ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ ހޯދައި މީހަކު ހައްޔަރުކޮށްފި

ކ.މާފުށީ ބޭރުގައި އޮތް ސަފާރީއެއް ބަލައި ފާސްކޮށް ގިނައަދަދެއްގެ ބަނގުރާ ހޯދައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ މާފުށި ބޭރުގައި އޮތް ސަފާރީއެއްގައި ހުއްދަނެތި ބަނގުރާ ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި މި އޮޕަރޭޝަނުގައި އެ ސަފާރީ ބަލައިފާސްކޮށް 200 އަށްވުރެ ގިނަ ބަނގުރާ ފުޅި އާއި ދަޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން 62 އަހަރުގެ […]

ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އުރިއްޖެ

ތ.ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އުރި, ހިނގި ހާދިސާއެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ. ކިނބިދޫ ނެރު ފަސްގަނޑަށް އުރުނީ “ވެލިމާ“ ނަމަކަށް ކިޔާ ލޯންޗެކެވެ. ފުލުހުން ބުނީ މިއަދު 17:00 ހާއިރު މި ލޯންޗު ކިނބިދޫ ނެރު ފަސްގަނޑަށް އަރައި އެކްސިޑެންޓްވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މި ލޯންޗުގައި ތިބި 3 މީހުންގެ ތެރެއިން 2 މީހަކަށް ކުދި އަނިޔާތަކެއް ވެފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ […]

ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ 2023-2028 ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވުމަށް ރައީސް ނިންމަވައިފި

ހިނގަމުންމިދާ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ދައުރުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޤަޞްދުކުރާ ބިލުތައް އެކުލެވޭ، ”ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާ 2023-2028“ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.  ރައީސް މުޢިއްޒު މިގޮތަށް ނިންމެވީ މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ  ކުރެއްވުމަށްފަހުގައެވެ. ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާއަކީ، […]

ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ 14 ވަނަ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން، ބާޓަރ، ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ބޭނުން ފުޅުވާކަން ހާމަކުރައްވައިފިއެވެ.  މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.  މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ޗައިނާ އާއި ރާއްޖޭގެ ގާތްގުޅުން ފާހަގަކުރައްވާފައެވެ.  އެގޮތުން މި އަހަރު ޗައިނާއަށް އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅެއް ކުރެއްވީ […]

މިއަހަރު ޔޫކްރެއިން އަށް 50ބިލިއަން ޑޮލަރުގެއެހީ ދޭން ޖީސެވަން ގައުމު ތަކުން ވައުދު ވެއްޖެ

ދުނިޔޭގައި އެންމެ ތަރައްގީވެފައިވާ ހަތް ގައުމު ޖީސެވަންގެ ވެރިން ގެ ސަމިޓް ބައްދަލްވުން އިޓަލީގެ ރީތި ސަރަހައްދެއްކަމަށްވާ ޕޫލިޔާ ގެ ރިސޯޓެއްގައި ބުރާފަތި ދުވަހު ފެށިފައިވެއެވެ. މިފަހަރުގެ ބައްދަލްވުމުގައި ވެރިން އެންމެ އިސްކަން ދެއްވާނެ މައްސަލަ ތަކުގެ ތެރޭގައި ޔޫކްރެއިން ހަނގުރާމަ އަދި ޣައްޒާ ހަނގުރާމަ ހުއްޓާލުމާބެހޭ ވާހަކަތައް ހިމެނެއެވެ.ޖޫން 13ން15އަށް ކުރިޔަށް ދާ ސަމިޓްގައި އެމެރިކާ،އިގިރޭސިވިލާތް،ކެނެޑާ،ޖަރމަނީ،އިޓަލީ،ޖަޕާން އަދި ފްރާންސްގެ ވެރިން ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. ސަމިޓް ފެށެން ތައްޔާރުވެފައި ވަނިކޮން ފްރާންސްގެ ރިޔާސީ ގަނޑުވަރުގެ ފަރާތުން […]

ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމަށް ލިބުނު ޖަވާބުން ބްލިންކަން ކަންބޮޑުވީ ހަމާސްގެ ޖަވާބުން އިސްރާއީލުގެ ނޭއްގާނީ ޖަވާބު ތަކަކުނެއް ނޫން

ސީ އެން އެން ގެ އިއްޔެގެ ޚަބަރަށް ޙަވާލާދީ ރޮއިޓާރސްއިން އިބްރާހީމް އަލް އުމާރީ ބުނެފައިވާ ގޮތުގައި އެމެރިކާއިން ޔޫ. އެން. އަށް ހުށައަޅައިގެން ފާސްކުރި ގަރާރުގެ ދަށުން އެކި މަރުޙަލާތަކުގައި ކަންތައް ކުރަމުން ދާންޖެހޭގޮތަށް އެކުލަވާލަންޖެހޭ އެއްބަސްވުމަށް ޙަމާސްއިން ގިނަ ޝަރުތުތަކެއް ހުށައެޅުމުން ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ކަންބޮޑުވުން ހާމަކުރައްވައިފިއެވެ. އެހެނަސް މިވީ 8 މަސްދުވަހު އިސްރާޢީލުން ހިންގާ ގަތުލުއާންމްގައި އެމެރިކާއާއި މުޅިދުނިޔެ ކަހަލަގޮތަކަށް ހަނގުރާމަ ވަގުތީގޮތުން ނަމަވެސް ހުށްޓާލަން ނަތަންޔާހޫގެ ކިބައިން އެދިފައިވާ […]

ޓްރާންސްޕޯޓު މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުރި ބާހިޒް ނިޔާވެއްޖެ

ރާންސްޕޯޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލްް ޑިރެކްޓަރު ބާހިޒް ޝަފީގު ނިޔާވެއްޖެ އެވެ. ބާހިޒް މިއަދު ނިޔާވިކަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ. އައްޑޫ ސިޓީ، ފޭދޫ އުމުރުން 27 އަހަރުގެ ބާހިޒް ނިޔާވީ ގޮހޮރުގެ އޮޕަރޭޝަނަށް ފަހު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ބާހިޒް ޓްރާންސްޕޯޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ކަމަށް އައްޔަނުކުރީ ޕީއެންސީގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި އެތައް ދުވަހެއް ވަންދެން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމަށްފަހު އެވެ.

މަސްވެރިންނަށް މިއަދުގެ ނިޔަލަށް 46 މިލިއަން ރުފިޔާ ދޫކުރާނެ: މިފްކޯ

މަސްވެރިން މިފްކޯއަށް ކިރި މަހަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ނުދެވި އޮތް 80 ވަރަކަށް މިލިޔަން ރުފިޔާގެ ތެރެއިން 46 މިލިޔަން ރުފިޔާ މިއަދުގެ ނިޔަލަށް މަސްވެރިނަށް ދޫކުރާނެ ކަމަށް މިފްކޯއިން ބުނެފިއެވެ. މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހީމް ސައީދު މިިއަދު ވިދާޅުވީ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އިއްޔެއިން ފެށިގެން ޖަމާކުރަން ފަށާފައިވާ ކަމަށާއި މިއަދުގެ ނިޔަލަށް 46 މިލިއަން ޖަމާކުރާނެ ކަމަށެވެ. މި ސަރުކާރު އައިއިރު، މަސްވެރިންނަށް ނުދީ، 250 މިލިއަން ރުފިޔާގެ […]

ކުވޭތުގެ އިމާރާތުގައި ރޯވެ މަރުވީ އިންޑިޔާގެ 40 މީހުން

ކުވޭތުގައި ލޭބަރުން ބޭތިއްބުމަށް ހަދާފައިވާ އިމާރާތެއްގައި އިއްޔެ ރޯވި އަލިފާނުގައި މަރުވި 41މީހުންގެ ތެރޭގައި ހިމެނެނީ އިންޑިޔާގެ 40 މީހުންކަން ހާމަވެއްޖެ އެވެ. އިންޑިޔާ ސަރުކާރުން މިހާރުވަނީ މިމީހުންގެ ހަށިތައް ގެނައުމަށް އެއާފޯސް މަތިންދާބޯޓެއް ފޮނުވާނެކަން އަންގާފައެވެ. އިންޑިޔާގެ ޔޫނިއަން މިނިސްޓަރ ކިރްތީ ވަރުދަން ސިންގ ވިދާޅުވެފައިވާ ގޮތުގައި މަރުވި ބައެއް މީހުންގެ ހަށިތައް ކޮންބައެއްކަން ވަކި ނުވާވަރަށް ވަނީ އަނދާފައެވެ. އަދި މިހާރު ޑީއެންއޭ ޓެސްޓް ހަދަމުން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާތަނަށް ހެދުނު ޓެސްޓް […]

ރުޅި އިސްކުރުމުގެ ނަތީޖާ

އަހަރެންގެ އަންހެނުން އެއްރެޔަކު ވަރަށް ލަހުން ގެޔަށް އައެވެ. އޭރު އަހަރެން ހުރީ ރުޅިއައިސްގެން ހަލާކުވާ ވަރުވެފައެވެ. އަހަރެން ހަޅޭއްލަވައިގަތީމެވެ. މިއޮއްދަންވަރު ތިޔައީ ކޮންތާކު ތެޅިފަ ހެއްޔެވެ. އަހަރެންގެ ފޯނަށް ޖަވާބު ނުދިނީ ކީއްވެގެން ހެއްޔެވެ. ގޭގަ ކާނެ އެއްޗެއްވެސް ނެތްކަން ނޭނގޭ ހެއްޔެވެ. މިސުވާލު ތަކުގެ ޖަވާބުގައި އަންހެނުން ބުންޏެވެ. ހަނީއެވެ. މިއަދު ދިމާވި ކަންތައް ކިޔާދެންދެން މަޑުކޮށްބަލާށެވެ. ހާދަހާ ވަރުބަލިވެސް ވެއްޖެއެވެ. އަހަރެން ގެ ރުޅި ދިޔައީ ހައްތަހާ މައްޗަށެވެ. މަގޭ ސުވާލުތަކަށް ޖަވާބު […]