ހޫތީންގެ ހަމަލާގައި ތެޔޮ ޓޭންކަރެއްގައި ރޯކޮށްލައިފި

ހޫތީ މުޖާހިދުންގެ މީޑިއާ (އެމްއެމްވައި)އަށް ތިލަކޮށްލާފައި ވީޑިއޯއެއްގައި ރެޑްސީގެ  ތެރެއިން ރޯކޮށްލާފައިވާ ތެޔޮ ޓެންކަރެއްގެ ފޮޓޯތައް ހާމަކޮށްފިއެވެ. ހޫތީ މުޖާހިދުން އާރމްޑް ފޯސަސްގެ ޑިރެކްޓަރުގެ އޮފީހުން އަމީން ހައްޔާން ވިދާޅުވެފައިވަނީ ގާތްގަނޑަކަށް 750 ފޫޓު ދިގު އެއްލައްކަ ޓަނުގެ ސާފު ނުކުރާ ތެޔޮއުފުލާ ޓޭންކަރ ކިއޯސް ލަޔަން އަށް ޙަމަލާދޭންޖެހުނީ އިސްރާއީލުން ގަދަބަދަވިކަމުން އަތުލައިގެންފައިވާ ފަލަސްތީނުގެ ބަނދަރަކަށް ދަތުރު ކުރުމަށް އެ ބޯޓުގެ ވެރިފަރާތުން އަންގާފައިވާތީއެވެ. އަދި އެބޯޓަށް ޙަމަލާދީފައިވާނީ ޑްރޯން ބޭނުން ކޮށްގެންނެވެ. މުޖާހިދުންގެ ވީޑިއޯގައި […]

ވެރިޔަކު މަސްވެރިންލައްވާ އިންޖީނުގެތައް ހިންގުމުގެ ހިތި ނަތީޖާ

ދިވެހީންގެ ލޭނާރަކީ ނުވަތަ މައިބަދައަކީ މަސްވެރިކަމެވެ. އަހަރުމެންގެ ކާބަފައިން ދިންހާ އަވީގައި ވެހުނުހާ ވާރޭގައި މަސްވެރިކަން ކޮށް އުޅުނީ ވަރަށްވެސް ދަތި ޙާލުގައެވެ.  މިޒަމާނުގައި ކާބަފައިން އެކުރެއްވި ބުރަ މަސައްކަތުގެ ޒައްރެއްގެ މިންވަރުވެސް އިޙްސާސް ނުކުރެވޭނެއެވެ. ވާނީވެސް އެހެން ނޫންތޯއެވެ.މަސްދޯނި ފަހަރުގައި 1974ގައި އިންޖީނު އެޅުނު ހިސާބުން ދިވެހި މަސްވެރިން ކުރަމުން އައި ހިތްދަތި ތަޖުރިބާ ހަނދާނުން ފުހެވިއްޖެކަހަލައެވެ. ކާބަފައިން މަސްވެރިކަން ކުރީ ރިޔަލު ދޯނި ފަހަރުގައެވެ. ވިއްސާރައިގެ ގަދައިގައި ޖެހިއްޖެނަމަ ރިޔާ ހަލާކުވެ އާ ރިޔަލެއް […]

އެމެރިކާއިން ފިއްތުން ކުރިމަތިކޮށްގެން އީރާން އިސްދަށަށް ނުޖެއްސޭނެ

 އީރާނުން ބޭނުން ވަނީ ހުރިހާ ޤައުމަކާއި އެކުގައި އެކުވެރިކަމުގެ ގުޅުމެއް ބާއްވަން ކަމަށާއި އެމެރިކާއިން ވިޔަސް ނުވަތަ އެހެން ޤައުމަކުންވިޔަސް އީރާނުން ކަންތައް ކުރަންޖެހޭނެ ގޮތް ބުނެދީ ބިރުދައްކަން އުޅުމަކުން އީރާނުން އިޖާބަ ނުދޭނެ ކަމަށް އަލަށް އިންތިޚާބު ކުރެވުނު އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅު ވެއްޖެއެވެ. އެ މަނިކުފާނު ވިދާޅުވީ އީރާނަށް ފިއްތުން ކުރިމަތިކޮށްގެން އިސްދަށަށް ނުޖެއްސޭނެ ކަމަށެވެ.                                                    މިދިޔަ ހުކުރުދުވަހުގެ އީރާނުގެ ރަސްމީ ނޫސް ތެހެރާން ޓައިމްސްގައި އެ މަނިކުފާނު ލިއުއްވާފައިވެއެވެ. މިއީ […]

ޕާކިސްތާނު ހައި ކޮމިޝަނުން އިސްލާމިކް މިނިސްޓްރީއަށް 10 ކޮމްޕިއުޓަރާއި 7 ލެޕްޓޮޕް ހަދިޔާ ކޮށްފި

ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް 10 ކޮމްޕިއުޓަރު ސިސްޓަމާއި 7 ލެޕްޓޮޕް ހަދިޔާ ކުރައްވައިފިއެވެ. މި ސާމާނު ހަދިޔާ ކުރެއްވުމަށް މިއަދު ހެނދުނު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ޕާކިސްތާން އެމްބަސީގެ ފަރާތުން މި ސާމާނު ހަވާލުކޮށްދެއްވާފައި ވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ފައްޔާޒް ގިލާނީއެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސާމާނާއި ހަވާލުވެލައްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު […]

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ހަތް މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ހަތް މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހުޅުމާލޭގެ ދެ އެޕާޓްމަންޓަކާއި ދެ ކާރު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައި ވެއެވެ. އެގޮތުން ބަލައިފާސްކުރުމުގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1085.71 ގްރާމު ކަމަށް […]

ޓްރަމްޕުގެ އިޚްތިޔާރީ ނައިބު ރައީސް އިއުލާނު ކުރެއްވުން ޔޫރަޕުގެ ސިހުމަކަށް

ބްރަސެލްސްއިން އިއްޔެ ރޮއިޓާސް ޚަބަރުގައި ބުނެފައިވަނީ ޓްރަމްޕުގެ އިޚްތިޔާރީ ނައިބު ރައީސް ސެނެޓަރ ޖޭޑީ ވޭންސް އިއުލާނުކުރެވުމާ ގުޅިގެން މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައި ވެސް ޔޫކްރެއިނަށް އެމެރިކާއިން އެހީވެދިނުމަށް ދެކޮޅު ހައްދަވައި އަދި ޔޫރަޕަކީ ވެސް އެމެރިކާއަށް ބަލަދު އަރާފައިވާ ތަނެއް ނޫންކަން ދޭހަވާ މޭރުމަކުން ޖޭޑީ ވޭންސް ވާހަކަ ދައްކަވާފައިވާތީ ޔޫރަޕުގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސްބޭފުޅުންނަށް ވަރަށް ބޮޑު ސިހުމެއް ލިބި ވަޑައިގެންފި ކަމަށެވެ. އެންމެ ފުރަތަމަ އެ ވާހަކަތައް ދެކެވިފައިވަނީ މިއުނިކްގައި އޮތް […]

ހޯމަދުވަހު އިސްރާއީލުން ގައްޒާގެ ސްކޫލަށް ހަމަލާދިނީ އެމެރިކާގެ ހަތިޔާރުން

ސީއެންއެންގެ މިއަދު ހެނދުނު ޚަބަރުގައި ބުނެފައިވަނީ މެދުތެރޭ ގައްޒާގެ ނުސައިރަތު އަވަށުގައި ހުންނަ ސްކޫލް ސަރަހައްދަށް އިސްރާއީލުން ދިން މިސައިލް ހަމަލާގައި 22 މީހުން މަރުވެފައިވާއިރު, އެ ހަމަލާގައި އިސްރާއީލުން ބޭނުންކޮށްފައިވަނީ އެމެރިކާއިން ދީފައިވާ ހަތިޔާރުކަން ހަތިޔާރާ ބެހޭ ތަޖްރިބާކާރުން ސީއެންއެންއަށް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. ކުރިން ސްކޫލަކަށް ބޭނުން ކުރަމުން ދިޔަ އެ އިމާރާތުގައި އެވަގުތު އެތައް ބަޔަކު ހިޔާވަހިކަން ލިބިގަންނަމުން ދިޔަކަމަށާއި 2 މިސައިލެއް އެ އިމާރާތަށް އަމާޒު ވެފައިވާކަމަށް ވެސް ޚަބަރުގައި ބުނެފައިވެއެވެ. […]

ހައްޔަރު ކުރުމުގެ ތެރެއިން މީހަކަށް އަނިޔާވެފައި ވަނީ ފިލަން އުޅެނިކޮށް ވެއްޓިގެން:ފުލުހުން

Maldives Dhivehi News

ފުލުހުން ބަލަމުން ދާ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މުޙައްމަދު ޖަމީލް/މ. ދޯޅަބުގެ(38އ) ހައްޔަރު ކުރަން އުޅުމުގެ ތެރެއިން އޭނާ އަށް އަނިޔާވެފައި ވަނީ ހައްޔަރު ކުރަން އުޅުމުން ފިލަން އުޅުމުގެ ތެރޭގައި ވެއްޓިގެން ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައި ވަނީ މިކަމާއި ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ. އެގޮތުން ފުލުހުން ނެރުނު ނޫސް ބަޔާނުގައި ބުނީ އޭނާއަށް އަނިޔާވެފައި ވަނީ، މި މަހުގެ 15 ވަނަ ދުވަހު14:15 ހާއިރު ފުލުހުން […]

ގަވަރުނަރު ވަކިކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

 އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަޤާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ. މި ނިންމުން ފާސްކޮށްފައި މިވަނީ ގަވަރުނަރު މަޤާމުން ވަކިކުރަން މަޖިލީހުން ހިންގާ މައްސަލައިގައި ޖަވާބުދާރީވާން، މާލިއްޔަތު ކޮމިޓީއަށް މިދިޔަ ތިން ދުވަހު ވެސް ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާތީ ހާޒިރުވެވަޑައިގެންފައި ނުވާތީ، ލިޔުމުން ފޮނުއްވި ޖަވާބަށް ރިއާޔަތްކުރުމަށްފަހުއެވެ. ގަވަރުނަރު މަޤާމުން ވަކިކުރުމަށް ހުށަހެޅުއްވީ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ރައީސް އަހްމަދު ނާޒިމް އެވެ. […]

ސެޓަލައިޓެއް ލޯންޗް ކުރުމަށާ ޗާގޯސް މައްސަލައިގައި އިންޑިޔާއިން މޮރިޝަސްއަށް އެހީވަނީ

މޮރިޝަސް އިން ސެޓަލައިޓެއް ލޯންޗް ކުރުމަށް އެހީވާނެކަން އިންޑިޔާއިން އިއުލާން ކޮށްފިއެވެ. މިކަން އިއުލާން ކޮށްފައިވަނީ އިންޑިޔާގެ އެކްސްޓަރނަލް އެފެއާސް މިނިސްޓަރ ޑޮކްޓަރ އެސް ޖައިޝަންކަރު އެގައުމަށް ކުރެއްވި ދަތުރު ފުޅެއްގައެވެ. މިޕްރޮޖެކްޓްގެ ޕްލޭނިންގ ޑޮކިއުމަންޓް ގައި މިހާރު އިންޑިޔާގެ ސްޕޭސް ރިސަރޗް އޯގަނައިޒޭޝަން (އައި.އެސް.އާރު.އޯ) އާއި މޮރިޝަސްގެ ސްޕޭސްއާބެހޭ އިދާރާ އާއި ދެމެދު ސޮއިކޮށްފައިވާކަން ވެސް ވަނީ ހާމަ ވެފައެވެ. މިކަން ވަނީ މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖުގްނޯތުވެސް   ކަށަވަރު ކޮށްދެއްވާފައެވެ. އައު ސެޓަލައިޓްގެ […]