ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.  މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.  ސީއެސްސީގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރެއްވީ ދަފްތަރު. ނަންބަރު ރސ 9472، ފާޠިމަތު ޙަބީބާއެވެ.  މި ރަސްމިއްޔާތުގައި ސީއެސްސީގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ.  އަދި ސީއެސްސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ މި ރަސްމިއްޔާތުގައި […]

ޖޭއެސްސީގެ މެންބަރު ކަމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އާއި މެންބަރު ރިޒާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދެ މެންބަރުން ޢައްޔަން ކުރައްވައިފިއެވެ.  މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނަށް މިއަދު ޢައްޔަންކުރެއްވި ދެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ލ.ފޮނަދޫ، އަރާއިރު، ޢަބްދުއްރަޙީމް ޢަބްދުﷲއާއި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ކ.ގުރައިދޫ، ޝީވީޑް ޙުސައިން ރިޟާ އާދަމެވެ.  ޢަބްދުއްރަޙީމް ޢަބްދުﷲ ޢައްޔަންކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ.  ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޙުސައިން […]

ސާޅީސް އަހަރު ފަހުން މާލޭ ރައްޔިތުންނަށް ލިބުނު ކުޑަކުޑަ އުންމީދު ނިގުޅައިގަތީ ޕީއެންސީން:ނާޒިލް

ސާޅީސް އަހަރު ފަހުން މާލޭ ރައްޔިތުންނަށް ލިބުނު ކުޑަކުޑަ އުންމީދު ނިގުޅައިގަތީ ޕީއެންސީން ހަގީގަތާއި ހިލާފު ވާހަކަތައް ދައްކައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ. ނާޒިލް މިހެން ވިދާޅުވީ ބިމާބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލާމެދު އަލުން ވިސްނެވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ. ނާޒިލް ވިދާޅުވީ ޕީއެންސީ ބޭފުޅުން ހަގީގަތާ ހިލާފު […]

ކަޅާއި ހުދުގެ ކުލަ ހަނދާންތައް…

ޒުވާނަކު އޭނާގެ ކާފައާ ސުވާލުކުރިއެވެ. މިހާރު މި ދެކޭ ކުރިއެރުންތަކާނުލައި ކާފަމެންގެ ޒަމާނުގައި ކާފަމެން ދިރިއުޅުނީ ކިހިނެއް ހެއްޔެވެ؟ އެ ޒަމާނުގައި… ކޮންމެ ގެއެއްގައި ޓީވީއެއް ނުހުރެއެވެ. އެއަރކޮންޑިޝަނަރެއް ނުހުރެއެވެ. ކޮމްޕިއުޓަރެއް ނުހުރެއެވެ.  ކޮންމެ ކޮންމެ މީހަކު ކާރެއް ނުގެންގުޅެއެވެ. މޯބައިލް ފޯނެެއް ނުގެންގުޅެއެވެ. އަދި ކީއްހެއްޔެވެ؟ އިންޓަރނެޓަކީ މީހުން ދަންނަވެސް އެއްޗެއް ނޫނެވެ. ކާފަ ވަރަށް ހަރުދަނާކަމާއެކު ޖަވާބުދިނެވެ. މިޒަމާނުގައި ކުދިން ތިޔަ އުޅެނީ ނޫންހެއްޔެވެ. ނަމާދުކުރުމެއް ނެތެވެ. މީހުންނަކަށް އިޙުތިރާމެއް ނުކުރެއެވެ. އަނެކާއާ އަޅައިލައި، ހާލު ބެލުމެއް ނޯވެއެވެ. ތެދުވެރިކަމެއް، އަމާނާތްތެރިކަމެއް […]

މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން ކަނޑައަޅައިފި

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތުތަކުގައި ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން ކަނޑައަޅައިފިއެވެ.  އެގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ޤަވައިދުގައިވާ ގޮތުގެ މަތިން މަޖިލީހަށް މެޑުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ މެންބަރުންގެ ނަންތައް އިއުލާނުކޮށް އަބްދުއްރަހީމް ވިދާޅުވީ މިއަދުގެ ވޯޓު ގަޑީގައި މި ނަންތަކަށް ވޯޓަށް އަހާނެ ކަމަށެވެ.  1. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މެދުނުކެނޑި […]

ގޫގްލްއިން މެލޭޝިއާއަށް 2 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ

އޭއައި އަށް އޮންނަ ޑިމާންޑް އިތުރުވުމާއެކު ގޫގްލްއިން މެލޭޝިއާއަށް 2 ބިލިއނަް އެމެރިކާ ޑޮލަރު އިންވެސްޓްކުރަން ނިންމައިފިއެވެ.  ގޫގްލްއިން ބުރާސްފަތި ދުވަހު ހާމަކޮށްފައިވަނީ، އޭއައި އާއި ކްލައުޑްގެ ހިދުމަތްތަކަށް އޮންނަ ޑިމާންޑް އިތުރުވަމުންދިޔުމާއެކު، މެލޭޝިއާގެ ތްރައްގީގެ ބާޒާރަށް ގޫގްލްއިން 2 ބިލިއަން ޑޮލަރު ވެއްދުމަށް ނިންމާފައިވާކަމަށެވެ. މި ފައިސާގެ ބޮޑުބައެއް ޙަރަދުކުރާނީ މެލޭޝިއާގެ ފުރަތަމަ ޑޭޓާ ސެންޓަރު ތައްޔާރުކުރުމުގެ އިތުރުން، އެސަރަހައްދުގެ ކްލައުޑް ހިދުމަތްތައް ރަނގަޅު ކުރުމަށެވެ.  “މި އިންވެސްޓްމަންޓަކީ، މެލޭޝިއާގެ ސަރުކާރާއެކުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ […]

ރުހުން ނުދިން ވަޒީރުންނަށް އަލުން ރުހުން ދޭން ފެނޭތޯ ބެލުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިިފި

19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް އަލުން ރުހުން ދޭން ފެނޭތޯ ބެލުމުގެ މައްސަލަ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިދިޔަ ޖެނުއަރީ 29 ވަނަ ގައި ބޭއްވި ޖަލްސާގައި 3 ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީގެ މެންބަރުންނާއި ޑިމޮކްރެޓްސް މެންބަރުން ވޯޓު ދެއްވިއެވެ. ރުހުން ނުދޭން ފާސްކުރީ: އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް. ހައުސިން މިނިސްޓަރު ޑރ.ޢަލީ ހައިދަރަށް ބަންޑާރަނައިބު […]

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ މެދުތެރޭގެ ހިސާބު ތަކަށް ބާރުގަދަ ބިންހެލުމެއް އަތިވެއްޖެ އެވެ. 5.9 ގެ ބާރުމިނުގައި މިއަދު އެތާގަޑިން ހެނދުނު 6.30 ގައި ބިންހެލުން އައިސްފައިވަނީ މިދިޔަ ޖެނުއަރީ މަހުވެސް ބިންހެލުން އައި ހިސާބަށެވެ. ހޯމަ ދުވަހުގެ ބިންހެލުމުގައި ތިން ގެ ވެއްޓިފައިވާކަމުގެ ރިޕޯޓް ލިބުނު ނަމަވެސް މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ޚަބަރު ލިބެއެވެ. ޖަޕާންގެ ޕަބްލިކް ބްރޯދްކާސްޓަރ އެންއެޗްކޭ އިން ވެއްޓިފައިވާ އިމާރާތެއްގެ ފޮޓޯ އާއި ވީޑިއޯ އާންމު ކޮށްފައި ވެއެވެ. އެހިސާބުގައި މުހިންމު […]

ކަރަންޓު ބިލުތަކާއި ގުޅިގެން ޝަކުވާގެ ގޮތުގައި 659 ފޯނު ކޯލު ވަނީ ލިބިފައި: ސްޓެލްކޯ

ކަރަންޓު ބިލުގެ ޝަކުވާއަށް ހުޅުވާލުމުން މިހާތަނަށް 659 ފޯނު ކޯލު ލިބިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.  ފާއިތުވި މަހުގެ ކަރަންޓު ބިލު ބޮޑުވެފައިވާކަމަށް އާންމުންގެ ޝަކުވާ ލިބެންފެށުމުން މިދިޔަ ހަފްތާގައި ސްޓެލްކޯއިން ވަނީ ކަރަންޓު ބިލުތަކާއ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމަރ ސާވިސް އެންޑް ބިލިންގ ނަންބަރު 7788438 އަށް ހުށަހެޅުމަށް އެދިފައެވެ.  އެގޮތުން މިކަމަށް އިޝާރާތްކޮށް އެ ކުންފުނިން މިއަދު ބުނީ ކަރަންޓު ބިލްތަކާއި ގުޅިގެން މިހާތަނަށް ޝަކުވާގެ ގޮތުގައި 659 […]

ސްރީލަންކާ އަށް ބޯކޮން ވާރޭ ވެހި ހިނގި ހާދިސާތަކުގައި 7 މީހުން މަރުވެއްޖެ

މޫސުމުގެ ވާރޭ ކުރިމަތިވެފައިވާ ސްރީލަންކާ ގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާ ތަކުގައި ހަތް މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ. މީގެ ތެރޭގައި އެއް އާއިލާ އެއްގެ ތިން މީހުން ހިމެނެއެވެ.  ވާރޭވެހި ބޮޑު ސަރަހައްދު ތަކެއްގައި ފެންބޮޑުވެފައިވުމާއެކު އެތައް ސަރަހައްދަކުން ވަނީ ކަރަންޓުގެ ޚިދުމަތް ވެސް ކެޑިފައެވެ. އަދި ހޯމަ ދުވަހު ސްކޫލްތައްވެސް ވަނީ ބަންދު ކޮށްފައެވެ. ބިންގަނޑު ކަނޑައިގެން ގޮސް ހިތާމަވެރި ހާދިސާތައް ހިނގާފާނެ ކަމަށް […]