ސިޔާސީ 3 ޕާޓީއެއް 50,000 ރުފިޔާއިން ޖޫރިމަނާކޮށްފި

އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ސިޔާސީ 3 ޕާޓީއެއް 50,000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. ޖޫރިމަނާކޮށްފައިވަނީ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި, މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި, ދަ ޑިމޮކްރެޓްސްއެވެ. ެޭރޭގެވަގުތެއްގައި އީސީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 42 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އޮޑިޓް ރިޕޯޓު ހުށަހަޅާފައިނުވާތީ އެ ގާނޫނުގެ 44 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ 3 ޕާޓީ 50,000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމާފައިވާ […]

ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރައީސް ޑރ. މުޢިއްޒު އިންޑިއާ ސަފީރާ މަޝްވަރާ ކުރައްވައިފި

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު, ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މުނޫ މަހާވަރް އިއްޔެ ވަނީ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާކަހަފުޅުގައި ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. މީގެއިތުރުން އިންޑިއާއިން […]

ނަތަންޔާހޫ އިސްތިއުފާދެއްވަން ފެންނަ ކަމަށް އިސްރާއިލްގެ ގިނަ ބަޔަކު ބުނެފި

އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަމަ މިހާރު، ނޫންނަމަ ހަނގުރާމަ ނިމުމާއިއެކު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް އިސްރާއިލްގެ ގިނަ ބަޔަކު ބުނެފިއެވެ. ޗެނަލް 12 ނިއުސް އިން ހެދި ޚިޔާލު ހޯދުމުގެ ޕޯލް އަކުން ދައްކާފައިވާ ގޮތުގައި ނަތަންޔާހޫ މިހާރުން މިހާރަށް އިސްތިއުފާދެއްވަން ފެންނަ ކަމަށް ޕޯލްގައި ބައިވެރިވި މީހުންގެ 44 އިންސައްތަ މީހުން ބުނެފައިވާއިރު، މިހާރު ކުރިޔަށް ދާ ހަނގުރާމަ ނިމުމާއިއެކު އިސްތުއުފާދެއްވަން ފެންނަ ކަމަށް 28 އިންސައްތަ މީހުން ބުނެފައި ވެއެވެ. އެހެންކަމުން […]

ހަމާސްއިން މަޝްވަރާކުރަނީ މުޅި އެކްސިސް އޮފް ރެޒިސްޓޭންސްގެ ނަމުގައި 

ރޮއިޓާރސް ބެއިރޫތުން ޚަބަރުދީފައިވާ ގޮތުގައި ހަމާސްއިން އިސްރާއީލާއެކު މަޝްވަރާކުރަމުން ގެންދަނީ ހަމައެކަނި ހަމާސްގެ ހައިސިއްޔަތުން ނޫންކަމާށާއި އެއީ މުޅި އެކްސިސް އޮފް ރެޒިސްޓޭންސްގެ ނަމުގައި ކުރެވޭ މަޝްވަރާތަކެއް ކަމަށް ހިޒްބު ގެ ލީޑަރ ސައްޔިދު ހަސަން ރޫޙާނީ ވިދާޅުވެއްޖެއެވެ. އަހަރެމެން ޖިހާދު ކުރާނީވެސް އެއް މަގްސަދެއްގައެވެ. އަހަރެމެން އެއްބަސްވުމަކަށް އަންނާނީވެސް އެންމެން އެކުގައި އެއް މަގުސަދެއްގައެވެ. ހިޒްބު އަކީ ހަނގުރާމައަށް ބިރުގަންނަ ޖަމާއަތެއް ނޫނެވެ. ހަނގުރާމަކުރަން ޖެހިއްޖެ ކޮންމެ ހާލަތެއްގައި މި ޖަމާއަތަށް ލިބިފައިވާ ހުރިހާ އާރަކާއި […]

ގްރޭޖްއޭޝަންގައި “ ފުރީ ޕަލަސްޓައިން “ ގޮވި ދަރިވަރު އެމިރެޓްސް އިން ޑިޕޯޓްކޮށްފި

ޔުނައިޓެޑް އެރެބް އެމިރެޓްސްގެ ވެރިރަށް އަބޫދާބީގައި ހުންނަ އެމެރިކަން ޔުނިވަރސިޓީ އޮފް އަބޫދާބީގައި ކިޔަވަމުންގެންދާ ދަރިވަރުންގެ ޑިޕްލޮމާ ކޯސް ނިމި ގްރޭޖުއޭޝަންގައި ސެޓްފިކެޓާ ހަވާލުވާން ދިޔަ ފިރިހެން ދަރިވަރަކު ސްޓޭޖަށް އެރުމުގެ މަގުމަތީގައި “ ފުރީ ޕެލަސްޓައިން “ ގޮވުމުން އޭނާއަށް އެމިރޭޓްސް އަށް ނާދެވޭ ގޮތަށް ޑިޕޯޓްކުރަން އެ ގައުމުން ނިންމައިފިއެވެ. އެސޯޝިއޭޓެޑް ޕްރެސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ދަރިވަރު އަޅައިގެންހުރި ހެދުމުގައި އެ ވަގުތު ބޭނުންކޮށްފައިވަނީ ފަލަސްތީނުގެ ފިރިހެނުންގެ ބޮލުގައި އެޅުމަށް އާންމުކޮށް […]

މަސްޖިދުއްރަޝީދުގައި ޢާންމުކޮށް ނަމާދުކުރަމުން އައި މީހުން އެ މިސްކިތަށް ނަމާދަށް އެރުން ހުއްޓާލައިފި

ހުޅުމާލޭގައި އާރުސީސީ ކޮމްޕެނީގެ ފަރާތުން ކާނަލް މުޙައްމަދު ނާޒިމްގެ ލޮބުވެތި ބައްޕާފުޅު އަލްމަރުޙޫމް ޢަބުދުއްރަޝީދުގެ ނަންފުޅުގައި ޢިމާރާތް ކޮށްފައިވާ މަސްޖިދުއްރަޝީދުގައި ނަމާދުކުރަން ފެށީއްސުރެ އެމިސްކިތުގައި ނަމާދުކުރަމުން އައި އެސަރަޙައްދުގެ އެންމެން އެ މިސްކިތުގައި ނަމާދު ކުރުން ހުއްޓާލައިފިއެވެ. މިކަމާ ބެހޭގޮތުން ކުރިން އެ މިސްކިތުގައި ނަމާދު ކުރި އަދި މިހާރު އެމިސްކިތުގައި ނަމާދު ނުކުރާ މީހަކާ ސުވާލު ކޮށްލީމެވެ. އޭނާ ވިދާޅުވީ އެ މިސްކިތުގައި ނަމާދު ކުރުން ހުއްޓާލީ އެ މިސްކިތުގައި ޖަހާފައިވާ މުށިތަކުގައި އޮރިޔާން ސިފަވާފަދަ […]

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިނަދޫ ސިޓީން 30 އަހަރުގެ މީހަކު ހައްޔަރުކޮށްފި

 މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި ހައިވިސިބިލިޓީ ޓީމު އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިނަދޫ ސިޓީން 30 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.   އެގޮތުން އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު […]

ސިޔާސީ ކަންކަމުގައި އަނިޔާވެރިކަމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ, ޓްރަމްޕަށް ދިން ހަމަލާ ރައީސް ކުށްވެރި ކުރައްވައިފި

ސިޔާސީ ކަންކަމުގައި އަނިޔާވެރިކަމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޑޮނާލްޑް ޓްރަމްޕަށް ބަޑިން ދިން ހަމަލާ ރައީސް ޑރ. މުހައްމަދު މުޢިއްޒު ކުށްވެރި ކުރައްވައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރައީސް ޓްރަމްޕަށް މި ހަމަލާ ދީފައިވަނީ ކެމްޕޭނު އިވެންޓެއްގައި ވާހަކަ ދައްކަން ހުއްޓައެވެ. ވައިރަލްވެފައިވާ ފޮޓޯތަކުން މި ހަމަލާ އޭނާގެ ކަންފަތަށް އަމާޒުވެފައިވާ މަންޒަރު ފެންނައިރު ކަންފަތުން ލޭ ފައިބާ މަންޒަރު ވެސް […]

ލިޔުންތެރިންގެ ދުވަހާ ގުޅުވައިގެން ”ފެންޑާ މައުރަޒު“ ނަމުގައި ފޮތް މައުރަޒެއް

މި އަހަރުގެ ލިޔުންތެރިންގެ ދުވަހާ ގުޅުވައިގެން ”ފެންޑާ މައުރަޒު 2024“ ގެ ނަމުގައި ދިވެހިބަހުގެ އެކެޑަމީން ފޮތް މައުރަޒެއް ހުޅުވައިފިއެވެ. މި ފޮތް މައުރަޒު ހުޅުވައިދެއްވީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢައްބާސް އިބްރާހީމެވެ. މި ފޮތް މައުރަޒު އޮންނާނީ މިއަދުން ފެށިގެން މާދަމާއަށް ކޮންމެ ދުވަހަކު ހެނދުނު 10 އިން އިރުއޮއްސި 6 ޖެހުމާ ހަމައަށް ދިވެހިބަހުގެ އެކެޑަމީގައެވެ. މި މައުރަޒުން ދިވެހިބަހުގެ އެކެޑެމީއާއި ދިވެހި ލިޔުންތެރިން ލިޔެފައިވާ ފޮތް ލިބެން ހުންނާއެވެ. މިގޮތުން މި […]

ޖަޕާން ސަރުކާރުން ދިވެހި ފުލުހުންނަށް 54 ކާރާއި ހަތަރު ޓޮޔޯޓާ ވޭން ހަދިޔާކޮށްފި

ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް 54 ކާރާއި ހަތަރު ޓޮޔޯޓާ ވޭން ހަދިޔާކޮށްފިއެވެ. އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ. ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހަދިޔާކޮށްފައި ވަނީ 54 ކާރާއި ހަތަރު ޓޮޔޯޓާ ވޭންއެވެ. މިއީ 61.7 […]