ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ އެންމެ އަގުބޮޑު، އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި ހަދާނަން: ރައީސް

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ އިނާމުތައް އެންމެ އަގުބޮޑު، އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި ހައްދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މި އަންނަ އަހަރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް […]

އެމްއެމްއޭއިން ބޭންކިން ނިޒާމު ރަނގަޅަށް މޮނީޓާނުކުރޭ

ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގަށް ރާއްޖޭގެ ބޭންކުތަކުން މައުލޫމާތު ހޯދުން ވަރަށް ދަތި ކަމަށާއި, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކިން ނިޒާމު ރަނގަޅަށް މޮނީޓާކުރާކަމާމެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލު އުފައްދައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ބޭންކުތަކުން ލިބޭ މައުލޫމާތު ހޯދުމަށްޓަކައި އެތައް ފަހަރަކު އެ ކޮމިޝަނުން ކުރި މަސައްކަތުން ކުރިއެރުމެއް ލިބިފައިނުވާ ކަމަށާއި ރާއްޖޭގެ ބޭންކިން […]

“ފެނަަކައިގެ 60 ޕްރޮޖެކްޓެއް ނުނިމެނީސް, ބަޖެޓުކުރި ފައިސާ ހުސްކޮށްލި“

ފެނަަކަ ކޯޕަރޭޝަން ލިމިޓެޑުން ހިންގި 60 ޕްރޮޖެކްޓެއްގެ މަސައްކަތްތައް ނުނިމެނީސް, އެ ޕްރޮޖެކްޓްތަކަށް ބަޖެޓުކުރި ފައިސާ ހުސްކޮށްލާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ. ޝާމިލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި, ފެނަކައިން އިން-ހައުސްކޮށް ހިންގި ޕްރޮޖެކްޓްތަކަކާ ގުޅޭ ގޮތުން އޭސީސީން ތަހުގީގުކުރަމުންދާ މައްސަލައިގެ ތަފުސީލުތައް ހިއްސާކޮށްދިނުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ޙުސައިން އެދިވަޑައިގަތުމުންނެވެ. މެމްބަރު އިބްރާހިމް ޙުސައިން […]

މާލޭ މިސްކިތަކުން ފެން ކޭސްތަކެއް ވަގަށް ނެގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ

މާލޭގެ މިސްކިތަކުން ފެން ކޭސްތަކެއް ވަގަށް ނެގި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ތަހުގީގު ކުރަން ފަށާފައިވަނީ މާލޭ ވިޔަފާރިވެރިންގެ މިސްކިތުގައި ބަހައްޓާފައިވާ ފެންކޭސްތަކެއ ވަގަށް ނެގި މައްސަލައެއް ކަމަށެވެ. އެގޮތުން މި މައްސަލަ ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެހެންކަމުން މި މައްސަލައާއި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ […]

ޑޮނަލްޑް ޓްރަމްޕްގެ ރަނިންގ މޭޓް އިއުލާން ކުރައްވައިފި

އެމެރިކާގެ ރައީސް ކަމަށް ދެވަނަ ފަހަރަށް ކުރިމަތި ލައްވާފައިވާ ޑޮނަލްޑް ޓްރަމްޕް އޭނާގެ ރަނިންގ މޭޓްގެ ނަން އިއުލާން ކުރައްވައިފިއެވެ. ޓްރަމްޕްގެ ރަނިންމޭޓްގެ ނަން އިއުލާން ކުރައްވާފައިވަނީ މިހާރު ކުރިޔަށްދާ ރިޕަބްލިކަންޕާޓީ ގެ ކޮންވެންޝަންގައެވެ. އަމިއްލަ ސޯޝަލްމީޑިއާ ޕްލެޓްފޯމް ޓްރުތު ސޯޝަލްގައި ލިއުއްވަމުން ޓްރަމްޕް އިއުލާން ކުރައްވާފައިވާ ގޮތުގައި މަގާމަށް ކުފޫހަމަވާ އެތައް ބައެއްގެ މަސައްކަތާ ކާމިޔާބީ އާމެދު ވިސްނެވުމަށްފަހު އެންމެ އެކަށީގެންވާ ކަމަށް ނިންމެވީ އޮހައިއޯ ސްޓޭޓް ގެ ސެނެޓަރ ޖޭ.ޑީ ވޭންސް ކަމަށެވެ. ދެ […]

އިމްރާންޚާނުގެ ކައިވެނީގެ މައްސަލައިން ސަލާމަތްވިޔަސް ޖަލުން މިންޖެއްނުވި

އިސްލާމް އާބާދުން ރޮއިޓާރސްގެ ޚަބަރުގައި މިއަދު ބުނެފައިވަނީ އިމްރާން ޚާނުގެ ތިންވަނަ އަނބިކަނބަލުން ބުޝްރާ ޚާން ( ބުޝްރާ ބީ ބީ ) އާއެކު ކުރެއްވި ކައިވެނި އިސްލާމީ ޝަރީއަތާ ޚިލާފު ކަމަށް ކަނޑައަޅައި ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ފެބްރުއަރީމަހުގެ ތެރޭގައި ކޮށްފައިވާ ހުކުމްގެ އިސްތިއުނާފް ޝަރީއަތުގައި ޕްރޮސެކިއުޝަނުން މައްސަލަ ސާބިތުކޮށް ނުދެވުމުން އިސްތިއުނާފް ކޯޓުން އެ މައްސަލަ ބާތިލު ކޮށްލައިފިއެވެ. އަދި އެހެން މައްސަލައެއްގައި ޖަލު ހުކުމް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިނުވާނަމަ އެ […]

އޮންލައިން ލައިބްރަރީއަކާއެކު އިސްލާމިކް މިނިސްޓްރީގެ އައު ވެބްސައިޓް ޖުލައި 26 ގައި ލޯންޗު ކުރަނީ

އޮންލައިން ލައިބްރަރީއަކާއެކު އިސްލާމިކް މިނިސްޓްރީގެ އައު ވެބްސައިޓް ޖުލައި 26 ގައި އިފްތިތާޙު ކުރަން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް މިރޭ ވިދާޅުވީ މި މަހުގެ 26 ވަނަ ދުވަހު އެ މިނިސްޓްރީގެ އައު ވެބްސައިޓް އިފްތިތާހު ކުރާނެ ކަމަށެވެ. އެގޮތުން މި ވެބްސައިޓުގައި އޮންލައިން ލައިބްރަރީއެއް ހިމެނޭނެ ކަމަށާއި އެ ފޮތްތައް ޑައުންލޯޑް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ. އަދި 2008 ފެށިގެން މިހާތަނަށް އެ މިނިސްޓްރީން ނެރެފައިވާ ހުރިހާ އިސްލާމިކް ރެފެރެންސް […]

ފުލުހުންގެ ބެލުމުގެދަށަށް ގެނައުމުގެ ތެރޭގައި މީހަކަށް އަނިޔާވެގެން ފަރުވާދެނީ

Maldives Dhivehi News

ފުލުހުންގެ ބެލުމުގެދަށަށް ގެނައުމުގެ ތެރޭގައި މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.  ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ ފުލުހުންގެ ބެލުމުގެދަށަށް ގެނައުމުގެ ތެރޭގައި 38 އަހަރުގެ ފިރިހެނަކަށް އަނިޔާވެ އައިޖީއެމެއެޗުގައި މިވަގުތު ފަރުވާދެމުންދާ ކަމަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ޑްރަގް ކޯޓްގެ އަމުރެއްގެ ދަށުން އެ ކޯޓަށް މާދަމާ 1:00 ޖަހާއިރަށް ހާޒިރު ކުރުމަށެވެ. މީގެ އިތުރުން ޝިފާން ވިދާޅުވީ މިހާދިސާ ގައި ފުލުހުން ޢަމަލުކުރިގޮތާއި މެދު އާއިލާގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރިކަމަށް […]

އިސްރާއީލާއެކު ސުލްޙައިގެ ވާހަކަ ދައްކަން ދެން ބޭނުމެއްނޫން

ޙަމާސްގެ ކޮމާންޑަރ މުޙައްމަދު ދާއިފްއަށް އަމާޒުކޮށް އިސްރާއީލުން ޙަމަލާ ދިނުމަށްފަހު ދެން އިސްރާއީލާއެކު ދައްކާނެ ސުލަޙައިގެ ވަހަކައެއް ނޯންނާނެ ކަމަށް ޙަމާސްގެ އިސް އޮފިޝަލަކު ވިދާޅު ވެއްޖެއެވެ. ޙަމާސްގެ އެހެން އޮފިޝަލަކު ވިދާޅުވެފައި ވަނީ އިސްރާއީލުގެ ޙަމަލާގައި މުޙައްމަދު ދާއިފް އަށް އެއްވެސް ހާނީއްކައެއް ލިބިވަޑައިގެންފައި ނުވާކަމަށެވެ. އަދި އެމަނިކުފާނު މިހާރުވެސް ގެންދަވަނީ އެ މަނިކުފާނަށް ޚާއްސަކުރެވިފައިވާ މަސްޢޫލިއްޔަތު އަދާކުރައްވަމުން ކަަމަށެވެ.                 ފަލަސްތީނުގެ ވިއްސިވިހާލި ކޮށްލާފައިވާ ރައްޔިތުންނަށް އަމާޒުކޮށް ހޮނިހިރު ދުވަހު އިސްރާއީލުން ދިން އިތުރު ވަރުގަދަ […]

އެޗްއާރްސީއެެމްގެ މެންބަރު ކަމަށް އައްޔަން ކުރަން ހަބީބްގެ ނަން މަޖިލީހަށް ފޮނުވައިފި

އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ. ރައީސް ޑރ. މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ އެޗްއާރްސީއެމްގައި ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރަން ރައީސް އޮފީހުން ކުރި އިއުލާނަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ނަމެއް ހުށަހަޅުއްވާފައިވާނެ ކަމަށެވެ. އެ މަގާމަށް އައްޔަންކުރަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް މަޖިލީހަށް ފޮނުއްވީ ހަބީބްގެ ނަން އެކަންޏެވެ. މަޖިލީހުން ވަނީ […]