މައްސަލަ ބަލައި އަދަބުދޭން ރައީސް ވިދާޅުވިއިރު, ޚިޔާނާތުގެ ލިސްޓުގައި “އަސްލު ރައީސާއި“, ނައިބާއި, ވަޒީރުން

“އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށްޓަކައި, ރައްޔތުންގެ ފައިސާ ހޯދަން. އެމްއެމްޕީއާރްސީގެ މައްސަލަ މީގެތެރެއަށް ބަލާައިރު, އެންމެ ބޮޑު މައްސަލައަކީ. އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ, އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް, އެ މީހަކަށް ދޭންޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ, އެ ފައިސާ ރައްޔިތުންނަށް ހޯދުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން.“ ޕީއެންސީއިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ޑރ.މުޙައްމަދު ވިދާޅުވިއެވެ. ޚިޔާނާތުގެ ފައިސާ ހޯދަން “ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން“ ކަމަށް […]

އެމްއެމްޕީއާރްސީ ޚިޔާނާތުން ގެއްލުނު ފައިސާ ހޯދައި ކުށްވެރިވާ މީހުންނަށް ހައްގު އަދަބު ދޭނަން: ރައީސް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ޚިޔާނާތުން ގެއްލުނު ފައިސާ ހޯދައި ކުށްވެރިވާ މީހުންނަށް ހައްގު އަދަބު ދެއްވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ެަެއެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީއިން މިރޭ ބޭއްވި އެ ޕާޓީގެ ޖަހަގަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވީ މިހާރު ގާނޫނުތައް ހުރި ގޮތުން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ގެއްލުނު ފައިސާ ހޯއްދެވުމަކީ އެމަނިކުފާނުގެ […]

މަޖިލިސް މެންބަރުންގެ އަދަދު 77 ބަދަލުކުރަން އިސްލާހު ހުށަހަޅަނީ

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ދެން އަންނަ ދައުރެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 77 އަށް މަދު ކުރަން އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިރޭ ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ޤާނޫނުގައިވާ ގޮތުން އާބާދީއާއި އެކު މެމްބަރުން އިތުރުވަމުންދާނެ ކަމަށެވެ. ނަމަވެސް އެއީ ބޭނުމެއް ހުރިކަމެއް ނޫން ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ 17 […]

ކައުންސިލްތައް ކުޑަކުރުމަށް ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައްގެނައުމުގެ މަސައްކަތް ފަށައިފި

ކައުންސިލްތައް ކުޑަކުރުމަށް ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޕީއެންސީ ހަރުގޭގައި މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ކައުންސިލްތައް މިހާރު އޮތީ ނުކަތާހާ ބޮޑުކޮށް ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ސައިޒު ކުޑަ ކުރުމަކީ ރައްޔިތުން ތަމްސީލު ކުރާ ކުރުން ނެތިކޮށްލުން ނޫންކަމަށެވެ. އެހެންކަމުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރަށްރަށުގެ ކައުންސިލްތަކުގައި ތިއްބަވާ މެމްބަރުންގެ […]

އިޤްތިޞާދާމެދު މިހާރު ގެންގުޅޭ ވިސްނުން ބަދަލުނުކޮށް ރާއްޖެ ކުރިއެއް ނާރާނެ!

ޒަމާނުއްސުރެ ރާއްޖެއަކީ ފަތުރުވެރިކަމުގެ އެއްމާނައަކަށްވެފައި، ރާއްޖޭގެ ގޮނޑުދޮށަށް އެތައް މިލިއަން ބަޔަކު ޒިޔާރަތްކުރެއެވެ. މިގޮތުން، 2023 ވަނަ އަހަރު 1،878،000 މީހުންނަށް މަރުހަބާ ކިޔައި، 2024 ވަނަ އަހަރަށް 2 މިލިއަން ޓޫރިސްޓުން ގެންނަން ޓާގެޓް ކުރި ނަމަވެސް، ޓޫރިޒަމަށް ބަރޯސާވާ މި ބަރޯސާވުމަކީ “ދެބުރި ކަނޑިއެއް“ ކަން ދަނީ ސާބިތުވަމުންނެވެ. ރާއްޖޭގެ އިޤްތިޞާދު އަދިވެސް އޮތީ ނާޒުކު ފައްތަރެއްގައެވެ. ސަރުކާރުގެ ޚަރަދުތައް ބޮޑުވެ، ބޭރުގެ ދަރަންޏާއި ބޮންޑާއި ޓީބިލްތައް ގިނަވުމުން މިކަމުން ލިބޭ އާމްދަނީ ދަރަނި […]

ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަ 24 ގަޑިއިރުން ހުއްޓުވާނެ ގޮތެއް ބުނެބަލަ

ދަ ހިލް އިން ރިޕޯރޓްކޮށްފައިވާ ގޮތުގައި ރަޝިޔާއާއި ޔޫކްރެއިން ކުރަމުންގެންދާ ހަނގުރާމަ 24 ގަޑިއިރުތެރޭގައި ހުއްޓުވަން ހައްދާވާނެ ފަނޑިތައެއް، ސިހުރެއް އޮޅުންފިލުވާ ދެއްވުމަށް ޔޫކްރެއިންގެރައީސް ވޮލޮޑޮމީރް ޒެލެންސްކީ  އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕަށް ޗެލެންޖް ކުރައްވައިފިއެވެ. ރަޝިޔާ އާއި ޔޫކްރެއިނާއި ދެމެދު ކުރެވެމުންމިދާ ހަނގުރާމަ ކުރީގެ ރައީސް ޓްރަމްޕަށް އެމެރިކާގެ ރިޔާސަތު މިއަންނަ ނޮވެމްބަރު މަހުގައި ކާމިޔާބު ކުރެވިއްޖެނަމަ 24 ގަޑި އިރު ތެރޭގައި ހުއްޓުވާނެކަމަށް ބައިނަލް އަގްވާމީ އެތައް ފޯރަމެއްގައި ޓްރަމްޕް ގެންދަވަނީ އިޢުލާން ކުރައްވަމުންނެވެ. […]

ޚަތިމެއްގައި ދަތްއަޅައި ވީދައިލި މީހަކު ހައްޔަރުކޮށްފި

މިސްކިތެއްގައި ބާއްވާފައި އޮތް ކީރިތި ޤުރްއާންގެ ޚަތިމެއްގައި ދަތްއަޅައި ވީދައިލި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ މަންނާން (36އ ) އެވެ. ކްރިމިނަލް ކޯޓުން މިއަދު ވަނީ އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައެވެ. ކޯޓުން ނެރުނު އަމުރުގައި މަންނާން ބަންދުގައި ބެހެެއްޓުމަށް އަމުރު ކުރި ސަބަބެއް ކަމަށް ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ލިބިފައިވުމެވެ. ފުލުހުން ހުށަހަޅާފައިވާ ހާދިސާ ރިޕޯޓުން މަންނާނު މިސްކިތުގައި […]

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އެމްއެލްސީއޭގެ ނަމުގައި އެސޯސިއޭޝަނެއް އުފައްދައި އިފުތިތާހުކޮށްފި

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯޝިއޭޝަން (އެމްއެލްސީއޭ) ގެ ނަމުގައި އެސޯސިއޭޝަނެއް އުފައްދައި އިފުތިތާހުކޮށްފިއެވެ. ބ.ކަމަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޖަމްއިއްޔާ އިފުތިތާހުކޮށްދެއްވީ ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރެވެ. ެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް ފުރިހަމައަަށް އެއްބާރުލުން ދެއްވައި މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. މިއަދު މި ޖަމްއިއްޔާ އުފެދިގެންދާއިރު ސަރުކާރުގެ ފަރާތުން […]

އިސްލާމިކް މިނިސްޓްރީން ފަންޑުކޮށްގެން ސީއެޗްއެސްއީގައި ނަމާދުކުރަން ޚާއްސަ ކޮޓަރިއެއް

އިސްލާމިކް މިނިސްޓްރީން ފަންޑުކޮށްގެން ސެންޓާ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި ނަމާދު ކުރުމަށް ޙާއްސަ ތަނެއް ހުޅުވައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވަނީ އެ މިނިސްޓްރީން ފަންޑުކޮށްގެން ސީއެޗްއެސްއީގައި ތަރައްޤީ ކުރި ނަމާދުކުރާ ތަނުގެ ފޮޓޯ ހިއްސާކޮށްފައެވެ. އެ ފޮޓޯ ހިއްސާކޮށް މިނިސްޓަރު ވިދާޅުވީ އެއީ ސްކޫލްތަކުގެ ދަރިވަރުންނަށް ނަމާދުކުރުމުގެ ޖާގަ ތަނަވަސްކޮށްދިނުމުގެ ތަޞައްވުރުގެ ދަށުން، އިސްލާމިކް މިނިސްޓްރީން ފަންޑުކޮށްގެން ސީއެޗްއެސްއީ ގައި ޤާއިމު ކުރި ނަމާދުކުރާ ތަން […]

ހުންގާނު ނެތް އޮޑީގެ މިސްރާބު ގެއްލި, ކަނޑު ނުބައިކުރުން

ކޮންމެ ފަސް އަހަރަކުން އެއްފަހަރު ދިވެހީންނަށް އާ ރާއްޖެއަކަށް ދިއުމުގެ ފުރުސަތު ލިބެއެވެ. އެގޮތުން އެއް ބޭފުޅަކު ދިވެހިން “އަނެއް ދިވެހިރާއްޖެ“ އަށް ގެންދަވައި, ދެން ވަޑައިގެންނެވި ބޭފުޅަކު ދިވެހީން “ޖަޒީރާ ރާއްޖެ“ އަށް ގެންދަވައި, އެންމެ ފަހުން ވަޑައިގެންނެވި ބޭފުޅާ ދިވެހީން ގެންގޮސް މިހާރު ލާފައި ތިބީ “ދިވެހީންގެ ރާއްޖެ“ ކިޔާ ތަނަކަށެވެ. “ދިވެހީންގެ ރާއްޖެ“ މެނިފެސްޓޯ ލޯންޗުކުރަން ބޭއްވި ޖަލްސާގައި މިހާރުގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މެނިފެސްޓޯގައި ހުރި ކަންކަން ލިޔެފައިވާނީ އޭގެ […]