އެމްއެމްޕީއާރްސީ ޚިޔާނާތަކީ ”ސިޔާސީ ވަރުގަދަ މަސައްކަތަކަށް ކުރި އިންވެސްޓްމެންޓެއް“ : ޔާމީން

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތަކީ އެމަނިކުފާނުގެ ވެރިކަމުގައި ”ސިޔާސީ ވަރުގަދަ މަސައްކަތަކަށް ކުރި އިންވެސްޓްމެންޓް“ އެއް ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބައްލަވާނެ ކަމަށާއި ކުށްވެރިންނަށް ހައްގު އަދަބު ދެއްވާނެ ކަމަށް ދާދިފަހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ އެ މައްސަލައިގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅު ދައްކަވައިފައެވެ. ޔާމީން ވިދާޅުވީ ދައުލަތުގެ ބޮޑުންގެ ތެރެއިން މަދު މީހަކު ނޫނިއްޔާ ޚިޔާނާތުގެ […]

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

ހުޅުމާލޭގައި ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ. ފުލުހުން ބުނީ މިއަދު 11:00 އެހާކަންހާއިރު ހުޅުމާލޭ މޫދުގައި ޑައިވިންއަށް ގޮސް އުޅުނު މީހަކު ގެނބިގެން މަރުވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާގައި މަރުވެފައިވަނީ ތައިލޭންޑުގެ އުމުރުން 55 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ހާމަކުރެއެވެ. މީގެ އިތުރުން އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ރާއްޖޭގެ ކޮންމެ 10 ޒުވާނުންގެ ތެރެއިން އެކަކު އެއްވެސް ކަމެެއް ނުކުރޭ

ރާއްޖޭގެ ޒުވާނުންގެ އާބާދީގެ %19 ޒުވާނުން ނުވަތަ ކޮންމެ 10 ޒުވާނުންގެ ތެރެއިން އެކަކަކީ ތައުލީމު ހާސިލުނުކުރާ, ވަޒީފާއެއް އަދާނުކުރާ އަދި ތަމްރީނެެއް ވެސް ހަދަމުންނުދާ މީހެއް ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން އެ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ ތެރެއިން, 15-24 އަހަރާ ދެމެދުގެ ޒުވާނުންގެ އާބާދީއަކީ 53,537 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ 27,625 ފިރިހެނުންނާއި, 25,912 އަންހެނުންނެވެ. މި […]

މިފަހަރު ވައިޓް ހައުސްއަށް 2 އަންހެނުންތަ!

މިހާރު ދުނިޔޭގެ އެންމެ ރަތް ކުލަގަދަ ސުރުޚީއަކީ އެމެރިކާގެ އިންތިޚާބެވެ. ދުނިޔޭގެ ހަމައެކަނި ސްޕަރ ޕަވަރ ގެ ތަޚުތުގައި އިށީނދެވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައެޅުމަކީ އެމެރިކާގެ ރައްޔިތުންނަށް މާބޮޑު ކަމަކަށް ނުވިޔަސް ދުނިޔޭގެ ކުރިމަތީގައި އާދައިގެ ކަމެއް ނޫނެވެ. އެންމެ ފަހުގެ ޑިމޮކްރެޓިކް ޕާޓީގެ ޕޯލްތަކުގައި އަދިވެސް ކުރީގެ ރައީސް ޓްރަމްޕާއި ދެކޮޅަށް ނުކުންނަވާނެ ބޭފުޅަކު އަދި އޮތީ ނުނިމިއެވެ. ޕާޓީގެ ތެރޭގައި ޓްރަމްޕްއާއި ދެކޮޅަށް ރައީސް ބައިޑްން އަދިވެސް ހުންނެވީ ހަމަ ގަދަކޮށެވެ. ޑިމޮކްރެޓުންގެ މަދު ބޭފުޅުންކޮޅެއް […]

ވިސްނުންތެރި ކުރަފި

އެއްދުވަހަކު ތިން ކުރަފި ވަރަށް ބަނޑުހައިވެގެން ދަނޑުވެރިއެއްގާތަށް ގޮސް ސަލާން ޖެހިއެވެ. ދަނޑުވެރިޔާ މިތިން ކުރަތްޕަށް ޕާންދެތިން ފޮއްޗާ އަދި ޗީޒް ބުރިއެއް ދީފިއެވެ. ކުރަފިތައް ވަރަށް އުފަލުން ކައި، އަދި ގެޔަށް ގެންދަންވެސް އެއްބައި ފޮރުވުމަށް ފަހު ދާން ހިނގައިގަތްތަނާ ދަނޑުވެރިޔާ ބުނެފިއެވެ.ކަލޭމެން އަބަދު ތިޔަހެން ތަންތަނުގަ ސަލާން ނުޖަހާ ކޮންމެވެސް ވަޒީފާ އެއް އަދާ ކުރަންވީ ނޫން ހެއްޔެވެ. މަގޭ ގޭގައި ވެސް ހަތަރު ވަޒީފާ އެބައޮތެވެ. ރަގަޅު މުސާރައެއް ދޭނަމެވެ. އަދި ނިދުމާ […]

ދިވެހި 2 އަންހެނުން އިންޑިޔާގެ އައިއެސްއާރުއޯގެ ސިއްރު ތަކެއް ހޯދަން އުޅުނު ކަމަށް ބުނި މައްސަލަ އަކީ ކެރަލާގެ ސިފައިން އުފެއްދި މައްސަލައެއް: ސީ.ބީ.އައި

އިންޑިޔާގެ ސްޕޭސް ރިސަރޗް އޯގަނައިޒޭޝަން އައި.އެސް.އާރު.އޯގެ ސިއްރު ތަކެއް ހޯދަން އުޅުނު ކަމަށް ބުނެ ސައިންސްވެރިޔާ އެން.ނަރަޔާނަން އާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ މައްސަލަޔަކީ، ދިވެހި އަންހެނަކާ ”ބެހުމަށް“ ކެރަލާގެ ސިފައިންގެ މީހަކު މަސައްކަތްކޮށް، އެކަން ނާކާމިޔާބު ވުމުން އޭނާ އުފެއްދި މައްސަލަ އެއްކަމަށް އިންޑިޔާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)އިން ބުނެފިއެވެ. ބުދަދުވަހު ތުރިވަނާދަޕޫރަމްގެ ކޯޓެއްގައި ކުރުރިޔަށް ދިޔަ އަޑުއެހުމަކަށް ސީބީއައިގެ ފަރާތުން ހުށައެޅި ޗާޖްޝީޓް އެއްގައި 1994 ވަނަ އަހަރު ކުރިޔަށް ދިޔަ […]

ފައިސާ އަޅާ ގަސް

މާރިނުބޭ ނިކުމެގެން ދިޔުމުން، ހައްވަ ދައިތަ އޭނާގެ ފިރިމީހާ އަލިފުޅުބެ ކުރެން އަހައިލިއެވެ. ދުވަސްގަނޑެއް ކޮށްލާފައި މާރިނު އަހަރުމެންގެއަށް މިއައީ އަނެއްކާ ކޮންކަމެއް ލައިގަތީ ހެއްޔެވެ؟ ދެން އަލިފުޅުބޭ ބުންޏެވެ. މާރިނަކީ ކުޑައިރުގެ އަހަރެންގެ ރައްޓެއްސެއް ނޫން ހެއްޔެވެ؟ އެހެންވެ، ސަލާން ގަލާންކޮށްލައި ހާލުއަހުވާލު ބަލައިލަން ރައްޓެހިން އަންނާނެ ނޫން ހެއްޔެވެ؟ ނުރުހުމުގެ ޗޮކެއް ކަނޑާލާފައި މަލާމާތުގެ ރާގެއްގައި ހައްވަ ދައިތަ ބުންޏެވެ. ހާލުއަހުވާލު ބަލާލަން ރައްޓެހިން އަންނަނީ ފަސްއަހަރުން އެއް އަހަރު ހެއްޔެވެ؟ މިދިޔަ އަހަރު، […]

ބިލިއަނަރ ޖޯން ޑޭވިސަން ރޮކްފެލަރގެ ހަޔާތުން ކުރު ޚުލާސާއެއް

ކޮންމެ އިންސާނެއްގެ ދިރިއުޅުމުގައި ވެސް ޚާއްސަ ކަންތައްތަކެއް އެކުލެވިފައިވާނެއެވެ. ބައެއް މީހުންނަކީ އޭނާގެ މަގުސަދުގައި ކާމިޔާބު މީހެއްކަމަށް ބެލެވޭއިރު, ބައެއްމީހުންގެ ކާމިޔާބީ އެ މިންގަނޑުން ނުބެލިދާނެއެވެ. ޖޯން ޑެވިސަން ރޮކްފެލަރ އުފަންވީ 1839 ވަނައަހަރު ޖުލައި 8 ވަނަ ދުވަހުއެވެ. އުމުރުން 97 އަހަރުގައި މި ދުނިޔެއަށް ދާއިމަށް އަލްވަދާއު ކިޔަންޖެހުނީ 1937 ވަނައަހަރު މެއިމަހުގެ 23 ގައެވެ. ރޮކްފެލަރ ގެ އުމުރުން 16 އަހަރުގައި ފިހާރައެއްގެ ސޭޓެއްގެ ( ބުކް ކީޕަރެއްގެ ) ވަޒީފާ އަދާކުރަން […]

“އެއް ލެޕްޓޮޕާއި, އެއް ރިސޯޓުން“ ޤައުމު ހިންގުންވީ ބޮޑު މުސީބާތަކަށް!

އަނެއްކާވެސް ދިރިހުށްޓާ ފެނުނު މަންޒަރެއްގެ ވާހަކައެވެ. 2008 ގައި ކުރެވުނު ކެމްޕޭނެއްގެ ތެރޭގައި ބޭފުޅަކު ވިދާޅުވިއެވެ. މި ޤައުމު ހިންގުމަށް ބޭނުންވަނީ “އެއް ލެޕްޓޮޕާއި އެއް ރިސޯޓު“ ގެ ނަފާއެވެ. ރައްޔިތުން މިކަމާ ވީ އުފަލެއްގެ ބޮޑުކަމުން ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައެވެ. ރަށްރަށުގެ ކަތީބުންގެ ސިސްޓަމް ކަމުނުގޮސްގެން އެޓޮލްސް މިނިސްޓްރީ ހިންގެވި ވިޔަފާރިވެރިއެއްގެ ބަހަށް ލާމަރުކަޒީ ނިޒާމު ދިވެހިރާއްޖެއަށް ފާކުރާން ވެސް ޖެހިއްޖެއެވެ. އެ ވިޔަފާރިވެރިޔާއަށް ހީވީ މިއީ ސިންގަޕޫރުހެންނެވެ. […]

ޗައިނާ(ސިޝުއާން)–މޯލްޑިވްސް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް

ރާއްޖެއާއި ޗައިނާގެ ސިޝުއާން ޕްރޮވިންސްއާއި ދެމެދު ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރެންސެއް ބާއްވަން ނިންމައި އެ ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވައިލައިފިއެވެ. ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ސިޝުއާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ، މިސް ޒޫ ޗުންޝިއު އިސްކޮށް ހުންނަވައި, ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ވަފުދެއް އަންނަ އޮގަސްޓް މަހު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި […]