ރަޝިޔާގެ ގްލައިޑް ބޮންތަކުން ޔޫކްރެއިންގެ ފްރަންޓްލައިން ފުނޑިގެންދޭ
2024 ވަނަ އަހަރު ފެށުމާއެކު ރަޝިޔާއިން ޔޫކްރެއިނަށް ދެމުންގެންދާ ޙަމަލާތައް ވަނީ އިތުރުކޮށް ވަރުގަދަ ކޮށްފައެވެ. ގްލައިޑް ބޮން ބޭނުންކުރުންވެސް ވަނީ ޢާންމުވެފައެވެ. މިކަން އެސޯޝިއޭޓެޑް ޕްރެސްއަށްވަނީ ޑްރޯން ފުޓޭޖާއި ސެޓެލައިޓް އިމޭޖްތަކުން ކަށަވަރު ކުރެވިފައެވެ. ޔޫކްރެއިންގެ ޚާރކީވުން ޚަބަރުދީފައިވާ ގޮތުގައި ރަޝިޔާގެ ގްލައިޑް ބޮން ތަކުގެ ސަބަބުން ޔޫކްރެއިންގެ ފްރަންޓްލައިން ޝަހަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އެބަ ދެއެވެ. މީޑިއާތަކުން ސިފަކޮށް ދީފައި ވަނީ ރަޝިޔާގެ ޙަމަލާތައް މިކަހަލަ ގޮތަކަށެވެ. ފުރަތަމަ ބޮމުގެ […]
ޚަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތެއް އެކުލަވާލުމަށް ރައީސް ނިންމަވައިފި
ޚަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތެއް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ޚަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓަރމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލުމަށް ރައީސް ނިންމަވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުއެވެ. އެގޮތުން ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިނޭންސްއިން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. ހަމައެހެންމެ ދިވެހިރާއްޖޭގެ އިޤްތިސާދު ސިންދަފާތު ކުރުމަށާއި، އާމްދަނީ އިތުރު ކުރުމަށް އިތުރަށް ކުރެވިދާނެ […]
ގެއްލިގެން ހޯދަމުންދިޔަ 18 އަހަރުގެ ޒުވާނާ ފެނިއްޖެ
މާލެއިން ގެއްލިގެން ހޯދަމުންދިޔަ 18 އަހަރުގެ ޒުވާނާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. މިދިޔަ ހުކުރު ދުވަހުންފެށިގެން ގެއްލިގެން ހޯދަން އިއުލާނު ކުރީ ހުސެއިން ޒިހާން (18އ)/ މާލެ، ހ. ބްލޫޑްރީމް އެވެ. އާއިލާއާ ހަވާލާދީ ފުލުހުން މިއަދު ބުނީ ޒިހާން އެންމެ ފަހުން ފެނިފައިވަނީ ހުކުރު ދުވަހު، އޭނާ ދިރިއުޅޭ ގެއިން ކަމަށެވެ. މިކަމާ ގުޅޭގޮތުން ފުލުހުން ދެންމެ ބުނީ ޙުސެއިން ޒިހާން މާލެއިން ވަނީ ފެނިފައި ކަމަށެވެ. އަދި އޭނާ ފެނުނު އިރު ހާލު […]
މިނިސްޓަރު ޝަހީމް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް
ރަސްމީ ދަތުރުފުޅެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ޗައިނާއަށް ފުރާވަޑައިގަންނަވައިފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މި ދަތުރުފުޅަކީ 24 ޖޫން 2024 އިން 28 ޖޫން 2024 އަށް ޗައިނާގެ ސިންޖިއަންގ ރީޖަންގެ އުރުމްގީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވެލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުގައި ޗައިނާގެ މުހިންމު މިސްކިތްތަކާއި އިސްލާމީ އެކަޑަމީ ތަކަށް މިނިސްޓަރު ޑރ.ޝަހީމް ޒިޔާރަތް ކުރައްވާނެއެވެ. މި ދަތުރުފުޅުގައި ވަޒީރުގެ […]
ކާފަގެ ފިލާވަޅު ފޮތުން ސަފުހާއެއް
އެއްދުވަހަކު ކުޑަ އަންހެން ކުއްޖަކު އޭނަ ކާފަ ކައިރީގައި ބުންޏެވެ. އަޅުގަނޑަށް އިބްރަތަކަށް ވާކަހަލަ ވާހަކަ އެއް ކިޔާދެއްވަ ބައްލަވާށެވެ. ބުނީމަ ކާފަ ބުންޏެވެ. އާނ ވާހަކަ އެއް ކިޔާދީފާނަމެވެ. އެކަމަކު އޭގެ ކުރިން ދަރިފުޅު ކަމެއް ކޮށްދޭން އެބަޖެހެއެވެ. އެކަމަކީ ކާފަ ގެންގުޅޭ އަސްދޫންޏެއް ރަން ބިހުގެ ހަ ބިސް އަޅައިފި ކަމަށް ހިސާބު ގަނޑު އަވަށްޓެރިން ކައިރީ ގޮސް ބުނެދިނުމެވެ. ކާފަ އެގޮތަށް ކަންތައް ކުރަން ބުނީ ކިއްވެގެންކަން ނޭނގުނު ނަމަވެސް އެކުއްޖާ ކާފަ […]
އާރްމީނިއާއިން ފަލަސްތީނުގެ ދައުލަތް ރަސްމީގޮތުން ގަބޫލުކޮށްފި
މިދިޔަ ހުކުރު ދުވަހު އާރްމީނިއާއިން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކޮށްފިކަން އެގައުމުގެ ޚާރިޖިއްޔާއިން އިޢުލާން ކޮށްފިއެވެ. އިސްރާއީލުން ދެކޮޅު ހަދަމުން ގެންދަނިކޮށް އާރްމީނިއާ ވެގެން މިދިޔައީ މިހާތަނަށް ފަލަސްތީނުގެ މިނިވަން ދައުލަތް ރަސްމީގޮތުން ގަބޫލުކުރިކަން އިޢުލާންކުރި އެންމެ ފަހު ގައުމުކަމަށެވެ. އަރްމީނިއާ ހިމެނިފައިވަނީ މިހާރު ހިންގަމުންދާ އިސްރާއީލް- ފަލަސްތީނުގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޔޫ އެން. ފާސްކުރި ގަރާރަށް ތާއީދުކުރުމާއި އެކު ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރަމުން ގެންދާ ގައުމުތަކުގެ ތެރޭގައިކަން ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ. […]
ކޮވިޑް ވެކްސިން ޖަހައިގެން ބަޔަކު މަރުވެފައިވޭ, ތަޙުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ: މުހައްމަދު އިބްރާހިމް
ކޮވިޑް19 އަށް ތައްޔާރު ކުރި ވެކްސިން ޖަހައިގެން ދިވެހިރާއްޖެއިންވެސް ބަޔަކު މަރުވެފައިވާ ކަމަށާއި އެ ކަންކަން ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ. މެންބަރު އިބްރާހިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތު ބިލަށް ބަހުސް ކުރައްވަމުންނެވެ. އެގޮތުން އޭނާ ވިދާޅުވީ ކޮވިޑަށް ތައްޔާރު ކުރި ވެކްސިން ޖަހައިގެން ރާއްޖެއިން ބަޔަކު މަރުވި ކަމަށެވެ. ކޮވިޑުގެ މަރުތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކުރެވި އޮތުމުން ވަރަށް […]
ބަރޑް ފްލޫ އިތުރަށް ފެތުރެނީ
ފަސޭހައިން އަރާ އޭވިއަން އިންފްލުއެންޒާ އެއްކަމަށްވާ ”ބަރޑް ފްލޫ“ އެމެރިކާގައި އިތުރަށް ފެތުރެމުންދާކަމަށް ޚަބަރު ލިބެއެވެ. މިގޮތުން އެމެރިކާގެ 31 ސްޓޭޓް އެއްގައި ބަލި ފެތުރޭ މިންވަރު އިތުރު ވެފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ.ގެރިބަކަރި، ކުކުޅާއި ހާލާއި އަސްދޫނީގެ އިތުރުން ވަލުގައި އުޅޭ ދޫންޏަށް އެކަނި ޖެހޭކަމަށް ބެލުނު ދޫނިރޯގާގެ ވައިރަސް މިހާރު އެމެރިކާގެ 31 ސްޓޭޓަކަށް ފެތުރިފައިވާއިރު ދޫނީގެ އިތުރުން ބުޅަލާ ކުއްތާ ފަދަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު ތަކަށްވެސް ބަލި ޖެހެމުން ދާކަމަށް ޚަބަރު […]
މާލެއިން 18 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަނީ
މާލެއިން 18 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދަނީ ހުސެއިން ޒިހާން (18އ)/ މާލެ، ހ. ބްލޫޑްރީމް ކަމަށެވެ. އާއިލާއާ ހަވާލާދީ ފުލުހުން ބުނީ ޒިހާން އެންމެ ފަހުން ފެނިފައިވަނީ ހުކުރު ދުވަހު، އޭނާ ދިރިއުޅޭ ގެއިން ކަމަށެވެ. އެހެންކަމުން ފުލުހުން ވަނީ ޒިހާންއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކުރަން އެދިފައެވެ.
އީލޯން މަސްކްއަށް އިތުރު ދަރިއަކު ލިބިއްޖެ
ދުނިޔޭގެ މަޝްހޫރު ބިލިއަނަރ އީލޯން މަސްކް އަށް އިތުރު ދަރިއަކު ލިބިއްޖެ އެވެ. މިފަހަރުގެ ދަރިފުޅު ވިހާފައިވަނީ ނިއުރަލިންކް ގެ ޑިރެކްޓްރެއް ކަމަށްވާ ޝިވޯން ޒިލިސް އެވެ. ދަރިފުޅު ލިބިފައިވަނީ މިއަހަރުގެ ކުރީ ކޮޅު ނަމަވެސް މީޑިޔާއަށް މިކަން ހާމަވެފައިވަނީ ވަރަށް ފަހުންނެވެ. ޖޫން 23 ވީ އާދީއްތަ ދުވަހު ”ޕޭޖް ސިކްސް“ އާއި ވާހަކަ ދައްކަމުން މަސްކް ބުނީ އޭނާ އެކަން ސިއްރު ނުކުރާ ކަމަށާ އޭނާގެ ފެމިލީ އާއި ރައްޓެހިން ނަށްވެސް އެނގޭ ކަމަށެވެ. […]