ޙައްޖަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ

ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށްގޮސްހުރި ދިވެހި ޙައްޖުވެރިއަކު ނިޔާވެއްޖެއެވެ.  މިކަންހާމަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ ނިޔާވެފައި ވަނީ ރ. ހުޅުދުއްފާރު، ހަފީޒީހިޔާ، ޢުމުރުން 80 އަހަރުގެ ފާޠިމަތު ޙަފީޒާ ކަމަށެވެ.  އެގޮތުން އޭނާ ނިޔާވީ ރޭގެ ވަގުތެއްގައި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.   މީގެ އިތުރުން މަރްހޫމާގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުލް ޙަރާމްގައި ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

މިފްކޯއިން ކަންނެލި ގަތުމަށް ޑިމާންޑުކޮށް، ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަނުން އިހުތިޖާޖު ކުރަނީ

މިފްކޯއިން ކަންނެލި ގަތުމަށް ޑިމާންޑުކޮށް، ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަނުން އިހުތިޖާޖު ކުރަން ފަށައިފިއެވެ. ކަންނެލި އޮޑިތަކުގައި މާލޭގެ ފަޅަށް ވަދެ އިހުތިޖާޖު ކުރަމުން އަންނަ މަސްވެރިން އަންނަނީ ކަންނެލި މަސްވެރިކަން ކުރުމަށް ލޭނު އަޅަން ހުއްދަ ދޫ ނުކުރުމަށް ގޮވާލަމުންނެވެ. އެގޮތުން ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަކީ ދިވެހި މަސްވެރިން ނިކަމެތިވާނެ ކަމެއްކަމަށް އިހުތިޖާޖުގެ ބައިވެރިން އަންނަނީ ބުނަމުންނެވެ. އަދި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދާ އެއްގޮތަށް މިފްކޯއިން ބޮޑުކަންނެލި […]

ޔޫ. އެން. ގެ އަމުރަށްވެސް އިސްރާއީލު ބޯލަނބާނެ ގޮތެއްނުވި

އިސްރާއީލުގެ އެންމެ ބޮޑު ވާގިވެރިޔާ އެމެރިކާއިން ބޭނުންވާ ގޮތަށް އިސްރާއީލު-ހަމާސްގެ 8 މަސް ދުވަސްވީ ހަނގުރާމަހުއްޓުވުމުގެ އެންމެ ފަހުގެ ފިޔަވަޅަކަށް ޔޫ. އެން. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށްވެސް ކިޔަމަށް ނުވާނެކަމަށް ނަތަންޔާހޫ ބުނެފިއެވެ. އެގޮތުން ހަނގުރާމަ ނުހުއްޓާ ކުރިއަށް ގެންދާނެކަމަށްއިސްރާއީލުގެ ބޮޑުވަޒީރު ގަންދީ ހުވާކޮށްފައި ޢިއުލާން ވެސް ކޮށްފިއެވެ. އަދި އޭނާ ބުނެފައިވަނީ ޙަމާސްއާއި އެކު މަޝްވަރާގެ މޭޒަށް ދިއުމަކީ ބޭކާރު ކަމެއް ކަމަށެވެ. ޔޫ. އެން. ގައި ހުންނަ އިސްރާއީލުގެ ސަފީރު ރެއުޓް ޝަޕިރް ބެން-ނަފްތަލީ ހޯމަދުވަހުގެ ގަރާރާއި ބެހޭގޮތުން ވާހަކަދައްކަމުން ގޮތްދޫނުކޮށް ބުނަމުން ގެންދިޔައީގައްޒާއަކީ އިސްރާއީލަށް އޮތް ބިރަކަށް ވެގެން ނުވާނެ ކަމަށެވެ. […]

ކުވޭތުގެ އިމާރާތެއްގައި ރޯވެ 41 މީހުން މަރުވެއްޖެ

ކުވޭތުގެ ދެކުނުގެ ހިސާބެއް ކަމަށްވާ މަންގާފް ގައި މަސައްކަތްތެރިން ދިރިއުޅެމުން އައި އިމާރާތެއްގައި މިއަދު ވަރަށް ބޮޑަށް އަލިފާން ރޯވެ ހިނގި ހާދިސާތަކުގައި މަދުވެގެން 41 މީހުން މަރުވެއްޖެ ކަމަށް ޚަބަރުލިބެއެވެ.މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި މަދުވެގެން އިންޑިޔާގެ 5 ރައްޔިތުން ހިމެނޭކަން ވަނީ އެނގިފަ އެވެ. އިންޓީރިއަރ އަދި ޑިފެންސް މިނިސްޓަރު ކަންވެސް ކުރައްވަމުންގެންދަވާ ކުވޭތުގެ ޑެޕިއުޓީ ޕްރައިމިނިސްޓަރ ޝެއިހް ފަހްދު ވަނީ މިއަދު އެތާގަޑިން ހެދުނު 6 ޖެހިއިރު ހިނގި މިހާދިސާ އަށް ފަހު، […]

ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފިއެވެ. މިކަންހާމަކޮށް ފުލުހުން މިއަދު ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ކުޅުދުއްފުށި ސިޓީ ޕޮލިހާއި ހަނިމާދޫ ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.   ފުލުހުން ބުނީ މި މަހު 8 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި […]

ޕީއެންސީ މެންބަރުންގެ ފަރާތުން ފަލަސްތީނު ރައްޔިތުންނަށް ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފި

ރައްޔިތުން މަޖިލީހުގެ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް 200،000ރ. ހަދިޔާކޮށްފިއެވެ. ޕީއެންސީ މެންބަރުންގެ ފަރާތުން މި ފައިސާ ހަދިޔާކޮށްފައި ވަނީ ފަލަސްތީނާ އެކު ދިވެހީން“ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމަކަށް ޕީއެސްއެމުން މިއަދު ކުރިއަށް ގެންދާ ޓެލެތޯނުގައެވެ. އެގޮތުން ޕީއެންސީ މެންބަރުންގެ ފަރާތުން ހަދިޔާކުރި މި ފައިސާ ހަވާލުކޮށްދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މި ފައިސާ ހަވާލު ކޮށްދެއްވުމަށްފަހު އަބްދުއްރަހީމް ވަނީ ފަލަސްތީނުގެ […]

މިއަދަކީ ރާއްޖޭގެ ތާރީޚުގައި ފަލަސްޠީނަށް އެންމެ ބޮޑު އެހީއެއް ވެދެއްވާ ދުވަސްކަމުގައި ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި

މިއަދަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް، ފަލަސްޠީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއް ދިވެހި ރައްޔިތުންގެ ފަރާތުން ވެދެއްވާ ދުވަސްކަމުގައި ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.  އެ މަނިކުފާނު މިގޮތަށް އެދިވަޑައިގަތީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޤައުމީ ފެންވަރުގައި ބާއްވާ ޚާއްޞަ ޓެލެތޯން ’ފަލަސްޠީނާއެކު ދިވެހީން‘ ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއަދު މި އެއްކުރެވޭ ފައިސާއިން މާނަހުރި ބަދަލެއް ފަލަސްޠީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ގެނެސްދެވޭނެ […]

އެމްޓީސީސީގެ ހިއްސާއަކަށް 4 ރުފިޔާ ބަހަން ފާސްކޮށްފި

މޯޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ހިއްސާއަކަށް 4 ރުފިޔާ ބަހަން ފާސްކޮށްފިއެވެ. މިގޮތަށް ފާސްކުރީ އޮންލައިން ޕްލެޓްފޯމް ”ފަހިވޯޓު“ މެދުވެރިކޮށް އިއްޔެ ބޭއްވި އެ ކުންފުނީގެ މިއަހަރުގެ ޚާއްސަ އާންމު ޖަލްސާގައެވެ. އެމްޓީސީސީން ބުނީ މި ޖަލްސާގައި ބައިވެރިވެވަޑައިގެންފައިވަނީ 47 ހިއްސާދާރުން ކަމަށާއި އެއީ މުޅިއެކު 5,540,192 ހިއްސާ ކަމަށެވެ. މި ޖަލްސާގައި ކުންފުނީގެ އަސާސީ އަދި ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ހިއްސާދާރުންގެ ތާއިދާއެކު ވަނީ ފާސްކޮށްފައެވެ. އެގޮތުން ކުންފުނީގެ ގާނޫނު […]

ދިވެހި ފިލްމީ ސިނާޢަތު އޮޔާދާން ދޫކޮށްލާފައި

ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި ޙަރަކާތްތެރިވާ ފިލްމް އުފައްދާ މީހުންނާ މެދު ސަރުކާރުތަކުން އަޅާނުލާ ދޫކޮށްލުމަކީ ހިތާމަ ކުރަން ޖެހިފައިވާ ކަމެކެވެ. ރާއްޖޭގެ ފިލްމީ ސިނާޢަތުގައި ގިނަ ޒުވާނުން ޙަރަކާތްތެރިވަމުންދާއިރު އެއްވެސް ސަރުކާރަކުން އެ ސިނާޢަތު ކުރިއެރުވުމުގެ ވިސްނުމެއް ނުގެންގުޅުއްވާތީ ފިލްމް އުފައްދާ ފަރާތްތަށް އެވަނީ މާޔޫސްވެފައެވެ. ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދިވެހި ފިލްމު ބެލުމުގެ ޝައުވެރިކަން އިތުރުވަމުން އަންނައިރު ދިވެހި ފިލްމީ ސިނާޢަތު ކުރިއެރުވުމަށްޓަކާ އެއްވެސް ސަރުކާރަކުން އަޅާނުލާއިރު އުފައްދާ ފިލްމު ތައް އަޅުވާނެ ސިނަމާތަކެއްވެސް ސަރުކާރުން […]

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއުގެ %90 ނިމިއްޖެ

މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ފެށި މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ. މާލޭގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް، ދިފާޢީ ވުޒާރާއާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއި އާރްޑީސީ ގުޅިގެން މަޝްރޫއުއެއް ފެށީ މެއިމަހުގެ ނުވަވަނަ ދުވަހުގައެވެ. މި މަޝްރޫއުގެ އަދާހަމަ ހާމަކޮށް އާރްޑީސީއިން ބުނީ މަސައްކަތަށް ވެސްޓް ޕާކް ސަރަހައްދުން ކޮނެފައިވާ ތަންތަން […]