މޯދީ ހުވާކުރެއްވި ރަސްމިއްޔާތު ލައިވްކުރަން ނިންމި ކަމަށް ބުނެ އަދަދު ނޫހުން ޝާއިއުކުރީ ދޮގު ޚަބަރެއް: ޕީއެސްއެމް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ދައުރަކަށް ހުވާކުރެއްމުގެ ރަސްމިއްޔާތު ލައިވްކުރަން އެ މީޑިއާއިން ނިންމި ކަމަށް ބުނެ އަދަދު ނޫހުން ފަތުރާފައިވަނީ ދޮގު ޚަބަރެއް ކަމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ބުނެފިއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާ ދައުރަކަށް ހުވާކުރެއްމުގެ ރަސްމިއްޔާތު ލައިވްކުރަން އެ ކުންފުނިން އެއްވެސް އިރެއްގައި ނުނިންމާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތައް […]

ރައީސް ޑރ.މުޢިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ އާ ބައްދަލުކުރައްވައިފި

ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އިންޑިއާގެ ރައީސްގެ ގެކޮޅު ކަމަށްވާ ރަޝްތުރަޕަތީ ބަވަންގައެވެ. މި ބައްދަލުކުރެެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ކުރިއެރުމަށްޓަކައި އެކުގައި މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. ރައީސް ޑރ.މުޢިއްޒު މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އައު ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި […]

ކުރިމަގުގައި ރާއްޖެއާއެކު ގުޅުން އިތުރަށް ބަދަހިކުރާނަން: ޖަޔަޝަންކަރު

ކުރިމަގުގައި އިންޑިއާއިން ރާއްޖެއާއެކު ގުޅުން އިތުރަށް ބަދަހިކުރާނެ ކަމަށް އިންޑިއާގައި އިއްޔެ އެކުލަވައިލި އައު ސަރުކާރުގެ ޔޫނިއަން މިނިސްޓަރު ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ވިދާޅުވެއްޖެއެވެ. ޖަޔަޝަންކަރު މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ. މި ބައްދަލުކުރެއްވުމުގައި ދޭދޭ ގައުމު ތަކުގެ މެދުގައި އޮންނަން ޖެހޭ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި އެއް ގައުމުން އަނެއް ގައުމަށްދޭ […]

މިއީވެސް ޑިމޮކްރެސީގެ ނަމޫނާއެކެވެ

ބާރު ލިބިފައިވާ އިންސާނާ އެ ބާރުގެ ބޭނުންކުރުމުގައި ހައްދުފަހަނަޅާ ދާނެއެވެ. އޭނާގެ ކުރިމަތީގައި އަދުލު އިންސާފަކީ އޭނާ ދެކޭގޮތެވެ. ރޮއިޓާރސްގެ  އެންމެ ފަހުގެ ޚަބަރުތަކުގެ ފަލަ ސުރުޚީއަކީ ރައީސް ޖޯ ބައިޑްން ފަރަންސޭސި ވިލާތަށް ވަޑައިގަތުމެވެ. ފަރަންސޭސި ރައީސް މެކްރޯނާއެކު ބައިޑްން ބޭއްވި ރަސްމީ ވާހަކަތަކުގެ މައިގަނޑު މަގްސަދަކަށްވެފައި އޮތީ ފަރަންސޭސި ވިލާތުގައި ހިފާއްޓާފައިހުރި  ރަޝިޔާގެ މިލްކިއްޔާތާއި އިންވެސްޓްމެންޓް ތަކުން ލިބޭ ފައިދާ ޔޫކްރެއިންގެ ހަނގުރާމައަށް ހޭދަކުރުމެވެ. ދެބޭފުޅުން ވަނީ އެކަމަށް އެއްބަސްވެ ސިއްކަ ޖައްސަވާފައެވެ.  ދެ ރައީސުންގެ މަޝްވަރާގައި ފަރަންސޭސި […]

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ދެކޮޅު ހެދި ތިން ވަޒީރުންނަށް ރުހުން ދީފި

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ދެކޮޅު ހެދި ތިން ވަޒީރުންނަށް މިއަދު ރުހުން ދީފި އެވެ. އެގޮތުން އެމްޑީޕީގެ މެޖޯރިޓީއޮތް ނަވާރަ ވަނަ މަޖިލީހުން ރުހުން ނުދޭން ނިންމި ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ އިތުރުން ހައުސިންގް މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.  ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީއާ އެކީ ފެށި 20 ވަނަ ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ […]

ނަސީބުވެރި ބޮއް

އެއްޒަމާނެއްގައި ކޮންމެވެސް ހިސާބެއްގެ ޖަންގައްޔެއްގައި މުސްކުޅި ބޮކެއް އުޅުނެވެ.މިބޮކަށް ހުރިހާ ޖަނަވާރުތައް ދީފައިވާ ނަމަކީ ސޭކު މުސްކުޅި ބޮކެވެ.މި ބޮކުގެ ޚާއްސަ ސިފަޔަކީ ބުއްދީގެ ގޮތުން ވަރަށް ބޮޑަށް ދަށް ވުމެވެ. މިބޮކަށް ހަމަ އެއްވެސް ކަމެއް ފަހުމް ނުވާ ކަމަށް ވެއެވެ.ބޮއް ކަންތައް ކުރާ ގޮތުން އެހެން ހުރިހާ ޖަނަވާރު ތައް ތިބެނީ ހީހީ ކަމަށް ވެއެވެ. ބޮކަކީ އެއްވެސް އެއްޗެއް ކަމަށް ނުދެކި އެއަށް އެއްވެސް ޖަނަވާރަކު އިހުތިރާމް ނުކުރާކަމަށް ވެއެވެ. ބުއްދީގެ ގޮތުން […]

ކްލަބް އިމިގްރޭޝަންގެ ފަރާތުން ފަލަސްތީނަށް އެއްލައްކަ ރުފިޔާ ހަދިޔާކޮށްފި

އިމިގްރޭޝަންގެ ރެކްރިއޭޝަން ކްލަބް، ކްލަބް އިމިގްރޭޝަންގެ ފަރާތުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހުތުންނަށް އެހީތެރިވުމަށް އެއްލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.  އިމިގްރޭޝަނުން މި ފައިސާގެ އެހީ ފަލަސްތީނުގެ ރައްޔިތުންނަށް ފޮނުވުމަށްޓަކައި ހަވާލުކޮށްފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީއާ)އެވެ.  އިމިގްރޭޝަނުން ބުނީ މި ފައިސާއަކީ އެ ކްލަބުން ކުރިއަށްގެންދިޔަ ފަންޑް ރައިޒިން ހަރަކާތުގެ ތެރެއިން އެއްކޮށްފައިވާ ފައިސާ ކަމަށެވެ. މި ފައިސާ ހަވާލުކުރުމަށް އިމިގްރޭޝަން އޮފީހުގައި ބޭއްވި ހަފްލާއެއްގައި އެ ފައިސާ އައިއޭސީއަށް ހަވާލު ކޮށްދެއްވީ […]

އިޒްރޭލު މީހުން އައުން މަނާކުރާއިރު ފުންކޮށް ވިސްނަން ޖެހޭ: ގާސިމް

އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ މާނައަކީ ރާއްޖެއަށް ޔަހޫދީން އައުން މަނާކުރުން ކަމަށް ސިފަކުރައްވައި، އެއީ ”ފުންކޮށް ވިސްނައިލަން ޖެހޭ“ ކަމެއް ކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ. ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމުގެ ސަބަބުން އެ ގައުމުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އައުން މަނާކުރަން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވި ބިލަށް މަޖިލީހުގައި މިއަދު ފެށި ބަހުސްގައި ގާސިމް ވިދާޅުވީ، […]

އިޒްރޭލު ޕާސްޕޯޓު މަނާކުރަން އެމްޑީޕީން ހުށަހެޅި ބިލަށް ޕީއެންސީގެ ތާއީދު

އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އެތެރެވުން މަނާކުރަން އިމިގްރޭޝަންގެ ގާނޫނު އިސްލާހުކުރަން އިދިކޮޅު އެމްޑީޕީން ހުށަހެޅި ބިލަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ވެސް މިއަދު ތާއީދުކޮށްފިއެވެ. މިއަދު އޮތް ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ހަތަރު ވަނަ ޖަލްސާގައި އޮތީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅުހެދުމުގެ ގޮތުން، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ގާނޫނު އިސްލާހުކުރަން ހުށަހެޅި ބިލު އެޖެންޑާކޮށްފައެވެ. އެ ބިލު […]

ތޮއްޑޫގައި ހަމަނުޖެހުން ހިންގި 8 މީހަކު ހައްޔަރުކޮށްފި

އއ. ތޮއްޑޫ ކައުންސިލް އިދާރާގެ ފުރާޅަށް ގާ އުކައި، ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން 8 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަަ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ. ދަނޑުވެރިކަމަށް ބިން ދޫކުރުމުގައި ކައުންސިލުން އަމަލުކުރިގޮތާ މެދު ހިތްހަމަނުޖެހިގެން އެ ރަށު ކައުންސިލު ކުރިމައްޗަށް އާންމުން އެއްވެ މުޒާހަރާކޮށްހަމަނުޖެހުން ހިންގީ މި މަހުގެ ފަސް ވަނަ […]