ޓްރަމްޕްއަށް ހަމަލާދިނީ އަމިއްލަ ޕާޓީ އަށް ނިސްބަތްވާ މީހެއް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ރާއްޖޭ ގަޑިން މިއަދު ފަތިހު (އެތާގަޑިން ހޮނިހިރު ދުވަހު ހަވީރު) ބަޑިން ހަމަލާދީފައިވާއިރު، ހަމަލާދިން މީހާ މީހާރުވަނީ އެފްބީއައި އިން ދެނެގަނެފައެވެ. މި ހަމަލާދީފައިވަނީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ،އުމުރުން 20 އަހަރުގެ ތޮމަސް މެތިއު ކްރޫކްސް ކިޔާ މީހެކެވެ.އޭނާގެ ނަން ފުރަތަމަ އެފްބީއައި އިން ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް މީޑިއާ ރިޕޯޓް ތަކުގައި ނަން ހާމަ ކުރަން ފެށުމުން އެފްބީއައި އިންވެސް ވަނީ […]

ދޫނި ކޮއްޓެއްގައި ދެ މީހަކު ބަންދުކޮށްގެން އުޅުނު މައްސަލައެއް ފެންމަތިވެ،މައްސަލަ ބަލަން ފަށައިފި

ދޫނި ގެންގުޅޭ ކޮއްޓެއްގައި ދެ މީހަކު ބަންދުކުރި މައްސަލައެއް ފެންމަތިވެ،ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ. އާންމުވެފައިވާ ވީޑިއޯއިން ދޫނި ކޮއްޓެއްގައި ދެ ފިރިހެނަކު ބަންދުކޮށްފައި ތިބޭ މަންޒަރު ފެނެއެވެ. އެ ދެ މީހުންވެސް ތިބީ މަތިން އެއްޗެއް ނުލައެވެ. އަދި މި ވީޑިއޯއިން ފައިސާ ދޭނެ ކަމަށް އެތަނުން އެކަކު ބުނާ އަޑު އިވެއެވެ.  ބެލެވޭ ގޮތުގައި އެ ކޮށީގައި އެ މީހުން ބަންދުކޮށްފައި ވަނީ ފައިސާގެ މައްސަލައެއްގައެވެ. މިކަމަށް އިޝާރާތްކޮށް ފުލުހުން ބުނީ އެ […]

އިމިގްރޭޝަންގެ ވެހިކަލަށް ގެއްލުން ދިން ބިދޭސީއަކަށް ހަރުކަށި ފިޔަވަޅު އަޅާ ޑީޕޯޓް ކުރަނީ

އިމިގްރޭޝަންގެ މަސައްކަތަށް ހުރަސްއަޅާ ވެހިކަލަށް ގެއްލުން ދިން ބިދޭސީއަކަށް ހަރުކަށި ފިޔަވަޅު އަޅާ ޑީޕޯޓް ކުރާނެ ކަން ހާމަކޮށްފިއެވެ. އިމިގްރޭޝަންގެ ރަސްމީ އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ރޭ ހިންގި އޮޕަރޭޝަންގައި މާލޭގައި ޓޭކްއަވޭ ކެފޭ ހިންގަމުންދާ ހަތަރު ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން 6 ބިދޭސީ ފިރިހެނަކާއި ބިދޭސީ އަންހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި މީގެތެރެއިން 3 ބިދޭސީން ހިންގަމުންދިއަ ކެފޭއެއް ވަނީ ބަންދުކޮށްފައި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. މީގެ އިތުރުން […]

ޑޮނަލްޑް ޓްރަމްޕް އަށް މީހަކު ބަޑިން ހަމަލާ ދީފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މީހަކު ބަޑިން ހަމަލާ ދީފިއެވެ. މިކަން ހިނގާފައިވަނީ ޕެންސިލްވޭނިޔާ ސްޓޭޓްގައި ޓްރަމްޕްގެ ޕާޓީން ބޭއްވި ކެމްޕެއިން އެއްވުމެއްގައި އެތާގަޑިން އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ހަމަލާ އަށްފަހު ޓްރަމްޕްގެ ކަންފަތް ކައިރިން ލޭއަންނަތަން ފެނެއެވެ.ނަމަވެސް ޓްރަމްޕް އަށް އިތުރު މާބޮޑު ގެއްލުމެއް ނުވެއެވެ. ހަމަލާ ދީފައިވަނީ އިވެންޓް އޮތްތަނާ ކައިރީގައިވާ އިމާރާތަކުން ކަމަށް ސީކްރެޓްސަރވިސް އިން ވަނީ ބުނެފައެވެ. އަދި ހަމަލާ ދިން މީހާވަނީ ސީކްރެޓް ސަރވިސް އިން މަރާލާފައެވެ. ޓްރަމްޕް […]

ފެނަކަ ސަޢީދު ހިތަށް ލޮޅުންއަރައިގެން ލަންކާއަށް ފުރައިފި

ނިމިދިޔަ ސަރުކާރުގެ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސަޢީދު ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފާވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. ސަޢީދުގެ ގާތް ޢާއިލާ މެމްބަރަކު ބުނި ގޮތުގައި، ސަޢީދުގެ ހިތައް ލޮޅުން އެރީ މިދިޔަ އަޟްޙާ އީދު ބަންދުގެ ތެރޭގައެވެ. އަދި އޭނާ އަށް އިތުރު ފަރުވާ ދިނުމަށް އަވަށްޓެރި ސްރީލަންކާ އަށް ވަނީ ފުރުވާލާފައެވެ. ލަންކާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ސަޢީދުގެ ޙާލު މިހާރު އިތުރަށް ނުރައްކާވެފައިވާ ކަމަށް ޚަބަރު ލިބިފައިވެއެވެ. […]

މިސުރުން ގެންނެވި މަޚުމާ ތާކިހަލުގެ އަނދިރި ފަރާތް

ދިވެހީންގެ ތެރެއިން 1970 ގެ އަހަރުގެ ތެރޭގައި މިސުރުން ކިޔަވައިގެން އައި މައްޗަންގޮޅީ ކިނބިގަސްދޮށުގެ / ކާމިނިގޭ މައުމޫން ޢަބްދުލްޤައްޔޫމް (ފަހުން ރައީސް މައުމޫން) ފަރުދާގެ ފުރަގަހުގައި ހުންނަވައިގެން، ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ކުރައްވަމުން އައި ވެރިކަން ކަމުނުގޮސްގެން ދިޔައީ އެކިއެކި ގޮތް ގޮތުން އެ ވެރިކަމަށް ފާޑު ކިޔައި އަދި ޢަމަލީ ގޮތުން އެވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެކިއެކި ބުރާސްފައްޗެވެ. ކުޑަ ބުރާސްފަތި ބޮޑު ބުރާސްފަތި ކަހަލަ ދުވަސް ދުވަހެވެ. މިފަދަ […]

ދައުލަތުގެ މާލީ ހިސާބުތައް އާންމުނުކޮށް ސިއްރުކޮށްފައިވާތާ 3 ހަފުތާ

ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ތަފުސީލު ހިމަނައިގެން މާލީ ވުޒާރާއިން ކޮންމެ ހަފުތާއަކު ނެރޭ “ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް“ އާންމު ނުކުރާތާ 3 ހަފުތާވެއްޖެއެވެ. އެންމެ ފަހުން އާންމުކުރި ރިޕޯޓުން ދައްކާ ގޮތުން ޖޫން 20 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ލިބުނު އާމްދަނީ ވަނީ މިިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ބިލިއަނެއްހައި ރުފިޔާ އިތުރުވެފައެވެ. މިދިޔަ އަހަރު މި މުއްދަތުގައި 15.4 ބިލިއަން ރ. ލިބުނުއިރު, މިއަހަރުގެ މު މުއްދަތުގައި ލިބުނީ 16.4 ބިިލިއަން […]

މާލޭގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގި ފަސް މީހަކު ހައްޔަރުކޮށްފި

Maldives Dhivehi News

މާލޭގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގި މައްސަލައެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ. އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ފަސް ދިވެހިންނެވެ. އެއީ 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި 24 އަހަރުގެ ދެ މީހުންނެވެ.އެ މީހުން ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރުގައިވާ ގޮތުން އެމީހުންގެ މައްޗަށް ކުރަނީ، ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތެވެ.މިގޮތުން އެމީހުންގެ ބަންދާ މެދުގައި ގޮތެއް […]

އިމްރާން ޚާންގެ ޕާޓީ އަލުން ވުޖޫދުކޮށް މަޖިލީހުން ގޮނޑިދޭން ސުޕްރީމް ކޯޓުން އަމުރު ކޮށްފި

ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ގެ ޕާޓީ ޕީޓީއައި އަލުން ވުޖޫދުކޮށް އެޕާޓީ އަށް މަޖިލީހުން ގޮޑިދިނުމަށް އެގައުމުގެ ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ. ޗީފް ޖަސްޓިސް ޤާޒީ ފާއިޒް އީސާ އިސްވެ ހުންނެވި، 13 މެމްބަރުން ހިމެނޭ ފުލް ބެންޗުން ހުކުރު ދުވަހު އަމުރު ކޮށްފައިވަނީ އަންހެނުންނަށާ މައިނޯރިޓީ ތަކަށް ޚާއްސަ ކުރެވިފައިވާ ބައިން، އިމްރާން ޚާންގެ ޕާޓީ އަށް ވިއްސަށް ވުރެ ގިނަ ގޮނޑި ދިނުމަށެވެ. ސުޕްރީމް ކޯޓުގެ މިނިންމުމާއި ގުޅިގެން ޕީޓީއައި […]

ހުޅުމާލޭގައި ރިސާޗް ލައިބްރަރީއަކާއެކު މިސްކިތެއް ބިނާ ކުރަނީ

ހުޅުމާލޭގައި ރިސާޗް ލައިބްރަރީއަކާ އެކީ މިސްކިތެއް ބިނާ ކުރަން ނިންމައިފިއެވެ.  އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ކުރެއްވި ޕޯސްޓެއްގައި މި ބިނާގެ ކުރެހުން ހިއްސާކުރައްވާ ވިދާޅުވީ ”މަސްޖިދު އުންމުލްމުއުމީން އާއިޝާ ރަޟިޔައް ﷲ އަންހާ“ ގެ ނަމުގައި ބިނާކުރާ މި މިސްކިތަކީ މަދީނާ އިންވެސްޓްމަންޓުގެ ފަރާތުން ބިނާކޮށްދޭ މިސްކިތެއް ކަމަށެވެ. އެގޮތުން މިއީ ކީރިތި ރަސޫލާގެ އަނބިކަނބަލަކަށް ނިސްބަތްކޮށް ރާއްޖޭގައި ނަން ދެވޭ ފުރަތަމަ މިސްކިތް ކަމަށްވެސް ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ. އެތައް […]