މުޒާހަރާކުރި ފަރާތްތަކުން ދީފައިވާ ގެއްލުން ބެއްލެވުމަށްފަހު ޝެއިޚް ހަސީނާ ކީރިތި ކުރައްވައިފި
ބަންގްލާދޭޝްގައި ނިމުނު ހަފްތާގައި ކުރިޔަށް ދިޔަ މުޒާހަރާ ތައް ކުރި ފަރާތްތަކުން އެގައުމުގެ މެޓްރޯ ސްޓޭޝަން އަށް ދީފައިފައިވާ ގެއްލުން ބެއްލެވުމަށްފަހު ބޮޑުވަޒީރު ޝެއިޚު ހަސީނާ ކީރިތި ކުރައްވައިފިއެވެ. ވަޒީފާގެ ކޯޓާ ގެންގުޅޭ މައްސަލައިގައި ޔުނިވަރސިޓީ ކުދިން ފެށިމުޒާހަރާތައް މަތަކުރުމަށް ކަމަށްބުނެ ފުލުހުން ބާރުގެ ބޭނުން ކުރަން ފެށުމުން މުޒާހަރާތައް ހޫނުވެ އަދި ފުޅާވެގެން ދިޔައެވެ. އެގޮތުން ހިނގި އެކި ކުރިމަތިލުން ތަކުގައި މަދުވެގެން 150 މީހުން ވަނީ މަރުވެފައެވެ. މުޒާހަރާ ކުރި ފަރާތްތަކުން ވަނީ ވެހިކަލްތަކާ […]
އިންޑިޔާގެ ލޭބަރަކަށް 95ހާސް ޑޮލަރުގެ އަގުބޮޑު ޑައިމަންޑެއް ކޮނެވިއްޖެ
މައިނެއް ކޮނުމުގެ މަސައްކަތުގައި އުޅުނު އިންޑިޔާގެ ލޭބަރަކަށް 95ހާސް ޑޮލަރުގެ އަގުބޮޑު ޑައިމަންޑެއް ކޮނެވިއްޖެއެވެ. 19.22ކެރެޓްގެ ބަރުދަންހުރި ޑައިމަންޑުގެ އަގު އިންޑިޔާގެ 8މިލިއަން ރުޕީސް ނުވަތަ 95،570 ޑޮލަރަށް އަރައެވެ. ޑައިމަންޑް ފެނުނު ރާޖޫ ގައުންޑް ބުނި ގޮތުގައި މިކަމަށް އެދިގެން އޭނާ މަސައްކަތް ކުރަމުން އަންނަތާ 10 ވަރަކަށް އަހަރު ވެއްޖެ އެވެ. އޭނަ ކުރާކަމަކީ ފަސްގަނޑުގައި ޑައިމަންޑް ގިނަކަމަށް މަޝްހޫރު ޕަންނާ ސިޓީ ކިޔާ ހިސާބުން ޑައިމަންޑަށް ކޮނުމަށްޓަކައި ބިން ކުއްޔަށް ނަގަނީ […]
ޤައުމެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީވެސް މިނިވަންކަން އޮވެގެން:ނައިބު ރައީސް
ޤައުމެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީވެސް މިނިވަންކަން އޮވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 59 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ. ރާއްޖޭގެ 59 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާ ދެއްވި މި ވީޑިއޯ މެސެޖުގައި ރާއްޖެއަކީ މިނިވަންކަމުގެ ދިގު މާޒީއެއް އޮތް ޤައުމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. މިނިވަން ކަމަކީ ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތްކަމަށް […]
މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް އަރިސްކުރައްވައިފި
މިނިވަން ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިސްކުރައްވައިފިއެވެ. އެމަނިކުފާނު މިނިވަންދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ އަރިސްކުރައްވާފައިވަނީ މިއަދު މީސް މީޑިއާ މެދުވެރި ކުރައްވައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. ދިވެހިރާއްޖޭގެ މިނިވަންދުވަހާ ގުޅިގެން ކުރެއްވި މި ޕޯސްޓުގައި އެ މަނިކުފާނު ވަނީ މިނިވަންކަމުގެ މަތިވެރި ނިޢުމަތް އަބަދުމެ ދެމެހެއްޓެވުމަށް އެދިވަޑައިގެން ދުޢާދަންނަވާފައެވެ. ދިވެހިރާއްޖޭގެ މިނިވަން ދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. މިއަދު ދިވެހިރާއްޖޭގައި ފާހަގަކުރަމުންދަނީ 59 ވަނަ މިނިވަންދުވަހެވެ.
ވަގު ވިސާއެއްޖަހާފައިވާ ޕާސްޕޯޓެއްގައި ރާއްޖޭން ފުރަން އުޅުނު ބިދޭސީއަކު، ހުއްޓުވާ ޑީޕޯޓުކޮށްފި
ވަގު ވިސާއެއް ޖަހާފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން، އޮޅުވާލައިގެން ރާއްޖޭން ފުރަން އުޅުނު ބިދޭސީއަކު ޑީޕޯޓް ކޮށްފިއެވެ. މިކަންހާމަކޮށް އިމިގްރޭޝަނުން ބުނީ، ނަކަލުކޮށްފައިވާ ވިސާއެއް ޖަހާފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން ފުރަން މަސައްކަތް ކުރި ބިދޭސީއަކު ހުއްޓުވާ އޭނާ ޑީޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާ ރާއްޖޭން ފުރަން މަސައްކަތް ކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ. މި މައްސަލައިގައި އޭނާ ހުއްޓުވައި މިހާރު ޑީޕޯޓް ކޮށްފައިވާ ކަން ހާމަކޮށްފައިވީ ނަމަވެސް ބިދޭސީ މީހާއަކީ […]
ރައްޔިތުންގެ މަޖިލީހުގެ ސައިޒު ކުޑަކުރުމަކީ ގައުމުގެ މާލިއްތަށް ލިބޭ ލުޔެއް
ރައްޔިތުންގެ މަޖިލީހުގެ ސައިޒް ކުޑަކޮށް މެންބަރުންގެ ޢަދަދު 72 އަށް މަދުކޮށްލުމުން ދައުލަތުގެ މާލީ ޙާލަތަށް ހެޔޮބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ. އަދި ހަމަ އެހެންމެ ވުޒާރާތައް މަދު ކޮށް ސިޔާސީ މަގާމުތައް މަދުކޮށްލުމަކީ ވެސް ރައްޔިތުންގެ ތިޖޫރީއަށް ލުއިވާނެ އެއްގޮތެވެ. ރައްޔިތުންގެ މަޖިލީހުގެ ސައިޒު މިހާރު ބޮޑުވަމުން އެދާ ރޭޓުން ބަލާނަމަ ދައުލަތަށް ނުއުފުލޭވަރު ބޮޑު ބުރައެއް މުސްތަގުބަލުގައި އުފުލަން ޖެހިދާނެއެވެ. ކޮންމެ މެންބަރެއްގެ ހަމައެކަނި މަހު މުސާރައަށް ރައްޔިތުންގެ ޓެކްސް ފައިސާއިން 82000 ރުފިޔާ […]
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ”މަގުމަތީ ހިނގާލުން“މާދަމާ ހަވީރު
ދިވެހިރާއްޖޭގެ ފަޚުރުވެރި 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފްގެ ”މަގުމަތީ ހިނގާލުން“ މާދަމާ ހަވީރު މާލޭގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. މި ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ. އަދި މި ހިނގާލުން ފަށާނީ، ޖުލައި 26 ވަނަ ދުވަހު (މާދަމާ)ގެ ހަވީރު 16:15 ގައި ބަންޑާރަކޮށީންނެވެ. މި ހިނގާލުމުގައި ޖުމްލަ ފަސް ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެއެވެ. މި […]
ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދިވެހިބަހުގެ އެކެޑަމީއަށް 10،000 ޑޮލަރު ހަދިޔާކޮށްފި
ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދިވެހިބަހުގެ އެކެޑަމީއަށް 10،000 ޑޮލަރު ހަދިޔާކޮށްފިއެވެ. މި ފައިސާ ހަދިޔާކޮށްފައި ވަނީ ދިވެހިބަހުގެ އެކެޑަމީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ޕާކިސްތާނު ސަރުކާރުގެ ފަރާތުން މި އެހީ ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒު ގީލާނީއެވެ. ދިވެހި ބަހުގެ އެކެޑަމީގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގެންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ސަފީރު ވައިސް އެޑްމިރަލް […]
ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލު ކުރަނީ
ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު (ބަގީޗާ ހިނގުން) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށް އަންނަ ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވާލަން ތައްޔާރުވެއްޖެއެވެ. އެޗްޑީސީން މިރޭ ބުނީ މިހާރު ކުރިއަށްދަނީ ބަގީޗާ ހިނގުން އެއްކޮޅަށް ދުއްވޭ މަގަކަށް ހެދުމަށް މަގުގައި ލައިން ކުރެހުމާއި ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެ މަސައްކަތް އެއްކޮށް ނިންމައި، އަންނަ ހޮނިހިރު ދުވަހުން ފެށިގެން […]
ބްރިޖް އިން ޓޯލް ނަގާނީ އިޤްތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުން:ރައީސް
ޤައުމާއި ރައްޔިތުންގެ ޢިޤްތިޞާދީ ޙާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ބްރިޖުން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މީސް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެ މަނިކުފާނު ވިދާޅުވެފައިވަނީ ރޭގައި އިޢުލާން ކުރެވުނު ”މާލެ ފަހި“ ޕޮރޮގްރާމުގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާއެއް އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައި ކަމަށެވެ. އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން […]