އެމެރިކާއާއި ޗައިނާއާއި ނުލައި ޔޫރަޕުގެ ގައުމިއްޔަތެއް އޮންނަން ޖެހޭނެ

ޖަރުމަނުގެ ޑްރެސްޑެންގައި ވާހަކަފުޅުދައްކަވަމުން ފަރަންސޭސި ރައީސް އިމެނުއެލް މެކްރޯން ވިދާޅުވެފައިވަނީ އެމެރިކާއާއި ޗައިނާއާއި ވަކިން ޔޫރަޕުގެ ގައުމިއްޔަތެއް ތައާރުފް ވެފައި އޮންނަން ޖެހޭނެ ކަމަށެވެ.        ޑްރެސްޑެން ސިޓީގެ ޗާރޗް އޮފް އަވަރ ލޭޑީ ގެ ކުރިމަތީގައި ހުންނަވާފައި މެކްރޯން ވިދާޅުވީ ޔޫރަޕުގައި ވަރުގަދަ ގައުމީ ޝަޚްސިއްޔަތެއް އޮންނަން ޖެހޭނެކަމަށާއި ޔޫރަޕަކީ ސުލްޙައާއި ރައްޔިތުންނަށް ޓަކައި ވެރިކަން ކުރުމުގެ ނަމޫނާއެއްކަން ދުނިޔެއަށް ހާމަކޮށްދޭން ޖެހޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިވަގުތު ޔޫރަޕުގެ މިހުރިހާ ސިފަތަކެއް މިއޮތީ ހަތަރު އަގޮޅިއަކަށް ނެރެފައި […]

ސިއްރު ލިއުމެއް އިމްރާން ޚާން އާންމު ކުރިކަމުގެ ޙުކުމް ފަސްކޮށްފި

ބުލޫމްބާރގުން ހާމަކޮށްފައިވާ ޚަބަރުތަކުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އެ ގައުމުގެ ސަލާމަތީ ގާނޫނާ ޚިލާފު ވުމުގެ ސަބަބުން 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޮށްފައިވާ ޙުކުމް ފަސްކޮށްފިއެވެ.  އެހެންނަމަވެސް އެމަނިކުފާނު މިނިވަނެއް ނުވާނެއެވެ. ޑިޕްލޯމެޓިކް މެސެޖެއް އާންމު ކުރުމުގެ ކުށުގައި މިދިޔަ އަހަރު ޖަނަވަރީ މަހު ކޮށްފައިވާ ޙުކުމް ޕާކިސްތާނުގެ ޚާއްސަ ކޯޓަކުން ވަގުތީ ގޮތުން އެއްފަރާތް ކޮށްފައިވާކަން އިމްރާން ޚަންގެ ގާނޫނީ ވަކީލު ސައްޔިދު ޒުލްފީ ބުޚާރީ ވަނީ ކަށަވަރުކޮށް ދީފައެވެ.  ޑިޕްލޯމެޓިކް މެސެޖެއް އާންމު ކުރުމުގެ ކުށުގައި އިމްރާން ޚާންގެ މައްޗަށް ކޮށްފައިވާ ޙުކުމް […]

ކުޑަކުޑަ ޕްރިންސެސް

ޒުވާން އަންހެން ކުއްޖަކު އޭނާގެ ބައްޕަ ކައިރީގައި އެއްދުވަހަކު ބުންޏެވެ. އަޅުގަނޑުގެ ހަޔާތުގެ ކުރިޔަށް އޮތް ތަނުގައި ބޭނުންހިފޭނެ އިބްރަތްތެރި ފިލާވަޅެއް ދަސްކޮށް ދެއްވާށެވެ. މިހެން ބުނުމުން ބައްޕަ ބުންޏެވެ. ކުޑަކުޑަ ޕްރިންސެސްގެ ވާހަކަ ކިޔާދެންހެއްޔެވެ. ބައްޕަ ކިޔާދިން ގޮތުގައި ކޮންމެވެސް ރަށެއްގައި މުއްސަނދި ދެމަފިރިއެއްގެ ވަރަށް ރީތި އަންހެން ކުއްޖަކު ހުއްޓެވެ. ރަސް ދަރިކަނބަލެއްހެން ބޮޑުކުރަމުން އައި މިކުއްޖާ އަށް އެމީހުން ކިޔާ ނަމަކީ ކުޑަކުޑަ ޕްރިންސެސް އެވެ. ކުއްޖާ ފުރާފުރިހަމަވެ އުމުރުން 21 އަހަރުގައި […]

ސަރުކާރުގެ ޚަރަދުގައި މި އަހަރު ޙައްޖަށް ފޮނުވާ 50 މީހުން ފުރައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުގެ ޚަރަދުގައި ހިލޭ ޙައްޖަށް ފޮނުވަން ނިންމި 1،000 މީހުންގެ ތެރެއިން މި އަހަރު ޙައްޖަށް ފޮނުވާ 50 މީހުން މިއަދު ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ.  އިސްލާމިކް މިނިސްޓްރީން ބުނީ ފުރަތަމަ ބުރުގައި ހިލޭ ޙައްޖަށް ގެންދާ މީހުންގެ ގުރު ނަގާފައި ވަނީ މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހު، އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން ކަމަށެވެ.  މި ރަސްމިއްޔާތުގައި ހިލޭ […]

އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް, ބައިނަލްއަގުވާމީ ފަރާތްތަކަށް ޚުތުބާގައި ގޮވައިލައިފި

ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންގެންދާ އުދުވާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް, އެ އަނިޔާވެރި އުދުވާނީ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް, ބައިނަލްއަގުވާމީ ފަރާތްތަކަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވައިލައިފިއެވެ. ޚުތުބާގައި ބުނެފައިވަނީ މިއަދު އިސްލާމީ އުންމަތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިވެމުންދަނީ ފަލަސްތީނުގެ އަޑު ކަމަށާއިފަލަސްތީނަކީ ޝާމްކަރައިގެ ބައެއް ކަމަށެވެ. އަދި އެއީ އިސްލާމީ ހިދާޔަތާއި ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ދައުވަތާއި އެބޭކަލުންނަށް ބާވައިލެއްވި ފޮތްތަކާއި ގުޅިފައިވާ ފަސްގަނޑު ކަމަށާއި އެއީ އިސްލާމީ އުންމަތުގެ އިއްޒަތާއި ކަރާމާތާ […]

މޯދީ ހުވާކުރައްވާ ރަސްމިޔާތަށް ދައުވަތުދިން 7 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު ދީފައިވާ ހަތް ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ. ދައުވަތު ލިބުނު ގައުމު ތަކުގެ ތެރޭގައި ހިމެނެނީ އިންޑިޔާގެ އަވަށްޓެރި އަދި އިންޑިޔާ ކަނޑުގެ ގައުމުތަކެވެ. މިގައުމު ތަކަކީ ސީޝެލްސް، މޮރިޝަސް،ދިވެހިރާއްޖެ،ސްރީލަންކާ،ބަންގްލާދޭޝް، ބޫޓާން އަދި ނޭޕާލް އެވެ. މިގައުމުތަކުގެ ގިނަ ލީޑަރުންނާ މޯދީ އަމިއްލަފުޅަށް ވަނީ ގުޅުއްވާ ދައުވަތު ދެއްވާފައެވެ. އެއާއެކު ރަސްމީ ކޮންވެސް މިހާރުވަނީ ދައުވަތު ފޮނުވާ، އަދި ގިނަ ލީޑަރުން ވަނީ ގަބޫލު […]

މައުންޓް އެވަރެސްޓް ސާފު ކުރިއިރު 4 ހަށިގަޑާ އިންސާނެއްގެ ކަށިގަޑު ފެނިފައިވޭ

ދުނިޔޭގެ އެންމެ އުސް ފަރުބަދަ މައުންޓް އެވަރެސްޓްގެ އެންމެ މަތިން ކުނި ސާފު ކުރުމަށް ނޭޕާލްގެ އަސްކަރިއްޔާއިން ކުރި މަސައްކަތުން މިއަހަރު 11 ޓަނުގެ ކުންޏާ އެކުއެކީ މަރުވެފައިވާ 4 މީހުންގެ ހަށިގަނޑާ އަދި ކުރިން މަރުވެ މަސްފިލާފައިވާ އިންސާނެއްގެ ކަށިގަނޑުވެސް ފެނިފައިވާ ކަމަށް ނޭޕާލް ސަރުކާރުން ބުނެފިއެވެ. އަހަރަކު އެއްފަހަރު ކުރިޔަށް ގެންދާ އެވަރެސްޓް ސާފު ކުރުމުގެ މަސައްކަތުގައި މިއަހަރު 55 ދުވަސް ހޭދަވީކަމަށް އެފަރާތުން ބުނެފައި ވެއެވެ. ބެލެވޭ ގޮތުގައި އެވަރެސްޓްއާއެކު ކައިރީގައިވާ އަނެއްދެފަރުބަދަ […]

ސުންނީ ޝިޢާ މި ދެބައި ބޭނުންކޮށްގެން ފިތުނަ އުފައްދަން ވޭތަ؟

ސުންނީ ޝިޔާޢީ  ވިޔަސް އިސްލާމްދީން ޤަބޫލުކުރާ މީހުން މާތް ﷲ ގެ އެއްކައުވަންތަކަމާއި މުޙައްމަދުގެ ފާނުގެ ރަސޫލުކަމާއި އިސްލާމްދީނުގެ ރުކުންތައް ޤަބޫލުކުރެއެވެ. ޝައްކެއްނެތި އެކަން އެނގެން ބޭނުން މީހަކަށް ބޭރުފުށުންވެސް އެނގޭވަރަށެވެ. ގުރުއާނަށް  އީމާންވާ މީހުން ގުރުއާނަށް ބަރާބަރަށް އީމާން ވެއެވެ. އިންކާރެއް ނުކުރެއެވެ. ދެން ބައެއްގެ މެދުގައި ހުރި އާދަކާދައިގެ ތަފާތު ތަކަކީ ދީނުން ބޭރުވުންކަމުގައި ބެލުން ބުއްދި ގަބޫލުކުރާ ކަމެއްގެ ގޮތުގައި ނުބެލެވޭނެއެވެ. އެއީ އިސްލާމް މާއްދާ ކިޔަވައިދޭ ސްކޫލްތަކުގެ ގުރޭޑް 10 ދަރިވަރުންވެސް […]

ތުރުކީން ބްރިކްސްގައި ބައިވެރިވުމުގެ ވިސްނުމަށް ރަޝިޔާ މަރުޙަބާ ކިޔައިފި

ތުރުކީން ބްރިކްސް ޖަމާއަތުގައި ބައިވެރިވުމުގެ ވިސްނުމަށް ރަޝިޔާއިން މަރުހަބާ ކިޔައިފިކަން ހާމަކޮށްފިއެވެ. ތުރުކީން ބްރިކްސްގައި ބައިވެރިވުން އެ ޖަމާއަތުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ހިމެނޭނެކަމަށް ކްރެމްލިންގެ ސްޕޯކްސްމަން ދިމިތުރީ ޕެސްކޯވް ވަނީ މިދިޔަ އަންގާރަ ދުވަހު ހާމަކޮށްފައެވެ. ބްރިކްސްގެ އެންމެ އިސްވެރިންގެ ސަމިޓް އޮންނާނީ މިއަންނަ ޖުލައި މަހުގެ ތެރޭގައެވެ.                                               ދިމިތުރީ ޕެސްކޯވް ގެ ބަޔާނުގައި އެހެން ގައުމުތަކަކުންވެސް ބްރިކްސް ގައި ބައިވެރި ވުމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށް އެ ޖަމާއަތަށް ހުށައަޅާފައެވެ. އެހެންނަމަވެސް މި ފަހަރުގެ […]

އެމްއެމްޕީއާރްސީ ޚިޔާނާތް: މަޖިލީހުގެ ޗީފް އޮފް ބިއުރޯ ނިހާންގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދަނީ

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ކުރީގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓާ ޖެނެރަލުގެ އޮފީހުން ނިންމައިފިއެވެ. ނިހާންގެ މައްޗަށް ދައުވާ އުފުލީ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރުގައާއި، މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވިއިރު، މަގާމުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި […]