ޕީއެންއެފްއިން މިރޭ ބާއްވާ ޖަލްސާގައި ޔާމީން ވާހަކަފުޅު ދައްކަވާނެ
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން މިރޭ ބާއްވާ ޖަލްސާގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވާހަކަފުޅު ދައްކަވާނެ ކަމަށް އެ ޕާޓީއިން ބުނެފިއެވެ. ޕީއެންއެފްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހު ޖަމާލު ވިދާޅުވީ މިރޭ 20:30 ގައި ބާއްވާ އެ ޕާޓީގެ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ ކަމަށެވެ. މި ޖަލްސާ އޮންނާނީ އެ ޕާޓީގެ އާ އޮފީހުގައެވެ. ޕީއެންއެފްގެ އޮފީސް މިހާރު ހުންނަނީ ރައީސް ޔާމީންގެ ގެކޮޅު ކަމަށްވާ ހ.ދޫވެހި, ފުރަތަމަ […]
ހައްޖުގެ އަޅުކަމުގެ ތެރޭގައި މަދުވެގެން 1،301 މީހުން މަރުވި:ސައޫދީ އަރަބިއްޔާ
މިއަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި މަދުވެގެން 1،301 މީހުން މަރުވެފައިވާ ކަމަށް ސައޫދީ އަރަބިއްޔާ އިން ބުނެފިއެވެ. މަރުވި ގިނަ މީހުންނަކީ ހައްޖު ވުމަށްޓަކައި ގަދަ ހޫނުގައި ހިނގާފައި ސައޫދީ އަށް ދިޔަ މީހުން ކަމަށް ބުނެފައިވެއެވެ.މިއަހަރުގެ ހައްޖު މޫސުން ދިމާވީ ސައޫދީ އަށް އެންމެ ހޫނު ދުވަސްވަރާއެވެ. މިގޮތުން ބައެއް ދުވަސް ދުވަހު 51 ޑިގްރީއަށްވެސް ހޫނުމިން އަރާފައި ވެއެވެ. ސައޫދީގެ ރަސްމީ ނޫސް އެޖެންސީ އެސްޕީއޭ އިން ހާމަ ކޮށްފައިވާ ގޮތުގައި ހޫނު ގަދަވެގެން […]
އަދުރޭގެ މެސެޖު ޔާމީނަށް: “ރާއްޖޭގެ ސިޔާސީ ތާރީޚުގައި ދެން އަޅުގަނޑުމެންނާ ވާދައެއް ނުކުރެވޭނެ“
ރާއްޖޭގެ ސިޔާސީ ތާރީޚުގައި ދެން އެބޭފުޅުންނާ ވާދައެއް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ޖަގަހަ ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޢަބްދުއްރަޙީމް ވަނީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަރިހުގައި މިވަގުތު ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރައްވައިފައެވެ. ޢަބްދުއްރަޙީމް ވިދާޅުވީ މިއަދު ލިބިފައިވާ ނަސީބު ލިބުނީ ވަކި މީހަކަށްވުރެ ގައުމު އިސްކުރުމުން ކަމަށެވެ. “އަޅުގަނޑު މި ދަންނަވަނީ […]
ބަލިމީހުންނަށް ވެސް ފަސޭހަކަމާއެކު ފުލެޓުތަކުގައި ދިރިއުޅެވޭނެ އިންތިޒާމުތައް ހަމަޖައްސަންޖެހޭ
އެކި ސަރުކާރުތަކުން ހުޅުމާލޭގައި 3 ބުރީގެ އެތައް ހާސް ފުލެޓެއް އަޅައި ދީފައިވާއިރު އެެއިން އެއްވެސް ތަނެއްގައި ލިފުޓެއް ނުބަހައްޓައެވެ. އެއީ ޢުމުރުން ދުވަސްވެފައިވާ ބަލި މީހުން އެ ތަންތަނުގައި ދިރިއުޅެފާނެ ކަމަށް ބަލައިގެން ފަރުމާކޮށްފައިވާ ފުލެޓްތަކެއް ނޫންކަން ފެންނަމުންދާ މަންޒަރު ތަކުން އެނގެެއެވެ. އެހެނަސް މި ދެންނެވި ފުލެޓްތަކުގައި ޙާލުދެރަ, ޢުމުރުން ދުވަސްވީ ގިނަ ޢަދަދެއްގެ ބަލިމީހުން ދިރިއުޅެމުން އެބަދެއެވެ. ޢުމުރުން ދުވަސްވީ ގިނަ ބަލިމީހުންނަކީ މުސްކުޅި ބަލީގައި މަރާ ހަނގުރާމަކުރަމުންދާ މީހުންނެވެ. އޭތެރޭގައި ތަފާތު […]
ޢަދުލުވެރިވުމުން ޤައުމަށް ބަރަކާތާއި ކާމިޔާބު ލިބި ޤައުމުގެ ކުރިމަގު އުޖާލާވާނެ: ރައީސް މުޢިއްޒު
ޢަދުލުވެރިވުމުން ޤައުމަށް ބަރަކާތާއި ކާމިޔާބު ލިބި ޤައުމުގެ ކުރިމަގު އުޖާލާވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޕީއެންސީގެ މާލޭގެ މައި ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ކޮންމެ ކަހަލަ ޕްލެޓްފޯމެއް ހަދައިގެން ފާޑު ކިޔަސް ފާޑު ކިޔުން އެ މަނިކުފާނަށް ބަލައިގަނެވޭނެ ކަމަށެވެ. ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ވެރިކަމުގައި ހޭދަވެގެން މިދިޔަ ދުވަސްތަކުގައި ބަދަލު ހިފުމުގެ ގޮތުން އެއްވެސް މީހަކު ހައްޔަރުކޮށްފައި […]
ސޮނާކްޝީއާއި ޒަހީރު ކައިވެނިކޮށްފި
ބޮލީވުޑްގެ ތަރިން ކަމަށްވާ ސޮނާކްޝީ ސިންހާ 37އ އާއި ޒަހީރު އިގްބާލް 35އ ކައިވެނިކޮށްފިއެވެ. މި ދެ ތަރިން ކައިވެނި ކޮށްފައި ވަނީ އިއްޔެ މުމްބާއީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެގޮތުން ސޮނާކްޝީ އާއި ޒަހީރު ވަނީ އެމީހުންގެ ކައިވެނީގެ ޚާއްސަ ވަގުތުކޮޅުގެ އުފާވެރި ފޮޓޯތައް އިންސްޓަގްރާމްގައި ޖޮއިންޓް ޕޯސްޓެއްގައި ހިއްސާކޮށްފަ އެވެ. އެގޮތުން އެ ޕޯސްޓުގެ ކެޕްޝަންގައި ބުނީ ހަމަ މި ދުވަހު، މީގެ ހަތް އަހަރު ކުރިން (23.06.2017) އެކަކު އަނެކެއްގެ ލޮލުން، ލޯބި […]
މާލޭގެ މިސްކިތެއްގެ ތަޅުގައި އަލިފާން ރޯކޮށް ގެއްލުންދޭން މަސައްކަތްކޮށްފި
މާލޭގެ މިސްކިތެއްގެ ތަޅުގައި އަލިފާން ރޯކޮށް އެ މިސްކިތަށް ގެއްލުންދޭން މަސައްކަތްކޮށްފިއެވެ. މިސްކިތުގެ ތަޅުގައި އަލިފާންރޯކޮށް ގެއްލުންދޭން މަސައްކަތް ކޮށްފައި ވަނީ މާލޭ ޖަމީލުދީދީ މިސްކިތަށެވެ. ބެލެވޭގޮތުގައި މިކަންކޮށްފައި ވަނީ މިސްކިތުން ވައްކަން ކުރުމުގެ ބޭނުމުގައެވެ. މާލޭ ސިޓީ ކައުންސިލުން މިރޭ ބުނީ މިސްކިތްތަކުން ވައްކަންކޮށް ތަކެއްޗަށް ގެއްލުންދީ މިސްކިތުގެ ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. މާލޭގެ މިސްކިތެއްގެ ތަޅުގައި އަލިފާން ރޯކޮށް އެ މިސްކިތަށް ގެއްލުންދޭން މަސައްކަތްކޮށްފައިވާއިރު މާލޭ […]
މިއީވެސް ދުނިޔެ ދެކިފައިވާ އަދި ދެކެމުންދާ ދުވަހެކެވެ.
ވެރިކަމާއި އިއްޒަތަކީ އަމާނާތެއް ކަމުގައި ގަބޫލުކުރި އެތައް ވެރިންނަކާއި ޚަލީފާއިން ދުނިޔޭގެ ތާރީޚުގެ ފަތްފުށްތަކުން ފެނިފައި ވެއެވެ. އަދި މިހާރުވެސް މަދުންނަމަވެސް ދަނީ ފެންނަމުންނެވެ. އެ މަގުގައި އެއްބޭފުޅަކަށް ވުރެން ކުރިއަރަން މަސައްކަތް ކުރެއްވި ބޭފުޅުންވެސް މާޒީގެ ތާރީޚުން ފާހަގަ ކުރެވެއެވެ. ބައެއް ބޭފުޅުން އެހެން ބޭފުޅުންނަކީ ނަމޫނާއަކަށް ބައްލަވައި އެބޭފުޅުންގެ ފިޔަވަޅުމަތިން ހިންގެވޭތޯ ބައްލަވާފައި ވެއެވެ. އަޅުގަނޑުމެންގެ އުސްތާޒުންގެ ފިލާވަޅުތަކަށް ބަލާއިރު މި މަގުގައި އަޅުގަނޑުމެންގެ މާތް ނަބިއްޔާއާއި އެކަލޭގެފާނަށްފަހު އިސްލާމްދީނުގެ ހުންގާނުގައި ތިއްބެވި 4 […]
ހިޒްބުއްލާއާއެކު ފުރިހަމަ މާނައިގައި ކުރާ ހަނގުރާމައަކުން ފިލާނެތަނެއް ނުލިބޭނެ
ޙިޒްބުއްލާ އާއެކު ފުރިހަމަ ހަނގުރާމައެއް އިސްރާއީލުން ފަށައިފިނަމަ ފިލަން ވަންނާނެ ތަނެއް ނުހޯދޭނެ ކަމަށް ސައްޔިދު ޙަސަން ނަސްރުލާ ވިދާޅުވެ އިންޒާރު ދެއްވައިފިއެވެ. އަދި އެ އިންޒާރުގައި ސައިޕްރަސްއިން އިސްރާއީލުގެ ބޭނުމަށް އެގައުމުގެ އެއަރޕޯރޓް ހުޅުވާދީފިނަމަ ނަތީޖާ ވަރަށް ހިތިވާނެކަމަށްވެސް ވިދާޅުފައިވެއެވެ. އަހަރެމެން މިތިބީ މާކުރިއްސުރެންވެސް ދުޝްމިނުންނާއި އެކު ފުރިހަމަ މާނައިގާ ކުރެވޭ ހަނގުރާމަ އަކަށް ތައްޔާރު ވެގެންކަން އެމީހުންނަށް އެނގޭނެއެވެ. އަހަރެމެންގެ ރޮކެޓްތަކުގެ ލޮލަށް އިސްރާއީލުގެ ހުރިހާތަނެއް ފެންނާނެއެވެ. ފިލަން އޮންނާނެ ތަނެއް ނުލިބޭނެއެވެ. ސައްޔިދު […]
ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށްފަހު ފިލި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސުމަށްފަހު ފިލައިގެން އުޅުނު މީހާ ހޯދުމަށްފަހު އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ. ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސުމަށްފަހު ފިލައިގެން ގޮސްފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ހުޅުމާލޭގެ ފިލިގަސް މަގުގައި މާރާމާރީ ހިންގުމަށްފަހުއެވެ. އެގޮތުން މި މައްސަލައިގައި ފުލުސް މީހާގެ ގައިގައި ކާރުން ޖެއްސުމަށްފަހު ފިލައިގެން ދިޔަ ދެ މީހުންގެ ތެރެއިން އެކަކު ފުލުހުން ވަނީ ކުރިން ހައްޔަރުކޮށް ބަންދަށް 15 ދުވަސްޖަހާފައެވެ. މީގެ އިތުރުން ދެވަނަ މީހާ […]