ޤައުމުގެ މިނިވަންކަން ޔަޤީންކުރުމަށް ދައުލަތުގެ އެހެން ބާރުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނަން:ރައީސް
ޤައުމުގެ މިނިވަންކަން ފުރިހަމަ ގޮތުގައި ޔަޤީންކުރުމަށް ދައުލަތުގެ އެހެން ބާރުތަކަށްވެސް އެހީތެރިކަން ބޭނުންވާނެކަން ފާހަގަކުރައްވައި އެ އެހީތެރިކަން މި ސަރުކާރުން ފޯރުކޮށްދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ޖުޑިޝަރީގެ ދާއިރާއަށް ކުރިއެރުން ހޯދައި ދިނުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށާއި ޖުޑިޝަރީ ދާއިރާ އޮތީ ވަރަށް […]
ކަންތައްތައް ”ޖަޖް“ ކުރުމަށް އަވަސްވެ ނުގަންނާށެވެ.
ބައްޕަޔަކު އެއްފަހަރަކު އޭނާގެ ކުޑައަންހެން ދަރިފުޅު އޭނާގެ ތިމާގެ މީހުން ކައިރިޔަށް ޗުއްޓީ ހޭދަ ކުރުމަށް ފޮނުވިއެވެ.ޗުއްޓީ ނިންމާލުމަށްފަހު ކުއްޖާގެޔަށް އައުމުން ބައްޕަ ސުވާލުރިއެވެ.”ޗުއްޓީ ކިހިނެއް ހެއްޔެވެ؟ ހުރިހާ އާންޓީންނާއި ކަޒިންތައް ދަރިފުޅަށް ހެޔޮހެއްޔެވެ؟ ޗުއްޓީ މަޖާހެއްޔެވެ؟“ ބައްޕަ ސުވާލު ކުރުމުން ކުއްޖާ ޖަވާބު ދިނެވެ.”އާއެކެވެ. އެންމެންވެސް ވަރަށް ހެވެވެ.އަހަރެންނަށް ވަރަށް ރަގަޅެވެ.އެކަމަކު އެއް އާންޓީ އަހަރެންނަށް ވަރަށް ނަފްރަތު ކުރާކަން ފާހަގަވިއެވެ.އޭނާ އަހަރެންނާއި ދޭތެރޭ ގެންގުޅުނީ ވަރަށް ރުޅިވެރި،ހަރުކަށިގޮތްތަކެކެވެ. އެ އާންޓީ ނޫނީ އެންމެންވެސް ވަރަށް […]
ގެޔެއްގެ ކުރިމައްޗަށް ކުޑަ މަތިންދާބޯޓެއް ވެއްޓިއްޖެ
އެމެރިކާގެ ޔޫޓާގައި ގެޔެއްގެ ދޮރުމަތީ އޮންނަ ވިނަގަނޑު މައްޗަށް ކުޑަ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ. މިހާދިސާގައި ގެޔަށް ގެއްލުންތަކެއް ލިބިފައިވާއިރު، ބޯޓުގައި ތިބި ދެމީހުންނަށްވެސް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައެވެ. ބޯޓު ވެއްޓުނު އިރު ބާރުގަދަ އެއްޗެއް ގޮވިފަދަ އަޑުފަށެއް އިވުނު ކަމަށް އަވަށްޓެރިން ބުނެފައި ވެއެވެ. ހާދިސާ ހިނގި އިރު ގޭގެ ވެރިމީހާވަނީ ވަޒީފާއަށް ގޮސްފައެވެ. ނަމަވެސް އޭނަގެ އަންހެނުންނާއި ކުދިން ގޭގައި ތިބި ކަމަށް ވެއެވެ.ހާދިސާ ހިނގި ވާހަކަ އަންހެނުން ގުޅާފަ ބުނުމުން ގޭގެ […]
ފަސް އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާނެހެން ގެދޮރުވެރި ލޯން އޮކްޓޯބަރުގައި ދޫކުރަނީ
ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި 5 އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޫބަރުމަހު ދޫކުރަން ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރުގެ އެންމެ ބޮޑު ވަޢުދަކީ ގެދޮރުވެރިކަން ފަހިކޮށްދިނުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް ނެގޭގޮތަށް ދޫކުރާ މި […]
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 138 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، 138 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ. އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ، މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ރައީސް އޮފީހުން ވިދާޅުވީ މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެ […]
ހައްޔަރުކުރި މީހަކަށް ފަރުވާދިނުން ލަސްވުމުން އެޗްއާރްސީއެމްއިން ކަންބޮޑުވުން ފާޅުކޮށްފި
މި ހިނގާ ޖުލައި 15 ވަނަ ދުވަހު ޑްރަގް ކޯޓުގެ އަމުރެއްގެ ދަށުން ހައްޔަރުކުރަން އުޅުނު މީހަކަށް އަނިޔާވެ އޭނާ ހޮސްޕިޓަލަށް ނުގެންގޮސް ލަސްވުމުން އެޗްއާރްސީއެމްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ފުލުހުން ހައްޔަރުކުރަން އުޅެނިކޮށް އަނިޔާވީ މުޙައްމަދު އަޒްމީލް ޖަލީލް ކިޔާ މީހަކަށެވެ. އެޗްއާރްސީއެމްއިންބުނީ އޭނާ ހައްޔަރުކުރަން އެ ގެއަށް ގޮސް ތިއްބާ، އެ ގޭގެ ކުޑަދޮރަކުން ނިކުމެ ފިލަން އުޅުމުގެ ތެރޭގައި މުޙައްމަދު އަޒްމީލް ޖަލީލް މަގުމައްޗަށް ވެއްޓި އަނިޔާވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ބުނާ […]
މިނިވަންކަން ދެމެހެއްޓޭނީ ބޭރުގެ ދަރަނިން ސަލާމަތްވެ ތިބެގެން: ނަޝީދު
މިނިވަންކަމެއް ރާއްޖެއަށް ދެމެހެއްޓޭނީ ބޭރުގެ ދަރަނިން ސަލާމަތްވެ ތިބެގެން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބާގައި ތަހުނިޔާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މިނިވަން ދުވަހުގެ ތަހުނިޔާ “އަޅުގަނޑަށް ފެންނަ ގޮތުގައި ކޮޅުނެއް ކޮޅުގެ މިނިވަންކަމެއް ރާއްޖެއަށް ދެމެހެއްޓޭނީ ބޭރުގެ ދަރަނިން ސަލާމަތްވެ ތިބެގެން“ ކަމަށެވެ. ނަޝީދު ވިދާޅުވީ ދަރަނި ނެތި އުޅުމުން ސަރުކާރުން ދޭ އެތައް ހިދުމަތަކުން މަހުރޫމްވާނެ ކަމަށާއި އެހެނަސް ބުއްދިވެރިކަން ވަރަށް […]
ޗައިނާއަކީ ފަލަސްތީނުގެ ގައުމީ ހެދުމުގެ ބައެއް އެ ހެދުން ވީދިގެންދާތަން ބަލާކަށް ނުތިބޭވޭނެ
ފަލަސްތީނުގެ ފަތަހަ ޖަމާއަތާއި ހަމާސްގެ ތަފާތު ވިސްނުން އެއީ ސިއްރެއް ނޫނެވެ. ފެންނަ ފެނުމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ކަށަވަރު ކުރުމަށްޓަކައި ހަމާސް އިން ކުރަމުން ގެންދާ ޖިހާދުގައި ރައީސް އައްބާސްގެ ފަތަހަ ޖަމާއަތުން ބައިވެރިވާ ކަމަކަށް ނުބެލެވެއެވެ. އަދި “ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮންނަ ފަލަސްތީނުގެ ދައުލަތުގެ ނަމުގައި ވެރިކަން ކުރެއްވުމަށް “ ރައީސް މަހްމޫދު އައްބާސް ރުހިވަޑައިގެން ހުންނަވާ ކަހަލައެވެ. މި ފެށުނު ހަފުތާ ބަންދުގެ ތެރޭގައި ފަލަސްތީނުގެ ތަފާތު ގަބީލާތަކުގެ […]
ގައްޒާގެ މައްސަލާގައި އަހަރެން ހަމަހިމޭނުން ނުހުންނާނަން:ކަމަލާ ހަރިސް
މި އަހަރު ނޮވެމްބަރު މަހުގައި އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުން މިހާރުގެ ރައީސް ޖޯ ބައިޑްން އެއްފަރާތަށް ޖެހިވަޑައިގަތުމުން މިހާރުގެ ނައިބު ރައީސާ ކަމަލާ ހަރިސްއަށް ގިނަ ޑިމޮކްރެޓުންގެ ތާއީދާއި ރުހުން ލިބެން ފަށައިފިއެވެ. އެހެންނަމަވެސް ރައްޔިތުން ދެކޭގޮތް ބެލުމަށް ނެގެމުންދާ ވޯޓުގައި ބައެއް ބޮޑެތި ސަރަހައްދުތަކުން އަދިވެސް ރައީސް ޓްރަމްޕުގެ ތާއީދު އެކަމަނާއަށް ވުރެން ކުޑަތަންކޮޅެއް ބޮޑުކަން ފާހަގަކުރެވެއެވެ. ޑިމޮކްރެޓުން ދެކޭ ގޮތުގައި ކަމަލާ ހަރިސް އަށް އިންތިޚާބު ކާމިޔާބު ކުރެވިދާނެ ގިނަ ސަބަބުތަކެއް ހުރުމާއިއެކުވެސް […]
އޮލިމްޕިކްސް މުބާރާތް ހުޅުވުމާއި ދިމާކޮށް ޕްރާންސްގެ ރޭލު ނިޒާމަށް ބަޔަކު ގެއްލުންތަކެއް ދީފި
ޕެރިހުގައި ހުކުރު ދުވަހު ރަސްމީކޮށް ފަށާގޮތަށް އޮތް އޮލިމްޕިކްސް މުބާރާތުގެ އޯޕަނިންގ ސެރެމަނީއާ ދިމާކޮށް އެ ގައުމުގެ ހައިސްޕީޑް ރޭލު ނެޓްވަރކަށް ބަޔަކު ހަމަލާތަކެއް ދިނުމުގެ ސަބަބުން ދަތުރުތައް ހުއްޓިއްޖެއެވެ. ރޭލްވޭ ނިޒާމް ހިންގާ ފަރާތުން ބުނެފައިވާ ގޮތުގައި ނިޒާމަށް ގެއްލުން ދިނުމަށް ބަޔަކު ގަސްތުގައި އެކި ތައްތަނެއްގައި ރޯކޮށްފައި ވެއެވެ. މިކަމުގެ ސަބަބުން އަށް ލައްކައެއްހާ ދަތުރުވެރިން ގެ ދަތުރު ތަކަށް ވަނީ ބުރޫއަރާ ސްޓޭޝަން ތަކުގައި މީހުން ފުނިޖެހޭ ގޮތް ވެފައެވެ. ޔޫކޭ އާއި […]