މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް ކުރީގެ މެންބަރު ނިހާން އައްޔަން ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް އަޙްމަދު ނިހާން ޙުސައިންމަނިކު އައްޔަން ކުރައްވައިފިއެވެ. މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފްގެ މަގާމަށް މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު އައްޔަން ކުރައްވާފައިވާ ކަމަށެވެ. ޕާލަމެންޓަރީ ސަރވިސް ގަވާއިދުގެ ދަށުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް އެހީތެރިވުމުގެ ގޮތުން ނިހާން މި މަގާމަށް އައްޔަން ކުރައްވާފައިވާއިރު މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި ނިހާން އިއްޔެ ވަނީ ވަޒީފާއަށް ނިކުންނަވަން […]

ބައިޑަންއަށް އިސްރާއީލް- ފަލަސްތީނުގެ  ހަނގުރާމަ ހުއްޓުވިދާނެތަ

ޚަބަރުތަކުގެ ފަލަސުރުޚީ ތަކުން ބުނެފައިވަނީ އިސްރާއީލް-ގައްޒާގެ ހަނގުރާ ހުއްޓާލުމުން އިސްރާއީލާއި ޙަމާސްގެ އިސްވެރިން ވެއްޓިގެން ދާނީ ގޮތްނޭންގޭ އޮޅުންބޮޅުން ގަޑެއްގެ ތެރެއަށް ކަމަށެވެ.        ރައީސް ބައިޑަން އިސްރާއީލަށްޓަކައި ޢަރަބި ބޮޑުންގެ ތިން ގައުމެއްގެ އެއްބާރު ލުމާއިއެކު ހަނގުރާމަ ހުއްޓާލުމުގެ ހުށަހަޅިފައިވާ ޝަރުތުތަކުގެ ތެރޭގައި ޙަމާސްގެ އިސް ވެރިއެއް ކަމުގައިވާ ޔަހްޔާ ސިންވާރަށް ލިބިވަޑައިގެންފައިވާ ބާރާއި އަދި އެމަނިކުފާނުގެ ޖިސްމާނީ ރައްކާތެރިކަންވެސް ސުވާލެއްގެ ތެރެއަށް ވެއްޓިފާ ވެއެވެ. އަނެއްކޮޅުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫ ބޭނުންވާގޮތަށް އެތިއެތިކޮޅުން މި ހުށައެޅުން ކުރިއަށް ގެންދިއުމަކީވެސް ފަސޭހަކަމަކަށް ނުވެއެވެ. އަދި ޔަހޫދީ ފާރ-ރައިޓް ވަޒީރުންގެ […]

ދޫނިރޯގާ ޖެހިގެން މެކްސިކޯއިން މީހަކު މަރުވެއްޖެ

އެޗްފައިވް އެން-ޓޫ ނުވަތަ ދޫނިރޯގާ ޖެހިގެން އިންސާނަކު މަރުވެއްޖެ ކަމަށް ޑަބްލިއު އެޗް އޯ އިން ހާމަ ކޮށްފިއެވެ. މިބަލީގައި ފުރަތަމަ އިންސާނަކު މަރުވެފައި މިވަނީ މެކްސިކޯއިންނެވެ. ޑަބްލިއު އެޗްއޯ އިން ބުދަދުވަހު ބުނެފައިވާ ގޮތުގައި މިމީހާ ގަޔަށް ބަރޑް ފްލޫ ނުވަތަ ދޫނިރޯގާ އެރީ ކިހިނެއް ކަމެއް ނޭގުނު ނަމަވެސް މެކްސިކޯގައި ވިއްސާ ބޮޑުކުރާ ކުކުޅުން އެޗްފައިވް އެން-ޓޫ ގެ ވައިރަސް ވަނީ ފެނިފައެވެ. ދޫނިރޯގާގެ ވައިރަހަށް ބަދަލު ތަކެއް އައިސް އިންސާނުންނަށް ބަލިޖެހޭ ގޮތްވެދާނެ […]

ކުރާ ހެޔޮ އަމަލު އެނބުރި އައިސް ތިމާޔާ ބައްދަލް ކުރެއެވެ.

  ވިއްސާރަ ބަނަ ދުވަހެއްގެ ހަވީރުގެ ވަގުތެކެވެ. އަހަރެން ކާރުގަ ނިކުތީ ގަޑިއެއްހާއިރުން ދެވޭ ތަނަކަށް ދިއުމަށެވެ. ކާރު ދުއްވަމުންގޮސް މީހުން އުޅޭ ސަރަހައްދު ފަހަނައަޅާގޮސް ހައިވޭ އަށް އަރަން އުޅެނިކޮން ކުއްލިއަކަށް ކާރު ހުއްޓިއްޖެ އެވެ. އަލުން ސްޓާޓް ކުރަން އުޅެއުޅެ އެކަން ވާގޮތެއް ނުވިއެވެ. އަހަރެން ހަދާނެ ގޮތެއް ނޭނގިގެން ކާރުން ފައިބައިގެން އައިސް ކާރުގެ ފަހަތުގައި މަޑުކޮށްލައިފީމެވެ. އެތާހުންނަތާ ބައިގަޑިއެއްހާއިރު ވީއިރުވެސް އެކަކުވެސް މަޑުކޮށް ވީކިހިނެއްތޯ އަހާވެސް ނުލިއެވެ. އެތައް ކާރު ތަކަކާ ސައިކަލު […]

އީރާނުގެ ކުރީގެ ރައީސް މަޙްމޫދު އަޙްމަދީނެޖާދުގެ ބަސްދީގަތުމަކުން ތަންކޮޅެއް

މިލިއުމުގެ ބޭނުމަކީ ކޮންމެ ގައުމެއްގައިވެސް އެ ގައުމުގެ މުސްތަގްބަލް ކަނޑައެޅުމުގައި ކިޔަވާކުދިންނާއި ޒުވާނުންގެ ދައުރުގެ މުހިންމުކަން އަޅުގަނޑުމެންގެ ދަރިވަރުންނަށް ވިސްނާދިނުމެވެ. އަޅުގަނޑުމެންގެ ގައުމުގައި ކޮލެޖްތަކާއި ޔުނިވަރސިޓީތައް ނެތް ޒަމާނުގައިވެސް އެފަދަ ޒުވާނުން ވަނީ ފެނިފައެވެ.  އުތީމުގެ ތިން ޒުވާނުންނާއި ދެ ހާޖީންނާއި ދަންޑަހެލު އަދި ދޮންބަންޑާއިން ފަހުގެ ތާރީޚުގައި ޝަހީދު ހުސައިން އާދަމްގެ ވާހަކަ އަޅުގަނޑުމެންނަށް އަބަދާއި އަބަދު މި ހުންނަނީ އިވިއިވިއެވެ. ޒުވާނުންނާއި ކިޔަވާކުދިން އެ ހާދިސާތަކުން ފިލާވަޅުތަކެއް ލިބިގަތުމަށްޓަކައެވެ.  ގައުމުގައި ހުރިނަމަހުރި ނުރަނގަޅު ކަމެއް ފިލުވާލުމަށެވެ. […]

ރުހުން ދޭން ދެކޮޅު ހެދި ތިން ވަޒީރުންނަށް ރުހުން އޮތް ކަމަށް ކޮމިޓީން ފާސްކޮށްފި

ނިމިދިޔަ ނަވާރަ ވަނަ މަޖިލީހުން ރުހުން ދޭން ދެކޮޅު ހެދި ތިން ވަޒީރުންނަށް ރުހުން އޮތް ކަމަށް ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.  އެ ތިން ވަޒީރުންނަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައި ގަންނަވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އަދި ހައުސިންގް މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.  އެގޮތުން ތިން ވަޒީރުންނަށް ރުހުން […]

އައު ދައުރަށް ހުވާކުރެއްވުމުގެ ކުރިން މޯދީ މަގާމުން އިސްތިއުފާދެއްވައިފި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަމޯދީ، ރައީސް ޑްރޫޕަޑީ މުރުމޫ އާއި މިއަދު ބައްދަލް ކުރައްވާ އިސްތިއުފާގެ ސިޓީ ހަވާލުކުރައްވާފައި ވެއެވެ. މޯދީ އާއި އެކު ކައުންސިލް އޮފް .މިނިސްޓަރސް ވެސް ވަނީ އިންތިއުފާ ދެއްވާފައެވެ  އައު ސަރުކާރެއް ހުވާކުރުމުގެ ކުރިން އެއިރަކު އޮންނަ ސަރުކާރެއް އިސްތިއުފާ ދިނުމަކީ އިންޑިޔާގެ ވެރިކަމުގެ ނިޒާމުގައި އުސޫލެއްގެ ގޮތުން ކަންތައް ކުރަމުން އަންނަ ގޮތެވެ. މޯދީގެ އިސްތިއުފާ އާއި އެކު ރައީސް މުރުމޫ ވަނީ އެކަން ގަބޫލު ކުރައްވާފައެވެ. ނަމަވެސް އައު ސަރުކާރު […]

އިންޑިޔާގެ ލޮކްސަބާ އިންތިޚާބް: ބީޖޭޕީ އަށް ވެއްޓުމެއް

އިންޑިޔާގެ ލޮކްސަބާ ނުވަތަ މަޖިލީހުގެ ތިރިގެޔަސް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބްގެ ވަގުތީ ނަތީޖާ ހާމަކޮށްފައިވާއިރު ބޮޑުވަޒީރު ނަރެންދުރަމޯދީ ގެ ބީޖޭޕީ އަށް ކުރިން ހީކުރެވުނު ވަރުގެ ކާމިޔާބީ އެއް ލިބިފައެއް ނުވެއެވެ. އެއްޕާޓީ އެކަނި ސަރުކާރެއް އުފެއްދުމަށް ބޭނުންވާ 272 ގޮނޑި ބީޖޭޕީ އަށް ކާމިޔާބް ކުރެވިއެއް ނުވެއެވެ. ބީޖޭޕީ އަށް އެކަނި ލިބިފައިވަނީ 240 ގޮޑިއެވެ. ބީޖޭޕީ އިސްވެ އޮވެ އުފައްދާފައިވާ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް އަށް ޖުމްލަ 293 ގޮނޑި ކާމިޔާބު ކުރެވިފައިވާއިރު، […]

ދިޔަނެރު ފަރަށް އެރި ޓަގު ބޯޓެއް 20 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

މާލެ ކައިރީގައި އޮންނަ ދިޔަނެރު ފަރަށް އެރި، ޓަގު ބޯޓެއް 20 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ދިޔަނެރު ފަރަށް އެރީ، ޓަގު އޭއެމް އެޑްވޭ (އައި އެމް އޯ: 9563081) އާއި އެ ޓަގާއެކު އައި ރާއްޖެ އައި ބާޖު އެރޮން ކަމަށެވެ. އެއީ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ކުންފުންޏަކަށް ނިސްވަތްވާ […]

ރާއްޖެއަކީ އިންޑިއާގެ އަގުހުރި ބައިވެރިއެއް: މޯދީ

ރާއްޖެއަކީ މި ސަރަހައްދުގައި އިންޑިއާގެ އަގުހުރި ބައިވެރިއެއް ކަމަށް، އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމަށް ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ. އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މޯދީ އަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓަށް ޖަވާބު ދެއްވަމުން މޯދީ ވިދާޅުވީ، ރާއްޖެއަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އަގުހުރި އަދި އަވަށްޓެރި ގައުމެއް ކަމަށެވެ. ”ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ […]