ގަވަރުނަރު ވަކިކުރަން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ،އެމްއެމްއޭގެ ގަވަރުނަރު ކަމުން އަލީ ހާޝިމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. ގަވަރުނަރު މަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއަށް ލަފާ އެރުވުމަށް ހުށަހެޅުއްވީ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ރައީސް އަހްމަދު ނާޒިމް އެވެ. އެގޮތުން ގަވަރުނަރު ވަކިކުރަން ރައީސަށް ލަފާ އަރުވަނީ ޤައުމުގެ އިގުތިޞާދު ހީނަރުވެ، އަލުން އަނބުރާ އިޔާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި […]

ކުޅިވަރު ކުރިއެރުވުމަށް މިހާތަނަށް ރާއްޖޭގެ ތާރީޚު ނުދެކޭހާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރާނަން: ރައީސް

ކުޅިވަރު ކުރިއެރުވުމަށްޓަކައި މިހާތަނަށް ރާއްޖޭގެ ތާރީޚު ނުދެކޭހާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ަެަަރައީސް މިހެން ވިދާޅުވީ ”ޕެރިސް 2024 އޮލިމްޕިކްސް“ ގައި ދިވެހިރާއްޖޭގެ ދިދަ އުފުލަން ހަމަޖެހިފައިވާ އެތުލީޓުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން އިތުރު ކުޅިވަރުތަކުގައި އެތުލީޓުން ނުވަތަ ކުޅިވަރުކުޅޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭ ފެންވަރަށް ރާއްޖޭގައި […]

ވޭތުވެދިޔަ 8 މަސްތެރޭ ޗައިނާއަށް ދަތުރުކުރި މި ސަރުކާރުގެ ވެރިންގެ އަދަދު 14 އަށް

ވޭތުވެދިޔަ 8 މަސްތެރޭގައި ޗައިނާއަށް ދަތުރުކުރި މިސަރުކާރުގެ އޮފިޝަލުންގެ އަދަދު 14 އަށް އަރައިފެެއެވެ. ެއެގޮތުން 15 ޑިސެމްބަރ 203 ގަައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ޗައިނާއަށް ދަތުރެެއް ކުރެއްވިއެވެ. މީގިތުރުން 08 ޖެނުއަރީ 2024 ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ދަތުރެެއް ކުރެއްވިއެވެ. އެ ދަތުރުފުޅުގައި އަރިހުގައި ގިނަ ވަޒީރުން ހިމެނޭ ގޮތަށް 25 ބޭފުޅުންގެ ވަފުދެއް ވަޑައިގެންނެވިއެވެ. 25 ޖޫންގައި ހެލްތު މިނިސްޓަރ ޑރ. ޚަލީލު, އިސްލާމިކް މިނިސްޓަރ ޑރ. […]

އަންހެނެއްގެ ބަނޑުން ކިލޯއެއްހާ ބަރުދަނުގެ އިސްތަށިގުޅައެއް ނަގައިފި

ދެކުނު އެމެރިކާގެ ގައުމެއްކަމަށްވާ އިކުއެޑޯގައި ކުރެވުނު ހައިރާން ކުރުވަނިވި އޮޕަރޭޝަނަކަށްފަހު އަންހެނެއްގެ ބަނޑުން ކިލޯއެއްހާ ބަރުދަނުގެ އިސްތަށިގުޅައެއް ނަގައިފިއެވެ. އުމުރުން 24 އަހަރުގެ އަންހެންމީހާގެ ބަނޑުން ނެގި އިސްތަށިގުޅައިގެ ބަރުދަނުއި 907 ގަރާމް ހުރިއިރު ބޮޑުމިނުގައި 16 ވަރަކަށް އިންޗި ހުރި ކަމަށް ވެއެވެ. އިސްތަށިގުޅަ ބޮޑު ކަމުން ބަނޑުގެ ބޭރުން އަތްލުމުންވެސް އެފަދަ އެއްޗެއް އޮތްކަން އިނގޭ ކަމަށް ވެއެވެ. އިސްތަށިގުޅަ ހިމަ ގޮހޮރަށް ދާން ފަށާފައިވީނަމަވެސް 45 މިނިޓްގެ އޮޕަރޭޝަން އަކަށް ފަހު ޑޮކްޓަރުން […]

ޓެލްއަވީވަށް ޔަމަނުގެ ހޫތީން ޑްރޯން ހަމަލާއެއްދީފި 

ޓެލްއަވީވަށް ޑްރޯން ހަމަލާއެއް ދީފައިވާކަމަށް ޔަމަނުގެ ހޫތީ މުޖާހިދުން ބުނެފިއެވެ.  ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޓެލްއަވީވުގެ އެންމެ ބާރުބޮޑު ސަރހައްދަށް އިރާނުން އުފައްދާފައިވާ ލޯންގް-ރޭންޖް ޑްރޯނެއް ވައްޓާލާފައިވާއިރު، މި ހަމަލާގައި އެކަކު މަރުވެ، ހަތަރު މީހަކު ޒަހަމްވެފައިވާކަން އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.  މިގޮތުން، ސޯޝަލް މީޑިއާގައި ދައުރުވި ހަމަލާގެ ފުޓެޖުން ފެންނަގޮތުގައި، ހަމަލާ އައިސްފައިވަނީ ކަނޑުން ކަމުން، އެއަރ ރެއިޑް ސިސްޓަމްތަކަށް ޑްރޯން ފާހަގަކުރެވިފައެއް ނުވެއެވެ. ހަމަލާ ދީފައިވަނީ، އިޒްރޭލުން ލުބުނާނުގެ ހަޒްބުﷲ މުޖާހިދުންގެ […]

އެއަރބަސް އަދި ބޯއިންގް ފްލައިޓްތައް ރައްކާތެރިއެއްނޫން!

އެއަރބަސް އަދި ބޯއިންގްގެ ފްލައިޓްތަކުގެ ރައްކާތެރިކަން ކުޑަވެފައިވާކަމަށް ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓުކޮށްފިއެވެ. ފްލައިޓްތަކުގެ ބައިތައް ހެދުމަށް އަސްލު ޓައިޓޭނިއަމްގެ ބަދަލުގައި، ފަސޭހައިން ލިބެންހުންނަ އަގުހެޔޮ އެހެން މައުދަންތަކާއި، އަސްލުކަމުގެ ސެޓްފިކެޓް ނެތް، ކައުންޓަރފީޓް މައުދަންތައް ބޭނުންކުރާތީ އެއަރބަސް އަދި ބޯއިންގް ފްލައިޓްތަކުގެ ރައްކާތެރިކަން ކުޑަވެފައިވާ މައްސަލައެއް ޔޫއެސް އެއަރ ސޭފްޓީ ރެގިއުލޭޓަރުން ބަލަމުން އަންނަ ކަމަށް ފައިނޭޝަލް ޓައިމްސް އިން ރިޕޯޓުކޮށްފިއެވެ. މިގޮތުން، މިމައްސަލަ ފެންމަތިވެފައިވަނީ ފްލައިޓްތަކުގެ ބައިތައް ހެދުމަށް ބޭނުންކުރި ދަގަނޑުން ”ކޮރޯޝަން ހޯލް“ […]

ދަރިވަރުން ނުކުމެ މުޒާހަރާކުރަނީ،ބަންގްލަދޭޝްގެ މަގުތައް ހަލަބޮލިވެއްޖެ

ބަންގްލަދޭޝްގެ ދަރިވަރުން ކުރަމުންގެންދާ މުޒާހަރާތައް ހޫނުވެ އެގައުމުގެ މަގުތައް ހަލަބޮލިވެއްޖެއެވެ. މިގޮތުން، ބަންގްލަދޭޝްގެ ދަރިވަރުން މުޒާހަރާކުރަމުންދަނީ އަންހެނުންނާއި، ފުދުންތެރިކަން ކުޑަ އާއިލާތަކުގެ މީހުންނާއި، މިނިވަންކަން ހޯދުމަށް ހަނގުރާމަކުރި ސިފައިންގެ އާއިލާތަކަށް އިސްކަންދީގެން ”ރެފަރެންސް-ބޭސްޑް“ އުސޫލަކުން ސިވިލް ސަރވިސް ވަޒީފާ ދޫކުރާ ދޫކުރުން ހުއްޓާލުމަށް ގޮވާލައެވެ. 1971 ވަނަ އަހަރު، ބަންގްލަދޭޝްގެ އަބްޠާލެއް ކަމުގައިވާ ޝެއިޚް މުޖީބުއްރަހްމާން ހެއްދެވި މި އުސޫލުގެ ދަށުން އެ ގައުމުގައި މިއަދު އޮތް 2 މިލިއަން ސިވިލް ސާރވިސް ވަޒީފާގެ ދެބައިކުޅަ އެއްބައި […]

އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކާގުޅޭ ގޮތުން އައިސީޖީން ނެރުނު އެޑްވައިޒަރީ އޮޕީނިއަން އަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

އިރުމަތީ ގުދުސް ހިމެނޭ ގޮތަށް އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް ހިންގާ ސިޔާސަތުތަކާއި އަމަލުކުރާ ގޮތްތަކުގެ ސަބަބުން ޤާނޫނީގޮތުން ނުކުންނަ ނަތީޖާތަކާ ގުޅޭ ގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން އިއްޔެ ނެރުނު އެޑްވައިޒަރީ އޮޕީނިއަން އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް މަރުޙަބާ ވިދާޅުވެފައި ވަނީ މީސްމީޑިއާ މެދުވެރިކުރައްވައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން […]

ކުރީގެ ރައީސް ޓްރަމްޕަށް ދިން ކުއްލި ޙަމަލާ:ފަރީދު ޒަކަރިއްޔާގެ ދުރުމިން

އިއްޔެގެ ވަގުތެއްގައި ސީއެންއެންގެ ޖީ ޕީއެސް ފަރީދު ޒަކަރިއްޔާ ފެނުނީ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ދިން ކުއްލި ޙަމަލާގައި އީރާނާއި ގުޅުން ހުރިކަމަށް އެމެރިކާއަށް ލިބިފައިވާ ސިއްރު މަޢުލޫމާތު ތަކުގެ މައްޗަށް ބިނާކޮށް އީރާނުގެ ޚާރިޖީ ވަޒީރު އަލީ ބާޣެރީ ކާނީ އަށް ފިއްތުން ކުރިމަތި ކުރަމުން ގެންދިޔަ މަންޒަރެވެ. ފަރީދު ޒަކަރިއްޔާގެ ވާހަކައިގާ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ނުރައްކާތެރިކަން މެދުވެރި ވެދާނެކަމުގެ މަޢުލޫމާތު މާކުރިންވެސް އެމެރިކާގެ އިންޓެލިޖެންސަށް އޮތީ ލިބިފައިކަމަށެވެ. އަދި އެއަށްފަހު […]

ކާރަކުން ހަ ކޭސް ބަނގުރާ ފެނުނު މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

ކާރަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ކޭސް ފެނިފައިވާ މައްސަލައާ ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޓަފްޖޮލް މިޔާ (23އ) އެވެ. ފުލުހުން ބުނީ ޓަފްޖޮލް މިއާ ހޯދަމުންދަނީ، 2024 ޖުލައި 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެ ފޭސް ދޭއް ވިނަރެސް ފްލެޓް ކައިރީ އޮތް ހުސްބިމުގައި ބާއްވާފައި އޮތް ކާރަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ކޭސް ފެނިފައިވާ މައްސަލައާ ގުޅިގެން ހައްޔަރު […]