އިޒްރޭލު ޕާސްޕޯޓް މަނާކުރާ ނަމަ ރާއްޖެއަށް އެމެރިކާގެ އެހީ ކަނޑާލަން ބިލެއް ހުށަހަޅަނީ

އިޒްރޭލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރާ ނަމަ، އެމެރިކާއިން ރާއްޖެއަށް ދެމުން އަންނަ އެހީތައް ކަނޑާލުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ބިލެއް ހުށަހަޅުއްވަން ނިންމަވައި މަސައްކަތް ފައްޓަވައިފި އެވެ. އެމެރިކާގެ ނޫހެއް ކަމަށްވާ ’އެކްސިއޯސް‘ އިން ބުނީ، އިޒްރޭލު ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުން ހުއްޓުވުމުގެ މަގުސަދުގައި ބިލެއް ހުށަހަޅުއްވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ކޮންގްރެސްގެ މެންބަރެއް ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ޖޯޝް ގޮތެއިމާ އެވެ. އޭނާއަކީ އިޒްރޭލާ ގާތް ގުޅުމެއް އޮންނަ […]

ހައުސް ވައިފް

ފިރިމީހާ ހަވީރު އޮފީހުން އައި އިރު އަހަރެން ހުރީ ވަރުބަލިވެގެން ހަލާކުވާ ވަރުވެފައެވެ. އެހެން ކަމުން ފިރިމީހާ އަށް މަރުހަބާ ކިޔާލާނެހާ ވަރުވެސް އަހަރެންގެ ގަޔަކު ނެތެވެ. އަހަރެން ވަރުބަލި ވެފައިވާ ވާހަކަ ފިރިމީހާ ގާތު ބުނީމެވެ. ނަމަވެސް އޭނާއަށް އަޑުއިވުނު ހެންވެސް ހިއެއް ނުވެއެވެ. އަހަރެން ދެވަނަ ފަހަރަކަށް ވެސް އެވާހަކަ ނެގުމުން ފިރިމީހާ ބޮޑު ޗޮކެއް ޖަހާފަ ބުނެޏެވެ. ކަލޭ ވަރުބަލި ވާންވީ ކީއްވެގެން ހެއްޔެވެ. ތިޔަ ކުރަނީ ގޭތެރޭގަ އިނދެގެން ކުރާ ކަންކަމެއް […]

ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް ރައީސް މުޢިއްޒު އިފްތިތާހް ކޮށްދެއްވައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިފްތިތާހް ކޮށްދެއްވައިފިއެވެ.  މި ޕްރޮގްރާމް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހެނދުނު ލޮނުޒިޔާރަތް ޕާކުގައެވެ.  މި ޕްރޮގްރާމުން ދައްކުވައިދެނީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި […]

ދެ ލޯންޗުޖެހި ހިނގި އެކްސިޑެންޓެއްގައި 7 މީހަކަށް ފަރުވާދެނީ!

ހުޅުލެ ނެރު ކައިރިން މިރޭ ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 7 މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.  މެރިން ފުލުހުން ދެންމެ ކުރި ޕޯސްޓެއްގައި ބުނީ މިރޭ 11 ޖަހާ އެހާކަންހާއިރު ހުޅުލެ ނެރު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓުވުމާއި ގުޅިގެން މެރިން ޕޮލިހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެގޮތުން މި އެކްސިޑެންޓްގައި 7 މީހަކަށް އަނިޔާވުމާއި ގުޅިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.  މީގެ އިތުރުން މެރިން ފުލުހުން ބުނީ […]

ސްކޫލްތަކުން ބެލެނިވެރިންނާ މުއާމަލާތު ކުރަން ބޭނުން ކުރާ ވައިބާ ގްރޫޕްތަކަކީ ކޮމިއުނިޓީ ގްރޫޕްތަކަކަށް ހަދަނީ

ސްކޫލްތަކުން ބެލެނިވެރިންނާ މުއާމަލާތު ކުރުމަށް ބޭނުން ކުރާ ވައިބާ ގްރޫޕްތަކަކީ އެއް ފަރާތުން މުއާމަލާތު ކުރެވޭ ކޮމިއުނިޓީ ގްރޫޕްތަކަކަށް ހަދަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.  އެގޮތުން އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބަޔަކަށް ހެދުމަށްޓަކައި ސްކޫލްތަކުން ކުރާ މަސައްކަތްތައް އިތުރުކޮށް ހަރުދަނާ އުސޫލުތަކެއް ޤާއިމް ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ސްކޫލްތަކުން ބެލެނިވެރިންނާ މުއާމަލާތު ކުރުމަށް ބޭނުން ކުރާ ވައިބާ ގްރޫޕްތައް ފަދަ ޕްލެޓްފޯމްތަކަކީ އެއް ފަރާތުން މުއާމަލާތް […]

ހިޒްބުاللهގެ ރޮކެޓްތަކުން ފޮނުވާލި އަލިފާންގަނޑު އިސްރާއީލުގެ އުތުރުގެ ތެރެއަށް ފެތުރިއްޖެ

ލުބުނާނުގެ މުޖާހިދުންގެ ޖަމާއަތް ހިޒްބުالله އިން ޔަހޫދީ އިސްރާއީލުގެ އުތުރަށް ރޮކެޓްތައް ފޮނުވައިގެން ރޯކޮށްލި އަލިފާންގަނޑު އިސްރާއީލުގެ އުތުރުގެ ތެރެއަށް ފެތުރިއްޖެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ޔަހޫދީ އިސްރާއީލުގެ އުތުރުގެ ބޮޑެތި ސަރަހައްދުތަކުގައި ހިޒްބުالله އިން ފޮނުވާލި ރޮކެޓްތަކުން ރޯވެފައިވާ ބޮޑު އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމަށް  ރެސްކިއު ޓީމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ރޮކެޓު ހަމަލާތަކުގައި ލުބުނާނުގެ ބޯޑަރު ކައިރީގައިވާ ރަށްތަކުގައި ދިރިއުޅޭ އިސްރާއީލުގެ ގިނަ ގެތަކުގައި އަލިފާން ރޯވެފައިވާ ކަމަށް ލޯކަލް މީޑިއާތަކުން ބުނެފައި […]

އިންޑިޔާގެ އާންމު އިންތިޚާބްގެ ނަތީޖާ ހާމަކުރަމުން ދާއިރު ކުރީގަ އުޅެނީ މޯދީގެ ބީޖޭޕީ

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އިންޑިޔާގައި ބޭއްވުނު އާންމު އިންތިޚާބްގެ ނަތީޖާ އަންގާރަ ދުވަހު ހާމަ ކުރަމުން ދާއިރު އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރެވުނީ  ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެ ޕާޓީ ބީޖޭޕީ އިސްވެ އޮވެ އުފައްދާފައިވާ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް އަށެވެ. ނަމަވެސް ކުރިން ހީކުރެވުނުހާ ތަފާތު ބޮޑެއްނޫނެވެ. ބީޖޭޕީއާއި އެންމެ ގާތުން ވާދަކުރި ރާހުލް ގާންދީގެ ކޮންގްރެސް ޕާޓީ އިސްވެ އޮވެ އުފައްދާފައިވާ އިންޑިއާ ގްރޫޕް އަށް އިރުއޮއްސި 6 ޖެހިއިރު 234 […]

ބިދޭސީންގެ މައްސަލަ ހައްލު ކުރަން އެނގުމަކީ އެކަން ހައްލުވާ ކަމެއް ނޫން

ސަރުކާރަށް ނޭނގި ގަވާޢިދާ ޚިލާފަށް ރާއްޖޭގެ އާބާދީ އާ ނުބައްދަލު މިންވަރަކަށް ބިދޭސީން ދިރިއުޅެމުން އެބަގެންދެއެވެ. ސަރުކާރުން މިކަން ޙައްލުކުރުމަށް ރާވާފައިވަނީ ވަރަށް ރަނގަޅު ރޭވުމަކަށް ވީނަމަވެސް އެރޭވުން ތަންފީޒު ނުކުރާހާ ހިނދަކު ބީދޭސީންގެ މައްސަލަ ޙައްލުވެގެން ނުދާނެއެވެ. އެމްއެންޑީއެފުގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ ނުބައި މަގަކުން ހިނގިއްޖެ ނަމަ ބިރުގަންނަފަދަ މިންވަރަކަށް ބިދޭސީން ރާއްޖޭގައި އެބަ ދިރިއުޅޭ ކަމަށެވެ. އެ އޮފިޝަލް މިހެން ވިދާޅުވީ ހުޅުމާލޭގައި ބިދޭސީން އެއްވެ ސަރުކާރަށް ކުރި ޕްރެޝަރާ ގުޅިގެން އެބައި […]

މެންބަރުން އިތުރުވަމުން ދިއުމަކީ ރައްޔިތުންނަށް ގެއްލުންހުރި ކަމެއް

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ކޮންމެ ފަސްއަރަކުން އެއްފަހަރު އިންތިޚާބު ކުރާ މަޖިލީހެކެވެ. އެހެން ކަމުން މާޟީވަމުން އަންނަ ކޮންމެ ފަސްއަހަރެއްގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް 18 އަހަރުން މަތީގެ އެތަކެއް ހާސް ރައްޔިތުން އަންނަނީ އިތުރުވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ތިއްބަވަނީ ރާއްޖޭގެ އާބާދީގެ ކޮންމެ 5000 ރައްޔިތުންނަށް މެންބަރެކެވެ. ރާއްޖޭގެ އާބާދީ އިތުރުވާ މިންވަރެއްގެ މައްޗަށް ބިނާކޮށް ކޮންމެ ފަސްއަހަރެއްގެ ތެރޭގައި ދާއިއިރާތައް ވެސް އަންނަނީ އާބާދީގެ ނިސްބަތުން އިތުރުވަމުންންވެ. އެގޮތުން ކޮންމެ ފަސް އަހަރެއްގެ […]

ބައިޑްންގެ ހުށައެޅުން ރަނގަޅެއް ނޫން އެކަމަކު ގަބޫލު ކުރާނަން – އިސްރާއީލް

ގައްޒާގެ ހަނގުރާމަ ހުއްޓުމަށް ރައީސް ބައިޑްން ހުށައަޅުއްވާފައިވާ ހުށައެޅުން ރަނގަޅެއް ނޫންކަމަށާއި އެކަމަކު އެ ހުށައެޅުން އިސްރާއީލުން ގަބޫލު ކޮށްފިކަމަށް ބުނެފިއެވެ.  ނަތަންޔާހޫގެ ޚާރިޖީ މުޝީރު އޯފިރް ފާލްކް އިނގިރޭސިވިލާތުގެ ސަންޑޭ ޓައިމްސްއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ ރައީސް ބައިޑްންގެ ހުށައެޅުއްވުން ރަނގަޅެއް ނޫން ކަމަށާއި އެހެންނަމަވެސް އަސީރުން މިނިވަންކުރަން ބޭނުންވާތީ އެ ހުށައެޅުން އިސްރާއީލުން ގަބޫލުކުރަން ނިންމީ ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުގައި އަސީރުން މިނިވަން ކުރުމާއި އަދި ޙަމާސްއަކީ ޓެރަރިސްޓް ޖަމާޢަތެއް ކަމަށް އިސްރާއީލުން ގަބޫލުކުރުން ބަދަލު ނުކުރާނެ ކަމަށެވެ.   […]