އާމްދަނީ ނެތި ދަރަނި ދެއްކޭނީ ހަރުމުދާ ވިއްކައިގެން: އިބްރާ
އާމްދަނީ ނެތި ދަރަނި ދެއްކޭނީ ހަރުމުދާ ވިއްކައިގެން އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބްރާ ވިދާޅުވީ ހިސާބުތަކުން ފެންނަނީ ސަވަރިން ފަންޑަށް 54 މިލިއަން ޑޮލަރު ޖަމާކޮށް، 13 ބިލިއަންގެ ރުފިޔާގެ ދަރަނި ދެއްކިއިރު ބަޖެޓުން ޚަރަދުވީ 18 ބިލިއަން ރުފިޔާކަމަށް ކަމަށެވެ. އާމްދަނީއާއި ޚަރަދުގެ ފަރަގު ފޫބެއްދި ގޮތެއް ވެސް ސަރުކާރުން ވިދާޅުވާންޖެހޭ ކަމަށާއި އާމްދަނީ ނެތި ދަރަނި ދެއްކޭނީ ހަރުމުދާ ވިއްކައިގެން ކަމަށް ވެސް އިބްރާ […]
ނުރައްކާތެރި ބައްޔެެއް ކަމަށްވާ މެނިންގޯކޮކަލްގެ ކޭހެއް ރާއްޖެއިން ފެނިއްޖެ
ނުރައްކާތެރި ބައްޔެެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭހެއް ދިވެހިރާއްޖެއިން ފެނިއްޖެއެވެ. އެޗްޕީއޭއިން މިރޭ ބުނީ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދައި، ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށާފައިވާ ކަމަށެވެ. މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިން ކަމަށާއި މި ބަލި ޖެހިފައިވާ މީހާއާއެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު […]
ހަނގުރާމަ ހުއްޓާލަން ބުނޭތަ؟ އަހަރެމެން އެއްބަހެއް ނުވާނަން – ނަތަންޔާހޫ
މިއަދުގެ ޚަބަރުގެ އެންމެފަލަ ސުރުޚީ މަތީގައި އެވަނީއެވެ. މިހާތަނަށް 8 މަސްދުވަސްވީ އިސްރާއީލު-ގައްޒާ ހަނގުރާމަ ހުއްޓާލުމަށް މަގެއް ފެނިދާނެ ކަމުގެ ހުޅުކޮޅުވެސް ނިވުނީއެވެ. އިސްރާއީލުގެ ކިބުރުވެރި ގަތުލުއާންމުގެ ވެރިޔާ ޒައަނިސްޓް ބޮޑުވަޒީރު ސާފުބަހުން ބުނެފައިއެވަނީ ހަނގުރާމަ ހުއްޓާލަން ބުނާ އެއްވެސް ގަރާރަކަށް އެއްބަސް ނުވާނެ ކަމަށެވެ. އޭނާގެ މި ބަޔާނުން އުންމީދުގެ ހުޅުކޮޅު ނިވިގެންދިޔައީ ހަމައެކަނި ހަނގުރާމަ ހުއްޓުވޭނެ މަގެއް ހޯދަން މަސައްކަތް ކުރައްވަމުން ގެންދަވާ ގަތަރާއި މިސްރުގެ ވެރިންނަކަށް ނޫނެވެ. މުޅި އިސްރާއީލު ގުގުމާލާފައިވަނީ ހަމާސްގެ […]
ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ޑޮލަރު ވިއްކާ އަދަދު ވަރަށް ބޮޑަށް ކުޑަކޮށްފި
ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު ވިއްކުމުގައި ގެންގުޅޭ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ. ބީއެމްއެލްއިން މިއަދު ބުނީ މީގެ ކުރިން ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް 1،000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކި ނަމަވެސް ދެން ޑޮލަރު ވިއްކާނީ އެ ދަރިވަރަކު ހުންނަ ގައުމަކަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ދިނުމަށް ކަނޑައަޅާފައިވާ ސްޓައިޕެންޑަށް ވާ ފައިސާ ކަމަށެވެ. އެގޮތުން މިހާރު ދަރިވަރުންނަށް އެކަން އަންގާފައިވާ ކަމަށް ވެސް ބީއެމްއެލް […]
މެލޭޝިޔާ އެއާލައިންސް ބޯޓެއް ޔޫ-ޓަރނެއްނަގާ އަނބުރާ ޖައްސައިފި
ބެންކޮކްއަށް ދިއުމަށްޓަކާ މެލޭޝިޔާގެ ކުއާލަލަންޕޫރުން ފުރި މެލޭޝިޔާ އެއާލައިންސްގެ މަތިންދާބޯޓެއްގެ އެތެރޭގެ ޕްރެޝަރަށް މައްސަލަ ދިމާވުމުގެ ސަބަބުން ޔޫ ޓަރނެއްނަގާ އަނބުރާ މެލޭޝިޔާގައި ޖައްސައިފި އެވެ. 164 ފަސިންޖަރުންނާ 12 ކްރޫ އާއި އެކު ދަތުރު ކުރި އެމްއެޗް780 ފްލައިޓް އަށް މައްސަލަ ކުރިމަތިވުމަށްފަހު އަނބުރާ ޖައްސާފައިވަނީ ފުރިތާ ދެގަޑިއިރު ވެފައިވަނިކޮށެވެ. ބޯޓުގެ އެތެރޭގެ ޕްރެޝަރ ދަށްވި ނަމަވެސް އޮކްސީޖަން މާސްކް ބޭނުން ކުރާ ވަރު ނުވާކަމަށް ވެއެވެ.ނަމަވެސް މިހެން ދިމާވި ސަބަބު ބަލަން ފަށާފައިވާ ކަމަށް […]
ބަކާ ނިޔާވެއްޖެ
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުޙައްމަދު ޢާރިފް (ބަކާ) ނިޔާވެއްޖެއެވެ. ގަދަޔަށް ހުންއައިސްގެން ބަކާގެ ހާލު ގޯސްވެ އޭޑީކޭގެ އައިސީޔޫގައި ފަރުވާދޭން ފެށީ އިއްޔެގައެވެ. އުމުރުން 38 އަހަރުގެ ބަކާއަށް ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ބަކާގެ ހާލު ސީރިއަސްވީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އައިތާ ދެ ދުވަސް ފަހުންނެވެ. މުޙައްމަދު ޢާރިފް (ބަކާ) . ފޮޓޯ: މިހާރު
ކޮޗިން އިން ލަންޑަނަށް ދާން އޮތް ބޯޓެއްގައި ބޮމެއް އޮތް ކަމަށް އެންގި މީހަކު ހައްޔަރު ކޮށްފި
އިންޑިޔާގެ ކޮޗީ އިން ފުރައިގެން ލަންޑަނަށް ދާން އޮތް ބޯޓެއްގައި ބޮމެއް އޮތް ކަމުގެ ޚަބަރު ލިބިގެން ބޯޓާ ލަގެޖް ވަރަށް ބޮޑަށް ބަލާ ފާސް ކޮށްފިއެވެ. އަންގާރަ ދުވަހު އެއާ އިންޑިޔާގެ ކޯލް ސެންޓަރ އަށް މީހަކު ގުޅާ އެބޯޓުގައި ބޮމެއް އޮތްކަމަށް ބުނި ކަމަށް ވެއެވެ. އެއާއެކު ކަމާބެހޭ ހުރިހާ ފަރާތްތަކަކަށް އެކަން އަންގާ އެންމެން އެލަރޓަށް އައިސް އަމަލީ ފިޔަވަޅު އަޅަން ފަށާފައި ވެއެވެ. މިގޮތުން ބޯޓު އެއާޕޯޓުގެ އެކަހެރި ހިސާބަކަށް ގެންގޮސް […]
ދިވެހި އަންހެނުން ބާރުވެރި ކުރުވާ ވާހަކަ އަކީ ކޮންކަހަލަ ވާހަކައެއްބާ!
އަންހެނުން ބާރުވެރި ކުރުވުމުގެ ވާހަކައަކީ ކޮންކަހަލަ ވާހަކައެއް ބާވައެވެ! ކޮންމެ ސަރުކާރަކުން ވެސް އަންހެނުން ބާރުވެރި ކުރުވާ ވާހަކަ ދައްކައެވެ. އެހެނަސް މިވާހަކަ ދެއްކުން ފިޔަވައި އިތުރު އެހެން ކަމެއް ކުރާ ތަނެއް ނުފެނެއެވެ. އަންހެނުންގެ ތެރޭގައި އެކި ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ ހާހުން ގުނާލެވޭހާ ގިނަ އަންހެނުން ރާއްޖޭގައި ވަޒީފާ ނުލިބިގެން އުޅޭކަން ސަރުކާރަށް އެނގޭ ހެނެއް ހީއެއް ނުވެއެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ކަޅި ހިންގާލާއިރު އެފަދަ މަގާމުތަކުގައި އަންހެނުން ވަރަށް މަދެވެ. […]
ރާއްޖެއަކީ ރިޝްވަތާ ފަސާދައިގެ ހާއްޔެއް
ރާއްޖޭގެ އެންމެހައި މުވައްސަސާތަކާއި އަމިއްލަ ކުންފުނި ތަކުގައިވެސް އޮތީ ރިޝްވަތާ ފަސާދަ ޢާންމުވެފައެވެ. މި ނުރައްކާތެރި ވަބާ ރާއްޖޭގައި ފެތުރެމުން އަންނަތާ އެތަކެއް ޒަމާނެެއްވެއްޖެއެވެ. މިއީ އިއްޔެއަކު ނުވަތަ މިއަދަކު ހިނގާ ކަމެއް ނޫނެވެ. އަންޒަމާނުއްސުރެ ރާއްޖޭގައި ވަނީ މިވަބާ ފެތުރެން ފަށާފައެވެ. އިންސާނާ މުސްލިމެއްގެ ގޮތުގައި ހުރުމަށްޓަކައި ކުރަންވާނެ ކަންތަކާ ކުރަން ނުވާނެ ކަންތައްތައް މާތްރަސްކަލާނގެ ބާވައިލެއްވި ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުން ވަނީ ސާބިތުކޮށް ދެއްވާފައެވެ. ރިޝްވަތު ނަގާމީހާ އެ ރިޝްވަތު ނަގަނީ މާތްރަސްކަލާނގެއަށް […]
ފަނޑިޔާރު ވިދާޅުވީ ވައަތް ކަނޑާލައިފައި އެއްލައިލުމަށް
އެއް ރެއެއްގެ އިރާކޮޅެވެ. ގަޑިން އަށްގަޑި ބައިވަނީއެވެ. ރަށުގެ އެއް ފަނޑިޔާރެއްގެ ގޭގެ ސުފުރާމަތި ފަޅުފިލުވައިލައިފައިވަނީ ހުނި ރޮށްޓާއި ރިހާކުރު ބޯތަށްޓަކާއި ހޫނު ކަޅު ސައި ޖޯޑުތަކުންނެވެ. އެ ތަކެއްޗަށް އިންސާފުކުރައްވަން ތިއްބެވީ އެ ގޭގެ ފަނޑިޔާރުގެ އިތުރުން އެ ރަށުގެ އެހެން ފަނޑިޔާރެކެވެ. ކާގޭގައި މޭޒު ބަހައްޓާފައިވާ ގޮތުން މޭޒު ކައިރީގައި އެއްފަހަރާ ފަސޭހަކަމާއެކު ތިބެވޭނީ ދެ މީހުންނަށެވެ. އެހެންކަމުން ތަންކޮޅެއް ދުރުގައި އަޅުގަނޑު މަޑުކޮށްގެން ހުރީމެވެ. ދެ ފަނޑިޔާރުން އެކިއެކި ވާހަކަފުޅުތައް ދައްކަވަމުން، ފަރީއްކުޅުވަމުން […]