އެކި ވައްތަރުގެ ހަކަތަ ބޭނުންކުރެވޭ އިންޖީނުތަކެއް ޓޮޔޯޓާއިން ދައްކާލައިފި

ނެކްސްޓް ޖެންރޭޝަން އިންޖީނުތަކެއްގެ ގޮތުގައި ތަފާތު ބާވަތްތަކުގެ ހަކަތަ ބޭނުންކުރާ ކާރުތަކުގައިވެސް ބޭނުންކުރެވޭ އިންޖީނުތަކެއް ޓޮޔޯޓާ މޮޓޯރ އިން ތައާރަފުކޮށް މިދިޔަ އަންގާރަދުވަހު ދައްކާލައިފިއެވެ. ސުބާރޫއާއި މަޒްޑާ މޮޓޯރ އާއި އެކުގައި ބޭއްވި މީޑިއާ ހަރަކާތެއްގެ ތެރޭގައި، ދުނިޔޭގެ އެންމެ ބޮޑު އޮޓޮމޯޓިވް ކުންފުނިން ދައްކާލާފައިވަނީ އެކުންފުނިން ފަރުމާކޮށް ފުރިހަމަ ކުރަމުން އަންނަ 1.5 ލިޓަރު އަދި 2.0 ލިޓަރު ގެ ކުދި އިންޖީނުތަކެކެވެ. އެގޮތުން އާންމުކޮށް ބޭނުންކުރާ އިންޖީނުތަކަށްވުރެ މިއިންޖީނުތައް އިސްކޮޅުންނާއި، އެހެންވެސް ގޮތްގޮތުން ކުޑަވާނެއެވެ. […]

މިޔަރެއް ހަމަލާދީގެން ހާލު ސީރިއަސްވި ސިފައިންގެ މީހާ ނިޔާވެއްޖެ

އެމްއެންޑީއެފްގެ ތަމްރީނެއް ފުރިހަމަ ކުރަމުން ދަނިކޮށް މިޔަރެއް ހަމަލާދީގެން ހާލު ސީރިއަސްވި ސިފައިންގެ މީހާ ނިޔާ ވެއްޖެއެވެ.  މިކަންހާމަކޮށް އެމްއެންޑީއެފުން ދެންމެ ބުނީ ލ.ކައްދޫގައި ކުރިއަށް ގެންދިޔަ ސިފައިންގެ ތަމްރީނެއްގެ ތެރެއިން ލ. މާވަށް ކައިރީ މޫދުގައި ތަމްރީނުގެ ބައެއް ކުރިއަށް ދަނިކޮށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ނިޔާވެފައި ވަނީ ލާންސްކޯޕްރަލް މުހައްމަދު ޒައިދާން (ރ.އުނގޫފާރު/ނިއުލައިފް) ކަމަށެވެ.  ޒައިދާން ނިޔާވެފައި ވަނީ އޭނާއަށް ލިބުނު ޒަހަމްތަކަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް […]

ކުރީގެ ރައީސް ޞާލިޙް އުފެއްދެވި މަރު ކޮމިޝަން އުވާލައްވައިފި

”މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން“ އުވާލައްވައިފިއެވެ. މި ކޮމިޝަން އުފައްދަވާފައިވަނީ 2018 ނޮވެންބަރު 17ގައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ނެރުއްވި ގަރާރަކުން މިއަދު ވަނީ އެ ކޮމިޝަން އުވާލައްވައިފައެވެ. މަރު ކޮމިޝަން އުވައިލެއްވީ އެ ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތްތައް އެ ކޮމިޝަނުން ނިންމަވާފައިވާތީ ކަމުގައި ރައީސް ނެރުއްވި ގަރާރުގައި ބަޔާންކުރައްވާފައިވެއެވެ. ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އުފެއްދެވި މަރު ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކުގެ ތެރޭގައި ނޫސްވެރިޔާ އަޙްމަދު […]

ޑޯގްމުޝް ހަނގުރާމަވެރި ގަބީލާއަކީ ޢަދުވުންގެ އެޖެންޓެއް

ވެރިކަންނޫން އެހެން އެއްވެސް ކަމެއް ބޭނުން ނުވުމާއި ވެރިކަމުގެ ލައްޒަތާއިހައިބަތު ކޮންމެވެސް ވަރަކަށް ނުވަތަ ކޮންމެ ސިފައެއްގައި ލިބިފައި ހުރި ނަމަވެސް އެކަން އިތުރަށް ޙާސިލު ކުރުމަށްޓަކައި އިންސާނާގެ އިންސާނިއްޔަތުކަން ގެއްލިދެއެވެ. ނުވަތަ އެކަމުގައި ދެމިހުރުމަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކުރަން ތައްޔާރަށް ހުރުމަކީ ދުނިޔޭގެ ތާރީޚުގެ ސަފްޙާތަކުން ޝައްކެއް ނެތް މިންވަރަށް ހެކި ފެންނާން ހުރިކަންކަމެކެވެ. އޭގައި އަރަތްބެއް އަޖަމީއެއް ދިވެއްސެއް ބަންގާޅީއެއް އިސްތިސްނާ ނުކުރެވޭނެއެވެ.   މިއަދު މުޅިދުނިޔޭގެ އެންމެހާ ރައްޔިތުން ހިތާމަކޮށް ކަރުނަ އަޅަމުން ގެންދާ ފަލަސްތީނުގެ މައްސަލަކީ މިއަދުގެ ދުނިޔޭގެ ލޯމަތީގައި ކޮންމެ […]

އަހްމަދީންޖާދް އަނެއްކާވެސް ރައީސް ކަމަށް ކުރިމަތިލައްވައިފި

އީރާންގެ ކުރީގެ ރައީސް މަހްމޫދް އަހްމަދީންޖާދު އަނެއްކާވެސް ރައީސް ކަމަށް ކުރިމަތިލައްވައިފިއެވެ. އީރާންގެ ރިޔާސީ އިންތިޚާބް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އެއީ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާ އެއްގައި ރައީސް އިބްރާހީމް ރައީސީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ. އަހްމަދީންޖާދު ރައީސް ކަމަށް ކުރިތި ލެއްވިނަމަވެސް އީރާންގައި އޮންނަ ދަންނަ ބޭކަލުންގެ މައްޗަށް އެކުލެވޭ ގާޑިއަން މޮމިޓީން ފާސްކުރާ ލިސްޓް ޖޫން 11 ވަނަ ދުވަހު ނެރޭއިރު ލިސްޓުގައި ނުހިމެނުމަކީވެސް […]

މުސްލިމުން އެކުގައި އިޒްރޭލާ ދެކޮޅަށް ނުކުންނަން ޖެހޭ: އުރުދުޣާން

ހުރިހާ މުސްލިމުން އެއްބަސްކިޔައި އެކުގައި އިޒްރޭލާ ދެކޮޅަށް ނުކުންނަން ޖެހޭ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ. އުރުދުޣާން ވިދާޅުވީ ޔަހޫދީ އިޒްރޭލަކީ އިންސާނިއްޔަތަށް އޮތް ނުރައްކަލެއް ކަމަށާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ “ވެމްޕަޔަރިޒަމް” ގައި ހުޅަނގުގެ ފުރިހަމަ ބައިވެރިވުން އެބައޮތްކަމަށެވެ . “އިޒްރޭލަކީ ހަމައެކަނި ޣައްޒާއަށް އޮތް ނުރައްކަލެއްނޫން. މުޅި އިންސާނިއްޔަތަށް އޮތް ނުރައްކަލެއް. ބައިނަލްއަޤްވާމީ ގާނޫނާއި އިޒްރޭލުން ޚިލާފްވާހާ ހިނދަކު އެއްވެސް ގައުމަކަށް ރައްކާތެރިކަމެއް ނެތްކަމަށެވެ. ނަތަންޔާހޫ ހިންގަނީ ގަތުލުއާންމެއްކަން […]

ރުހުން ނުދިން ވަޒީރުންނަށް އަލުން ރުހުން ދިނުމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް އަލުން ރުހުން ދޭން ފެނޭތޯ ބެލުމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިދިޔަ ޖެނުއަރީ 29 ވަނަ ގައި ބޭއްވި ޖަލްސާގައި 3 ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީގެ މެންބަރުންނާއި ޑިމޮކްރެޓްސް މެންބަރުން ވޯޓު ދެއްވިއެވެ. ވަޒީރުކަމަށް އައްޔަންކުރަން ރުހުން ނުދިނީ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއިހައުސިން މިނިސްޓަރު ޑރ.ޢަލީ ހައިދަރާއިބަންޑާރަނައިބު އަޙްމަދު އުޝާމަށެވެ. ރުހުން […]

ލަންކާއާއެކު ޖިނާއީ މައްސަލަތަކުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރަން މަޖިލީހުގެ ރުހުން ހޯދަނީ

”ޓްރީޓީ ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓަރސް“ ގައި ދިވެހިރާއްޖެއިން ސޮއިކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ލަފާދެއްވައިފިއެވެ. އެގޮތުން އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް މުޢިއްޒު ވަނީ ނިންމަވައިފައެވެ. ރައީސް މިގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ […]

އިސްރާއީލްގެ ޕާސްޕޯޓް މަނާ ކުރުމަށް ދިވެހި ސަރުކާރުން ނިންމައިފި

އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.  އެގޮތުން ސަރުކާރުގެ މި ނިންމެވުން އިޢުލާންކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާނެވެ.  އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމުން، މިކަން ކުރިއަށް ގެންދިއުމަށް މިއަދު ވަނީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލެއްވުމަށް […]

އުތުރު ކޮރެޔާއިން އަނެއްކާވެސް ކުނިއަޅާފައިވާ ހަންތަކެއް ދޫކޮށްފި

ދެ ކޮރެޔާ ގުޅޭ އިމާ ކައިރިޔަށް ކުނިއާޅާފައިވާ އިތުރު ބޮޑެތި ހަންތަކެއް ރޭގައި އުތުރުކޮރެޔާއިން ދޫކޮށްފައިވާ ކަމަށް އާދީއްތަ ދުވަހު ސޯލް އިން ބުނެފި އެވެ. މިފަދަ ހަމެއް ފެނިއްޖެ ނަމަ ސިފައިންނަށް ނުވަތަ ފުލުހުންނަށް ރިޕޯޓް ކުރުމަށް ސަރުކާރުން ވަނީ މީގެ އެއްދުވަސް ކުރިން އަންގާފައެވެ. މިފަދަ ހަމެއް ފެނުނު ނަމަވެސް އޭގައި އަތް ނުލުމަށާ ވަގުތުން ކަމާބެހޭ އިދާރާތަކަށް ރިޕޯޓް ކުރުމަށް ވަނީ އަންގާފައެވެ. ސިގިރެޓް ބަޓް ތަކާ އަޅި،ފޮއްޗާ ކަރުދާހު ކުނިބުނީގެ އިތުރުން […]