ގއ.ދިޔަދޫ އަކީ އަދިވެސް ފަޅުރަށެއް ނޫނެވެ.

ގއ.ދިޔަދޫގެ ރައްޔިތުން ރާއްޖޭގެ އެކި ރަށްރަށަށް ބަދަލުކުރިތާ 16 އަހަރު ވެގެން ދިޔަ އިރު އަދިވެސް އެރަށަކީ ފަޅުރަށެއް ނޫނެވެ. ދިޔަދޫ އަކީ ބުނެވޭ ގޮތުގައި 18 ވަނަ ގަރުނުގައި އާބާދީ ބޮޑުރަށެކެވެ. އެ ރަށު ރައްޔިތުން މައިގަނޑު ގޮތެއްގައި އޭރުގެ ކޮށް އުޅުނު މަސައްކަތަކީ މަސްވެރިކަމެވެ. ދިޔަދޫއަކީ ދިގުމިނުގައި މޭލެއް، އަދި އެންމެ ފުޅާދިމާގައި ބައިމޭލު ހުރި ރަށެކެވެ. އެ ރަށުގެ ޖަންގައްޔަށް ބަލާލުމުން އެރަށަކީ ގިނަ ޢަދަދެއްގެ ރައްޔިތުން ދިރި އުޅުނު ރަށެއްކަން އެނގެއެވެ. […]

ރައީސްގެ ދަތުރުފުޅުގެ ސަބަބުން ރާއްޖެ-އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ފޮރިން މިނިސްޓަރު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ގައުމަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުވަތު ދެއްވައި ފޮނުއްވި ސިޓީ, ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިއްޔެ ކުރެއްވި […]

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ.މުޢިއްޒު ފުރާވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވައި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުޢިއްޒު އިންޑިއާއަށް ފުރާވަޑައިގަތީ މިރޭގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި ރައީސާއެކު ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވެސް ބައިވެރިވެވަޑައިގަންނަވައެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީ, އާ […]

އެމްޑީޕީން ފާސްކުރި ބިލަކީ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއް

19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ އަރިހަށް ފޮނުވި ބިލަކީ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުކަށް ނޫނީ ނުވާނެއެވެ. އެހެނީ އެ ބިލުގައިވާ ގޮތުން 3 މަސްދުވަހުގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުންދީފައިވާ ގޯތިތައް, އެ ގޯތިތައް ލިބިފައިވާ ފަރާތްތަކާ ޙަވާލު ކުރަން ޖެހެއެވެ. ޢިއްޒަތްތެރި ރައްޔީތުންނޭވެ. އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ގޯތި ތަކުގެ ތެރޭގައި ކަނޑުން ދީފައިވާ ގޯތިތައްވެސް އެބަ ހިމެނެއެވެ. އެހެންކަމާއެކު ކަނޑު ހިއްކައިގެން 3 މަސް ދުވަހުގެ […]

މޯދީ ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ދެއްވި ދައުވަތު ރައީސް މުޢިއްޒު ގަބޫލުފުޅު ކުރައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް މޯދީ ދެއްވި ދައުވަތު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ގަބޫލުފުޅު ކުރައްވައިފިއެވެ. މި ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ރައީސް މުޢިއްޒަށް ދައުވަތު ދެއްވައި ފޮނުއްވި ސިޓީ އެމަނިކުފާނަށް އެރުވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ. ސިޓީ ހަވާލުކުރެއްވީ މުނޫ މަހާވަރް, ރައީސްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސް އޮފީހުގައެވެ. މި […]

ދިވެހި ކަނޑުތަކަކީ ތިޔާގި އިގުތިސާދަކަށް އޮތް އެންމެ ބޮޑު އުންމީދު: ރައީސް

ދިވެހި ކަނޑުތަކަކީ ތިޔާގި އިގުތިސާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަޙައްދުގެ މުހިންމުކަމާއި، އެކަނޑުތަކުގެ ގުދުރަތީ ނަލަކަމާއި، އެކަނޑުތަކުގައިވާ ރޯއްޖާއި ޚަޒާނާތަކަކީ ދިވެހީންގެ ތިޔާގި އިގުތިސާދަކަށް އޮތް އެންމެ ބޮޑު އުންމީދު ކަމަށެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް މިއަހަރު ސަރުކާރުން […]

އަމިއްލަ ހުވަފެންތަކާ ކުރާ އުންމީދުތައް އެންމެންނާ ހިއްސާ ނުކުރާށެވެ.

ފިރިހެން ކުއްޖަކު އޭނަގެ ކާފަ ކައިރީގައި ބުންޏެވެ. އެއީ ތެދެއްތޯއެވެ. އެއްވެސް މީހަކު އޭނާގެ އަމިއްލަ ހުވަފެންތަކާ ކުރާ އުންމީދުތައް އެހެން މީހުންނަށް ކިޔާދޭކަށް ނުވާނެ ތޯއެވެ. ބުނީމަ ކާފަ ބުންޏެވެ. ތިޔަހެން ތިޔައެހީ ކީއްވެގެން ހެއްޔެވެ. ބުނީމަ އެކުއްޖާބުންޏެވެ. މަންމަވެސް ބައްޕަ ވެސް ބުނުއްވިއެވެ. ދެން ކާފަ ބުންޏެވެ. އިހަށް ގެޔަށްގޮސް މަސްބާނާ ސާމާނު ހިފައިގެން އައިސް މިއޮއްކޯރުން މަސްކޮޅެއް ބާނާލަމާ ހިގާށެވެ. މިހެން ބުނުމަށްފަހު މަސްބާނާތަކެތި ހިފައިގެން އައިސް މަސްބާނަން ފަށައިފި އެވެ. ދާދި […]

ކޯޓަށް ފީ ދައްކާނެ ފައިސާ ނެތިގެން ޓުރަމްޕްގެ 10 މިލިއަން ޑޮލަރުގެ ޖެޓް ވިއްކާލައިފި

އެމެރިކާގެ ކުރީގެ ރައީސް އަދި މިއަންނަ ނޮވެމްބަރު މަހު އެމެރިކަގައި ބޭއްވޭ ރިޕަބްލިކަންގެ ރިޔާސީ ކެންޑިޑޭޓް ޓްރަމްޕުގެ ޙަޔާތަށް ބަލާލާއިރު ފެނި ހާމަވެގެންދާ ޙަގީގަތަކީ މުދަލާއި ފައިސާ އަދި ޖާހަށްޓަކައި އިންސާނާ ނުކުޅެދިފައިވާ މިންވަރެވެ. އެމެރިކާގެ ވެރިކަން ލިބުމުންވެސް ޢިއްޒަތާއި ޖާހުގެ ލައްޒަތު ފުދުނު ކަމަކަށް ނުވިއެވެ. އިތުރަށް އަދި މާބޮޑަށް ބޭނުންވީއެވެ. މިލިނުން ގުނާނެ ފައިސާ ލިބުމުން ފައިސާގެ އަލާކެނޑޭގޮތެއް ނުވިއެވެ.  ބިޔަ އިމާރާތްތަކާއި ދަނޑު ފަނގު މިލްކު ކުރެވުމުން ހިތް ފުރޭވަރެއް ނުވިއެވެ. ޒުވާން އުމުރުފުގައި ނިސްބަތުން ރީތި ފިލްމްސްޓާރަކަށް ވެވި މުއްސަނދި ކަމާއި ތަނަވަސްކަން ލިބުމުން ބޭނުންވި […]

އުނގޫފާރުގައި ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި ޒުވާނާ ނިޔާވެއްޖެ

ރ.އުނގޫފާރުގައި ކަރަންޓު ޖެހިގެން، ހާލު ސީރިއަސްވެ އިތުރު ފަރުވާ ދިނުމަށް މާލެ ގެނައި ޒުވާނާ މިއަދު ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ ރ. އުނގޫފާރު، ދޫނިހުރާ، ހުސައިން އަތީކް، 18 އެވެ.   އެ ޒުވާނާއަށް ފަރުވާދެމުން އައީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައެވެ. އައިޖީއެމްއެޗުން ބުނީ އެ ޒުވާނާ ނިޔާވީ މިއަދު ހެނދުނު 10:30 ގައި ކަމަށެވެ. މިދިޔަ މަހުގެ 23 ވަނަ ދުވަހު އުނގޫފާރު މަގުމަތީގައި ފެންގަނޑެއްތެރެއަށް އެރި އުޅުނު ތިން ކުއްޖަަކަށް ކަރަންޓު ޖެހިގެން ފަރުވާދީފައި […]

މި މަހުގެ 20 ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފި 

މި މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހަމަޖައްސަވައިފިއެވެ.  މިކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައެވެ. ޖޫން މަހުގެ 20 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ މި 1445 އަހަރުގެ ޛުލްޙިއްޖާމަހުގެ ހަނދު ސާބިތުކުރުމުގެ އުސޫލަށް ރިޢާޔަތްކުރައްވައެވެ. އެގޮތުން ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ 2024 ޖޫން 7 ވީ ހުކުރު ދުވަސްކަމަށް މިނިސްޓްރީ އޮފް […]