ލާދީނީ ކަންކަން ހިމެނޭ އެގްރީމަންޓެއްގައި ރާއްޖެއިން ބައިވެރިވަނީ

ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގެ ”ސަމޯއާ އެގްރީމަންޓް“ ގައި ބައިވެރިވާން ނިންމައި މިކަމާމެދު މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވީ މިދިޔަ ހަފުތާގައެވެ. މި އެގްރީމަންޓްގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ ރުހުން ދީފައެވެ. މި އެއްބަސްވުމުގައި ރާއްޖެއިން ބައިވެރިވާން މަޖިލީހުން ރުހުން ދިނީ އިއްޔެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 84 މެންބަރުންގެ އިއްތިފާގުންނެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ”ސަމޯއާ އެގްރީމަންޓް“ […]

ނޭޓޯއާ ދެކޮޅަށް ނިކުންނަން ޖެހިދާނެ ކަމަށް ރަޝިޔާއިން އިންޒާރު ދީފި

ވޯޝިންގްޓަން ޕޯސްޓާއި އަދި ފަސްޓް ޕޯސްޓުން އިއްޔެގެ އެންމެ ފަލަ ސުރުހީއަކީ ބްލެކް ސީގެ ތެރޭގައި އުދުހެމުން ގެންދާ އެމެރިކާގެ ޑްރޯންތައް ގިނަވަމުން ދާނަމަ ނޭޓޯއާއި ދެކޮޅަށް ރަޝިޔާއިން ސީދާ ހަރަކާތަށް ނިކުންނަން ޖެހިދާނެ ކަމަށް ރަޝިޔާއިން ދިން އިންޒާރެވެ. ކްރެމްލިން އިން ތުހުމަތު ކުރަނީ އެމެރިކާގެ ޑްރޯންތަކުން ޔޫކްރެއިނަށް ޖާސޫސް ކޮށްދެނީ ކަމަށެވެ. އެކަމަކު އެމެރިކާއިން ބުނަމުން ގެންދަނީ އެމެރިކާއިން ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފު ނުވާ ކަމަށެވެ. އަދި ޔޫކްރެއިނަށް ތާއީދުކުރަމުން ގެންދާ ނޭޓޯގެ […]

މަސްވެރިއެއްގެ ޝުޢޫރު

އައްޑު އަތޮޅު ގައި މި ފަހުން ކުރި މަސްވެރިން ކުރި އިހުތިޖާޖުގެ ބައިވެރިއަކު އޭނާގެ ހިތުގެ ޝުޢޫރު ސަންދާނާއި ހިއްޞާކުރަމުން ކިޔައި ދިނެވެ. އަހުރެމެން އެއްވެ މިއުޅެނީ އެއްވެސް ހަމަނުޖެހުމެއް ހިންގުމުގެ މަގުޞަދު އޮވެގެނެއް ނޫނެވެ. އަދި ދައުލަތުގެ މުދަލަށް ގެއްލުންދޭކަށެއް ވެސް ނޫނެވެ. ފުލުހުންނާ ކުރިމަތިލުމުގެ ނިޔަތެއް އޮވެގެން ވެސް ނޫނެވެ. ކޮންމެ ބޭފުޅަކު ވެސް ފުންކޮށް ވިސްނަވައިލައްވާށެވެ. ތިމާގެ އަނބިދަރިން ބަނޑަށް ޖެހިއްޖެނަމަ ތިމާގެ ހިތަށް ކުރާނެ ފުން އަސަރާއި ލޮލުން ފޭދިގެންދާނެ ކަރުނައިގެ […]

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ފަރުވާދޭނެ މަރުކަޒެއް ގާއިމުކުރަން ރައީސް ނިންމަވައިފި

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިސްލާހީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް މަރުކަޒެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވާކަން ރައީސް އޮފީހުން ހާމަކުރީ މިރޭ 00:59 ގައި އާންމުކުރި ޚަބަރެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އިއްޔެ (ޖޫން 30) ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކުއެވެ. މި ކަރުދާހުގައި […]

ޑްރަގަަށް ފަރުވާ ހޯދުމަށް ދާން އެންޑީއޭގައި އޮންނަ ކިއު ތަރުތީބު ނަންބަރު ވިއްކައި, އެކަމުން ވެސް ވައްކަން!

ޑްރަގަަށް ފަރުވާ ހޯދުމަށް ދާން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގައި އޮންނަ ކިއު ތަރުތީބު ނަންބަރު, އެ ތަނުގެ ބައެއް މުވައްޒަފުން ވިއްކަމުންދާ ކަމުގެ ތުހުމަތުތަކެއް ކުރަމުން އެބަދެއެވެ. އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ގާނޫނީ ކޮމެޓީގެ މެންބަރު އަލްއުސްތާޒު އަޙްމަދު މަޢުރޫފް ވިދާޅުވީ ޑްރަގުގެ ބައްޔަށް ފަރުވާ ހޯދަން ދާން އެންޑީއޭގައި އެ އޮންނަ ކިއު ތަރުތީބު ނަންބަރު, އެ ތަނުގެ ބައެއް މުވައްޒަފުން ވިއްކަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. […]