕްރޮގްރާމް އިފްތިތާހުކޮށްފި
މާލޭގެ މަގުމަތީގެ ޓްރެފިކް ތޮއްޖެހުމަށް ހައްލު ގެނައުމަށް ކުރިއަށް ގެންދަން ނިންމާފައިވާ ”މާލެ ފަހި ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފުތިތާހު ކޮށްދެއްވައިފިއެވެ. އެގޮތުން މާލެ ފަހި ޕްރޮގްރާމަކީ ރައީސް މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން އެ މަނިކުފާނުގެ ޚާއްޞަ އިރުޝާދާއެކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމު އިފުތިތާހުކޮށްދެއްވީ ތައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއެވެ. މާލެފަހި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ”މާލެ […]
ސްކޫލް ތަކުން ދަރިވަރުންނަށް ދުރޫސުލް އަޚުލާގު ކިޔަވައިދޭންޖެހޭ
ރާއްޖެއަށް ސައްތައިން ސައްތަ މުސްލިމް ގައުމެކޭ ކިޔަނީ ގާނޫނުއަސާސީގައި އެހެން ލިޔެފައިވާތީ ހެއްޔެވެ. އަދި ދިވެއްސެއްގެ ގާތުގައި ޣައިރު މުސްލިމަކު ކަލެއަކީ މުސްލިމެއްހޭ އަހައިފިނަމަ ފަޚުރުވެރިކަމާއެކު ވަގުތުން އާއެކޭ ބުނެ ޖަވާބުދެއެވެ. ކަން އޮތީ ހަމަ މިހެންތޯއެވެ. މުސްލިމަކަށް ވަނީ ތިމަންނާއަކީ މުސްލިމެކޭ ބުނީމަތޯއެވެ. ދިވެއްސަކަށް ވިޔަސް މުސްލިމަކަށް ނުވާނެއެވެ. ތިމާއަކީ މުސްލިމެކޭ ބުނެވޭނީ މުސްލިމެއްގެ ކިބައިގާ ހުންނަންޖެހޭ ޝަރުތު ތިމާގެ ކިބައިގާ ފުރިހަމަ ވަންޏާއެވެ. މިހާރަކަށް އައިސް ރާއްޖޭގެ ސްކޫލްތަކުން ތަޢުލީމު ޙާޞިލު ކުރަމުން އަންނަ […]