ބޮޑު ޢީދުގެ އާދަކާދަ ތަކުން ހާސަރެއް

ފަސް ދިހަ އަހަރު ދުނިޔޭގައި ހުރުމުގެ ހެޔޮ ތަޢުފީޤު ލިބުނު އިރު ގިނަކަންކަން ފެނި އެނގިއްޖެއެވެ. ބައެއް ކަންކަން އަލުން އުފަންވެ ދިވެހީންގެ އާދަކާދައަށް ވީތަނެވެ. ދިވެހީންގެ އަމިއްލަ ވަންތަ ސަގާފަތްތައް ނެތި ދިޔުމުގެ ކުލަވަރު އަދި ބައެއް ސަގާފީ ކަންކަން ނެތި ހިނގާދިޔަ ތަނެވެ. ޤައުމުގެ ކަންކަން ރާވާ ހިނގަން ތިއްބެވި ބައެއް ބޭފުޅުންގެ އިހުމާލުންނެވެ. ނުވަތަ ގަޞްދުގައި އެކަންކަން އުވިދިޔަ ދިނީއެވެ. އެހެނީ އެއީ ކަޓު ކުޅިވަރިތައް ކަމަށް ވިސްނައި ދިނީއެވެ. މިސާލަކަށް ކިޔެވުމަށް […]

ކުރީގެ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޕީއެންއެފްގެ ޖަލްސާއެއް މާދަމާރޭ

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާއެއް މާދަމާރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ބުނެފިއެވެ. ޕީއެންއެފްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހު ޖަމާލު ވިދާޅުވީ މާދަމާރޭ އެ ޕާޓީގެ ވަރަށް ފޯރިގަދަ ޖަލްސާއެއް އޮންނާނެ ކަމަށާއި މި ޖަލްސާގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. މިއީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށްފަހު ޕީއެންއެފްއިން ބާއްވާ ފުރަތަމަ ޖަލްސާއެވެ. މަލީހު ވިދާޅުވި ގޮތުގައި މި ޖަލްސާ އޮންނާނީ ޕާޓީގެ އާ އޮފީހުގައެވެ. […]

މިސްކިތެއްގައި ނެށި މައްސަލައިގައި ނަށާ ގްރޫޕެއްގެ މެންބަރަކު ސަސްޕެންޑުކޮށްފި

ރ. މީދޫގެ މިސްކިތެއްގައި ޓިކްޓޮކެއް ކުޅުނު ދަންދާނަ ނަށާ ގްރޫޕްގެ މެންބަރު އެ ގްރޫޕުން ސަސްޕެންޑް ކޮށްފިއެވެ. ދަންދާނަ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ ޢީދު ފާހަގަކުރުމުގެ ގޮތުން ރ. މީދޫގައި ޝޯއެއް ދިނުމަށް އެ ގްރޫޕުން ރ. މީދޫއަށް ކުރި ދަތުރުގެ ތެރޭގައި އެ ގްރޫޕްގެ އަންހެން މެންބަރަކު އެ ރަށު މިސްކިތެއްގެ ތެރޭގައި ޓިކްޓޮކް ވީޑިއޯއެއް ކުޅެފައިވާތީ، އެކަން އެ ގްރޫޕުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ. އަދި ޓިކްޓޮކް ވީޑީއޯ ކުޅެފައިވާ […]

ދަރިކޮޅަށް ނަޒަރެއް

މި ލިޔުމުގައި އަލިއަޅުވައިލަން ގަސްދުކުރަނީ ވަކި ދަރިކޮޅެއްގެ މައްޗަކަށް ނޫނެވެ. އެހެނެއްކަމަކު އަލިއަޅުވައިލާނީ “ދަރިކޮޅު“ މި ލަފުޒުގެ މައްޗަށެވެ. ހަމައެހެންމެ ދިވެހި ބަހުގައި މި ލަފުޒުގެ މާނަ ދޭހަކުރެވޭ ލަފުޒުތަކުގެ މައްޗަށެވެ. ދިވެހި ބަހުގެ މުއްސަނދިކަމުގެ މައްޗަށެވެ. ދުނިޔޭގައި ވާހަކަ ދައްކައި އުޅޭ މައިގަނޑު ބަސްބަހުގެ ގިނަ ލަފުޒުތައް އުފެދިފައިވަނީ އެހެނިހެން ބަސްބަހުގެ ލަފުޒުތަކުން އެހީތެރިކަން ލިބިގެންނެވެ. އެންމެ މުއްސަނދި ބަސްކަމަށް މުޅި ދުނިޔެ ދެކޭ އިނގިރޭސި ބަސް ވެސް މުއްސަނދިވެފައިވަނީ މި ދެންނެވި ހަމައިންނެވެ. ބަހުގެ […]

ހަމާސް ނެތިކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން

ފަލަސްތީނުގެ މުޖާހިދު ހަމާސް ޖަމާޢަތް ނެތިކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިސްރާއީލުންގެ މިލިޓްރީގެ އެންމެ އިސް ތަރުޖަމާނު ރިއަރ އެޑްމިރަލް ޑެނިއަލް ހަގާރީ މިއަދު އެއްބަސް ވެއްޖެއެވެ.  އެސޯޝިއޭޓެޑް ޕްރެސްއިން ރިޕޯރޓް ކޮށްފައިވާ ގޮތުން ޑެނިއަލް ހަގާރީގެ މި އެއްބަސްވުން ވެގެންދިޔައީ އިސްރާއީލް ސަރުކާރު ކަކުލުހުޅުން ދޫވެގެން ބިންމައްޗަށް ވެއްޓުނު ޚަބަރަކަށެވެ. މިހާތަނަށްވެސް އަދި މިހާރުވެސް އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ ބުނަމުން އަންނަނީ އެމީހުންގެ މަގްސަދަކީ ޙަމާސް ވުޖޫދުން ފޮހެލުމެވެ. ދުނިޔޭގެ ކޮންމެ […]

ފިޔޯރީން ކުޑަ ކުއްޖަކު ގެއްލިގެން ހޯދަނީ

ގދ. ފިޔޯރީން ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަނީ ގދ.ފިޔޯރީ/ފިނިވިލާގެ، މަރިޔަމް މީނާލް މުޙައްމަދު 8އ އެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާ ގެއްލުނުކަން ފާހަގަވީ މިއަދު ހަވީރު 17:35 ހާއިރު އެވެ. އެއާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެ ކުއްޖާ ގެއްލުނުކަން ހާމަކޮށް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ފިޔޯރީން ކުއްޖަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓް މިރޭ 7:08 ހާއިރު ލިބިފައިވާ ކަމަށެވެ. އާއިލާއާ ހަވާލާދީ ފުލުހުން […]

ހަނިމާދޫ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހދ.ހަނިމާދޫ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނީ ހަނިމާދޫ ގެއެއްގެ ކޮޓަރީގައި ކުއްޔަށް އުޅޭ މީހަކު ރޭ ކޮޓަރިއަށް ވަންގޮތަށް ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ. އެގޮތުން ގޮސް ބެލިއިރު ހަރަކާތެއް ނެތި އެ މީހާ އެނދުމަތީގައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން އެ މީހާ އެ ރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށާއި ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން […]

އިސްލާމްދީނަށް ފުރައްސާރަކޮށް ’އެކްސް‘ ގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލަނީ

އިސްލާމްދީނަށް ފުރައްސާރަކޮށް ސޯޝަލްމީޑިއާ ޕްލެޓްފޯމް ’އެކްސް‘ ގައި ކޮށްފައިވާ ޕޯސްޓެއްގެ މައްސަލަ ބަލަން ފަށައިފިއެވެ. އިސްލާމްދީނަށް ފުރައްސާރަކޮށް ޕޯސްޓު ކޮށްފައިވަނީ ޢާއިޝަތު ނަޒްހާގެ ނަމުގައި ހަދާފައިވާ އެކައުންޓަކުންނެވެ. “ހިލަގަނޑެއް ވަށައިގެން ބުރުޖަހާފައި އެޔަށް ބެންޑްވެ ބޮސްދިނުން އޯކޭ. އެކަމަކު ޔޯގާ ހަރާމް“ ހައްޖުގެ އަޅުކަމަށް ފުރައްސާރަކޮށް ކޮށްފައިވާ ޕޯސްޓުގައި ވެއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އިސްލާމްދީނަށް ފުރައްސާރަކޮށް އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއް އެ ޚިދުމަތުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ ޕޯސްޓާ […]

އެމެރިކާއިން އިސްރާއީލަށް ދިނީ ނުގޮވާ ހަތިޔާރުތަކެއް:ނަތަންޔާހޫ

ސީ އެން އެން ގެ ޚަބަރުގައި ބުނެފައި ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫ އާންމުކޮށް ބުނަމުން ގެންދާފަދައިން އެމެރިކާއިން އިސްރާއީލަށް ދީފައިވަނީ ނުގޮވާ ހަތިޔާރު ތަކެއް ނޫންކަމަށާއި ނަތަންޔާހޫ ދޮގު ހަދަނީ ކަމަށް މިދިޔަ އަންގާރަދުވަހު ރައީސް ބައިޑްންގެ މަންދޫބު އެމޯސް ހޮކްސްޓެއިން ނަތަންޔާހޫއަށް އެފަދަ ދޮގު ނުހެދުމަށް އަންގައިފިއެވެ. އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ނުދީ ހިފާއްޓަނީއޭ ކިޔައިގެންވެސް ނަތަންޔާހޫ ހައްދަވަނީ ދޮގުކަމަށްވެސް އެމެރިކާގެ ވަރަށް އިސް އޮފިޝަލަކު ސީ އެން އެން އަށް ކިޔާދީފިއެވެ. […]

ހައްޖުގައި މިއަހަރު އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

މިއަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި އުޅެނިކޮށް އެތައްސަތޭކަ މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ ކުރިމަތިވި ގަދަ ހޫނުގެ ސަބަބުންނެވެ. ސައޫދީގެ ހޫނުމިން މިއަހަރު ބައެއް ދުވަސް ދުވަހު 51ޑިގްރީއަށް ވުރެވެސް މައްޗަށް އަރާފައި ވެއެވެ. ވަށައިގެން ހިލަ ފަރުބަދަތައް ހުރުމާއިއެކު ހޫނު އަވަނެއްގެ އިހުސާސް ކުރެވި، ޖެހޭ ވައިރޯޅިވެސް ވަނީ ކެތް ނުކުރެވޭހާ ހޫނުވެފައެވެ. އަރަބި ޑިޕްލޮމެޓަކާ ހަވާލާދީ އޭއެފްޕީން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިސްރުގެ 658 […]