އާރްޑީސީގެ ހަރަދު ކުޑަކުރުމަށް އިތުރު ގަޑީގައި މަސައްކަތް ކުރަންނުޖެހޭ ގޮތަށް ނިންމައިފި

އާރްޑީސީގެ ހަރަދު ކުޑަކުރުމަށް އިތުރު ގަޑީގައި މަސައްކަތް ކުރަންނުޖެހޭ ގޮތަށް މަސައްކަތް ރާވަން ނިންމައިފިއެވެ. އެގޮތުން އާރްޑީސީގެ މުވައްޒަފުންނަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީހް އަފީފް ފޮނުއްވި މެމޯއެއްގައި ވިދާޅުވީ ހަރަދުތައް ކުޑަކޮށް މާލީ ގޮތުން ފައިދާވާ ކުންފުންޏަކަށް އެ ކުންފުނި ހެދުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ ހަރަދު ކުޑަކުރުމަށްޓަކައި މެނޭޖުމަންޓުން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް އެއްމެހާ މުވައްޒަފުންގެ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް އެ މެމޯގައި ނަބީލް […]

ހިޖުރީ އާ އަހަރުގެ ތަހުނިޔާ ވިދާޅުވެ, ކުރީގެ ރައީސް ނަޝީދު އިސްލާމީ އުންމަތަށް ނަޞްރަށް އެދިވަޑައިގެންފި

ހިޖުރީ އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ, ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްލާމީ އުންމަތަށް ނަޞްރާއި ކާމިޔާބަށް އެދިވަޑައިގެންފިއެވެ. ކުރީގެ ރައީސް ނަޝީދު ހިޖުރީ އައު އަހަރުގެ ތަހުނިޔާ ވިދާޅުވީ ’އެކްސް‘ ގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ހިޖުރީ އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ, ހިޖުރީ އައު އަހަރާ މި ބައްދަލުކުރަނީ ސޫދާންއާއި, ބަރުމާއާއި, ފަލަސްޠީނުގެ މުސްލިމުންނަށް ދެރައާއި, ތަކުލީފުތައް ތަހައްމަލު ކުރަންޖެހިފައިވާ ދުވަސްތަކެއްގައިކަން ފާހަގަކުރައްވައިފައެވެ. […]

ހިޖުރީ އާ އަހަރުގެ ތަހުނިޔާ ފޮނުއްވައި, ޔާމީން އިލްތިމާސް ކުރެއްވީ ގައުމީ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްނުކުރުމަށް

ދިވެހި ރައްޔިތުންނަށް ހިޖުރީ އާ އަހަރުގެ ތަހުނިޔާ ފޮނުއްވައި, ގައުމީ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްނުކުރުމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ. ހިޖުރައިން 1446 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާއާއި މުބާރަކްބާދީ ފޮނުއްވައި ކުރީގެ ރައީސް ޔާމީން ފޮނުއްވި މެސެޖުގައި ވިދާޅުވީ ގައުމު ހަމަ މަގަށް އެޅުވޭނީ ވެރިން ޒިންމާދާރު ކުރުވައިގެން ކަމަށެވެ. އެހެންކަމުން ޕާޓީއަކަށް ސިޔާސީ ފިކުރަކަށް ނުބަލައި, ހުރިހާ ރައްޔިތުން ނުކުމެ ސަރުކާރު ޖަވާބުދާރީކުރަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. […]

“މެނިންގޯކޮކަލް“ ގެ އިތުރު ކޭސްއެއް ރިޕޯޓު ކޮށްފައެއްނުވޭ: އެޗްޕީއޭ

ނުރައްކާތެރި ބައްޔެއް ކަމަށްވާ “މެނިންގޯކޮކަލް“ ގެ އިތުރު ކޭސްއެއް ރިޕޯޓު ކޮށްފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މެނިންގޯކޮކަލްގެ ކޭސްއެއް ރާއްޖެއިން ފެނުނީ މިދިޔަ ޖޫންމަހުގައެވެ. އޭރު މި ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން އެޗްޕީއޭއިން ކަމާބެހޭ މައުލޫމާތު އެއްކޮށް، “ކޮންޓެކްޓް ޓްރޭސިންގ“ ހަދައި، ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ “ޕްރޮފައިލެކްޓިކް“ ބޭސް ދޭން ފެށިއެވެ. އެ އެޖެންސީއިން މިއަދު ބުނީ މެނިންގޯކޮކަލް ބައްޔާ ގުޅިގެން ކުރެވުނު ކޮންޓެކްޓް […]

އިސްރާއީލާއި ފަލަސްްތީނު ހަނގުރާމަ ހުއްޓުމުގެ މަގުފަހިވަނީ

ސީއެންއެންގެ މިއަދުގެ ޚަބަރުތަކަށް ބަލާއިރު އިސްރާއީލާއި ޙަމާސްއިން ހަނގުރާމަ ހުއްޓާލާއި އަދި ރަހީނުން މިނިވަން ކުރުމުގެ އެއްބަސްވުމަކާއި ވަރަށް ކައިރިއަށް ހިނގައްޖެކަމަށް އުންމީދުކުރެވޭ ކަމަށް ބުނެފިއެވެ. ސީއެންއެން ގެ ޚަބަރުގައި މިކަން ޙަވާލާދީފައި ވަނީ ކުރެވެމުންދާ މަޝްވަރާތަކުގެ މަޢުލޫމާތު ރަނގަޅަށް އެނގޭ އިސްރާއީލުގެ ރަސްމީ ފަރާތަކަށެވެ. މަޢުލޫމާތު ހާމަކުރި އިސްރާއީލުގެ ރަސްމީ ފަރާތުން ބުނެފައިވަނީ ޙަމާސް އިން އެންމެ ފަހުންދީފައިވާ ޖަވާބަށް ބަލާއިރު ތަފްސީލުތަކާއި ހަމަޔަށް ދެވިދާނެ އެއްބަސް ވުމަކަށް މަގުފަހިވެފައިވާ ކަމަށް ގަބޫލު ކުރެވޭކަމަށެވެ. ދެފަރާތުން […]

ރައީސް ޑރ.މުޢިއްޒު, ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބާގައި ތަހުނިޔާ ފޮނުއްވައިފި

ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. ތަހުނިޔާގެ ޚިޠާބުގައި ރައީސް ވިދާޅުވީ ހިޖުރީ އައު އަހަރަކާ ބައްދަލުކުރުމުގެ ހެޔޮ ތައުފީގު ދެއްވި ކަމަށްޓަކައި އެކަލާނގެ ހަޟްރަތަށް ޙަމްދުކުރައްވާ ކަމަށެވެ. “މި ފެށުނު އައު އަހަރުގެ މުނާސަބަތުގައި އަޅުގަނޑުގެ ހިތުގެ އިޚްލާސްތެރި ތަހުނިޔާއާއި މުބާރަކްބާދު، ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމެވެ.“ ހަމައެއާއެކު މުޅި އިސްލާމީ އުންމަތް އިޙުތިފާލުކުރާ މި ތާރީޚީ މުނާސަބަތުގެ ހެޔޮއެދުންތައް ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ތިއްބެވި […]

ބޭކާރު ޚަރަދުތައް ދޫކޮށްލުމުގެ އާދަ ހިފުމުން މުޅި ޤައުމުގެ އިޤްތިޞާދަށް އޭގެ ފައިދާ ލިބޭނެ:ރައީސް

އިސްރާފު ނުކުރުމާ، ބޭކާރު ޚަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެން ހިފުމަކީ މުޅި ޤައުމުގެ އިޤްތިޞާދަށް އޭގެ ފައިދާ ލިބޭނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.   އެގޮތުން ރައީސް ވަނީ ހިޖުރީ އައު އަހަރެއްގައި، އައު ކުރަންވީ އެއް ޢަޒުމަކީ އެއްބައިވަންތަވެ، ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުން ކަމުގައި ވިދާޅުވެފައެވެ. މި މުނާސަބާގެ ތަހުނިޔާއާ މުބާރަކްބާދު ދިވެހި […]

އެންމެންގެ މަންފާއަށްޓަކައި އެކަށައެޅިފައިވާ ގާނޫނުތަކާއި އުސޫލުތައް ތަންފީޒުވާންޖެހޭ: ރައީސް

އެންމެންގެ މަންފާއަށްޓަކައި އެކަށައެޅިފައިވާ ގާނޫނުތަކާއި އުސޫލުތައް ތަންފީޒުވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ވިދާޅުވީ ހިޖުރީ އައު އަހަރު ފެށިފައިވާއިރު, ހަނދާން އައުކޮށްދެނީ ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ނިންމެވި އެންމެ ޙައްސާސް އެއް ނިންމެވުން ކަމަށެވެ. އެގޮތުން ހިޖުރައިގެ ދަތުރުފުޅުގެ މަތީގައި ކީރިތި ރަސޫލާ ކަންކަން ކުރެއްވި ގޮތާއި، މަދީނާއަށް ވަޑައިގެން އިސްލާމީ ދައުލަތެއް ގާއިމުކުރުމަށް އެޅުއްވި […]

ރައީސް ޑރ.މުޢިއްޒު, އީރާނުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި މަސްއޫދަށް މަރުހަބާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އީރާނުގެ އާ ރައީސް މަސްއޫދު ޕެޒެޝްކިއާން އަށް މަރުހަބާ ވިދާޅުވެއްޖެއެވެ. ރައީސް މަރުހަބާ ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ވަނީ އީރާނުގެ އާ ރައީސްގެ ޒައާމަތުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން އީރާނާއި މެދުއިރުމަތީގެ ކުރިއެރުމަށާއި ސުލްހަމަސަލަސްކަމަށް އީރާނުން ކުރަމުން އަންނަ މަސައްކަަތަށް ކާމިޔާބަށް ވެސް އެދިވަޑައިގެންނެވިއެވެ. އީރާނުގައި ރިޔާސީ އިންތިޚާބު ބާއްވައި އާ ރައީސަކު އިންތިޚާބުކުރީ އެ […]

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ އާ ރައީސަށް މަރުޙަބާ

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ އާ ރައީސް މަސްޢޫދު ޕެޒެޝްކިއަން އަށް ސަންދާނުގެ ކިއުންތެރިންގެ ނަމުގައި މަރުޙަބާ ދަންނަވަމެވެ. މިވަގުތު އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ ޔަހޫދީންގެ މުސީބާތުން ފަލަސްތީނު ސަލާމަތްކޮށް މިނިވަން ދައުލަތެއް އުފެއްދުމަށް އެންމެ ކުރީ ސަފުގައި ވަކާލާތުކޮށް އަދި އަތްމަތި ބަނދެވިފައިވާ ހާލުގައިވެސް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ގެންދަނީ އީރާނުންނެވެ.  ބައިނަލް އަގްވާމީ މީޑިއާތަކުންވެސް ކެނޑިނޭޅި އެމީހުން ބޭނުންވާގޮތަށް އެކަން ހާމަކުރަމުން ދެއެވެ. ދުޢާއަކީ އީރާނުގެ އާ ރައީސްގެ ޒަޢާމަތުގައިވެސް އީރާނަށާއި ފަލަސްތީނަށް […]