އެމެރިކާ ދާޚިލީ ދެކޮޅުވެރިކަމަކަށް ދިއުމުގެ ކޮޅުމަތި ފެނޭ

މިލިއުމަކީ ދަ ޓެލިގްރާޕްގެ ލިއުންތެރިޔާ ޓިމް ސްޓޭންލީ ފާޅުކުރި ޢޭނާގެ އަމިއްލަ ވިސްނުމެއްގެ މައްޗަށް އެސޯޝިއޭޓްޑް ޕްރެސްގެ މާރކް ޕީޓަރސަންތައްޔާރުކޮށްފައިވާ ރިޕޯރޓެކެވެ.  ކިއުންތެރިން މިކަމަށް ސަމާލުކަން ދިނުން އެދެމެވެ.              ކުރީގެ ރައީސް ޓްރަމްޕަށް ޝަރުޢީ ކޯޓުން އިއްވި ނިޔާގެ ޚަބަރު އަހަރެން ދުއްވަމުން ގެންދިޔަ ކާރުގެ ރޭޑިއޯއިން އިވުމާއެކު ބޭއިޚްތިޔާރުގައި މަގުގެ އެއްފަރާތަށް ކާރު ހުއްޓާ ލެވުނެވެ. އަހަރެންގެ ހިތަށް އެރިއެވެ.  އަނެއްފަހަރު ފޯރޓް ސުމްޓަރ ފެށުނީ ހެއްޔެވެ ؟ އެމެރިކާ ދާޚިލީ ދެކޮޅުވެރިކަމަކަށް ކުރިމަތި ވަނީ ހެއްޔެވެ ؟ ފޯރޓް […]

ރައީސް ބައިޑްންއަށް ޙަގީގަތުގައިވެސް  ވާނުވާ ނޭނގެނީތަ

ބޮޑުވަޒީރު ނަތަންޔާހޫގެ ސިޔާސީ މަންފާއަށްޓަކައި އިސްރާއީލް- ފަލަސްތީނުގެ ހަނގުރާމަ ދިގު ދަންމަނީ ކަމަށްބުނެ ދީފައިވާ ބަސްދީގަތުމަކަށް ރައީސް ބައިޑްންވެސް އެއްބަސްވާކަން ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައި ވާތީ ސޯޝަލް މީޑިއާގައި ކޮންޒަރވޭޓިވް ލީޑަރުންގެ ފާޑުކިއުން ރައީސް ބައިޑްންއަށް އަމާޒުވަމުން އެބަދެއެވެ.   އިސްރާއީލުގެ ބައެއް ސިޔާސީ ފަރާތްތަކުން މި ވިސްނުން ގެންގުޅޭކަން އެނގިފައިވާކަމަށް ޓައިމްސް މަޖައްލާއިންވެސް “ އެއީ ތެދެއްކަމަށް މަނިކުފާނު ގަބޫލު ކުރައްވަމު ތޯ “  ރައީސް ބައިޑްން އަށް ވަނީ މި ސުވާލު ކުރިމަތި ކޮށްފައެވެ.  ޖަވާބުގައި ވިދާޅުވެފައިވަނީ ހަނގުރާމަ ފެށުމުގެ ކުރިން […]

ޒީ… 1

”ދުއިސައްތަ ރުފިޔާ.“ ފައިވާން ހިފައިގެން ކައުންޓަރުދޮށަށް އައި ކަސްޓަމަރުގާތުގައި އަހަރެން ބުނީމެވެ. ”ޓްރާންސްފަރ ކޮށްލާނީ.“ އެވަގުތު އަހަރެންނަށް ސިއްސައިގެންގޮސް އެ މޫނަށް ބަލައިލެވުނެވެ.  ”ޒީ!“ ހައިރާންކަމާއެކު ދެމީހުންނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ”މިއޮތީ ނަމްބަރު!“ އަހަރެން ދައްކާލީ ޓްރާންފަރ ކުރަންވީ ނަމްބަރާއި ވައިބަރ ކުރަންވީ ނަމްބަރެވެ.  ސްލިޕް ފޮނުވާފައި އޮންނާނެއޭ ބުނެފައި ހިނިތުންވުމެއް އަހަރެންނަށް ހަދިޔާކުރުމަށްފަހު އޭނާ ނުކުމެގެން ހިނގައްޖެއެވެ. ބަހެއްވެސް ބުނާނެ ކުޅަދާނަކަމެއް އަހަރެންނަކަށް ނުލިބުނެވެ. ގަނޑުވެފައި އެތައް އިރަކު އިނދެވުނެވެ.  އަހަރެންނަށް ހޭވެރިކަންވީ ވައިބަރުން މެސެޖެއް ލިބުމުންނެވެ. ކުއްލިއަކަށް ޚިޔާލަށް […]

ތިމާވެށީގެ ދުވަހާއި ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ”ފެނުން ދިރުން“ ނަމުގައި ކުރެހުމުގެ މުބާރާތެއް

ތިމާވެށީގެ ދުވަހާއި ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ”ފެނުން ދިރުން“ ނަމުގައި ކުރެހުމުގެ މުބާރާތެއްއިފްތިތާހުކޮށްފިއެވެ. މި މުބާރާތް ކުރިއަށް ގެންދާނީ އެމްޑަބްލިޔުއެސްސީއާއި ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް، އެންސީއޭ ގުޅިގެންނެވެ. އެގޮތުން ރޭ ސަލްޓަން ފާކުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މުބާރާތް އިފްތިތާހުކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.  އެމްޑަބްލިޔުއެސީން ބުނީ މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު 18 އަހަރުން މަތީ ކޮންމެ ބޭފުޅަކަށްވެސް ހުޅުވާލާފައިވާ ކަމަށާއި […]

ކުރިއަރަމުންދާ ޓެކްނޮލޮޖީއާއެކު ޒަމާނާ ގުޅޭގޮތަށް ޚިދުމަތްތައް ބައްޓަން ކުރުމަށް އެދިވަޑައިގެންފި 

ކުރިއަރަމުންދާ ޓެކްނޮލޮޖީއާއެކު ޒަމާނާ ގުޅޭގޮތަށް ޚިދުމަތްތައް ބައްޓަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގެންފިއެވެ.   ނައިބު ރައީސް މިގޮތަށް އެދިވަޑައި ގަތީ 4 ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ ވަރަށް ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއި ކަމަށް ކަމޭ ހިތުމާއެކު އަދާކުރަންޖެހޭ ބުރަ ޒިންމާއެއްކަމަށެވެ.  ސަރުކާރު […]

ހޮވާފައި މިތިބީ ކޯޅޭކަށެއް ނޫން:މޭޔަރ އަޒިމް

ސިޔާސީ މަޤާމުތަކަށް ހޮވާފައި މި ތިބީ ކޯޅޭކަށް ނޫން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.  ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މަޤާމުތަކަށް އިންތިޚާބުކޮށްފައި މިތިބީ ކޯޅޭ ކަށެއް ނޫން ކަމަށާއި ހޮވާފައި މިތިބީ ރައްޔިތުންގެ ވަރަށް ބޮޑެތި އުންމީދުތަކާއެކު ކަމަށެވެ.  ނަމަވެސް މަޤާމުތަކަށް އިންތިޚާބު ކުރުމުން ރައްޔިތުންނަށް ދޭންވާ ޚިދުމަތްތަކާ ދޭތެރޭ ފިކުރުނުކޮށް އަބަދު އަބަދު އެއްބަޔަކު އަނެއް ބަޔަކާ ކޯޅި އަސްލު ކުރަންހުރި މަސައްކަތް ދޫކޮށްކޮފައި އުޅުމުން ހުރިހާ […]

ކެތްތެރިކަމުގެ ނަތީޖާ

ކޮންމެވެސް ރަށެއްގައި މުސްކުޅި ދެމަފިރިން އުޅުނެވެ. ބަލާބެލުމަށް ވަރަށް ގުޅޭ ވަރަށް ހަމަޖެހޭ ދެމަފިރިންނެވެ. ވަރަށް ލޯބިން އުޅެ އެކުގައި ހަޔާތް ވޭތިކޮށް ނިމެން ކައިރި ވެފައިވާއިރު، އެކަމާބެހޭ ގޮތުން ފިރިމީހާ ސުވާލު ނުކުރުމަށް އަންހެން މީހާ އެދިފައިވާ ކަރުދާހު ފޮއްޓެއް ފޮރުވައިގެން އޭނާ ގެންގުޅެއެވެ. ކޮންމެއަކަސް ހަޔާތުގެ އެކި މަރުހަލާތައް ދެމީހުން އެކުގައި ކަޑައްތު ކުރަމުން އައިސް މުސްކުޅި އުމުރަށް އެޅިފައިވަނިކޮން އަންހެން މީހާ ކުއްލިއަކަށް ވަރަށް ބޮޑަށް ބަލި ވެއްޖެ އެވެ. ޑަކްޓަރުންނާ ހަކީމުން […]

 ކޮއެލިޝަން ހަދަން ޖެހުމުން މޯދީ ”ހަންބްލް“ ވެދާނެތަ؟

އިންޑިޔާއަކީ ސަރުކާރު ގާއިމް ކުރުމުގައި ކޮއެލިޝަން ހަދަންޖެހުމާ ބީރައްޓެހި ގައުމެއް ނޫނެވެ. އެންމެ ބޮޑު ޑިމޮކްރަސީ ކަމުގައިވާ އިންޑިޔާގައި މިހާތަނަށް ހަޕާޓީ ނުވަތަ ބާރަވަރަކަށް ޕާޓީ ގުޅިގެންވެސް ސަރުކާރުތައް އުފައްދާފައި އެބަހުއްޓެވެ. 2089ން 2004އަށް 6 އާންމު އިންތިޚާބް ބާއްވާފައިވާއިރު އެއިން އެއްވެސް އިންތިޚާބަކުން އެއްޕާޓީ އަށް އެކަނި އަޤުލަބިއްޔަތު ލިބިފައެއްނުވެއެވެ.އެއަށްފަހު އުފެއްދި ބައެއް ކޮއެލިޝަން ސަރުކާރުތަކުގެ ތެރޭގައި ވަރަށް މައްސަލަ ބޮޑުވެގެން ވެސް ދިޔައެވެ. 1989ން 1999އަށް ކޮއެލިޝަން 8 ސަރުކާރު އުފައްދާފައިވާއިރު ގިނަ ސަރުކާރުތައް […]

އިންޑިއާގައި ތައްޔާރުކުރާ ބޮންތަކެއް ބޭނުންކޮށްގެން ފަލަސްތީނަށް ހަމަލާދެނީ

އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ބޮމުގެ ހަމަލާތަކުގައި އިންޑިއާއިން ތައްޔާރުކޮށްފައިވާ ބޮންތަކެއް ބޭނުންކުރަމުން ގެންދާކަން ހާމަވެއްޖެއެވެ. މިގޮތުން، އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާގައި ހުރި ޔޫއެން ޝެލްޓަރ އަކަށް ވައްޓާލި ބޮމެއް ގޮވުމަށްފަހު އޭގެ ބައިތަކުން “މޭޑް އިން އިންޑިއާ” ތައްގަނޑުވަނީ ފެނިފައެވެ. ސޯޝަލްމީޑިއާގައި ވައިރަލްވި ވީޑިއޯއަކުން ބޮން ގޮއްވާލި ސަރަހައްދު ފެންނައިރު، ނުސެއިރަތުގައި ހުރި މިއިމާރާތް ބިމާއި ހަމަވެފައިވާތަން ފެނެއެވެ. މިއީ ޔޫއެންއާރްޑަބްލިއުއޭ އިން ނުސެއިރަތުގައި ހަދާފައި ހުންނަ ސްކޫލެއް ނަމަވެސް، އެތަން ބޭނުންކުރަމުންދިޔައީ 6000 އަށްވުރެ […]

ރާއްޖޭގެ ސިއްޙީ ދާއިރާ އޮތީ ބަރަހަނާ ޙާލުގައި

ގައުމެއް ތަރައްގީ ވާނީ އެގައުމެއްގެ ރައްޔިތުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބެގެންނެވެ. ރައްޔިތުމީހާ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަކީ ސަރުކާރެއްގެ އެންމެ މައިގަނޑު އަސާސެވެ. ކަން މިހެން ހުރިނަމަވެސް މިހާތަނަށް އުފެދުނު އެއްވެސް ސަރުކާރަކުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް މާބޮޑު ސަމާލު ކަމެއް ދޭތަނެއް ނުފެނެއެވެ. ރާއްޖޭގެ ސިއްޙީ ދާއިރާ އޮތީ ބަރަހަނާ ޙާލުގައެވެ. ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އަބަދުގެ ޝަކުވާއަކީ އެބަޔަކު އެ ދިރި އުޅޭ ސަރަޙައްދަކުން އެކަށޭނެ ބޭސްފަރުވާ ނުލިބުމުގެ ޝަކުވާއެވެ. އެހެނަސް އެއްވެސް ސަރުކާރެއްގެ […]