ރައީސް ބައިޑްންގެ ރިޔާސީ ބަހުސްގެ ފެންނަ ފަރާތާއި ނުފެންނަ ފަރާތް

ދަ ޓެލިގްރާފުގެ ރޭގެ ފަލަ ސުރުޚީތަކުގައި އެންމެ ފާހަގަ ކުރެވެނީ އެމެރިކާގެ ރިޔާސީ އިންތިޚާބުން މިހާރުގެ ރައީސް ގަދަކަމުން ބޭރުކުރަން ޑިމޮކްރެޓުންގެ އިސް ބޭފުޅުން ބޭނުން ނުވާ ކަމަށާއި އެމަނިކުފާނު ޝަރަފް ވެރިކަމާއެކު އަމިއްލައަށް ނިކުމެ ވަޑައިގަތުމަށް އެ ބޭފުޅުން އެދިވަޑައިގެން ތިއްބެވި ޚަބަރެވެ. އެބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި މިދިޔަ ހުކުރު ވިލޭރޭގެ ރިޔާސީ ބަހުސްގައި ރައީސް ބައިޑްން މަގާމަށް މުސްކުޅިފުޅު ވެއްޖެކަން ހާމަވެގެން ހިނގައްޖެއެވެ.                                        ރައީސް ބައިޑްންއަށް ފާޑުކިޔާ ބައެއް ބޭފުޅުން“ދެން މިހާރު އަނެއްކާ […]

ދިވެހިންގެ ދީލަތި އެހީގައި ޚިދުމަތް ޖަމިއްޔާއިން ދިވެއްސަކަށް މަސްނޫޢީ ފަޔެއް ޖަހައިދީފި!

ދިވެހިންގެ ދީލަތި އެހީގައި ޚިދުމަތް ޖަމިއްޔާއިން ދިވެއްސަކަށް މަސްނޫޢީ ފަޔެއް ޖަހައިދީފީއެވެ. ދިމާވި ހިތާމަވެރި އެކްސިޑެންޓެއްގައި ފައި ބުރިކޮށްލަންޖެހި ނުކުޅެދޭ މީހަކަށް ވެފައި ވަނިކޮށް ޚިދުމަތް ޖަމިއްޔާއިން ދިވެހިންގެ އެހީގައި މަސްނޫޢީ ފަޔެއް ޖަހައިދިނީ އދ. ފެންފުށި އިބްރާހިމް މުހައްމަދަށެވެ. މިކަންހާމަކޮށް ޚިދުމަތް ޖަމިއްޔާއިން ބުނީ އެ ޖަމިއްޔާގެ އިސްނެގުމުގެ މަތިން ދިވެހި ރައްޔިތުންގެ ދީލަތި އެހީގައި އދ.ފެންފުށީ،އިބްރާހިމް މުހައްމަދަށް މަސްނޫޢީ ފަޔެއް ޖަހައިދީ އަނބުރާ މުޖުތަމަޢުއަށް ނެރެދީފައިވާ ކަމަށެވެ.  އެގޮތުން އަމިއްލަ ބުރަ މަސައްކަތުން ޢާއިލާއަށް […]

ޖޯ ބައިޑްން ވެރިކަމަށް ގެންނަން ތިޔަވަރަށް އުޅެންޖެހޭ ހެއްޔެވެ؟

ފޮކްސް ނިއުސް ޑިޖިޓަލްގެ އެންޑްރިއާ ވެކްޗިއާނޯ މިއަދު ބުނެފައިވާ ގޮތުގައި މިދިޔަ ހުކުރު ވިލޭރޭގެ ރިޔާސީ ބަހުސަށްފަހު ރައީސް ބައިޑްން އަށް ފާޑު ކިއުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ރައީސް ބައިޑްންގެ އަނބިކަނބަލުންގެ ކުރީގެ ފިރިމީހާ ބިލް ސްޓީވަންސަން ނިއު ޔޯރކް ޓައިމްސްއަށް ދިން ބަސްދީ ގަތުމެއްގައި ރައީސް ބައިޑްން ވެރިކަމަށް ގެންނަށް އެވަރަށް މަސައްކަތް ކުރައްވަނީ ކީއްވެގެންތޯ ސުވާލު އުފައްދައިފިއެވެ. ސްޓީވްސަން ވަރަށް ދެރަވެފާއި އިނދެ ކިޔާދީފައި ވަނީ ރައީސް ބައިޑްންގެ އަނބިކަނބަލުން އަދި އަހަރެންގެ […]

ހުޅުމާލެ ޖަލުގައި މަސައްކަތް ކުރާ އޮފިސަރަކަށް މަރުތޭލަކުން ހަމަލާދޭން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ޖަލުގައި މަސައްކަތް ކުރާ ޕްރިޒަން އޮފިސަރަކަށް މަރުތޭކަލަކުން ހަމަލާދީ މާރާމާރީ ހިންގަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ. އެގޮތުން މިދިޔަ މަހުގެ 11 ވަނަ ދުވަހު ހިނގި އެ ހާދިސާގައި ހުޅުމާލޭ ޖަލުގައި މަސައްކަތް ކުރާ ޕްރިޒަން އޮފިސަރަކަށް ފާރަލައިގެން ސައިކަލުގައި ދުއްވާފައިދަނިކޮށް، ދެ މީހަކު ވަނީ މަރުތޭކަލަކުން އޭނާގެ ބޮލުގައި ޖަހަން މަސައްކަތްކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އަޙްމަދު ޢިޔާޒް، ރ. އިނގުރައިދޫ / މިރިހިމާގެ (24އ) އާއި އަޙްމަދު ރަބީޢު، ގއ. […]

އެޗްޑީސީގެ ނަމުގައި ސްޕޭމް މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވާން އެދިއްޖެ

ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި އޯޓީޕީގެ ގޮތުގައި ސްޕޭމް މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލު ވުމަށް އެ ކޯޕަރޭޝަނުން އެދިއްޖެއެވެ.   މިކަންހާމަކޮށް އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ރޭގެ ވަގުތެއްގައި އެ ކޯޕަރޭޝަނުގެ ނަމުގައި އޯޓީޕީގެ ގޮތުގައި ސްޕޭމް މެސެޖުތަކެއް ފޮނުވާފައިވާކަން އެ ކޯޕަރޭޝަނުގެ ސަލާމު ކަމަށް އައިސްފައިވާ ކަމަށެވެ. މިގޮތުން އެއީ އެ ކޯޕަރޭޝަނުން ފޮނުވާފައިވާ މެސެޖުތަކެއް ނޫން ކަމަށް އެޗްޑީސީގެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި […]

ޤައުމެއް ނެތިކޮށްލަން ގޮވާ ޤައުމެއް ނެތިކޮށްލަން ޖެހޭނެ:އިސްރާއީލު

އީރާނުން އިސްރާއީލު ނެތިކޮށްލަން ގޮވަމުންދާތީ އީރާނު ނެތިކޮށްލުމަކީ މިހާރު ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއް ކަމުގައި އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔައިރް ލެޕިޑް ބުނެފިއެވެ. އިސްރާއީލުގެ ޚާރިޖީ ވަޒީރު މިހެން ބުނެފައިވަނީ އެ ގައުމުން ހިޒްބުއްލާ އާއި ދެކޮޅަށް ފުލް-ސްކޭލް ހަނގުރާމައެއް ފަށައިފިނަމަ އެކްސިސް އޮފް ރެޒިސްޓޭންސް އިން ފުރިހަމައަށް އެ ހަނގުރާމައިގެ ތެރެއަށް ވަންނާނެ ކަމަށާއި އޭރުން އެ ހަނގުރާމަ ވެގެންދާނީ ވަރަށް ގެއްލުންބޮޑު ހަނގުރާމައަކަށް ކަމުގައި ޔޫ . އެން. ގައި ހުންނަ އީރާނުގެ މިޝަނުން […]

މާފުށީ ޖަލުން ގިނައަދަދެއްގެ ފޯނާއި ހަތަރުފުޅި ބަނގުރާ އަތުލައިގެންފި

ކ. މާފުށި ޖަލުގައި ހިންގި އޮޕަރޭޝަނުގެ ތެރެއިން ގިނަ އަދަދެއްގެ ފޯނާއި ހަތަރުފުޅި ބަނގުރާ އަތުލައިގެންފިއެވެ. މިކަންހާމަކޮށް ފުލުހުން ދެންމެ ބުނީ އެ ތަކެތި އަތުލައިގެންފައި ވަނީ މާފުށި ޖަލަށް ގަވައިދާ ހިލާފަށް އެތެރެ ކުރަމުންދާ ތަކެތި އަތުލައި، ޖަލުގައި ޤާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ވަޒީރުގެ އެދިލެއްވުމުގެ މަތިން، ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. އެގޮތުން […]

ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލޭން ދެ މީހަކު ހައްޔަރުކޮށްފި

ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެ ފޭސް އެކަކުން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔައިރު ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ޕިކަޕެއް ރޭ 19:51 އެހައިކަންހާއިރު ހުއްޓުވައި ބަލައިފާސްކުރުމަށް ފަހު ކަމަށެވެ.   އެގޮތުން ފުލުހުން ބުނީ އެ ޕިކަޕު ހުއްޓުވައި، އޭގައި ތިބި މީހުންނާ ސުވާލު ކުރުމުން ތުހުމަތުކުރެވިގެން އެ ޕިކަޕުގައި ހުރި ފޮށިގަނޑުތަކެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ފުލުހުން […]

ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް އެކުދިންނާ އެކީގައި އޮންނަ ގުޅުން ބަދަހިކުރަން ޖެހޭ:ސާޖިދާ

ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް އެކުދިންނާ އެކީގައި އޮންނަ ގުޅުން ބަދަހިކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެ ކަމަނާ މިހެން ވިދާޅުވީ ’ގްލޯބަލް ޕޭރެންޓިންގ މަންތް‘ އާއި ގުޅިގެން ދެއްވި ވީޑިއޯ މެސެޖުގައެވެ. އެގޮތުން އެ ކަމަނާ ވަނީ ކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި އެކުދިންނާ އެކީގައި އޮންނަ ގުޅުން ބަދަހިކުރަން ޖެހޭކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެގުޅުން ބަދަހިކުރުމަށްޓަކައި އެކި އުމުރުފުރާގެ ކުދިންނާއެކު އެކި ގޮތްގޮތަށް މަސައްކަތް […]

އެމްއެމްއޭގެ ގަވަރުނަރު ހާޝިމް މަޤާމުން ވަކިކުރަން ލަފާދޭން ނިންމައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް، މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. ގަވަރުނަރު ހާޝިމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ރައީސްއަށް ލަފާ އެރުވުމަށް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްއެވެ. އެގޮތުން ނާޒިމް މިއަދު މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ވަނީ ގަވަރުނަރުގެ އެއްވެސް އެހީތެރިކަމެއް މި ސަރުކާރަށް […]