ސަގާފަތާއި ތަރިކައިގެ ދާއިރާތަކުން މީހުން ތަމްރީނުކުރަން ބޭރުގެ ތަޖުރިބާކާރުން ގެންނަނީ

ސަގާފަތާއި ތަރިކައިގެ ދާއިރާތަކުން މީހުން ތަމްރީނުކުރަން ބޭރުގެ ތަޖުރިބާކާރުން ރާއްޖެ ގެނެސްދިނުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ޔުނެސްކޯގެ ފަރާތުން ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ ޓިމް ކަރޓިސް ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖެ ހިމެނޭހެން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނަވާ ޔުނެސްކޯގެ އިސް މަންދޫބު ޓިމް ކަރޓިސް މިހެން ވިދާޅުވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމާއެކު އިއްޔެ އެ ވުޒާރާގައި ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި […]

“އެމެރިކާއާއި އިޒްރޭލުގެ ޖާސޫސްކުރާ ސެލްއެއް” ޔަމަނުން ހައްޔަރުކޮށްފި

“އެމެރިކާއާއި އިޒްރޭލުގެ ޖާސޫސުންގެ ސެލްއެއް” ހައްޔަރުކޮސްފައިވާކަން ޔަމަނުގެ ހޫތީން ހާމަކޮށްފިއެވެ.  ހޫތީން މިކަން ހާމަކޮށްފައިވާއިރު، އެކުވެރި ދައުލަތުގެ އިރުޝާދުގެ ދަށުން މަސައްކަތްކުރާ 12 މީހަކު ޔަމަނުން ހައްޔަރުކޮށްފައިވަނީ ދާދި ފަހުންނެވެ.  މިގޮތުން، ޔަމަނުން ހައްޔަރުކުރި ސެލްގައި ޔަމަނުގައި ހުންނަ އެމެރިކާ އެމްބަސީގެ ކުރީގެ މުވައްޒަފެއް ހިމެނޭކަން ހޫތީންގެ އިންޓެލިޖެންސް ޗީފް، އަބްދުލް ހަކީމް އަލްޚައިވާނީ އާންމުކޮށް ބްރޯޑްކާސްޓްކޮށް ދިން ބަޔާނެއްގައި ހާމަކޮށްފައެވެ.  “މިއީ ދުޝްމަނުންގެ މަސްލަހަތު އޮންނަކަންކަން ކުރިއަށްޖައްސައި، އެހެން ކަންކަމަށް ރަސްމީ ހައިސިއްޔަތުންނާއި، ނުރަސްމީގޮތުން އަސަރުފޯރުވައި، […]

ޙަމާސް އާއި ޕެލަސްޓައިން އޮތޯރިޓީން ޔޫ.އެން. ގަރާރަށް މަރުޙަބާ ކިޔައިފި

ގާހިރާއިން މިއަދު ހެނދުނު ރޮއިޓާރސް އިން ދީފައިވާ ޚަބަރުތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އިސްރާއީލް-ގައްޒާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން ޔޫ. އެން. އަށް ހުށައެޅި ގަރާރު ސެކިއުރިޓީ ކައުންސިލުން ފާސްކުރުމުން ޙަމާސްއާއި ޕެލަސްޓައިން އޮތޯރިޓީންވެސް (މަހުމޫދު އައްބަސް ފެކްޝަން) އެކަމަށް މަރްޙަބާކިޔާކަން ހާމަކުރި ޚަބަރެވެ.         ހަމާސް އިން ބުނެފައިވަނީ އެ ގަރާރުގައި އެކަށައަޅާފައިވާގޮތަށް ކަންތައް ފުރިހަމަ ކުރުމަށްޓަކައި އިޚްތިޔާރުކުރެވޭ މެދުވެރިންނަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށެވެ.                       […]

އަގުބޮޑު ކާރެއް 15 ޑޮލަރަށް ލިބުނު ގޮތުގެ ވާހަކަ

ކޮންމެވެސް ގައުމެއްގައި އުޅުނު އުމުރުން 15 އަހަރުގެ ކުއްޖަކު އެއްދުވަހަކު އަގުބޮޑު ޕޯޝް ކާރެއްގައި ގެޔަށް ދިޔައެވެ. އެކުއްޖާ އެހާއަގުބޮޑު ކާރެއް ދުއްވާފަ އައިތަން ފެނިފަ އޭނަގެ މަންމައާއި ބައްޕަ ވަރަށް ކަންތައް ބޮޑުވެއްޖެއެވެ. އަދި ދެފަރާތުން ދެމީހުން ސުވާލު ކުރަން ފެށިއެވެ. ތިޔައީ ކާކުގެ ކާރެއް ހެއްޔެވެ. އަދި ދަރިފުޅު ދުއްވާފަ ތިޔައައީ ކީއްވެގެން ހެއްޔެވެ.ބުނީމަ އެކުއްޖާ ބުންޏެވެ.މިއީ މިހާރު އަޅުގަނޑުގެ ކާރެކެވެ.މިމަގުގަ އެހެރަ ބޮޑު ގޭ އަންހެން މީހާ އަޅުގަނޑަށް ވިއްކި ކާރެކެވެ. މިއަދު […]

ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަނީ ޖޭއެސްސީ އިސްލާހުކޮށް, މެންބަރުންގެ އަދަދު ހިފަހައްޓަން: ސަރުކާރު

ގާނޫނުއަސާސީ އިސްލާހުކުރުމާގުޅޭ ބިލެއް ހުށަހަޅަން ނިންމާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ އޮނިގަނޑު ބަދަލުކޮށް, ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ކަމަށް ސަރުކާރުން ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ މިއަހަރުގެ ދެވަނަ ދައުރުގައި 37 ބިލެއް ފޮނުއްވަން ސަރުކާރުން ވަނީ ނިންމާފައެވެ. އެ ބިލުތަކުގެތެރޭގައި ގާނޫނުއަސާސީ އިސްލާހުކުރުމާގުޅޭ ބިލެއް ހިމެނެއެވެ. ރައީސް އޮފީހުގެ ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވީ އެ ބިލު ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަން […]

ތުރުކީއާއި ޕާކިސްތާނުގެ ސަފީރުކަމަަށް އައްޔަންކުރައްވަން ނިންމަވާފައިވާ ބޭފުޅުންނަށް ކޮމިޓީން ރުހުންދީފި

ދިވެހިރާއްޖެއިން ތުރުކީއާއި ޕާކިސްތާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމަަށް އައްޔަންކުރައްވަން ނިންމަވާފައިވާ ބޭފުޅުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމަށް ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އައްޔަން ކުރެއްވުމަށް ނިންމަވާފައެވެ. އަދި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ނިންމަވާފައިވަނީ މުޙައްމަދު ޠާހާއެވެ. ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ޢަބްދުއްރަޙީމް […]

ސީޕީޕީސީސީގެ ވައިސް ޗެއަރމަން ރާއްޖެއަށް

ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީޕީޕީސީސީ) ގެ ވައިސް ޗެއަރމަން މިސްޓަރ ބަޓީރ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ. ސީޕީޕީސީސީގެ ވައިސް ޗެއަރމަން މިސްޓަރ ބަޓީރ ރާއްޖެ ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިސްޓަރ ބަޓީރ އަށްމަރުހަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމެވެ. އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މިސްޓަރ ބަޓީރ ކުރައްވާ މި ދަތުރުފުޅުގައި މާދަމާގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން […]

ރައިވަރާއި ޅެން ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް މަޝްވަރާކޮށްފި

ދިވެހި ރައިވަރާއި ޅެން ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް، ޔުނެސްކޯގެ ފަރާތުން ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ ޓިމް ކަރޓިސްއާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ. އެގޮތުން މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ މައުނަވީ ތަރިކައިގެ ތެރޭގައި ހިމެނޭ ރައިވަރާއި ޅެން ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. […]

ތައިލެންޑުގެ ކުންފުންޏަކުން އުފައްދާ ބޭސްތަކެއްގައި ނުރައްކާތެރި ކެމިކަލެއް ހިމެނޭތީ ސަމާލުވާން އަންގައިފި

ތައިލެންޑުގެ ކުންފުންޏަކުން އުފައްދާ ބޭސްތަކެއްގައި ނުރައްކާތެރި ކެމިކަލެއް ހިމެނޭތީ ސަމާލުވާން އަންގައިފިއެވެ. މޯލްޑިވްސް ފުޑް އެންޑް އޮތޯރިޓީއިން މިއަދު ނެރުނު އެލާޓެއްގައި ބުނީ ތައިލެންޑުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ seven stars pharmaceutical co. ltd އިން ބޭސް އުފެއްދުމުގައި ބޭނުންކޮށްފައިވާ sorbitol (އެކްސީޕިއެންޓެއް) ގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިގެންވާތީ ތައިލެންޑުގެ ބޭސް ރެގިއުލޭޓުކުރާ އޮތޯރިޓީިން ރިކޯލްކޮށް އެކަން ހިއްސާކޮށްފައިވާ ކަމަށެވެ. މި ބޭސްތަކަކީ ރާއްޖެއަށް އިމްޕޯޓުކުރުމާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ލިސްޓުގައި ހިމެނޭ […]

ސަޢުދީގައި ކިޔަވާ ދިވެހި ދަރިވަރުން ޙައްޖު މިޝަންގެ މަންދޫބުންނަށް ހަމަޖައްސައިފި

ސަޢުދީގައި ކިޔަވާ ދިވެހި ދަރިވަރުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ޙައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި ހަމަޖައްސައިފިއެވެ. މިކަންހާމަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ ޙައްޖުގެ ކަންކަމުގައި ރާއްޖޭގެ ޙައްޖު މިޝަންއާއެކު ދިވެހި ދަރިވަރުންވެސް ޙައްޖުވެރިންގެ ހިދުމަތުގައި މަސައްކަތް ކުރާނެ ކަމަށެވެ. ހަމަ އެހެންމެ މި އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދަރިވަރުންނަށް މި ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ. މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ‏އިސްލާމީ […]