ރާއްޖޭން މި ވަގުތަށް އެންމެ ބޭނުންވާ ކަންކަން ޗައިނާއިން އޮޅުންފިލުވައިފި

ދިވެހިރާއްޖެއިން މިވަގުތަށް އެންމެ ބޭނުންވާ ކަންކަން ޗައިނާއިން އޮޅުންފިލުވައިފިއެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލިޒިން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ވަނީ ރާއްޖޭން މި ވަގުތަށް އެންމެ ބޭނުންވާނެ ކަންކަން ރައީސްގެ ފަރާތްޕުޅުން އޮޅުންފިލުއްވައި, އެ ކަންކަން ކޮށްދިނުމަށް ޗައިނާ ސަރުކާރަށް ވެވެން އޮތް އެހީތެރިކަމަކާއި، އެއްބާރުލުމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ. ދެގައުމުގެ ދެމެދުގައި އޮންނަ […]

ޔޫކްރެއިނަކީ ނޭޓޯގައި ބައިވެރިކުރާ ވަރަށްވުރެ މާ ކޮރަޕްޓް ގައުމެއް

އެމެރިކާގެ ޚާރިޖިއްޔާގެ ވަރަށް އިސްބޭފުޅަކު ދަ ޓެލިގްރާފަށް ހާމަކޮށްދީފައިވާ ގޮތުގައި ޔޫކްރެއިނަކީ ނޭޓޯގެ މެމްބަރުކަންދޭ ވަރަށްވުރެން މާ ކޮރަޕްޓް ގައުމެއްކަން މިހާރު އޮންނާނީ ރައީސް ޒެލެންސްކީއަށް ދަންނަވާފައެވެ. މިއީ ރައީސް ޒެލެންސްކީ ދެކިވަޑައިގަންނަވާ ގޮތުގައި ނޭޓޯއަށް ވަނުމަށް ހުޅަނގުގެ ގައުމުތަކުގެ ފައިގާހިފާ އާދޭސް ދަންނަވަމުން ގެންދަނިކޮށް އެމަނިކުފާނުގެ އިސްތަށިފުޅުގައި ކޮޅުފައިން އެތިފަހަރެއް ޖެހުން ކަހަލަ ކަމެކެވެ.       ނޭޓޯގެ މެމްބަރުކަމަށް ތަސައްރުފު ފުދުމަށްޓަކައި ޔޫކްރެއިނުން ވަރަށްގިނަ ކަންތައްތައް އިސްލާޙް ކުރަން ޖެހޭނެއެވެ. ޖުލައި 9 ގައި ބޭއްވުނު ނޭޓޯގެ […]

ރައީސް ޑރ. މުޢިއްޒު, އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަންނަ އޮގަސްޓުމަހު ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ރައީސް ޑރ. މުޢިއްޒު އެ ގައުމަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގައެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ބައެއް އެގްރީމަންޓްތަކުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާތީ އެކަން ރައްޔިތުންގެ މަޖިލީހަށް އެޕްރޫވަލް ހޯދަން ހުށަހަޅާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މިއީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ލަންކާއަށް ކުރައްވާ ފުރަތަމަ ރަސްމީ […]

ޑރ.މުޢިއްޒުގެ ދިވެހީންގެ ރާއްޖެ: ބޯޓު އަޑިއަށް ދިއުން ނޫނީ ގަސްތުގައި އޮޅުވާލުންތަ؟

އަޑުއިވޭ ވާހަކަތަކަށް ބަލާއިރު، މާލީ ގޮތުން މުހިންމު ފިޔަވަޅުތަކެއް ނޭޅިއްޖެ ކަމުގައިވާނަމަ، ރާއްޖެއަށް ލަންކާއަށް ކުރިމަތިވި ހާލަތު ޖެހުން މާދުރެއް ނޫނެވެ. ރައީސް ޑރ.މުއިއްޒު ”ދިވެހީންގެ ރާއްޖެ“ ގެ ނަމުން ނަން ދީފައިވާ ޤައުމު ބަނގުރޫޓުވުމުގެ މަލަމަތި ފެންނަން ފަށައިފިކަށް އެބޭފުޅުން އެބަ ވިދާޅުވެއެވެ. ޤައުމުގެ ފޮރިން ރިޒާވް ދަށްވެ، ދަރަނި އަދާކުރުން ނިހާޔަތައް ދަތިއިރު، އަދިވެސް ރައީސްގެ ހައްލުތައް ހީވަނީ އަޑިއަށްދާ ބޯޓު ރަނގަޅު ކުރުމަށް ކުރާ އަސްލު މަސައްކަތްތަކަށްވުރެ ސިޔާސީ ގޮތުން ޗައްކަރެއް ޖަހަން […]

ދާންދޫ ބިން ހިއްކާފައިވާ ސަރަހައްދުގައި އަސާސީ ޚިދުމަތްތައް ތަރައްޤީ ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ގއ. ދާންދޫ ބިން ހިއްކާފައިވާ ސަރަހައްދުގައި އަސާސީ ޚިދުމަތްތައް ތަރައްޤީ ކުރުމާ ގުޅޭގޮތުން ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އާއި މަޝްވަރާކުރައްވައިފިއެވެ. މިކަމާ މަޝްވަރާ ކުރައްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލުގެ މެންބަރުންނާއެކު ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބޭއްވި ބައްދަލު ކުރެއްވުމުގައެވެ. އެގޮތުން މި ބައްދަލު ކުރެއްވުމުގައި ދާންދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގައި ބިން ހިއްކާފައިވާ ސަރަހައްދުގައި އަސާސީ ޚިދުމަތްތައް ތަރައްޤީ […]

ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރަން މީހަކު ހޯދަނީ

ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރަން މީހަކު ހޯދަން  އިއުލާނުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. ހިތަދޫ / ހަޒާރުމާގެ، މުޙައްމަދު އުބާދަތު ޙުސައިން (29އ) އެވެ. ފުލުހުން މިއަދު ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އުބާދަތު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މުޙައްމަދު އުބާދަތު ޙުސައިން ހޯދަމުންދަނީ ކެނެބިސް […]

އާޕޯޓްތަކަށް ދިމާވާ އިމަޖެންސީއެއްގައި އެހީވުމަށް އެމްޕީއެލުން އެއްބަސްވެއްޖެ

އެއާޕޯޓްތަކަށް ދިމާވާ އިމަޖެންސީއެއްގައި އެހީވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އާރްއޭސީއެލް) އާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.   މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އިއްޔެ އެމްޕީއެލްގެ އޮފީހުގައެވެ. އެގޮތުން މި އެއްބަސްވުމުގެ މަގުސަދަކީ އެމަޖެންސީ ހާލަތެއްގައިވެސް އާރްއޭސީއެލް އިން އާންމުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް ބުރުލެއް ނާރާ އޮޕަރޭޝަން ކުރިއަށްގެންދެވޭނެ މަގު ފަހިކުރުމެވެ. މި އެއްބަސްވުމުގެ ދަށުން އެއާޕޯޓަށް ދިމާވެދާނެ ކުއްލި ހާލަތެއްގައި އެއާޕޯޓް އޮޕަރޭޝަނަލް ހާލަތަކަށް ގެނައުމަށްޓަކައި ކަނޑާއި […]

އިނގިރޭސި ވިލާތުގެ އާ ސަރުކާރުން ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ތާއީދު ކުރާނަން

ސާދަވަރަކަށް އަހަރުގެ ދިގު މުއްދަތަށްފަހު އިނގިރޭސީ ވިލާތުގައި އަލަށް އިންތިޚާބު ކުރެވުން ލޭބަރ ޕާރޓީގެ ސަރުކާރުން ފަލަސްތީނުގެ މައްސަލައަށް ސުލްޙަވެރި ޙައްލެއް ގެނުއުމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރަމުން ގެންދާނެ ޕާރޓީއެއް ކަމަށް ޚާރިޖީ ވަޒީރު ޑޭވިޑް ލަމީ ވިދާޅުވެއްޖެއެވެ. މިހާރު އިސްރާއީލުން ގައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމު ކުށްވެރިކޮށް ދުނިޔޭގެ ކަންކޮޅުތަކުގައި ކިޔަވާކުދިން ކުރަމުން ގެންދިޔަ މުޒާހަރާތަކުގެ ތެރެއިން އިނގިރޭސި ވިލާތުގެ ކަންކޮޅުތަކުގައި ހިންގަމުން ގެންދިޔަ އެއްވުންތަކުގައި ކުރީގެ ލޭބަރ ޕާރޓީގެ ބައެއް އިސްބޭފުޅުން […]

ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން މަސައްކަތްކުރި 4 މީހަކު ހައްޔަރުކޮށްފި

ވަގު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާން މަސައްކަތްކުރި 4 މީހަކު ހައްޔަރުކޮށްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ސައްހަ ނޫން ލިޔެކިޔުންތަކެއް ބޭނުން ކޮށްގެން ނުވަތަ ނަކަލުކޮށްފައިވާ ޕާސްޕޯޓުތަކެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި ހަތަރު ބިދޭސީއަކު ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން މިދިޔަ ބުދަ ދުވަހު ހިފަހައްޓާފައިވާ ކަމަށެވެ. މިގޮތުން އެއީ 28 އަހަރުގެ ބިދޭސީއަކާއި 31 އަހަރުގެ ބިދޭސީއަކާއި 25 އަހަރުގެ ބިދޭސީއެއްގެ އިތުރުން 22 އަހަރުގެ ބިދޭސީއެއް ކަމަށާއި ހަތަރު […]

ވޭނުގައި އެއްޗެއް ގޮވިކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ބުނެފި

ގަލޮޅު ކަންމަތީގައި އޮތް ވޭނެއްގައި އެއްޗެއް ގޮވާފައިވާ ކަމަށް ރިޕޯޓުކުރުމުން ސަލާމަތީ ޚިދުމަތްތަކުން ހަރަކާތްތެރިވެފައިވީ ނަމަވެސް އެފަދަ އެއްޗެއްގެ ނިޝާނެއް ވޭނުން ފެނިފައި ނުވާކަމަށް ސިފައިން ބުނެފިއެވެ. ގަލޮޅު ކަންމަތީގައި ޕާކުކޮށްފައި އޮތް ވޭނެއްގައި އެއްޗެއް ގޮވިކަމުގެ ރިޕޯޓެއް ލިބުމުން އެ ފަދަ ހާދިސާތަކުގައި އަމަލުކުރަމުން އަންނަ ޕްރޮސީޖާއާ އެއްގޮތަށް ކަންކަން އަންނަނީ ކުރަމުން ކަމަށް ސިފައިން ވަނީ ބުނެފައެވެ. މީގެ އިތުރުން މިހާތަނަށް ބެލިބެލުމުން އެއްވެސް ގޮވާ އެއްޗެއްގެ ނިޝާނެއް އެ ވޭނުން ފެންނަން ނެތް […]