ކުޅުދުށްފުށި އިލާ ކްލިނިކުން ވައްްކަން ކުރި މީހާ ހައްޔަރުކޮށްފި
ކުޅުދުށްފުށި ސިޓީ އިލާ ކްލިނިކުން ވައްކަންކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ކުޅުދުށްފުށީ އިލާ ކްލިނިކުން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ. ކްލިނިކުން ވަގަށް ނެގި ތަކެތި ހޯދުމަށް ކުޅުދުށްފުށީ ފުލުހުން ކުރި މަސައްކަތުން އިއްޔެ އެ ތަކެތި ހޯދައި ވެރި ފަރާތާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ މި މައްސަލަ […]
އެޕްރިކޮޓް: މީރުކަމާ އެއްވަރަށް ސިއްހަތަށްވެސް ފައިދާހުރި މޭވާއެއް!
އެޕްރިކޮޓް އަކީ އަނގަޔަށް މީރު ހުތް ފޮނި މޭވާ އެކެވެ. މިއީ ކައްކައިގެންނާއި، ޖޭމްގެ ގޮތުގައި ތައްޔާރުކޮށްގެންނާއި، ރޯކޮށްހުއްޓައި، އަދި ހިއްކައިގެންނާއި، ދަޅުގައި ބަންދުކޮށްގެން ވެސް ކައިއުޅޭ މޭވާއެކެވެ. ނަމަވެސް ޞިއްޙީ ގޮތުން އެންމެ ފައިދާ ބޮޑީ ހިއްކައިގެން ބޭނުންކުރުމުންނެވެ. 5 ކިލޯގެ ތާޒާ އެޕްރިކޮޓް ބޭނުންކޮށްގެން އުފެއްދެނީ އެންމެ ކިލޯއެއްގެ ހިކި އެޕްރިކޮޓެވެ. މިސަބަބަށްޓަކައި، ކާނާގެ ބާވަތްތައް ހިމެނޭ މިންވަރު ހިއްކާފައި ހުންނަ، އެޕްރިކޮޓްގައި ގިނަވާނެ އެވެ. ހިއްކާފައި ހުންނަ އެޕްރިކޮޓަކީ ތަތް އެއްޗެއްކަމުން މިފަދަ […]
ޢީދު މިސްކިތުން ވައްކަން ކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި
މާލޭ ޢީދު މިސްކިތުން ވައްކަން ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. މިކަންހާމަކޮށް ފުލުހުން މިއަދު ބުނީ މާލޭ ޢީދު މިސްކިތުން ވައްކަން ކުރާ މައްސަލާގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަކަށް ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ […]
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި
މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް އަލުން ފަށައިފިއެވެ. މި މަސައްކަތްތައް ވަގުތީ ގޮތުން ކުރިން ހުއްޓާލާފައި ވަނީ ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުންދާކަމަށް ފާހަގަކުރެވިގެން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އީޕީއޭގެ އާއްމު އިއުލާނަކުން އޭރު އެންގުމާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 23 ހެކްޓަރުގެ ބިން ހިއްކާފަ އެވެ. އެޗްޑީސީން […]
މަގުމަތީ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމަށް“މާލެ ފަހި ޕްރޮގްރާމް“ ފަށަން ކެބިނެޓުން ފާސްކޮށްފި
ގްރޭޓަރ މާލެ ސަރަހައްދުގައި، މަގުމަތީގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއްހޯދުމަށް، ”މާލެ ފަހި ޕްރޮގްރާމް“ އާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ދެއްވާފައިވާ ލަފާފުޅުތަކާއި އެއްގޮތަށް އެ ޕްރޮގްރާމް ތަންފީޒުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މުޢިއްޒު މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ ”މާލެ ފަހި […]
އިނގިރޭސިބަސް ކިޔަވައިދޭ މުދައްރިސުންގެ ކިޔަވައިދިނުމުގެ ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން ޘާނަވީ މަރުޙަލާގެ އިނގިރޭސި ކިޔަވައިދިނުން ހަރުދަނާ ކުރުމަށް ކުރިއަށް ގެންދާ ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީ.އޯ.ޓީ) ޕްރޮގްރާމް އިއްޔެ ފަށައިފިއެވެ. އެން.އައި.އީ ސެމިނަރ ރޫމުގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމް ރަސްމީ ކޮށް ފައްޓަވައިދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. އަޙުމަދު މުޙައްމަދެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤުޞަދަކީ، ޘާނަވީ މަރުޙަލާގެ އިނގިރޭސި މާއްދާގެ މަންހަޖަށް ގެނެވުނު ބަދަލުތަކަށް މުދައްރިސުން އަހުލުވެރިކުރުމާ، ޒަމާނީ ކިޔަވައިދިނުމުގައި މިހާރު ބޭނުންކުރެވޭ […]
ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ބަކާގެ ހާލު ގޯސްވެ އައިސީޔޫގައި ފަރުވާދެނީ
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުޙައްމަދު ޢާރިފް (ބަކާ) ގެ ހާލު ގޯސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު މީގެ ދެދުވަސް ކުރިން ރާއްޖެ އައި ބަކާއަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އުމުރުން 38 އަހަރުގެ ބަކާގެ ހާލު ސީރިއަސްވީ ގަދަޔަށް ހުންއައިސްގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ބަކާ މިހާރު އޮތީ ވެންޓިލޭޓަރުގައެވެ. ޑޮކްޓަރުންނާ ހަވާލާދީ ބަކާގެ ގާތް މީހަކު މައުލޫމާތު ދިން ގޮތުގައި ބަކާގެ […]
ގެއްލިގެން ހޯދި ފުވައްމުލަކު ޒުވާނާ ފެނިއްޖެ
ގެއްލިގެން ހޯދަމުންދިޔަ ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ޒުވާނާ ފެނިއްޖެއެވެ. ގެއްލިގެން ހޯދަމުންދިޔައީ ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަޙްމަދު ޢިޔާޝް ވަސީމް (24އ) އެވެ. ފުލުހުން މީގެ ކުރިން ބުނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ޢިޔާޝްގެ އާއިލާއަށް ޚަބަރެއްނުވާތީ އޭނާ ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ. އެގޮތުން މިކަމަށް އިޝާރާތްކޮށް ފުލުހުން މިރޭ ބުނީ އަޙްމަދު ޢިޔާޝް ވަސީމް އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް […]
ރައީސް ޑރ.މުޢިއްޒު އެ ވިދާޅުވާ ދުޅަހެޔޮކަމެއް އިގުތިސާދުގައި ނެތް: ޔާމީން
ރާއްޖޭގެ އިގުތިސާދުގައި ދުޅަހެޔޮކަމެއް ނެތް ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ ޕީއެންއެފްއިން މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަން ފެށުނުފަހުން އިގުތިސާދީ އެޖެންޑާގަ އޮތް ގޮތަށް ކަންކަން ކުރިއަށް ގެންގޮސް ފެށި މަސައްކަތުގެ ނަތީޖާ ވަރަށް ވެސް ރަނގަޅު ކަމަށް ވިދާޅުވެފައެވެ. އަދި ފައިސާ ޗާޕުކުރުން ހުއްޓާލައި, […]
އަޅުގަނޑުމެންނަކީ ޒާތީ ކަމެއްގަ އުޅޭ ބައެއް ނޫން, މިއީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ބައެއް: ޔާމީން
އެމަނިކުފާނާއި އެމަނިކުފާނު އަރިހުގައި މިވަގުތު ތިބި ބޭފުޅުންނަކީ ޒާތީ ކަމެއްގަ އުޅޭ ބައެއް ނޫން ކަމަށާއި މިއީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ބައެއް ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންއެފްއިން މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޖަލު ހުކުމާ ގުޅިގެން މީގެކުރިން ޕޯޑިއަމްގައި ވާހަކަފުޅު ދައްކަވަން ހުއްދައެއް ނެތް ކަމަށާއި ނަމަވެސް މިއީ ހުއްދަ ލިބުނު ފަހުން ޕޯޑިއަމްއެއް ކައިރީ ހުއްޓިވަޑައިގެން ވާހަކަފުޅު ދައްކަވަން ލިބިވަޑައިގަންނަވާ ފުރަތަމަ […]