ހަނުހުރުމަކީވެސް ހުނަރެކެވެ.

އެއްދުވަހަކު ހިމާރަކާ ޓައިގަރ އަކާއި ދެމެދު ޒުވާބެއް ފެށުނެވެ. ހިމާރު ބުނަނީ ވިނައިގައި ހުންނަނީ ނޫކުލަ ކަމުގައެވެ. ޓައިގަރ މިކަމާއި އެއްބަހެއް ނުވެއެވެ. އޭނަ ބުނަނީ ވިނައިގަ ހުންނަނީ ފެހި ކުލަ ކަމުގައެވެ. ދެވެރިންގެ ޒުވާބު ގަދަ ވެގެން ގޮސް އެންމެ ފަހުން ޖަންގަލީގެ ރަސްގެފާނު ލަޔަން ކައިރިޔަށް އިންސާފު ހޯދުމަށް ދިއުމަށް އެއްބަސް ވެއްޖެ އެވެ. ރަސްގެފާނުގެ އަރިހަށް ދިޔަ މަގުމަތީވެސް ހިމާރު އަޑުގެ ކޮޅަށް ގޮވާ ހަޅޭއްލަވަމުން ދިޔައެވެ. ވިނައިގަ ހުންނަނީ ނޫކުލައެވެ. ވިނައިގަ […]

ކަރަންޓް ބިލު ބޮޑުވުމުން މުޒާހަރާކޮށްފި: “ސަރުކާރުން ދަނީ ކަރަންޓު ބިލުތައް އޮޅުވާލަމުން“

މި ހުސްވި މަހުގެ ކަރަންޓު ބިލުތައް ބޮޑުވެފައިވާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް އާއްމު ރައްޔިތުން މިއަދު މުޒާހަަރާކޮށްފިއެވެ. މިއަދު ހަވީރު 16:00 ގައި މި މުޒާހަރާ ކުރިއަށްދިޔައީ ސްޓެލްކޯ ކުރިމަތީގައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ކަރަންޓު ބިލުތައް ބޮޑުވުމާ ދެކޮޅަށް އަޑު އުފުލާފައެވެ. މުޒާހަރާގެ ބައިވެރިން ބުނަމުންދިޔައީ މި ސަރުކާރުން ދަނީ ކަރަންޓު ބިލުތައް އޮޅުވާލަމުން ކަމަށެވެ. އަދި ކަރަންޓުގެ ޚިދުމަތް ދޭ ކުންފުނިތަކުގެ ވެރިންނާއި ސަރުކާރުގެ އިސް ވެރިންގެ އިސްތިއުފާއަށް ވެސް މުޒާހަރާގެ […]

ޣައްޒާގެ 5000 މީހަކަށް ކެނެޑާގެ ރެޒިޑެންޓް ވިސާދެނީ!

ޣައްޒާ މައްސަލާގައި މުސްލިމް ގިނަ ގައުމުތަކުން ވަކިއެއްޗެސް ނުބުނެ ހަނުތިބިއިރު، އިޒްރޭލަށް އެއްބާރުލުންދީ ވާގިވެރިވި ގައުމުތަކުން މިހާރު ފަލަސްތީނު ރައްޔިތުން އެގައުމުގައި ދިރިއުޅުމަށް ޖާގަ ދޭން ވަނީ ފަށާފައެވެ.  މިގޮތުން، ހޯމަދުވަހު ކެނެޑާއިން ހާމަކޮށްފައިވާ ގޮތުގައި، އެގައުމުން ޣައްޒާގެ 5000 ރައްޔިތަކަށް ވިސާ ދޭނެއެވެ  މިއީ ފުރަތަމަ ދޭން އެއްބަސްވި އަދަދަށްވުރެ ބޮޑު އަދަދެކެވެ.  އަދި  އިޒްރޭލުން ރަފާހްގައި ދިން ހަމަލާގެ “ބިރުވެރިކަން” ފާހަގަކޮށް ކެނެޑާއިން ބުނީ، އެހަމަލާގައި 45 މީހަކުޝަހީދުކޮށްލާފައި ވާތީ އެކަމާ ކަންބޮޑުވާކަމަށެވެ.  “މިވަގުތު […]

މާދަމާއިން ފެށިގެން ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަނަށް

މާދަމާއިން ފެށިގެން، ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަންގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތުގައި، ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ. ކްރިމިނަލް ކޯޓުން މިއަދު ބުނީ އެ އިމާރާތުގައި ހުރި ޝަރީޢަތްކުރާ 03 މާލަމުގައި، ކްރިމިނަލް ކޯޓުގެ B2, B3, B5, B8, B10 އަދި B11 މި 06 ސެކްޝަންގެ އަޑުއެހުންތައް ބޭއްވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ. 22 ފެބުރުވަރީ 2023 ގައި ކޯޓުގެ އިމާރާތުން ބައެއް ބޭނުންނުކުރަން ޖޭއެސްސީއިން އެންގުމާއި ގުޅިގެން، […]

ބިދޭސީ މީހާ މަރުވި މައްސަލައިގައި ލޯންޗު ދުއްވި މީހާ ހައްޔަރު ކޮށްފި  

އދ. ދަނގެތީ ކައިރިން ފާނަ މަސްވެރިކަމަށް މޫދަށް ފައިބައިގެން އުޅުނު ބިދޭސީ މީހާގެ ގައިގައި ލޯންޗަކުން ޖެހި މަރުވި މައްސަލައިގައި އެ ލޯންޗު ދުއްވަން އިން މީހާ ހައްޔަރު ކޮށްފިއެވެ.  މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 07:55 ހާއިރުއެވެ. އަދި ލޯންޗުގައި ޖެހުނު މީހާ ދަނގެތީ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.  މިކަމަށް އިޝާރާތްކޮށް ފުލުހުން ދެންމެ ބުނީ އެ ހާދިސާގައި މަރުވި މީހާ ގައިގައި ޖެހުނު ލޯންޗު ދުއްވީ މީހާ މިހާރު […]

ބިދޭސީއެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ 

އދ. ދަނގެތީ ކައިރީގައި މޫދަށް ފައިބައިގެން އުޅުނު ބިދޭސީއެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ އެވެ.  ފުލުހުން ބުނީ ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމަށް ފައިބާ އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައި ވަނީ ހެނދުނު 07:55 ހާއިރު ކަމަށާއި ލޯންޗުގައި ޖެހުނު މީހާ އެ ރަށު ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.  މި ހާދިސާގައި މަރުވި ބަންގްލަދޭޝް މީހާ އަކީ ފ. ފީއަލީ ފާނާ މަސްވެރިކަންކުރާ ދޯންޏެއް ކަމަށްވާ ”ޓްވިންސް“ […]