ޔަމަނު މުޖާހިދުންގެ ނިމުމެއްނެތް ޙަމަލާތަކުގެ ކުރިމަތީގައި އެމެރިކާގެ ނޭވީ ވަރަށް އަވަދިނެތި!

އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ ޔޫ. އެސް. އެސް. ޑްވައިޓް ޑީ. އައިޒެންހަވަރ އަކީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެތެރޭގައި ރެޑް ސީން ދަތުރކުރާ އިސްރާއީލާއި އެމެރިކާ އަދި އިނގިރޭސި ވިލާތާއި ގުޅުން ހުރި އެއްވެސް އުޅަނދަކަށް ސަލާމަތުން ދަތުރު ނުކުރެވޭނެ ކަމަށް ޔަމަނުގެ ހޫތީ މުޖާހިދުން ދިން އިންޒާރާއި ގުޅިގެން އެ ދަތުރުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެމެރިކާއާއި ބައިވެރިންގެ ލަޝްކަރުގައި ބައިވެރި ވުމަށް ފޮނުވި އެމެރިކާގެ އެންމެ ބިޔަ އެއަރކްރާފްޓް ކެރިއަރ އެވެ. މިދިޔަ […]

ވ.އަތޮޅު ބޮޑުފިނޮޅު 11.2 މިލިއަން ރުފިޔާއަށް ވިއްކާލައިފި

ވ.އަތޮޅު ބޮޑުފިނޮޅާއި އެ ފިނޮޅުގެ ފަޅު 11.2 މިލިއަން ރުފިޔާ ނުވަތަ 729000 ޑޮލަރަށް ވިއްކާލައިފި އެވެ. ވ.އަތޮޅު ބޮޑުފިނޮޅާއި އެ ފިނޮޅުގެ ފަޅު ހިމެނޭހެން ފަތުރުވެރިކަމަށް ތަރައްގީކުރުމަށް 17 ތަނެއް މިދިޔަ މެއި މަހު ހުޅުވައިލި ނަމަވެސް, އެ ތަންތަނުގެ ތެރެއިން މިހާތަނަށް ވިކިފައިވާ ތަންތަން ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. “ސަންދާނު“ އަށް އެނގިފައިވާ ގޮތުން, ވ.އަތޮޅު ބޮޑުފިނޮޅާއި އެ ފިނޮޅުގެ ފަޅު ގަންނަން 4 ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅިއެވެ. އޭގެތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް […]

މަޖިލިސް އިންތިޚާބުގައި ޤާސިމާއެކު ހެދި ޑީލުގެ ދަށުން އިއްޒުއްދީން ސްކޫލް ހިންގި އިމާރާތް ދޭން ނިންމައި ސްކޫލް ބަންދު ކުރަނީ

މާލޭގައި ހުންނަ އިއްޒުއްދީން ސްކޫލް ބަންދު ކުރަން ސަރުކާރުން ނިންމައިފިއެވެ. ޖޫމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް 50 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިފައެވެ. އޭގެ ބަދަލެއްގެ ގޮތުން އިއްޒުއްދީން ސްކޫލް ހިންގި އިމާރާތް ޤާސިމަށް ދެއްވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީވައުދުވެވަޑައިގެންފައެވެ. ޤާސިމްގެ ވިލާ ކޮލެޖްއާއި އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތް ހުރި ބިން އެއްކޮށްލުމަށް ބޭނުންވެ ޤާސިމް އެދިވަޑައިގެންނެވި ގޮތަށް އިއްޒުއްދީން ސްކޫލު ހުރި އިމާރާތް […]

މުޅި އޮޑީގައި އަދުރޭގެ ދެފައި, ދަރިފުޅު ސަމާހާ ވެސް މެލޭޝިޔާ އެމްބަސީއަށް

ަރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ދަރިފުޅު އައިޝަތު ސަމާހާ މެލޭޝިޔާ އެމްބަސީގެ މަގާމަކަށް ހަމަޖައްސައިފިއެވެ. ސަންދާނުއަށް މައުލޫމާތު ލިބިފައިވާ ގޮތުން އައިޝަތު ސަމާހާ މެލޭޝިޔާ އެމްބަސީގެ މަގާމަކަށް ހަމަޖެއްސީ މިދިޔަ މަހުގައެވެ. އޭނާއާއެކު އޭނާގެ ގާތް ރަޙްމަތްތެރިއަކަށް ވެސް ވަނީ މެލޭޝިޔާ އެމްބަސީގެ މަގާމެއް ދީފައެވެ. ދާދިފަހުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ވެސް އާ ޑެޕިއުޓީ މިނިސްޓަރެއް އައްޔަން ކުރައްވައިފައެވެ. އެ މަގާމަށް އައްޔަން ކުރެއްވީ ޢަބްދުއްރަޙީމްގެ އެެއްބަނޑު އެއްބަފާ […]

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާލައިދެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ ޢަލްއުސްތާޒު އިބްރާހީމް އިޙްސާންއެވެ. މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 91 ފުލުހުންނެވެ. އެއީ އަންހެން 19 ފުލުހުންނާއި ފިރިހެން 65 ފުލުހުންނެވެ. އޭގެ އިތުރުން ސްޕެޝަލް ކޮންޓަބިއުލަރީ ހަތް ފުލުހުންނެވެ. ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ. މި ރަސްމިއްޔާތުގައި، ހެޑް އޮފް ސަރވިސް […]

މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކާ 2 އަންހެނަކު އަތުލައިގެންފި

މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކާ 2 އަންހެނަކު އަތުލައިގެންފިއެވެ. އިމިގުރޭޝަނުން މިއަދު ބުނީ މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖަންސްއިން ލިބުމާއެކު ބުދަ ދުވަހުގެ ރޭ، ޓާސްކް ފޯސްއިން ޚާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އަދި މި އޮޮޕަރޭޝަނުގައި ވިއެޓްނާމަށް ނިސްބަތްވާ 2 އަންހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. ސެލޫން އާއި މަސާޖު ޕާލާތަކުގެ ނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ 111 ތަނެއް މާލެ ސަރަހައްދުގައި އެބަހުރި ކަމަށް ހޯމް މިނިސްޓްރީން ދާދިފަހުން […]

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޕީއެންއެފްގެ ޖަލްސާއެއް މިރޭ

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ ބާއްވަން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ނިންމައިފިއެވެ. އެ ޕާޓީން ބުނީ ޕީއެންއެފްގެ މިރޭ ފްރަންޓް އޮފީހުގައި ބާއްވާ ޖަލްސާއަކީ އަނެއްކާ ވެސް މުޅީން އާ ސްޓައިލެއްގެ ޖަލްސާއެއް ކަމަށާއި ތަފާތުވާނެ ކަމަށެވެ. މިރޭ 20:45 ގައި ބާއްވާ މި ޖަލްސާއަށް ހުރިހާ ބޭފުޅުންނަށް ވަނީ ދައުވަތު އަރުވައިފައެވެ. މިއީ މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ފަހުން ޕީއެންއެފްއިން ބާއްވާ ދެވަނަ ޖަލްސާއެވެ. ކުރިން ބޭއްވި […]

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު އިހުމާލުވަމުންދާ ކަމަށް އާއިލާތަކުން ބުނޭ

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަފަރާތްތައްނުހަނު ގިނައެވެ. ބައެއް ޢާއިލާތަކުގައި ދެކުދިން ތިންކުދިން ތިބެއެވެ. އެހެން ކަމުން ދެމަފިރިން ކުރެ މީހަކަށް އާމްދަނީ ހޯދަން މަސައްކަތެއް ކުރާނެ ވަގުތެއް ނުލިބެއެވެ. 24 ގަޑިއިރު ހޭދަވެގެން ދަނީ އެކުދިން ބެލެހެއްޓުމުގައެވެ. ދައުލަތުން މިފަދަ ފަރާތްތަކަށް ޢިނާޔަތެއް ދޭކަމަށްޓަކާ ޝުކުރު ޙައްގެވެ. އެހެނަސް ދެރައީ މަސް ނިމިގެން މިފަދަ ފަރާތްތަކަށް ދައުލަތުން ކަނޑައަޅާފައިފާ ޢިނާޔަތުގެ ރުފިޔާ ކޮޅު ޖަމާކޮށް ދެނީ އެފައިސާކޮޅަށް ބަރޯސާވެގެން ތިބޭ ޢާއިލާތައް މާޔޫސް ކުރުވާފައި ކަމަށް ވީތީއެވެ. ނުކުޅެދުންތެރިކަން […]

ސިޔާސީ މަގާމުތައް މަދެއް ނުކުރެވުނު, އެންވަޔަރަންމަންޓް މިނިސްޓްރީއަށް އާ ޑެޕިއުޓީ މިނިސްޓަރެއް

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް އާ ޑެޕިއުޓީ މިނިސްޓަރެއް އައްޔަން ކުރައްވައިފިއެވެ. “ސަންދާނު“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެންވަޔަރަމަންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަންކުރެއްވީ ނެޓްބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުންނެވީ ފަޒުނާ ޖަލީލެވެ. ނަމަވެސް މިކަމާ ގުޅޭ މައުލޫމާތެއް ރައީސް އޮފީހަކުން އަދި ހާމައެއް ނުކުރެއެވެ. ސިޔާސީ މަގާމުތައް ގިނަވެގެން ފާޑުކިޔުން އަމާޒުވި ފަހުން ރައީސް އޮފީހުގެ ވެބްސައިޓަކަށް ވެސް އެފަދަ މައުލޫމާތެއް މިހާރު އާންމެއް ނުކުރެއެވެ. ފަޒުނާއަކީ ރައްޔިތުންގެ […]

ޕޮލިސް ކުލަބާއި އެފްއޭމް ގުޅިގެން ކާމިޔާބު ކަމާއެކު ފުޓްސަލް ރެފްރީ ކޯހެއް ކުރިއަށް ގެންގޮސްފި

ޕޮލިސް ކުލަބާއި އެފްއޭއެމް ގުޅުގެން ކާމިޔާބު ކަމާއެކު ފުޓްސަލް ރެފްރީ ކޯހެއް ކުރިއަަށް ގެންގޮސްފިއެވެ. މިކަންހާމަކޮށް ފުލުހުން ބުނީ ޕޮލިސް ކުލަބާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ހިންގި ބޭސިކް ފުޓްސަލް ރެފްރީ ކޯސް ނިންމައި ފާސްވި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައިވާ ކަމަށެވެ. މި ކޯސް ނިންމާ ފާސްވި ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމަށް ރޭ ސާޖަން އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ބައިވެރިންނަށް […]