ނިއުމޯނިއާ ޖެހޭގޮތާއި މަގުފަހިވާ ކަންކަން!

ނިއުމޯނިއާ އަކީ ފުއްޕާމޭގައި ޖަރާސީމު އެޅުމެވެ. ނުވަތަ އަރިދަފުސް ހިފުމެވެ. ނިއުމޯނިއާ އަކީ ބައެއް ފަހަރު ފުރާނައަށް ނުރައްކާވެދާނެ ބައްޔެކެވެ. މިއީ ކޮންމެ އުމުރު ފުރައެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. ނިއުމޯނިއާ ޖެހޭ ސަބަބު: ނިއުމޯނިއާ އާންމުކޮށް ޖެހެނީ ބެކްޓީރިޔާ ނުވަތަ ވައިރަސް ތަކުގެ ސަބަބުންނެވެ. ނިއުމޯނިޔާ ޖައްސާ ބެކްޓީރިޔާތަކުގެ ތެރޭގައި ”ސްޓްރެޕްޓަކޮކަސް ނިއުމޯނިއާ“، ”މައިކަޕްލާޒްމާ ނިއުމޯނިއާ“ ފަދަ ޖަރާސީމުތައް ހިމެނެއެވެ. ނިއުމޯނިއާ ޖައްސާ ވައިރަސް ތަކުގެ ތެރޭގައި ”އިންފުލުއެންޒާ އޭ ވައިރަސް“ އަދި ”ރެސްޕިރޭޓަރީ […]

ޑިންގީއެއްގައި ސޯމާލިއާ ބަޔަކު ރާއްޖެއަށް ލައްގައިފި

ޑިންގީއެއްގައި ސޯމާލިއާގެ ބަޔަކު ރާއްޖޭގެ ފަޅުރަށަކަށް ލައްގައިފިއެވެ. އެ މީހުން ލައްގާފައި ވަނީ ނ.ވަވަތި އަށެވެ. މިކަންހާމަކޮށް ފުލުހުން ބުނީ ނ. އަތޮޅު ވަވަތިއަށް މިއަދުގެ ވަގުތެއްގައި ޑިންގީއެއް ސޯމާލިއާ ބަޔަކު ލައްގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން އޭގައި ސޯމާލިއާއަށް ނިސްބަތްވާ ތިން މީހަކު ތިބި ކަމަށް ފުލުހުން ހާމަކުރެއެވެ. ނަމަވެސް މިކަމާއިގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.  

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް, ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ އެކި ހިސާބަށް މިރޭ ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ހއ.އަތޮޅުން ފެށިގެން ބ.އަތޮޅަށް ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ. ސަމާލު ނެރެފައިވަނީ މެންދަމު 2:00 އާ ހަމައަށެވެ. އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ, ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ […]

ފުވައްމުލަކު ޒުވާނަކު ގެއްލިގެން ހޯދާތާ 7 ދުވަސް

ފުވައްމުލަކު ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ޏ.ފުވައްމުލައް، ދިގުވާނޑު / އެފްރޯ އުމުރުން 24 އަހަރުގެ އަޙްމަދު ޢިޔާޝް ވަސީމެވެ. ފުލުހުން މިރޭ ބުނީ އާއިލާއަށް އޭނާގެ ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހު ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ. ފުލުހުން ވަނީ ޢިޔާޝްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް […]

ޗައިނާ އާއި އުތުރު ކޮރެޔާއިން ރަޝިޔާއަށް އެހީވުން އެމެރިކާގެ ސިހުމަކަށް

ސީ އެން އެން ގެ ޚަބަރަށް ޙަވާލާދީ އަލަސަންދްރޯ ގަރޮފަލޯ “ ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމަ އަކީ އެމެރިކާ އާއި ޗައިނާ އިތުރަށް ފެޔަށް ޖެހެމުން ދިއުމުގެ އަސްލު ހެއްޔެވެ؟ “ މިހެން ބުނެ ކުރި ސުވާލަކީ ޙަގީގަތުގައި ރައީސް ޖޯ ބައިޑްން އަށް އަމާޒުކޮށް ކުރި ސުވާލެއް ނޫންކަމަށް ވެއެވެ. އެހެންނަމަވެސް އޭނާގެ މަގްސަދަކަށް ވެފާއޮތީ އެ ސުވާލުގެ ޖަވާބު ހޯދުމެވެ. ހަމަ އެ ސުވާލު ލަފުޒުތައް ބަދަލު ކޮށްލާފައި ޔޫކްރެއިން އާއި ދެކޮޅަށް ބޭނުންކުރަން ޗައިނާއިން […]

ޗައިނާގެ ޕްރިމިއަރއަށް މެލޭޝިޔާއިން ރަތްދޫލައިގެ މަރުޙަބާއެއް

މިދިޔަ ހަފްތާގައި ޗައިނާގެ ޕްރިމިއަރ ލީ ޗިއާންގް ކުއާލާލަމްޕޫރަށް ވަޑައިގަތުމުން އެ މަނިކުފާނަށް މެލޭޝިޔާ ސަރުކާރުން ރަތްދޫލައިން މަރުޙަބާ ދަންނަވައިފިއެވެ. އެ މަނިކުފާނު މެލޭޝިޔާއަށް މި ވަޑައިގަތީ އެ ސަރަޙައްދުގެ ބައެއް ގައުމުތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައެވެ.މެލޭޝިޔާއަށް ކުރެއްވި އެ ދަތުރުފުޅު މައިގަނޑު މަގްސަދަކީ ދެ ގައުމުގެ މެދުގައި އުފެދުނު ސިޔާސީ ގުޅުމަށް ފަންސާސް އަހަރުވުން ފާހަގަ ކުރެއްވުމަށް ކަމުގައި ޚަބަރުގައި ބުނެފައި ވެއެވެ ޕްރިމިއަރ ލީ ޗިއާންގް އަކީ 2015 […]

މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެންް މިއަހަރު 21 މައްސަލަ ހުށަހަޅާފައިވޭ: ފުލުހުން

މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެންް މި އަހަރުގެ މިހާތަނަށް 21 މައްސަލަ ހުށަހަޅާފައިވާ ކަަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެންް މި އަހަރުގެ މިހާތަނަށް 21 މައްސަލަ ހުށަހަޅާފައިވާއިރު, މި މައްސަލަތަކުގައި ހިމެނޭ 6 ފަންކާ، 2 ފޯނު އަދި ފެންމޯޓަރެއް ހޯދައި ހަވާލުކޮށްފައިވާ ކަމަށެވެ. މި މައްސަލަތަކުގެ ތެރޭގައި ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި 2 ފަންކާ ވަގަށް ނެގި މައްސަލައެއް ވެސް ހިމެނެއެވެ. […]

ކުށްކުރުން އިތުރުވުން: ހައްޔަރުކުރާ ގިނަ މީހުންގެ ކުށުގެ ރެކޯޑް އުޅެނީ 50 އިން މަތީގައި

ފަހަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނަވެއްޖެއެވެ. މިފަދަ މައްސަލަތަކުގައި އާންމުކޮށް ހައްޔަރުކުރަނީ އާންމުކޮށް ކުށުގެ ވެށީގައި އުޅޭ މީހުންނެވެ. ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުން އެއިން ގިނަ މީހުންގެ ކުށުގެ ރެކޯޑް އުޅެނީ 50 މަތީގައެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރި ގިނަ މީހުންނަކީ ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންނެވެ. އޭގެތެރެއިން އެކެެއްގެ ކުށުގެ ރެކޯޑުގެ އަދަދަކީ 82 އެވެ. ދެން ހުރި މީހާގެ ކުށުގެ ރެކޯޑު އުޅެނީ […]

ލަދުވެތިކަމަކީ އީމާންތެރިކަމުގެ ތެރެއިންވާ ކަމެއް: ޚުތުބާ

ލަދުވެތިކަމަކީ އީމާންތެރިކަމުގެ ތެރެއިންވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. ޚުތުބާގައި ބުނީ އިސްލާމްދީނަކީ ހުރިހައި ފުރިހަަމަކަމަާއި ރިވެތިކަމެއް އެކުލެވިގެންވާ ދިރިއުޅުމުގެ އެންމެ ފުރިހަމަ ނިޒާމު ކަމަށާއި މަތިވެރި އަޚުލާގުގެ ހުރިހައި ސިފަޔަކަށް މި ދީން މަގުދައްކާ ކަމަށެވެ. އެގޮތުން ލަދުވެތިކަމާއި އިއްފަތްތެރިކަމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ މަތިވެރި ދެ ސިފަ ކަމަށާއި ލަދުވެތިކަމަކީ އަބުރުގެއްލޭފަދަ ކަމެއް ކުރުމަށް ޖެހިލުންވުން ނުވަތަ އެހެން މީހުންނަށް ފާޅުކުރާން ނުކެރޭ ވަކި ސިފައެއް ވަކި ކަމެއް އެހެން […]

ސައިކަލާއެކު މޫދަށް ވެއްޓުނު ޒުވާނަކު ނިޔާވެއްޖެ

ހދ. ނޮޅިވަރަމް ބަނދަރުން ސައިކަލާއެކު މޫދަށް ވެއްޓުނު ޒުވާނަކު ނިޔާވެއްޖެއެވެ. ފުލުހުން މިއަދު ބުނީ އެ ރަށު ބަނދަރުން މީހަކު ސައިކަލާއެކު މޫދަށް ވެއްޓިގެން ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށް ރޭ 9:15 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެގޮތުން ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި އެ މީހާ ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ.   ފުލުހުން ބުނީ މި […]