!މައި ހުޅުމާލެ ޢީދު އުފާގެ ނަމުގައި ހުޅުމާލޭގައި ކުލަގަދަ ޢީދެއް

ތަފާތު ގިނަ ހަރަކާތްތަކާ އެކު ”މައި ހުޅުމާލެ ޢީދު އުފާ“ގެ ނަމުގައި ހުޅުމާލޭގައި ކުލަގަދަކޮށް މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމުގެ ތައްޔާރީތައް އެޗްޑީސީން ފަށައިފިއެވެ. އެގޮތުން ”މައި ހުޅުމާލެ ޢީދު އުފާ ޕަވަރޑް ބައި ދިރާގު“ ނަމުގައި ފާހަގަކުރާ މި ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ތިން ދުވަހަށް ބަހާލައިގެންނެވެ. މި އަހަރުގެ އަޟްހާ އީދުގެ ފޯރިގަދަ ހަރަކާތްތައް ހުޅުމާލޭގައި ފެށުމަށް ހަމަޖެހިފައިވަނީ 15 ޖޫން ވާ ދުވަހުގެ ރޭގަނޑު، އީދު ވެދުމާދިއުމުގެ ފޯރިގަދަ […]

ގާ ހުދުވާތީ ބިން ހިއްކުމާއި ފަޅުކޮނުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފި

ގާ ހުދުވާތީ ވަގުތީ ގޮތުން ބިން ހިއްކުމާއި ފަޅުކޮނުން މަނާކޮށްފައި އޮތް އޮތުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ނިމުމަކަށް ގެނެސްފިއެވެ. އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިދިޔަ މަހު ކޮރަލް ރީފް ވޮޗްއިން އިއުލާންކުރި އެލަރޓްގައި ވަނީ ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނު މިނަށް ބަލާފައި، ގައު ހުދުވުން އެކަށީގެންވާ ކަމަށް ލަފާކޮށް، އެލަރޓް ލެވެލް 2 އިން 1 އަށް މަތިކޮށްފައި ކަމަށެވެ.  އެހެންކަމުން މި މައްސަލަ ފާހަގަވުމާއެކު އީޕީއޭއިން […]

ޔަމަނުގެ ސަރަހައްދުން ދެ ބޯޓަކަށް ޙަމަލާދީ ރޯކޮށްލައިފި

ޔަމަނު ކައިރިން ދަތުރުކުރަމުން ދިޔަ 2 ބޯޓަކަށް ޔަމަނުން ހަމަލާދީ ރޯކޮށްލައިފިއެވެ. އިނގިރޭސި ވިލާތުގެ މެރިޓައިމް އޭޖެންސީގެ ރިޕޯރޓުގައި ބުނެފައިވަނީ އެ ދެބޯޓަށް ޙަމަލާދީ ރޯކޮށްލާފައިވަނީ އަދަންގެ އިރު-ދެކުނުން 80 ވަރަކަށް މޭލު ކައިރިން ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. އިނގިރޭސި ވިލާތުގެ ސެކިއުރިޓީ ފާރމް އެމްބްރޭ އިންވެސް ވަނީ އެންޓިގުއާގެ ކާގޯ ބޯޓަކާއި ބާރބިއުޑާގެ ކާރގޯ  ބޯޓަކަށް އަދަނުގެ އިރު-ދެކުނުން 83 މޭލު ކައިރިން ދަތުރުކޮށްފައި ދަނިކޮށް މިސައިލް ޙަމަލާ އަމާޒުވެ ރޯވެފައިވާކަން ކަށަވަރުކޮށް ދީފައެވެ. އޭރު ދެބޯޓުވެސް ދަތުރުކުރަމުން ދިޔައީ ހުޅަނގު-ދެކުނަށް ގަޑިއަކު 8 މޭލުގެ ދުވެލީގައެވެ. މިސައިލް […]

އިންޑިޔާއަށް ކުރިމަތިވެފައިވާ ހީޓްވޭވް ގައި އިތުރު 8 މީހުން މަރުވެއްޖެ

އިންޑިޔާއަށް ކުރިމަތިވެފައިވާ އާދަޔާ ޚިލާފް ހޫނު މޫސުމުގައި އޮޑިއްސާ އިން 72ގަޑިއިރު ތެރޭ 8 މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. މޭމަހު ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ހޫނު ގަދަ ވުމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަ ތަކުގައި މަރޗް މަހުން މޭމަހުގެ ނިޔަލަށް 60 މީހުން މަރުވެފައި ވެއެވެ. ރަށް ފުށުގެ ހިސާބުތަކުން މަރުވި މީހުންގެ އަދަދުތައް ހާމަވެފައިނުވާތީ މަރުވި މީހުންގެ އަދަދު މިއަށްވުރެ މަތިވާނެ ކަމަށް ބެލެވެއެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި މިހާރު […]

މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި 

ކ. މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފިއެވެ.  މިއީ މާލެ ސިޓީ ފިޔަވައި އެހެން ރަށަކުން މި ޚިދުމަތް ލިބެން ފެށި ފުރަތަމަ ފަހަރެވެ.  މާފުށީގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދޭން ފެށުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން މި ޚިދުމަތް ފައްޓަވާނެކަން ރައީސް މުޢިއްޒު އިޢުލާންކުރައްވާފައި ވަނީ، 19 އޮގަސްޓް 2023 ގައި، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި، ކ.ގުރައިދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.  ޑޮލަރުގެ މުޢާމަލާތްތައް އެންމެ ފުޅާކޮށް ރާއްޖޭގައި ހިނގާ […]

އިންޑިއާ ދަތުރު ވަރަށް ކާމިޔާބު، އިހުނަށްވުރެ ގުޅުން ރަނގަޅުވާނެ: ރައީސް

އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ތިން ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި ނަރެންދުރަ މޯދީ އެ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީގެ ހާއްސަ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ހުންނަވައި ”ޕީއެސްއެމް ނިއުސް“ އަށް ދެއްވި އިންޓަވިޔުއެއްގައި ރައީސް ވިދާޅުވީ، އެ ގައުމަށް ކުރެއްވި ދަތުރުފުޅުގެ […]

ރައީސް މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.  އެ މަނިކުފާނު އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެރުވި ދަޢުވަތަކަށެވެ.  ރައީސްގެ މި ދަތުރުފުޅުގައި، ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޢިއްޒަތްތެރިންގެ ޝަރަފުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.  އަދި ރައީސުލްޖުމްހޫރިއްޔާއާ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ދެބޭފުޅުން ބައްދަލުކުރައްވައި ދެ […]

އިރާނާއެކު ގުޅުން އައުކުރުމަށް ބަހްރޭނުން އެދުނީ ރަޝިއާ މެދުވެރިކޮށް

އިރާނާއެކު ޑިޕްލޮމެޓިކް ގުޅުންތައް އައުކުރުމަށް ބަހްރޭނުން އެދިފައިވަނީ ރަޝިއާ މެދުވެރިކޮށްގެންނެވެ.  ރައީސްގެ ތަރުޖަމާނު މުހައްމަދު ޖަމްޝީދީއާއި ހަވާލާދީ އިރާނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަހްރޭނު ސަރުކާރުގެ އިސް ބައެއް ބޭފުޅުންވަނީ އިރާނާއި އެކު ގުޅުން ބަދަހިކުރުމުގެ ވާހަކަތައް ދައްކަމުންނެވެ. އިރާނާއި ބަހްރޭނާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ނޯންނަތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ.  މިގޮތުން، ބަހްރޭނުން އިރާނާއެކު ޑިޕްލޮމެޓުކް ގުޅުން ކަނޑާލާފައިވަނީ 2016 ވަނަ އަހަރު ސައުދީ އަރަބިއާއާއި އިރާނާއި ދެމެދު ޖެހުނު މައްސަލައަކަަާއި ގުޅިގެންމެވެ. އަދި ބަހްރޭނުންވަނީ […]

ފްރާންސްގެ ޕާލިމެންޓް އުވާލައި، ޖޫންމަހުގެ ނިޔަލަށް އިންތިހާބެއް ބާއްވަނީ

ޔޫރަޕިއަން ޕާލިމެންޓްގެ އިންތިހާބުގައި ފްރާންސްގެ ރައްޔިތުން ވޯޓުދިން ގޮތާއި މެދު ނުރުހުންވެ ފްރާންސްގެ ޕާލިމެންޓް އުވާލައި، އައު މެންބަރުން އިންތިހާބުކުރުމަށް ވޯޓުނެގުން މި ޖޫން މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ފްރާންސްގެ  ރައީސް އިމްނުއެލް މެކްރޯން ނިންމަވައިފިއެވެ.  އާދިއްތަދުވަހު ވާހަކަދައްކަވަމުން މެކްރޮން ވިދާޅުވެފައިވަނީ، އެއްބައިވަންތަ، ވަރުގަދަ، އަދި މިނިވަން ޔޫރަޕަކީ ފްރާންސްގެ މުސްތަގުބަލަށް އެންމެ ރަނގަޅު ގޮތް ކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމެއް ކަމަށާއި، އެނޫންގޮތެއް ގަބޫލުކުރެވޭކަށް ނެތްކަމަށެވެ.  “ނެޝަނަލިސްޓުންނާއި ޑެމަގޮގުން އިތުރުވުމަކީ ގަުއމަށް އޮތް […]

ޙައްޖުވެރިންގެ ކަންކަން ވަނީ ވަރަށް ފުރިހަމައަށް އިންތިޒާމް ކުރެވިފައި:އަމީރުލް ޙައްޖު

ޙައްޖުވެރިންގެ ކަންކަން އިސްލާމިކް މިނިސްޓްރީއާއި ޙައްޖު ކޯޕަރޭޝަން ގުޅިގެން ވަނީ ވަރަށް ފުރިހަމައަށް އިންތިޒާމް ކުރެވިފައި ކަމަށް މި އަހަރުގެ އަމީރުލް ޙައްޖު، ތަޢުލީމީ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.   ވަޒީރު މިހެން ވިދާޅުވީ ޢަމީރުލް ޙައްޖުގެ ގޮތުގެ ގޮތުގައި ފުރާވަޑައިގެންނެވުމުގެ ކުރިން ދެއްވި ބަސްދީގަތުމެއްގައެވެ.  އެގޮތުން އަމީރުލް ހައްޖު ވިދާޅުވީ މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ދިވެހި ހުރިހާ ޙައްޖާޖީންގެ ހާލުވެސް ރަނގަޅު ކަމަށެވެ. ޙައްޖުވެރިންގެ ކަންކަން ވަނީ އިސްލާމިކް މިނިސްޓްރީއާއި […]