މާދަމާ އިނގިރޭސި ވިލާތުގެ ޢާންމު އިންތިޚާބު މޮނިޓަރ ކުރުން މެލޭޝިޔާގެ އޭ.އެމް.އީ.ސީ. އަށް 

މާދަމާ ( 2024 ޖުލައި 4 ބުރާސްފަތި ) ދުވަހަކީ އިނގިރޭސި ވިލާތަށް ވަރަށް ޚާއްސަ ދުވަހެކެވެ. އެއްޒަމާނެއްގައި މުޅިދުނިޔޭގެ ވެރިކަން ކުރި އިނގިރޭސި ވިލާތުގެ ސައިޒު ކުޑަވަމުންގޮސް މިހާރު ބައެއްފަހަރު ޖަޒީރާއެއްގެ ނަމުންވެސް މުޚާތަބު ކުރެވެމުންދާ އިނގިރޭސި ވިލާތުގެ ތާރީޚުގައި 58 ވަނަ ފަހަރު ޕާރލަމެންޓަރީ އިންތިޚާބު ބޭއްވެނީ މާދަމާއެވެ.  މިފަހަރުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދު ފާއިތުވެގެން މިދިޔަ 57 އިންތިޚާބަށްވުރެން ގިނަ ކަމަށް ޚަބަރު ލިބެމުންދެއެވެ. މިފަހަރުގެ އިންތިޚާބުގައި ޕާރލަމެންޓުގެ ޖުމުލަ 650 […]

ކައުންސިލުތަކުގެ ޚަރަދު ކުޑަކުރުމަށްޓަކައި, ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ނޫނީ ނުކުރުމަށް އަންގައިފި

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމަވާފައިވުމާ ގުޅިގެން ކައުންސިލުތަކުގެ ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ލޯކަލް ގަވަރމަންޓް މިނިސްޓްރީއިން މިއަދު އަންގައިފިއެވެ. ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ސޮއިކުރައްވައި ސިޓީ ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ދަރަނި ބޮޑުވުމުގެ ސަބަބުން މިވަގުތު އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން ކައުންސިލުތަކުގެ ރިކަރަންޓް […]

ވިއްސާރަވެ ފެން ބޮޑުވުމުގެ ސަބަބުން އާސާމްގައި ގިނަބަޔަކު ހާލުގައި ޖެހިއްޖެ

އިންޑިޔާގެ އާސާމް އަށް ބޯކޮށް ވާރޭވެހި ބޮޑެތި ހިސާބު ތަކެއްގައި ވަރަށް ބޮޑަށް ފެންބޮޑުވުމުގެ ސަބަބުން ގިނަބަޔަކު ހާލުގައި ޖެހިއްޖެ އެވެ. އުތުރު އިންޑިޔާގެ ބައެއް ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާތައް ވެސް ވަނީ ހިނގާ، މީހުންގެ ފުރާނައަށް ގެއްލުން ލިބިފައެވެ. ފެންބޮޑުވެފައިވާ އާސާމް އަށް ކުރިޔަށް އޮތް ދެތިން ދުވަހުވެސް ވާރޭ ވެހޭކަމަށް ފޯކާސްޓް ކޮށްފައިވާތީ އެކަމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. ފެންބޮޑުވެ ހިނގި ތަފާތު ހާދިސާތަކުގައި […]

ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ އަމިއްލަ ނަފުސަށް އިތުބާރުކުރުމާއެކު ގަދައަޅައި މަސައްކަތް ކުރުމުން:ރައީސް މުޢިއްޒު

ކާމިޔާބީއެއް ހޯދުމަށް ވަރަށް ވަރުގަދަ ޢަޒުމެއް ހުރުން މުހިންމުކަމަށާއި، ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ އަމިއްލަ ނަފުސަށް އިތުބާރުކުރުމާއެކު ގަދައަޅައި މަސައްކަތް ކުރުމުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް އެ ސެންޓަރުގައި ކުރިއަށް ގެންދިޔަ ޚާއްޞަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. ހުޅުމާލޭގައި ހުންނަ ސީ.އެޗް.އެސް.އީގެ އިމާރާތުގައި ކުރިއަށް ދިޔަ މި ޚާއްޞަ […]

ތިން ޤައުމަކަށް ސަފީރުން ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިން ޤައުމަކަށް ސަފީރުން ޢައްޔަން ކުރައްވައިފިއެވެ. ސަފީރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރެއްވި ބޭފުޅުންނަކީ، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދު އަދި ރިޕަބްލިކް އޮފް ތުރުކިޔޭއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ގަލޮޅު ކަނޑިތޮޅިއާގެ ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އެވެ. މީގެ އިތުުރުން އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ […]

ނަން މަޝްހޫރުވިޔަސް, ބޮޑަސް, ކުޑަސް ނޫސްތަކާމެދު ސަރުކާރުން އެއްހަމައަކުން ކަންކުރަންޖެހޭ

ވެރިކަން ނުލިބި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު, އެ ޕާޓީތަކާއި ޕާޓީގައި ހިމެނިވަޑައިގަންނަވާ ބައެއް ސިޔާސީ ބޭފުޅުންގެ އުޅުމާއި ގުޅުމާއި އެ ޕާޓީއަކަށް ވެރިކަން ލިބުމުން, ހަމަ އެބޭފުޅުންގެ އުޅުމާއި ގުޅުން ހުންނަ ގޮތް ހާސްބައި ތަފާތެވެ. މި ދެންނެވި ފަދަ ޕާޓީތަާއި އެ ޕާޓީތަކުގައި ތިއްބަވާ ބޭފުޅުން ސަރުކާރާ އިދިކޮޅުގައި ތިއްބަވާއިރު, ނޫސްތަކާއި ނޫސްވެރިންނާ ބާއްވަވަނީ ވަރަށް ވެސް ގާތް ގުޅުމެކެވެ. އެހެނީ އެބޭފުޅުންގެ ޕާޓީ ޕްރޮމޯޓްވުމަށް ނޫސްތަކަކީ ބޮޑު ދައުރެއް އަދާކުރާ އެއްޗެއް ކަމަށްވާތީއެވެ. […]

އެމެރިކާގެ ފުރަތަމަ އަންހެން ރައީސާއަކަށް ކަމަލާ ހަރިސް ވެދާނެތަ؟

ސީ އެން އެން އިން އިންތިޒާމް ކޮށްގެން ހުކުރުވިލޭރޭގައި ބޭއްވި އެމެރިކާ 2024 ގެ ފުރަތަމަ ރިޔާސީ ބަހުސް ގައި މިހާރުގެ ރައީސް ޖޯ ބައިޑްން އަށް ކިޔޭ ނުކިޔޭ އެއްޗެއް އެނގިވަޑައި ނުގަތުމުން އެ މަނިކުފާނު ކެމްޕޭން ނުރައްކަލަށް ވެއްޓި އެ މަނިކުފާނު ރިޔާސީ ރޭހުން އެއްފަރާތަށް ޖެހުމަށް ބައެއް ޑިމޮކްރެޓުން ގޮވަން ފަށައިފިއެވެ. ޕާރޓީގެ ބައެއް ބޭފުޅުންގެ ވިސްނުން ކުރީގެ ޕްރޮސެކިއުޓަރ އަދި މިހާރުގެ ނައިބު ރައީސް ކަމަލާ ހަރިސް ޕާރޓީގެ ރިޔާސީ ޓިކެޓް […]

ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ ބައެއް އިދާރާތަކުގެ ނަންތަކަށް ބަދަލު ގެނެސްފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދަށުން ހިނގަމުންދާ ބައެއް އިދާރާތަކުގެ ނަންތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލުގެންނަވައިފިއެވެ. މި ބަދަލުގެންނަވާފައި ވަނީ 2024 ޖޫން 25ވަނަ ދުވަހު އެވެ. އެގޮތުން އދ. ގައި ހުންނަ ރާއްޖޭގެ ޕާމަނަންޓް މިޝަންގެ ނަން ”ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަން“ ގެ ނަމަށް ބަދަލު ކުރެއްވުމަށް ނިންމަވާފައި ވާއިރު އދ. އަށް […]

ސަމޯއާ އެގްރީމަންޓްގައި ސޮއިކުރީ އިސްލާމްދީނާ ޚިލާފު މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް: ސަރުކާރު

ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގެ ”ސަމޯއާ އެގްރީމަންޓް“ ގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވަނީ އިސްލާމްދީނާ ފުށުއަރާ މާއްދާތަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށަހަޅާފައި ކަމަށް ސަރުކާރުން ބުނެފިއެވެ. “ސަމޯއާ އެގްރީމަންޓް“ ގައި ބައިވެރިވާން ނިންމައި މިކަމާމެދު މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވީ މިދިޔަ ހަފުތާގައެވެ. މި އެގްރީމަންޓްގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ރުހުން ދީފައެވެ. […]

އައިވީއެފް އަދި އައިޔޫއައި ހަދަން އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވި 37 މީހަކަށް އެހީ ދެނީ

ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ”އައި.ޔޫ.އައި“ އަދި ”އައި.ވީ.އެފް“ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ހުޅުވާލި ފުރަތަމަ ބުރުގައި، އެކަމަށް އެދުނު 153 މީހުންގެ ތެރެއިން ޝަރުތު ހަމަވި 37 މީހަކަށް އެހީ ދޭން ނިންމައިފި އެވެ. މިކަންހާމަކޮށް އެންސްޕާއިން މިއަދު ބުނީ، މުއްދަތު ހަމަވިއިރު އެހީއަށް އެދި 153 މީހުން ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެ 153 މީހުންގެ ތެރެއިން ޝަރުތުހަމަވާ 37 މީހުން […]